މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ރިޔާޒްގެ ފުރަތަމަ ޝަރީއަތަށް ވަޑައިގަތުމުގެ ކުރިން، ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށް އޭނާ އަތް ހިއްލާލައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
20 އެޕްރީލް 2017 - 19:29
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލާގައި މިރޭ ބާއްވަން އޮތް ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
މިރޭ 8:00 ގައި ބާއްވަން އޮތް ޝަރީއަތް ސިއްރު ކުރުމުން އޭގެ މާނަ އަކީ އެ ޝަރީއަތަށް ވަދެވޭނީ ރިޔާޒްގެ އިތުރުން އޭނާގެ ގާނޫނީ ވަކީލުންނަށް އެކަންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ކުރަނީ "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" އެވެ.
މި މައްސަލައިގެ ދެވަނަ އަޑުއެހުން އަންނަ އާދިއްތަދުވަހު ބާއްވަން ކުރިން ތާވަލް ކޮށްފައި އޮތް ނަމަވެސް ކުއްލިއަކަށް މިރެއަށް ޝަރީއަތް އަވަސްކުރީ އެވެ. އެކަމަކު އޭގެ ސަބަބެއް އަދިއެއް ނޭނގެ އެވެ.
ފުލުހުންގެ ތަހުގީގަކަށް ހާޒިރުކޮށް، ރިޔާޒްގެ ފޯނު ހުޅުވަން އެދުމުން ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ދައުވާކުރާ އެ މައްސަލާގައި މިރޭ އޮންނާނީ ރިޔާޒްގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ ދައުވާއަށް ރިޔާޒް ވަނީ އިންކާރު ކުރައްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން ފުރަތަމަ އަޑުއެހުމުގައި އެދުނަސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އޭނާ އަށް ދައުވާކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އެކަމަކު ގާސިމްގެ ޝަރީއަތް މިރޭ ބާއްވާކަށް ތާވަލެއް ނުކުރެ އެވެ. ނަމަވެސް ގާސިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު މިއީ ރިޔާޒްގެ ޝަރީއަތް ސިއްރު ކުރާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
20 April 2017
ސިއްރުން އަޑުއެހުން ބާއްވާފަ ސިއްރުން ހުކުމް ކޮށްފަ ނޫސްވެރީން ނުވައްދާ ނަމަ ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ.
މެންޓަލިސްޓް
20 April 2017
އާދެ ވަރަށް ފައްކާކަމެށް ،،،، ވަރަށް ސަޅިއެކްޕީރިއަންސްއެއް ކަމަށް ރިޔާޒްއަށް ވާނެ ،،، އެއީ ކުރީން ރިޔާޒްއަކީ ޑްރައިވިންގސީޓްގައި އިންނެވި ބޭފުޅެށް މިއަދު ޕެސެންޖަރ ސީޓްގައި އިންނަވާއިރު ވަރަށް ސަޅި އިހްސާސްތަކެށް ކުރެވޭނެ ... ކުރީން ދަންވަރު 2 ޖެހީމައި ދޫނިދޫގޮޅިން މީހުންނެރެގެން ފްލަޑްޖައްސައިގެން ތަހްގީގްކުރި ޒަމާންތަށް މިހާރު މެމޮރީން ފްލޭޝްބެކް ވަމުންދާނެ ،،،، ވަރަށްވެދުން ،،
ހަސަނު
20 April 2017
މަގޭ ފޯނު ހަމަ ބަލަން ބޭނުންވަރަކަށް ފުލުހުން އައިސް ބޭނުންވެއްޖިއްޔާ ބަލަންވީ. ހަމަ ސީދާ ވެލްކަމް. ނުވެސް ފޮރުވާނަން. ÷ާސްވޯޑުވެސް ދޭނަން. އަހަރެންގެ ފޯނުގަ ނުހުންނާނެވިއްޔަ އެއްވެސް ޖަރީމާ އެއް ހިންގާފައެއް. އެހެންވެ މަށެއް ޖެހިލުމެއްނުވޭ. ރިޔާޒު ތިފޯނު ފުލުހުން ބަލަން ނުދިނީމަ އޭގެ މާނައަކީ ފޮރުވަން ބޭނުން އެއްޗެހި ޖަރިމާ ހުރީޔޭ. ސިމްޕަލް ލޮޖިކް.
އުދުހޭ
20 April 2017
ހައިކޯޓުގެ ރެޖިސްޓްރަރ މަގާމުން ވަކިކުރުމާއެކު ރިޔާޒުގެ މައްސަލަ ކުއްލިއަކަށް އަވަސްވުން... ވިސްނާ ބަޔަކަށް ކަންކަން ސާފުވާނެ!
މާނު
20 April 2017
ސޯޓު ބޭލޭނެކަން ޔަޤީން ވީމާ ބޭލޭތަން އެހެންމީހުން ނަށް ފޮރުވުމަކުން ފޮރުވިތަން ހާމަނުވެ މިޒަމާނަކު ނޯންނާނެ