އުގެއިލް އިއްޔެ ވޭމަންޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ތ. އަތޮޅު ކައުންސިލް
19 އެޕްރީލް 2017 - 21:04
ތ. އަތޮޅުގެ ދެ ރަށެއްގައި ތައްޔާރުކުރި ރާއްޖޭގެ ސަގާފީ ބައެއް ކަންކަން ދައްކުވައިދޭ ދެ މައިޒާނެއް ޕްރޮފެސަރު ހަސަން އުގެއިލް ހުޅުވައިދެއްވައިފި އެވެ.
އިއްޔެ ތ. ވޭމަންޑުއަށް ވަޑައިގެން އުގެއިލް ވަނީ އެ ރަށުގެ އަތޮޅު ކައުންސިލްގައި ހަދާފައިވާ "ވާރުގޭ" މައިޒާން ހުޅުވައިދެއްވައިފަ އެވެ. އަދި މިއަދު ހަވީރު ވަންދޫއަށް ވަޑައިގެން ހުޅުއްވައިދެއްވީ "މަރިޔާދު ތުނޑި" އެވެ. މި ދެ މައިޒާނުގައި ވެސް ދައްކުވައިދެނީ، ސަގާފީ އަދި ދިވެހިންގެ އިހުގެ ދިރިއުޅުމުގެ ބައެއް ކަންކަމެވެ.
އުގެއިލް މިއަދު ހަވީރު ވަންދޫއަށް ވަޑައިގެން، އެ ރަށު މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ތ. އަތޮޅު ކައުންސިލް
މި ދެ ރަށަށް ވަޑައިގެންނެވުމުން އުގެއިލަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
އުގެއިލް އިއްޔެ ވޭމަންޑޫއަށް ވަޑައިގެން،ނެވުމުން އޭނާއަށް މަރުހަބާ ދަންނަވަނީ- ފޮޓޯ: ތ. އަތޮޅު ކައުންސިލް
ރޭ ވޭމަންޑޫގައި އުގެއިލްގެ ޕަބްލިކް ޓޯކް ޝޯއެއް ވެސް އޮތެވެ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަން
ވޭމަންޑޫގައި ހުޅުވި ފިނި މައިޒާން، އުގެއިލް ބައްލަވާލައްވަނީ.-- ފޮޓޯ: ތ. އަތޮޅު ކައުންސިލް
ކައުންސިލުން ފާހަގަކުރި އެވެ. ރޭގެ ޓޯކް ޝޯގައި އުގެއިލް ވަނީ ޝައުގުވެރިކަމާ އެކު ދިރިއުޅޭ މީހަކަށް ވުމާއި ދުޅަހެޔޮ ދިރިއުޅުން، ސައިންސާއި ޓެކްނޮލޮޖީ އަދި ފަހި ވިސްނުމުގެ މީހަކަށް ވުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
މިއަދު ހެނދުނު ވަންދުއަށް ވަޑައިގެންނެވުމުން އުގެއިލަށް މަރުހަބާ ދަންނަވަނީ.- ފޮޓޯ: ތ. އަތޮޅު ކައުންސިލް
އުގެއިލްގެ މި ދަތުރުގައި ސްކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ ބައްދަލުކޮށް ތަފާތު މައުލޫމާތުތައް ދެއްވާނެ ކަމަށް، މިކަން އިންތިޒާމުކުރި ފަރާތުން ބުންޏެވެ.
މިިދިޔަ ހޯމަ ދުވަހުގެ ރޭ ގދ. ތިނަދޫގައި ވެސް އުގެއިލްގެ ޓޯކް ޝޯއެއް ބާއްވާފައިވެ އެވެ. އެ ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިމާ
20 April 2017
އުގައިލް އެކޮއި މާބޮޑައްސިޔާސީ ނުވާތި އެކަމަކު މިރާއްޖެއައް ހަމަޖެހުން ހޯދައި ދެއްވުމަ ދިވެހި މިބިމައް އުފަން ދަރިއެއްގެ ހައިސިއްޔަތުން ރައީސް ކަމައް ކުރިމަތިލައްވައިފިނަމަ ޝަރުތަކާނުލާ ހޮވި ވަޑައި ގައްނަވާނެ އިންޝާ ﷲ
އުމަރު
20 April 2017
އުގެއިލް އެބަޖެހޭ ތިޔަހެން ރައްޔިތުންނާއި ތަންކޮޅެއް ކާރިން ހިދުމަތްކޮށްދޭން، އުގައިލް އެބަޖެހޭ ރާއްޖެ ބަދަލުކޮށްލެވޭނެ މަގާމަކަށް ވަޑައިގަންނަވަން، އުގެއިލު އެބަޖެހޭ ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާން
ހަސަދު
20 April 2017
އުގެއިލް ސްކޮލާޝިޕު ބޮންޑު ފުރިހަމަ ކުރައްވާފިންތޯ. ސްކޮލާޝިޕަކީ ހުރިހާ ދިވެހިންގެ ތެރެއިން ކޮންޕީޓު ކޮށްގެން މަދު ބަޔަކަށް ލިބޭ އެއްޗެއް. ސްކޮލާޝިޕް ލިބެނީ ކިޔަވާނިމުމުން ރާއްޖެ އައިސް އެބޮންޑު ފުރިހަމަ ކުރުމަށް. މީހާ ކިތަންމެ ވިސްނުންތޫނަސް މިކަން އޮންނަންވާނީ ހަމަ އެހެން. އަޅުގަނޑު އުގޭލަން ދަންނަވާނީ ބޮންޑު ފުރިހަމަ ކޮށްދެއްވުމަށް.
