ޚަބަރު / އުމަރު ނަސީރު

ޕްރައިމަރީ ބާއްވާނެތޯ ކަނޑައަޅަން ޖެހޭނީ ކޮންގްރެސްއަކުން: އުމަރު

ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ރައީސް ޔާމީނާ ކުރިމަތިލާން އެހެން މީހަކަށް ނުކެރޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕާޓީގެ ކޮންގްރެސްއަކުން ކަމަށާއި އަސާސީ ގަވާއިދުގައި ބުނާ ހުރިހާ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ އަސާސީ ގަވައިދުގެ ތެރެއަށް ޕްރައިމަރީ ބޭއްވުމުގެ އުސޫލު ތައާރަފު ކުރައްވަން އިސް ދައުރެއް އަދާކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީއަކާ ނުލައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ދިނުމަށް، އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދަންނަވަމުން ގެންދާ މި ދަނޑިވަޅުގައި، "މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާ ބޭފުޅަކު ދެވަނަ ދައުރަށް ޓިކެޓް ބޭނުންވެއްޖެ ނަމަ، އެ ފުރުސަތު ދެވިދާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނާ ބުނުމަށް އޭނާ އިހުތިރާމް ކުރައްވާ ކަމަށެވެ.

"އެކަމަކު އެކަން ނިންމަން ވާނީ ޕާޓީގެ ކޮންގްރެސްއަކުން. އެއީ ކައުންސިލުން ނިންމަން ޖެހޭނެ ކަމެއް ނޫން. ޕްރައިމަރީ ބޭއްވުމާ މެދު ނުވަތަ ރިޔާސީ ޓިކެޓު ދިނުމާ މެދު ޕާޓީތަކުގެ ކައުންސިލުން ގޮތެއް ނިންމުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ ގޮތެއް ނޫން. އެއީ ކޮންވެންޝަނަކުން ނިންމާ ކަމެއް،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް: ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދިނުމާ ގުޅޭ ބަހުސް ވަނީ ހޫނުވެފައި. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން، ބައެއް ބޭފުޅުން ތާއީދު ކުރެއްވި ނަމަވެސް މައުމޫން އެއާ ދެކޮޅެވެ.

އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓް ހޯދުމަށް ޝައުގުވެރިވާ ބޭފުޅުން ތިބިތޯ ބެލުމަށް، އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ހުޅުވާލަންޖެހޭނެ އެވެ. އަދި ބަޔަކު ތިބި ނަމަ ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ..---ފޮޓޯ: ރައީސް އޮފީސް

"އެކަމަކު އަޅުގަނޑަށް ޔަގީން ޕީޕީއެމްގެ ޕްރައިމަރީ އަށް ހުޅުވާލައިފިއްޔާ ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވާނެކަން. ކާކުތޯ ރަނިން ޕްރެޒިޑެންޓާ ވާދަކުރަން ނުކުންނާނީ؟ އެ ޗެލެންޖަކަށް ނުނިކުންނާނެ އެކަކު ވެސް. އަޅުގަނޑަށް ޔަގީން ޕްރައިމަރީ ބާއްވާނެތޯ ނުވަތަ ނޫންތޯ ބަލަން ކޮންގްރެސް ބާއްވައިފި ނަމަ، ރައީސް ޔާމީން ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނެ،" ޕީޕީއެމްގެ އެންމެ ފަހުގެ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އުމަރު ވިދާޅުވި އެވެ.

އަޅުގަނޑަށް ޔަގީން ޕީޕީއެމްގެ ޕްރައިމަރީ އަށް ހުޅުވާލައިފިއްޔާ ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވާނެކަން. ކާކުތޯ ރަނިން ޕްރެޒިޑެންޓާ ވާދަކުރަން ނުކުންނާނީ؟ އެ ޗެލެންޖަކަށް ނުނިކުންނާނެ އެކަކު ވެސް. އަޅުގަނޑަށް ޔަގީން ޕްރައިމަރީ ބާއްވާނެތޯ ނުވަތަ ނޫންތޯ ބަލަން ކޮންގްރެސް ބާއްވައިފި ނަމަ، ރައީސް ޔާމީން ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނެ: އުމަރު

އުމަރު ފާހަގަ ކުރެއްވި ގޮތުގައި އޭނާ އަބަދުވެސް ހުންނަވާނީ ޕްރައިމަރީ ބޭއްވުމާ އެއްކޮޅަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ޕީޕީއެމަށް ޕްރައިމަރީ ބޭއްވުމުގެ އުސޫލު ތައާރަފު ކުރެއްވީ "އަޅުގަނޑުގެ ކޮނޑުގައި އުފުލައިގެން" ކަމަށް ވާތީ އެވެ. އަދި އެއީ އެންމެ ޑިމޮކްރެޓިކް، ޕާޓީގެ އެންމެންގެ ބަސް އިއްވާ މަރުހަލާ ކަމަށް ވުމެވެ.

