ވޭޕާއި ސިނގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ބެއިން.
29 ސެޕްޓެމްބަރ 2025 - 14:23
ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގިރޭޓާއި ވޭޕް އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ތިން ބެއިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ފާސްކޮށް، ލ. މާބައިދުއަށް އުފަން އެއްބަނޑު އެއްބަފާ ހަތަރު ފިރިހެނަކު ހިފެހެއްޓި އެވެ. އޭގެ ތެރެއިން، ހެކިތަކަށް ބަލައި ހައްޔަރުކުރީ ތިން މީހުންނެވެ.
އެއީ؛
ނަޝްވާން މުހައްމަދު، 32، އާއި ނަހުޒާން މުހައްމަދު، 25، އަދި ނަބުހާން މުހައްމަދު، 22، އެވެ. އެ ތިން މީހުންނަކީ ވެސް ލ. މާބައިދޫ، ސޭޑީކޯނަރުގޭ މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނަޝްވާނާއި ނަހުޒާން ވަނީ ޝަރުތަކާ އެކު ދޫކޮށްލައިފަ އެވެ. ނަބުހާންގެ ބަންދަށް ތިން ދުވަސް ދީފައިވެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ފާސްކުރި އެޕާޓްމަންޓެއްގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111،880ރ. ގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުު
30 September 2025
ޝަހީމުގެ ދަރި ވޭޕުއެތެރެކުރިކަން ޔަގީންވި. ބަންދެއްނުކުރޭ. މި3މީހުން ނަށް ތުހުމަތު ކުރެވުނީ. އެކަމަކު ބަންދު. ކިހާ އިންޞޯފުވެރިތޯ؟
އަފިހުންދީބު
30 September 2025
ސޭޑީ ކޯނަރުތަ ނޫނީ ޝޭޑީ ކޯނަރުތަ؟ އެވެރީންގެ ގެޔަށް ނަންކީ ކަލޭގެވެސް މޮޅީނު. ދެރަ ކަން ކަން (ސޭޑް ކޯނަރ ކޯނަރ)
ހ7ބހ7ބހ7
30 September 2025
މިނިސްޓަރު ދަރިޔޭ ނުކިޔާދޯ؟؟
ޑރ ވާންޗޯ
29 September 2025
ތިޔައީ ވަރަށްމަދުންނޫނީ ނުކުރާކަމެއް، ތިންބެއިން އެއްކޮން ބަނދެލުން.
ނައިންފަރު
29 September 2025
ހާންދާނީ ކަމެއް ދެއްތޯ
ޮެިެނެނne
29 September 2025
ކޮބަޔޯ މިނިސްޓަރގެ ދަރި؟
ހަސީީނާާ
29 September 2025
ރަނގަޅު. ހެވާއި ނުބައިގައިވެސް އެކަކު އަނެކަކަށް ވާގިވެރިވާންވާނެ
ރަދީފްއޮފިޝަލް /
29 September 2025
އެކަކު އަނެކަކަށް ވާގިވެރިވާން އަންގަވާފައިވަނީ ހެޔޮ ކަންކަމުގަ ދެއްތޯ.!!
މހއމ
30 September 2025
ނޫން. ނޫން. ހެޔޮކަން ކަމުގައި ވާގިވެރި ވެފައި ނުބައި ކަންކަމުގައި ވާގިވެރި ނުވާން އޮންނަނީ. އަދި ނުބަޔާ ދުރުކުރުވަން މަސައްކަތް ކުރަން އޮންނަނީ. ތި އުޅެނީ ކޮން ދީނެއްގައިތަ؟
ތިމާވެށި
29 September 2025
ސިނގިރޭޓް ބޯ މީހުންނަށް ވުރެ ނުބޯ މީހުންނަށް ރާއްޖޭގަ ކެންސަރުގެ ނުރައްކާ ބޮޑު ވާނެ ހެން ހީވެ އެވެ. ދުން ގަނޑު އެފޮނުވާ ލަނީ ސިދާ މޫނާ ދިމާ އަށެވެ. މަގުމަތީ ބިދޭސީން އާއްމު ކޮށް ސިނގިރޭޓް ބޮއެވެ. ޑިއުޓީގަ ހުންނަ ފުލުސް މީހާ އަޅާވެސް ނުލަ އެވެ. މަގުމަތީ ދުވާރު މަތީ ސިނގިރޭޓް ބުއިން އާއްމު ކަމަކަށް ވެއްޖެ އެވެ. ފުލުހުން ވެސް ޔުނީފޯމް ގަ އެކަން ކުރަނީ އެވެ. އޮފީސްތައް ދޮރުމަތީ ޔުނީފޯމް ގަ ވެސް އެކަން ކުރަނީ އެވެ.
މހއމ
30 September 2025
ބިދޭސީން ނޫނަސް ބޯ މީހުން ބޮއި. ކޮންމެހެން ބިދޭސީން ކިޔާނެ ކަމެއް ނެތް. ދޭސީ މީހާވެސް މަގުމަތީ ހުރެފަ ދުން ބޮއިފަ ފޮނުވާލަނީ ކާރީ ތިބޭ މީހުންގެ ސީދާ މޫނާ ދިމާލަށް. ހަމަ އެއްކަލަ ފުލުސް މީހާ އެތާވެސް އަޅާ ނުލާ ހުންނާނީ.
ކޮރަލް
29 September 2025
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސެވެ. ތިޔަ އަތުލާ އެއްޗިއްސަށް ހަދާ ގޮތެއް ބުނެ ބަލާށެވެ. ނައްތާ ލާނީ ކިހާ ދުވަހަކުން ތޯ އެވެ. ؟ ތަހުގީގު ނިންމާފަ ދެން ބަހައްޓާނެ ކަމެއް ނެތެވެ.
ކޮންކަހަކަ އިންސާފެއް
29 September 2025
މިނިސްޓަރުންގެ ދަރިންނެއް ހައްުަރެއް ނުކުރޭ!
ޮއ92ި2ޖ
29 September 2025
އޭރުން އިސްލާމް ދީން ނެތިގެން ގޮސްދާނެ