21 އެޕްރީލް 2017 - 16:15
ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ދާދި ދެންމެއަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމާއި ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުން ފަދަ ތުހުމަތުތަކެއްގައި ހައްޔަރުކުރި ގާސިމް ކޯޓަށް ހާޒިރުކުރާތީ ފުލުސް އޮފީހާއި ކްރިމިނަލް ކޯޓު ހުރި ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.
ރޭ ގާސިމް ހައްޔަރުކުރީ އެކަމަށް ޕީޖީ އައިޝަތު ބިޝާމް އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރުކުރަންޏާ އެކަމަށް އެދެން ޖެހެނީ ޕީޖީ އެވެ. ކުރީ ފަހަރު ހައްޔަރުކުރީ އޭގައި ޕީޖީގެ ރޯލެއް ނެތިކަމުން، އެއީ ގާނުނާ ޚިލާފަށް ކުރި ކަމެއް ކަމަށް ނިންމައި، އެފަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ ވެސް އެވެ.
ކްރިމިނަލް ކޯޓަށް ގާސިމް ހާޒިރުކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން އާންމުންގެ ބަޔަކު އެއްވެފައި --ފޮޓޯ/ހުސެން ވަހީދު/މިހާރު
ކުރީ ފަހަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފަ އެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކުރީ ފަސް ދުވަހު ބަންދުގައި ހުންނެވި ފަހުންނެވެ.
ގާސިމާ ދެކޮޅަށް މިހާރު ފަށާފައިވާ ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ބަންދުގައި ބަހައްޓަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު އެ ކޯޓުން އެގޮތަށް އެ އަމުރު ދީފައެއް ނުވެ އެވެ.
ގާސިމް ތަހުގީގެއް އަނެއްކާ ފަށައިގެން މި އުޅެނީ ޝަރީއަތް ވެސް ކުރިއަށް ދަނިކޮށެވެ. އެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އާދިއްތަދުވަހު އެވެ.
ގާސިމް ބަންދުކުރުމާ ދެކޮޅަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަން ބައެއް ސަރަހައްދުތަކަށް ވަނީ އެއްވެފަ އެވެ.
ސަރުކާރަށް މިހާރު އެންމެ ބޮޑު އެއް ޕްރެޝަރަކީ ގާސިމްކަމުން، އޭނާ ހައްޔަރުކުރަނީ، އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ގާސިމްގެ އިތުރުން ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާ ދެކޮޅަށް ވެސް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
21 April 2017
މީީ ދޫކޮށްލާފަ ބަހައްޓާ ވަރުގެ މީހެއް ނޫން... ވެރިކަމާ ހެދި އަބަދުވެސް.. ފުކެއް ބޮޑުވަރު ދެން ކަމަކާ އަވަލިޔަސް...
އުދުހޭ
21 April 2017
ގާނޫނުއަސާސީގަ ބުނެޔޯ ކުށެއް ސާބިތުނުވާހިނދު ކޮންމެ މީހަކީވެސް މިނިވަނެކޭ! ބޭއިންސާފުން ގާސިމަށް ދެމުންދާ އަނިޔާ ވަގުތުން ހުއްޓާލުމަށް ގޮވާލަން.
ވިޗްޕޭޖް
21 April 2017
މުއްދަތު ޖަހަން ގާސިމް ކޯޓަށް ހާޒިރުކޮށްފި އެވެ. މަމެން އުއްމީދު ކުރަން ކޯޓުން ވަރަށް ރަނގަޅަށް މިކަން ކުރާނެ ކަމަށް.
ކުޑައާދަނު ކުޑަތުއްތު
21 April 2017
ގާޒީންނަށް ދަންނަވާލާނީ މިނޫން ދުވަހެއް އޮތް ކަމަށް ޤަބޫކުރައްވަންތޯ؟ 3 ފަނޑިޔާރުންގެ ތެރޭން 2 ފަނޑިޔާރުންގެ ތެރޭގައި ނަރަކަ ޙިޔާރުކުރައްވަން ބޭނުންފުޅުތޯ؟ އަދުލް އިންސާފު ޤާއިމުކުރައްވާށެވެ. ޔާމީނު ދެކެއެއް ނޫން ބިރުގަންނަންވީ. ޔާމީނު ވެސް ހެއްދެވި ގަދަ ކީރިތިވަންތް މާތް ﷲ ސުބުޙަނަހޫ ވަތައާލާ ދެކެ ބިރުވެތިވާށެވެ.
ރޯލްކޯލް
21 April 2017
ކުޑައާދަނުގެ ތިޚިޔާލަށް ތާއިދުކުރަން. ނަމަވެސް. ގާސިމް މެންގެ އަމަލުތައް ހުރީއަކީކަމެއް އިސްލާހުކޮށް ކަމެއްރަނގަޅުކުރަން އުޅޭއުސޫލަކަށް ނޫން. ނަޝީދުގެ ވެރިކަންނިމިގެން ދިޔަގޮތައް މިވެރިކަން ބަދަލުވެގެން ދާކަށްފުރަސަތެއް ގާސިމް އަކަށްނުގެވޭނެ. އެކަން ހުއްޓުވަނޤ ގާނޫނީ އިމުގެ ތެރެިން ކުރެވެން ހުރިހުރިާކަމެއް ކުރާނެ.
ޑޯން
21 April 2017
ގާސިމޫ އަދިވެސް ބުނާތި އޮޅިގެނޭ... ދެރަވެސްވޭ އެކަމް..
އާސިއްޕެ
21 April 2017
ކިހާ ބޮޑު ބަ .... އެއް! އެއްވެސް ހެއްކެއްނެތް!
ޙަސަން
21 April 2017
ގަަސިމް ދޫކޮށްލާ..