ގާސިމް އިބްރާހިމް ޕޮލިހަށް މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުވެޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
01 އެޕްރީލް 2017 - 17:57
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ޕޮލިހަށް ހާޒިރުކުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ގާސިމްގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވި ގޮތުގައި މިރޭ 9:00 ގައި ހާޒިރުވުމަށް ގާސިމަށް އެންގުމަށް ފަހު، މިހާރު ވަނީ ހާޒިރުވާން ޖެހޭނީ މާދަމާ ހަވީރު 4:00 އަށް ކަމަށް އަންގައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ގާސިމް ޕޮލިހަށް ހާޒިރުކުރި އެވެ. އެރޭ ފުލުސް އޮފީހުން ނިކުމެވަޑައިގެން ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.
ގާސިމް ލޯޔަރު ވިދާޅުވީ ގާސިމްގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު އެ ރޭ ނިންމާލާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ދެން ޕޮލިހަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ފުލުހުން ބުނި ކަމަށް ވަހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
19 May 2017
ގާސިމަކީ އެންމެ ފަރުދެކޭ ހީނުކުރާތި ގާސިމާއެކު މިރާއްޖޭގެ އާބާދީގެ %95 ރައްޔިތުން އެބަތިބި އެއީ އެމްޑީޕީ އަދާލަތު ޖުމުހޫރީޕާޓީ ޕީޕީއެމް ދަރުބާރުފެކްޝަންގެ ސައިޒު އެވަނީ ހުރިހާބާރެއް މުށައްލާފަ ވަޒީފަގެ ބިރުދައްކާ 3 ފަހަރައް އިންތިހާބުލަސްކޮއް ގުއިރޯނުދަމާ ހެދީމަވެސް ފެންނަން ވީމާތިހެން ފުލުހުން ދޮގުހެކިދީގެން ކުރާކަންކަމުން ކަހަރުވަކެކޭވެސް ހިތައްނާރާ
ޢަލީ
14 May 2017
މުގާބޭސަރުކާރު ހިންގާގޮތައް ކަންކުރާތަން ފެނިގެން މިދަނީ މިވަރުވާއިރު ފަނޑިޔާރުން ވިސްނާލާފަ ފުލުހުންގެ މައްޗައް މިގޮތައް މިކަންނުކުރެވޭނެ ކަމުގެ އަމުރު ނެރެންޖެހޭ ގާސިމައް ކިތަންމެ ބިރެއްދެއްކިޔަސް މިފަހަރު ގާސިމު ހުރީ ޔާމިނުގެ ފެތެމުންދާ އޮޑިޔައް އަރާގޮތަކައްނޫން 2018 ޔައްފަހު އެފެދޭ ސަރުކާރުން ގާސިމު އަތުން ނިގުޅައިގަތް ހުރިހާ ހައްގެއް ގާސިމައް ރައްދުކުރާނެ އެއީ ޝައްކެއްއޮތްކަމެއްނޫން
ގުއިރޯނު
12 May 2017