"ޕްރައިމަރީ އަކީ ޕީޕީއެމްގެ އަސާސީ ސިފައެއް. އަޅުގަނޑުމެން އުފެދިފައި މިވަނީ ޕްރައިމަރީ އެއީ ޕާޓީގެ އެންމެ އަސާސީ ސިފަ ކަމަށް ބަލައިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް ހުންނާނީ އެ ފިކުރުގައި،" ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު ވިދާޅުވި އެވެ.

17 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސިލް

16 June 2016

ޕްރައިމަރީ އެއް ބާއްވާނެތޯ ކަނޑައަޅަން ޖެހޭނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންގްރެސް އަކުންނެވެ. އެހެން ކަމަށްވާނަމަ ފުރަތަމަ ވެސް ޕީޕީއެމް އަށް ބޭއްވޭނެ ނޫންތޯ ޕީޕީއެމްގެ ކައުންސިލު ޖަލްސާ އެއް. ކައުންސިލު ޖަލްސާ އަށް ފަހު ދެން ޕީޕީއެމް އަށް ބޭއްވޭނެ ނޫންތޯ ކޮންގްރެސް އެއް. ކޮންގްރެސް އެއް ބޭއްވުމަށް ފަހު ދެން ޕީޕީއެމް އަށް ކޮންގްރެސް ތެރޭން ފާސް ކުރެވޭނެ ނޫންތޯ މިހާރު ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސް އަށް 2018 ގެ ރިޔާސީ ޓިކެޓް އެކްސްކްލޫސިވް ރައިޓްސް އާއި އެެކު ދޭން. އެނޫން ގޮތަކަށް މިކަން ކޮށްފިނަމަ މިކަމުގެ ބައުންސް ބެކް ލައްވާލާނެއެވެ. މިފަހަރު އިދިކޮޅު އެމްޑީޕީ އަށް ދައްކަން ޖެހޭނެ ޕީޕީއެމް އަކީ ޑިިމޮކްރަސީގެ ރީތި ނަމޫނާ ކަން. ޕީޕީއެމްގެ ކޮންގްރެސް ބާއްވާ ކޮންގްރެސް އިން އަސާސީ ގަވާއިދު އިސްލާހު ވެސް ކުރެވިދާނެ ނޫންތޯ ޕީޕީއެމްގެ ވެރިކަމުގައި ރައީސް ކަން ކުރައްވާ ކޮންމެ ބޭފުޅަކު ބޭނުން ނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވިދި ވިދިގެން ދެ ދައުރުގައި ވެރިކަން ކުރަން ދޫކުރެވިދާނެ ކަމަށް. ހަމަ އެގޮތަށް ރައްްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް ވެސް ވިދިވިދިގެން ދެ ދައުރުގައި މަޖްލީސް މެމްބަރު ކަން ދޭން ވެސް ނިންމި ދާނެއެވެ. މިކަން މިގޮތަށް ކޮށްގެން މެނުވީ ރާއްޖެ އަށް ދެން ރަނގަޅު ގޮތްތަކެއް ނުވާނެއެވެ. ލިޓިލް ސިންގަޕޯރގެ ސައިލެންޓް ޑްރީމް އަކީ އެއީ މިފަދަ ކަންކަން މިގޮތަށް ކޮށްގެން މެނުވީ ހާސިލް ވެވޭނެ އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

އަޙްމަދު

16 June 2016

ޢުމަރަކީ އިގިރޭސި ބޮއިގެން ހުރި މީހެއް ގޯހެއް ނުބުނާނެ.

The name is already taken The name is available. Register?

އުމަރު

16 June 2016

ޢުމަރަކީ އަބަދުވެސް ނަޝީދާ އަޅައިގެން ނުނެއްޓިގެން އުޅޭ މީހެއް.ކޮބައިތޯ ޔާމީނާ ބެހޭ ގޮތުން މީނާ ދެއްކި ވާހަކަ.އެމައްސަލަ ބަލްން ޖެހޭ ހުދުވަލުގެ މައްސަލަ ބަލަންޖެހޭ.މާހިރުގެ މައިބަދަ ބިންދާލި މައްސަލަ ބަލަންޖެހޭ.

The name is already taken The name is available. Register?

