ދ. މިނިމަސްގަލި.-- ފޮޓޯ: މުހައްމަދު އަތޫ/ފޭސްބުކް
04 ސެޕްޓެމްބަރ 2025 - 14:00
ދ. އަތޮޅު ކައުންސިލަށް ދީފައިއޮތް މިނިމަސްގަލި، އަހަރަކު ދެ ލައްކަ ރުފިޔާގެ ކުއްޔަކަށް 21 އަހަރަށް ދީފި އެވެ.
މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދ. އަތޮޅު ކައުންސިލަށް އެ ރަށް ދިނީ އެ އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް، މިދިޔަ ޖެނުއަރީ މަހު ކަމަށް ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
އިއުލާނުގައި ވަނީ މިނިމަސްގަލި ބެލެހެއްޓުން ޔަޝް އެގްޒޮޓިކް އައިލެންޑާ ހަވާލުކޮށްފައި ވާތީ އެ ކުންފުނީގެ ހުއްދަ ނެތި އެރަށަށް އަރައި ފޭބުމަކީ މަނާކަމެއް ކަމެއްކަން އަންގައިފަ އެވެ.
ދ. އަތޮޅު ރައީސް އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ސަރުކާރުން ހަވާލުކޮށްފައިވާ އުސޫލުގެ ތެރެއިން ތިން ފަހަރެއްގެ މަތިން އިއުލާން ކޮށްގެން، ޝައުގުވެރިކަން ފާޅުކުރީ އެ ކުންފުނިން އެކަނި ކަމަށެވެ.
އެ ރަށް ކުއްޔަށް ދޫކުރީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށާއި އިކުއިޒިޝަން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން ރުފިޔާ އެ ކުންފުނިން މިހާރު ޖަމާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން އެ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި މުއައްސަސާތަކަށް ހަރަދު ކުރުމަށް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުންހުރި ކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން އެ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ. އެގޮތުން ކޮންމެ ސްކޫލަކަށް ބަގީއެއް. ކޮންމެ ކައުންސިލަކަށް މީހުން އުފުލޭ ކަހަލަ ބަގީއެއް ދިނުމަށް މިހާރު ވަނީ ނިންމާފައި. ބައެއް ސަރުކާރު އިމާރާތްތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރުމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ޖެނުއަރީ މަހު އެ އަތޮޅު ކައުންސިލަށް މިނިމަސްގަލީގެ އިތުރުން ފެންފުށި ވެސް ވަނީ ދީފަ އެވެ. ޝަފީއު ވިދާޅުވީ އެ ރަށް ބޭނުންކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިން މައިން
06 September 2025
ހާދަ ބޮޑު ކޮށްލާފަ. ރަށް ތިޔަ ދިނީ މަހަކު ސޯޅަ ހާހެއްހާ ރުފިޔާޔަށް. މިހާރުގެ ރޭޓުން މަހަކު އެއްހާސް ޑޮލަރުވެސް ނުލިބޭ ގޮތަށް... ދެން ބުނާނެ އެއްޗެއް ނޭނގެ... އެކުއިޒިޝަން ކޮސްޓަކަށް ނުބަލަން
ކަޅުބެއްޔަ
06 September 2025
އަތޮޅު ކައުންސިލަށް ރަށް ރަށް ދީފައިވާ ވާހަކަ މިއެހީ އަލަށް. ތިޔައީ އުވާލަންޖެހޭ ތަނެއް. ކުޑަ އެޕާޓްމަންޓެއް ކުއްޔަށްނަގާ އަގަށް ބޮޑު ރަށެއް 21 އަހަރަށް ދޭނީ ކޮންފަދަ ގަމާރު ބައެއް. ތިޔަ ގްރޫޕް ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން.
ބޭބެގަނޑު
04 September 2025
ކައުންސިލް ތަކުން ތިހާ ދިގުމުއްދަތަ ތިހާކުޑަކޮށް ދިނުމަކީ ދުރުވިސްނުމެއް ނެތްކަން
ކަރަޕްޝަން
04 September 2025
އަހަރަކު 2 ލައްކަ ރުފިޔާ އަށް 21 އަހަރަށް ؟ އަންތަރީސްވެއްޖެ.
މޮޑަން
04 September 2025
މަހަކު ސޯޅަހާސް ރުފިޔާއަށް ނަގައިގެން ދެން ތިތާނގަ ޓޫރިޒަމް ހިންގާނީއެއްނޫން. ދަނޑުވެރިކަމަށް ކަނޑައަޅާފައި އޮންނަ ރަށެއްގަ ކުރާނީ އެކަން. އެޕާޓްމެންޓެއްގެ ކުއްޔަށްވުރެ ކުޑަކޮށް ރަށެއް އެދެނީ ދަނޑުވެރިކަން ކުރިއަރުވަންކަމަށް މަމެން ދެކެނީ.
ޓައިޓާން
04 September 2025
ހާދަ ރީތި ރަށެކޭ. މާޝާ ﷲ.
ަރަބަރުޕެކެޓް
04 September 2025
ދެކޮޓަރީގެ އެޕާޓްމަންޓަކަށް ވުރެވެސް އަގުހޮޔޮކޮަށް 21 އަހަރަށް. މިހެންވެ ބުނަނީ ލާމަރުކަޒީ ނިޒާމް ހިންގޭފެންވަރު ނެތޭ ރަށްފުށު ވިސްނުމުގަ.
ހުރަވީ
04 September 2025
އަތޮޅު ކައުންްސިލުގަ ރަށެއް ނުހުންނާނެ. ތިޔައީ ޢައިރު ގާނޫނީ ނިންމުމެއް. އަތޮޅުކައުންސިލަކަށް ރަށެއް ނުދެވޭނެ. އުފެދުމުގަވެސް ތި އެއްބަސްވުން ބާތިލުވާނީ.
ހުސެން ސައީދު
04 September 2025
އަހަރަކު 200،00/- ރުފިޔާ ލިބުނީމަ ކައުންސިލް ތިއޮތީ ދެން މާލީ ތަނަވަސް ކަން ލިބިފަ؟ ކީކޭ ބުނާނީ ދެން. ކައުނަސިލް ރައީސް އެކައުންޓް ހަދިޔާ ހުންނާނެ މިހާރު އެހެންވީމާ ލިބިފަ.
ސޭކު
06 September 2025
"ހެޔޮއެދޭ ފަރާތްތައް"
އިބްރާހީމް
04 September 2025
ބައެއް ސަރުކާރުގެ އިމާރާތެއްނޫން. ސަރުކާރުގެ ބައެއް އިމާރާތްތައް