ގައިރުގާނޫނީ އަމުރައް ފުލުހުންތަބާވާކައްނުޖެހޭ އެއީ ވެރިމީހާ ކަމުގަވިޔަސް ނަމަވެސް މިފެންނަނީ ގައިރުގާނޫނީ އަމުރައްތަބާވެ ކުރައްވާފަވާ ހުވަޔާހިލާފައް ގާނޫނުއަސާސީންލިބިދޭ ހިޔާލުފާޅުކުރުމާ ނޫސްވެރިކަމައް ގާނޫނޫއަސާސީޔާ ހިލާފައް ކަންކުރާތަން މީގެ ދެއަހަރުކުރިޔައް 3 އަހަރު ކުރިޔައް ޖެހިލާފަ ބައްލަވާލައްވާ ޔާމީނު ފުލުހުންނާ މުހާތަބުކޮއް ދައްކާފަހުރިވާހަކަ ޔުނީފޯމު ބާލާފަ ތިމަންނާޔާއެކު އަންނާށޭ ނިކަންބައްލަވާ މަޖިލީހުގެ މެންބަރު ފައިސާގޯނި ހިފައިގެން ދުވިމައްސަލަ ފުރަތަމަ ދަރުބާރު ފެކްޝަން ހިނގަމުންދަނީވެސް އަސާސީ ގަވައިދާ ހިލާފައް ޕީޕީއެމްގަތިބި ޑިމޮކްރަސީޔައް ލޯބިކުރާ ހުރިހާ މީހުން ބޭރުކޮއް ޕާޓީހިސޯރުކޮއް ދައުލަތުގެ މީޑިޔާ އައްބިރުދައްކާ ވަޒީފާތަކުން މީހުންވަކިކޮއް ސަރުކާރުގެ ހަންފެތުރުމައް އިޖުތިމާއީ އެއްވެސް ހަރުދަނާކަމެއް ސަރުކާރުގެ ތެރެއިން ހިނގާތަނެއްނުފެނޭ މުޅިންވެސް ކޮރަފްޝަނާ ފަސާދައިގެ ތެރެއިންކަންކޮއްލަނީ މުޅިރާއްޖޭގެ ރައްޔިތުން ގުއިރޯނުގަ ޖައްސަން އުޅެގެން ތިމާމެންގައިގަ ހޭކި ސާފުނުވެ ތިބެގެން ގުދޯގުދޯ ގޮވުން ކަމަކީ
ގޯނި
02 April 2017
ކޮބާހޭ ރުފިޔާގޯނިހިފައިގެން މެންބަރުންނައްބެހިމީހާ މިކިހިނެތްވާކަމެއް މިމީހުން ފުލުސްއޮފީހައްގެންދާހަބަރެއްނީވެ
އުމަރު
02 April 2017
ގާސިމްގެ ހުރިހައި އެކައުންޓެއް ފްރީޒްކޮށް އެންމެ ފަހުން ގާސިމް ޕޮލިހަށް، މިވަރު ތަންފުކެއް ބޮޑުވަރު
މރ. ހަދާނެއް ނުނެތޭ.
02 April 2017
ގާސިމުއާ ކުރަންވީ ސުވާލުތަކާ އޭނާގެ މައްޗަށް ތުހުމަތު ކުރަންވީ ބައެއްކަންކަން އިތުރު ކޮށްލާފަ ފޮނުވަންދެން ފަސްކުރަން އެންގީ ކަމަށް ތިވާނީ، ހީވާ ގޮތުން ޓެރަރިޒަމްގެ ބައި ލިއެވިފަ ނެތީމަ ތިއޮތީ ފަސްކޮށްފަ.
ހަސަންބެ
02 April 2017
ޤާސިމު އަށް އަވާމެންދުރެްގައި އަބަދުވެސް އުޅެބޭތީ ސޯ ސޭޑް. އިދިކޮޅޮ 4 ލީޑަރުންނަކީވެސް ވެރިކަމުގެ ދަހިވެތިކަމުގަ އުޅޭ ބައެއް. ޤާސިނަކީ އެންމެ ފަސޭހައިން ހައްދާލެވޭ މީހާ. ޤައުމު ހަލަބޮލޮކޮށްލާ ކޮނއމެ ފަހަރަކުވެސް އެންމެ ދެރަ ލިބެނީ ޤަސިމަށް
ހަސަންބެ އަމާ
14 May 2017
މާހެޔޮއެދިގެން ކަމައްހީކޮއް ކޮމަންޓްކުރާނިކަމެއްނެތް އޮންނާނީ ބަލިކޮއްލާފަ ދަރުބާރުފެކްޝަނައް ބޮޑުބޮޅެއް
މަލަކުރި
02 April 2017
މަލްޓީ ޕާރޓީ ޑިމޮކްރަސީ ގެ އަސާސްތައް މުގުރާ ނުލައްވާ
އުމުގު
02 April 2017
ރައީސް ޔާމީން ތިޔަކުރައްވާ ހިތްވަރަށް ހަމަ އައްސަރިބަހާ ސާބަސް ހައްގު.....ހަމަ އިދިކޮޅަށް އެއްޗެއް ބުނެލާއިރަށް ޕޮލިހަށް ޕޮލިހުން ދޫނިދުވަށް ދޫނިދޫން ކޯޓަށް ކޯޓުން މާފުއްޓަށް 13 އަހަރަށް
ކުޅަދޫ ހަވަރު
02 April 2017
ގާސިމަށް ތެރުވެރި ވަފާތެރި އަދި ވިލާދެކެ ލޯބިވާ ހާދިމުން މިތިބީ އެކީގައި ދާށެ ކުރިއަށް ބާރުލާ ހީވިޔަށް ޔާމީނަކަށް ލޯތްބެއް ނެތޭ ހިތުގައި ހިނގާ ބީވެގެން ތާޖާއި ތަހުތާ ދާންއޮތީ ދޮޅުމަސް ދުވަސް