ހޯރަ

16 June 2016

ޔަާމީން ޕްރައިމަރީން ހޮވުނަސް ރިޔާސީ އިންތިހާބުގަ ހޮވަޭނީ ކޯޓުން ހޮވާދީގެން. އަނެއް ވައްކަން ކޮށްދޭން ތިބީ އީސީ ގެ ތެރެއިން. ރައްޔަތުންގެ ވޯޓުން ވައްކަން ކޮށްގެން ނޫނީ ޔާމީނަކަށް ގައުމުގެ ވެރިކަން ނުލިބޭނެކަން ޔަގީން.

The name is already taken The name is available. Register?

މިހިރީއެ ހާލަކީއުޅޭ

16 June 2016

ވެރިކަމުގެ ދަހިވެތި ކަމުގައި ތިޔަހާބަރު އަރުވައި ތިލަނީ ޔާމިނާ ވާދަ ކުރާނެ އިދިކޮޅު ކެނޑިޑޭޓަކުވެސް ނެތެއްނުންތޯ؟ އަނެއްކާ މިހާރު ޕްރައިމެރީ ވާހަކަ ތިޔަ ފެށީ ޕާޓީގެ އަސާސީ ޤަވައިދާ ހިލާފަށް އެތަށް ކެމްޕޭނެށްކޮށް ބޮޓެތި އަމާ ސިންގާ ތައްވެސް ބޭންވުމަށްފަހު ދޮއްތޮ. މި ރައީސް އަށް މެޑަމްވެސް ހަދަނީ ހަމަ ހަދާނެ ގޮތެއްވިއްޔާ ދޯ! ޅަދުން ބޯ ހަލާކު.......!

The name is already taken The name is available. Register?

mueezuk

16 June 2016

އުމަރު ތިޔަ ސުމޯޓޯވީ، ދެން ފެންނާނި ބޮމެއް ނޫނީ ފިސްތޯލެއް ނޫނީ ހުދު ވަލަކާ ހަރުގަނޑެއްގެ މައްސަލާގައި ޓެރެރިޒަމްގެ ދަޢުވާކޮށް ބާރީ ޤާޒީ ހުކުމެއް ކުރާތަން.

The name is already taken The name is available. Register?

އެރޭންޖް

16 June 2016

ޕީޕީއެމްގެ ކޮންގްރެސް އިން ގޮތްތަކެއް ނިންމަވާ ދެއްވަންވީ އެއީ 2018 ގެ ރިޔާސީ ރޭހުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނީ އެއީ ޕްރައިމަރީ އެއް ބާއްވައިގެން ތޯ ނުވަތަ ނޫންތޯ. މައްސަލަ އެއް ނެތް ޕްރައިމަރީ އެއް ބާއްވައިގެން ކަމަށް ވިޔަސް. އެގޮތަށް ނިންމިއަސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅު އެވެ. އެކަމަކު އެހުރިހާ ކަމެއް ނިންމަވާ ދެއްވަންވީ މިއަހަރު އެވެ. އެއިރުން އަތް ނުލާ އޮތް 2 އަހަރު ލިބޭނެ 2018 ގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަން. ޕީޕީއެމްގެ ޕްރައިމަރީ އެއް ބޭއްވިޔަސް އިރާދަ ކުރެއްވިއްޔާ މޮޅުވާނީ ރައީސް ޔާމީން އެވެ. ބޮޑު ތަފާތަކުން މޮޅުވާނެއެވެ. އެކަމަކު ޕީޕީއެމްގެ ޕްރައިމަރީ ބާއްވާއިރު އެމްޑީޕީގެ ރަޖިސްޓްރީގައި ތިބި މީހުން ކުއްލި އަކަށް އެމްޑީޕީން ކެނޑިގެން އައިސް ޕީޕީއެމްގެ ދަފްތަރުގައި ޖެހުނަސަް ޕާރޓީގެ ޕްރައިމަރީ އަކު ވޯޓެއް ނުލެވޭނެއެވެ. ޕާރޓީގެ ޕްރައިމަރީ ގައި ވޯޓް ލެވޭނީ ޕާރޓީގެ ރަޖިސްޓްރީގައި އޮންނަތާ 1 އަހަރު ވެފައި ވާ އެންމެންނަށެވެ.

The name is already taken The name is available. Register?

