މައުމޫން ވާހަކަ ދައްކަވާއިރު ގާސިމް ކައިރީގައި: މެންބަރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ކުރާ ތުހުމަތުގައި ހެކި ނެތް ކަމަށް މައުމޫން ވިދާޅުވި-- ފޮޓޯ/ މިހާރު
08 އެޕްރީލް 2017 - 16:27
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން ހިތްވަރުދޭ ކަމުގެ ތުހުމަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރެއްވި އިރު، "ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ ގާތަށް ހިނގި ކަމަށް" ބުނި މީހާއާ ދޭތެރޭ އެޅި ފިޔަވަޅާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހެކި ނެތް ގާސިމް އިބްރާހިމްއަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު، ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށް ބުނި މީހާއާ ދޭތެރޭ އެޅުއްވީ ކޮން ފިޔަވަޅެއްތޯ" ކަމަށެވެ.
"ކޮބައިތޯ ހަމަޔާއި އިންސާފު. ޖަވާބު ދެއްވާ،" ފުލުސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ޓެގް ކުރައްވައި ޓްވީޓްގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސާ ގޯނި ހިފައިގެން ހިނގީ ކާކު ކަމެއް ސީދާ މައުމޫން ވިދާޅުނުވި ނަމަވެސް، އެކަން އެގޮތަށް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް، މަޖިލީހުގެ ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޭނާއާ ވަނީ ސުވާލު ކުރައްވާފަ އެވެ.
އެމްއެމްޕީއާރުސީން ރަށްްތައް ދޫކޮށްގެން ލިބުނު ފައިސާ ވަގަށް ނެގި މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާލަށް ރިޝްވަތުގެ ތުހުމަތުތައް ވަނީ ކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ފައިސާގައި ހިއްޕެވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "އެ ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރި އަށް ދިޔަ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ހިތްވަރުދޭ ކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ގާސިމް ހައްޔަރު ކުރުމާ ގުޅިގެން މާލެ އާއި އޭނާގެ އުފަން ރަށުގައި އަންނަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ.
ގާސިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކޮށް ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ގާސިމް ހައްޔަރުކުރަނީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު އަހައްމަދޭ
09 April 2017
ރައީސް މީހާވެސް އިހަކަށްދުވަހު ވިދާޅުވި 40 މިލިއަނަށް ހަސްފަތާލުގެ އެހަދާ ތަންކޮޅު ހަދާދޭނެ ފަރާތެއް ހޯދައިދެއްވާށޭ އޭރުން ތިމަން މަނިކުފާނު 40 މިލއަނާ އަދި އޭގެ އިތުރައް 200 މިލިއަން ހަދިޔާއަކަށް ދެއްވާނަމޭ ، އެބޭފުޅާއަތުގަ އެވަރައް އެބަހުރިތަ؟
މާރިޔާ
09 April 2017
30އަހަރު ކިހާބޮޑު އުދަގުލެއް ރައީސް ޔާމިން ވަރެއްނެއް
ގާދިރު
09 April 2017
