ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށް، އޭނާގެ މޮބައިލް ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ. އަދި މާދަމާ ހަވީރު ފުލުސް އޮފީހަށް ހާޒިރުވާން އެންގި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ކޯޓު އަމުރެއްގެ ދަށުން ފުލުސް އޮފީހަށް ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާ އަށް ވަޑައިގަންނަވަނިކޮށް މާވެޔޮމަގުންނެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒަކީ ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ އިދިކޮޅު އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.