އެއްބަސް

16 June 2016

ޕީޕީއެމް ދެކެ އަބަދުވެސް ލޯބިވާ އަބަދުވެސް ރައީސް ޔާމީން އަށް ތެދުވެރި ވާނެ ކަމަށް އަޅުގަނޑުމެން ޕީޕީއެމް މެމްބަރުން އަބަދުވެސް ޤަބޫލުކުރަނީ އެއީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. މިސަރުކާރުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ނެތް ނަމަ ބްރޯ ލޯންޗްގައި ގޮއްވާލި މައްސަލަ އޮތްބާލާ މިސަރުކާރު ވައްޓާލާނެ ބްރޯ އިދިކޮޅު މީހުންނާއި ގުޅިގެން އެނޫންނަމަ ބައާވާތެއް ކޮށްގެން ނަމަވެސް. އެކަން ކާމިޔާބު ނުވީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުރުމުންނެވެ. އުމަރު ވިދާޅުވެއްޖެނަމަ އަަޅުގަނޑުމެން ވެސް އުސޫލެއްގެ ގޮތުން ތަބާވާނަން ޕީޕީއެމްގެ ޕްރައިމަރީ އެއް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ކޮންގްރެސް އެއް ބާއްވަން. އެކަމަކު އަޅުގަނޑުމެން އުއްމީދު ކުރަނީ ޕީޕީއެމްގެ ފުރަތަމަ ޕްރައިމަރީގައި ޕީޕީއެމް އަށް ލިބުނު ދެރަ ނުލިބި ވާނެ ހުރިހާ ގޮތަކަށް ހޯމް މިނިސްޓަރު އުމަރު ރައީސް ޔާމީން އާއި ގުޅިގެން މަސައްކަތް ކޮށް ރިޔާސީ ޓިކެޓް ރައީސް ޔާމީން އަށް ޕީޕީއެމް އިން ޕްރައިމަރީ އަކަށް ނުގޮސް އެކަން ނިންމަވާ ދެއްވުމުގައި އުމަރު ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް. އުމަރު ނަސީރު އަކީ އެހެން ސިޔާސީ ބޭފުޅުންނާއި ޚިލާފަށް އަމިއްލަ އެދުން ކުޑަ ބޭފުޅެކެވެ. އެހެން ކަމަށްވާނަމަ ގައުމުގެ ހައްގުގައި ރައީސް ޔާމީންގެ ފަހަތުގައި 10 އަހަރު ދުވަހު ހޯމް މިނިސްޓްރީ އުމަރު ނަސީރު ހިންގަވާ ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހައްދަވާ ދެއްވާނެ ކަމަށް އަޅުގަނޑުމެން މިދެކެނީ. ހުރިހާ ޑްރަގް ލޯޑުން ޖެހޭނެ މާލޭން ނައްތާލަން. އަދި ހުރިހާ ގޭންގް ތައް ޖެހޭނެ މާލޭން އުފުރާ އުކާލަން.

The name is already taken The name is available. Register?

އުމަރު

16 June 2016

އުމަރު އެވިދާޅުވީ ކަންތަށް ކުރަން އޮންނަގޮތަށް، އެހެންވެ އަބަދުވެސް އަހަރެން އުމަރުއަށް ތާއިދުކުރަނީ، ޕީޕީއެމްއިން ވަކި މީހަކަށް ޓިކެޓްދިނީމާ ޑިމޮކްރަސީގެ ކަންފުޅެއްވެސް އެހިސާބުންނެތީ، އަދި ދެންތިބި ގާބިލް މީހުންނަށް އޮތް ފުރުސަތުވެސް ގެއްލުނީ، އެހެންކަމުން ޕްރައިމަރީއެއް ބާއްވައިގެން ނޫން ގޮތަކަށް ޓިކެޓްދީގެންނުވާނެ

The name is already taken The name is available. Register?

ޖޭޑް

16 June 2016

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން، ބައެއް ބޭފުޅުން ތާއީދު ކުރެއްވި ނަމަވެސް މައުމޫން އެއާ ދެކޮޅެވެ. މައުމޫނު ދެކޮޅީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނުމަކަށް ނޫނެވެ. އަސާސީ ގަވާއިދުގައި ބުނާ ހަމަތަކުން ބޭރުން ޓިކެޓްދޭށެވެ. އުމަރު އެ ވިދާޅުވާގޮތަށް އެއީކީ ކައުންސިލަށް ލިބިދޭ ބާރެއް ނޫނެވެ. އެކަމަށް ގޮތެއް ނިންމަންޖެހޭނީ ޕާޓީގެ ކޮންގްރެސްއިންނެވެ. ދެން ޔާމީނާއި މީހަކު ވާދަކޮށްލަފާނެތީ ހަދަ ބިރެކޭ މިގަންނަނީ! އަދި މީހަކު ވާދަކުރާ ވާހަކަ ދެއްކީއެއްވެސް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454