ސާބަހޭ ރައީސް މައުމޫނު، މަނިކުފާނު ތިއަވިދާޅުވީ އަޅުގަނޑުމެން ދިވެހި ގިނަ ރައްޔިތުންވެސް އުފައްދާ ސުވާލުގެ ވާހަކަ، ޤައުމުގައި މިއަދު ހަމަހަމަކަމާއި ޢަދުލު އިންޞާފު ވަނީ ނެތި ގޮސްފައި، އަދި ނުބައި ޖަރީމާތައް ހިނއްގުމަށްފަހު ތިމަންނާމީ އެކަންކުރިމީހާއޭ، ފަޚުރުވެރިކަމާއެކު އިޢުލާންކުރަމުން ހިނގާ އިރުވެސް ބައެއް މނީހުންނާ މެދު ޤާނޫނީ ފިޔަވަޅު ނާޅާ އިރު އަނެއް ބައެއްގެ މައްޗަށް ހެކި ނެއްކަމުގައި ވިއަސް ތުހުމަތުކޮށް ހައްޔަރުކޮށް ދަޢުވާކޮށް ބޮޑެތި ޙުކުމްތައް ކުރަމުން ދިއުމަކީ ޙައިރާންވާންޖެހޭ ކަމެއް، އަދި މިގޮތަށް މިކަންކަން ތަކުރާރުވަނީ ބާރުހުރި ފަރާތްތަކުން ކުރާ މިފަދަ ކަންކަމާމެދު ފަހުންވެސް ފިޔަވަޅު ނޭޅޭތީ ، މީ ހިތާމަ ހުރިކަމެއް، ޤައުމުގައި މިއަދު ޑިމޮކްރަސީ ދަނީ ވަޅުލެވެމުން
ހަމޭސް
09 April 2017
ކޮބައިތޯ 12 ފޮށީގަ ރައްކާކޮއްގެން ގެންދިޔަކަަމަށް ބުނި ފައިސާތައް ދުވަސްކޮޅާކުން އެފަރާތަށް އެނެއްކާވެސް ކެބިނެޓުން ފުރުސަތު ދިނީ 12 ފޮށިގެ ފައިސާ އަނބުރާ ގެނައުމުންތަ؟ އެފައިސާ އަކީ އަމިއްލަ ނުވަތަ އޭރުގެ ރައީސްގެ ފައިސާބާ؟ ރައްޔިތުންގެ ފައިސާ ދެއްތޯ އޭރުގެ ވެރިކަމުން އެފައިސާ އަނބުރާ ހޯދަން މަސައްކަތްނުކޮށް މިައަދު ގޮވާލެވޭ ގޮވާލުންތަކަކީ އަމިއްލަ ފައިދާއަށް އިއްވާއަޑުތަކެއް އިޚާލާސްތެރި އަޑެއް ނޫން
ގިސް
09 April 2017
މަޖިލިހުގައިތުރުން ޓީވީޗެނަލަކަށް އަރައިގެން އެވާހަކަދެއްޖެވި މަޖިލިހުގައިންތިޔަަޒު އޮތަސް ޓީވީ ޕޮރޮގުރަަމުފަ ލާރިބެހިކަމަށް ބުނިމައްސަލަ ބެލެންޖެހޭނެ.
މައްލަބެ
09 April 2017
އަދި ހަމަ އެހެންމެ، ފުލުހުންނަށް އަމިއްލަ ޖީބުން ބޮޑު މުސާރައެއް ދޭން ބުނި މީހާ ވެސް އެބަ އުޅުއްވާ ވަރަށް އިތްޒަތުގައި.
ސާވްދާން އިންޑިއާ
09 April 2017
ލަގްޒަރީއަށް އެއްޗެއް ގަންނަން ދިޔައިރު ކުނޫޒުދޮށް ފުރި ބާރުވެގެން އެތާހުރި މީހަކު ކައިރި އަހައިފީމު ކީއްހޭ ވެގެން މިއުޅެނީ. މިހެން ހަމަ ބުނިތަނުން އެމީހާ ބުނެފި ކަލޭ މޮޔަހޭ އެއޮތީ ތިން ޕާޓީ ގުޅިގެން ސީދާ ހަރަކާތުގައި ނޫންހޭ. އެމީހާ އެހެން ބުނީމާ ރަނގަޅަށް ބަލާލިއިރު ކުނޫޒު ދޮރުމަތިންވާގޮތަށް މަގުގައި އަތުރާފަ ހުރި ގާތަށް ނަގަން ބަންގާޅިންތަކެއް ހޭލިމޭލިވާތީ ފެނުނީމާ އަހަރެން ހިތަށް އެރީ ސުބުހާނަﷲ އޭ މިއޮތީތާއޭ ސީދާ ހަރަކާތް އައިސްފަ.
އަލީ
08 April 2017
ތިއީ ޓީވީގައިވެސް އެ މެންބަރު ދެއްކެވި ވާހަކައެއް. ހަމަ އެކަނި މަޖިލީހުގެ ތަޅުމަކު ނޫން އިގޭތޯ؟
ދިވެހިދަރި
08 April 2017
ތިޔަބުނާ މީހަކު ތިވާހަކަ ދެއްކީ ހަމައެކަނި މަޖުލިސް ތަޅުމުގައި ކަމަށް ލިޔުންތެރިޔާ ފާހަގަކޮށްފައި ތިޔައޮތީ ހަމަނޭގޭތީތޯ? ތިމީހަކު އެކަމަށް އިއުތިރާފުވެފަ ދިޓީވީގެ ޕްރޮގްރާމަކުން ނަގާފައިން ވީޑިއޯ ކްލިޕެއް އިރުއިރުކޮޅާ ރާއްޖެޓީވީއިން ދައްކިތަން ގައިމުވެސް އަޅުގަނޑު ދުށިން.
މޯޑު
08 April 2017
މުހަންމަދު އިސމާއީލު ވަނީ ޓީވީ އަށް އަރާ އޭނައެކަންކުރިކަމަށް އިއުތިރާފު ވެފަ އަދި ހަތިމުގަ އަތްލާފަ ހުވާކޮށް ފައިސާހިފިމީހުން ގެ ނަން ހާމަކޮށްދޭނެ ކަމަށް ބުނެފަ. އެކަމަކު މިދައުލަތަށް އަޑުއިވުނުކަމަކަށް ނުވި. އަނިލް ޢާއި އަރީފް ބީރު ކަންފަތެއް ދިނީ....