ޝަހާމް އިބްރާހިމް
20 April 2017
ޕްރޮފެސަރ އުގެއިލް އަށް މަރުހަބާއެވެ. އަދި މިދުވަސްކޮޅު އުގޭލުގެ ވާހަކަ މާ ގިނަ ވެފައިވުމުން ކަންތައްތަކެއް ފާޅުވާން އުޅޭހެން ހީވާކަހަލައެވެ. އާދޭހާއެކު ދަންނަވަނީ، ލިބިފައިވާ އިލްމުގެ ޒަރިއްޔާއިން ރައްޔިތުން ތިދޭ ތަރުހީބާއި އިހުތިރާމުގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމުގެ އެންމެހާ މަސައްކަތެއް އުގޭލު ކުރައްވަން ފައްޓަވާށޭ...! 5 އަހަރު ހޭދަ ކޮށްލި ނަމަވެސް އެންމެ ރަނގަޅޭ. އެއްވެސް ޕާޓީއަކާ ނުގުޅިގޮސް މިގައުމުގެ 2018 ގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ލަޔާގަތާއި ގާބިލްކަން ލިބިގެންވަނީ އުގެއިލް އަށެވެ.
ސިޔާސީ
20 April 2017
އުގައިލު ދުވަހަކުވެސް ނުކުރާނެކަމަކީ ވެރިކަމަށް ކުރިމަތި ލުމާ ސިޔާސީ ދާއިރާއަށް ނިކުތުންކަމަށް އޭނާގެ ގާތް މީހުން ބުނަނީ... ލައްކަ އޮފަރތައް އާދޭ ހުރިހާ ޕާޓީއަކުން ވެސް
ވާނުވާ
20 April 2017
ދިވެހިންގެ ތެރެއިން ގިނަމީހުންނަކީ ދުނިޔެވީ ކަމަކާ ވިސްނާބައެއް ނޫން، އެނގޭހާވެސް އެއްޗަކީ އެޕާޓީ މިޕާޓީ. . . އަޅުގަނޑު ހަނދާންވޭ ޕްރޮފެސަރު އަބްދުﷲ ސައީދު އޭނަގެ އުފަންރަށުގައި ހުކުރުނާމާދުން ފައިބާ މީހުންނާ ސަލާންކުރަނިކޮށް ބަޔަކުމީހުންބުނި އެއުޅެނީ ވެރިކަމަށް އަންނަންށޭ އެކަމަކު އަހަރަމެންނަށް ވޯޓެއް ނުދޭނަމޭ. . . ވީމާ މީ އަޅުގަނޑުމެންގެ ހާލަތު! ސޯ ނޯ ސަޕްރައިސް ދޯ
ނަޒީމް
20 April 2017
މި އާޓިކަލައް ކޮއްފައިވާ ކޮމެންޓްތަކައް ބަލާލީމަ ިއނގޭނެ މި ރާއްޖޭގެ ކަންކަން ރަނގަޅު ނުވާ ސަބަބު! މޫސާގެފާނުގެ ޒަމާނުގައި މަޖޫސީންގެ ބަސްމަގާ ވިސްނުން ހުރިގޮތައް އަދިވެސް ބައެއް ދިވެހިންގެ ވިސްނުން ހުންނަނީ ރަނގަޅު އެއްގޮއްވެސް ނެއް! ދުއްތޫރު ޒާކިރު ނައިކަކީ ބޭސްވެރިކަމުގެ ދާއީރާއިން ދުއްތޫރު ކަމުގެ ސަނަދު ހާސިލް ކޮއްގެން ހުއްނެވި ބޭފުޅެއް އެހެނަސް މިހާރު އިސްލާމީ އުންމަތުގައި ތިއްބެވި ދާއީންގެ ތެރޭން އެންމެ ނަންހިގާ އެއްބޭފުޅާ ..... ދީނީ ރޮނގުން އެއްވެސް ސަނަދެއް ހާސިލް އެއް ނުކުރައްވާ! އިލްމަކީ ސަނަދަކުން ލިބޭ އެއްޗެއްނޫން!
ފާތުމަ
20 April 2017
މެޑަމު ދިޔާމަ ނިކުންނަވަރަށްވުރެން ގިނަމީހުން އެބަތިބިދޯ
ާއައްސިދަ
20 April 2017
ދެން އަލިފު އުބުފިލިން ފެށޭ އެއްވެސް މީހަކައް ކުރިމަތި ނުލެވޭ ގޮތް ހަދާލަމާ
ތަފާލު
20 April 2017
މިހެން ހަމަ މައުމޫނުވެސް އުޅުނީ
މެންޓަލް ކޭސް
20 April 2017
އުގައިލް މެން ކަހަލަ ގިނަ ބަޔަކު ރާއްޖޭގައި ތިބިނަމަ ރާއްޖޭގަ ހާލަތު ރަންގަޅު ހާލަތަކަށް ބަދަލު ކޮށްލެވިދާނެ، ގައުމެއް ތަރައްގީ ވަނީ އުސް އިމާރާތްތަކެއް ބިނާ ކޮށްގެނެއްނޫން، މީހުން ބިނާ ކޮށްގެން