ދުނިޔޭގެ މަސައްކަތްތެރިންގެ ސަލާމަތާ ބެހޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރަން ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 އެޕްރީލް 2017 - 20:15
މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތް ކުރަންވިތާ ވަރަށް ދުވަސްވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ސަލާމަތާބެހޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރަން އެސްޓީއޯ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގުޅިގެން ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެން ނޫންނަމަ ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވާނެ ކަމަށެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ސަލާމަތާ ބެހޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރަން ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ވަރަށް ގިނަ ފަހަރު ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު ހުރި ނަމަވެސް އެ ބޭނުން ނުކުރާ ފަހަރު އާދޭ. އެކަމަކު ސަލާމަތީ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްުމު ކަމެއް،" ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށާއި އެންމެ މުހިއްމު ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށެވެ.
"އެ ވަސީލަތްތައް ކޮބައިތޯ ބަލައި އެ ވަސީލަތްތަކުގެ ސަބަބުން ވެގެންދާނެ މޮޅުތައް އެނގުން ވަރަށް މުހިއްމު ވާނެ ކަން ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ސަލާމަތާ ބެހޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރަން ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ އިމާރާތްތަކާއި ދޯނިފަހަރު ފަދަ ތަންތަން އަލިފާނުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އުސޫލެއް އެކުލަވާލުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަޙަޅާފައިވާނެ ކަމަށެވެ.
"އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް" އަކީ މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭއްވި ކޮންފަރެންސެކެވެ. އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުން ވެސް ބައިވެރިވި މި ކޮންފަރެންސްގައި މަސައްކަތްތެރިންނަށް ދިމާވާ އެކި މައްސަލަތަކާއި ކުރާ މަސައްކަތާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
02 May 2017
https://mihaaru.com/news/10640 މީގެ އަޕްޑޭޓެއް މިހާރު ނޫހުން ހޯދަދީބަލަ. ލިންކުގެ ހަބަރުގައިވަނީ މުސާރަ ބޮޑުކުރުމަށް މަސައްކަތްތަކެއް ކުރާވާހަކަ. ސަރުކާރުން މިގޮތައްދައްކާ ވާހަކައިގެ އަސްލު ފަހުން ބެލުމަކީވެސް މިފަދަ ކަންތައްތަކަށް ބަދަލު ގެނެވޭނެކަމެއް.
އުމަރު
29 April 2017
މަސައްކަތުގެ މާހައުލަކީ ހަމައެކަނި އެއްގަމެއްނޫން އަދި ކޮންސްޓްރަކްޝަން ސައިޓްތަކެއްނޫން، ރައްކާތެރިކަން ހޯދައިދޭންޖެހޭ ކަނޑުގައި ދިރިއުޅޭ މަހަށް އަދި ހެދެމުންދާ މުރަކައަށްވެސް، އެސޮރުމެންގެ ރައްކާތެރިކަމަށް ކާކުތޯ އިސްކަންދެނީ، އެކަމަކު ކަނޑާއި މޫދާއި ރަށްރަށުގެ ބީޗުތަކުން ލިބޭ އާމްދަނީ ދިވެހިން ދިރިއުޅެނީ، އެހެންކަމުން ޤައުމީލެވަލްފައި ރައްކާތެރިކަން ފުޅާކޮށް ހަގީގަތަކަށް ހަދަންެޖެހޭ
ޒާނާ
28 April 2017
މަށަށް މައްސަލައަކީ ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމް އަށް ވައްދަން އުޅޭތީ. އާ އެެހެންޏަ. ދުވާލު ދެދަޅަޔަށް ޕާޓީއަށް ވަންނަން އާދޭސް ކުރަމުން އޮފީސްތަކުގެ ތެރޭގައި ދުވޭވިއްޔަ
އަޙްމަދު
28 April 2017
ތިޔައީ އަގައިން ހިފަހައްޓާ މީހެއް.ހުރަވީ ބިލްޑިންގ ގައި ހުރި އަލިފާން ނިވާ ފުޅިތައް 2015 އޮގަސްޓަށް ވަނީ މުއްދަތު ހަމަވެފައި..
ޖިލްބާބު ހަބީބު
28 April 2017
އަނގައިއިންވެސް އެބަހިފަހައްޓާތާ؟ މިވައްތަރު މީހުން ބަލާފަ އެފަދަ ތަންތަނަށް ލާނީ.
ތުއްތުބޭބެ
27 April 2017
މަސައްކަތުގެ ރައްކާތެރިކަމަށްވުރެ ފުރާނައިގެ ރައްކާތެރިކަން މާމުހިންމު އެކަންނުކުރެވެނީ
މެންޓަލިސްޓް
27 April 2017
ރައްކާތެރިކަން މިއޮތީ ރާއްޖެއިން ވަރަށް ސާފްކޮށް ފެންނާނެ ،،،، އޮފީހުގައި ދަންވަންދެން މަސައްކަތްކޮއްފައި ގެޔަށް އައިސް ލިފްޓުން މައްޗަށް އެރުމުގެ ބަދަކުގައި މިދާންޖެހެނީ ސަހަރާއަށް ،، މީހާގެ މަސްގަނޑު މާރުކޭޓްގައި މަސްކަނޑާއުސޫުލުން ކަނޑާހުސްވެގެން ދަނީ ،،،،، ދެންހުރިހާ ދީނީ މީހުން ޓްވީޓްކުރަނީ ،،، ނުސީދާގޮތަކަށް ވެރިމީހާވެސް ބުނަނީ އެއްވާހަކައެއް ،،، އެހެންވީމައި ރާއްޖޭގައި ރައްކާތެރިކަން އޮތްވަރު މިއޮތީ ފެންނާން ،،، ވަރަށްވެދުން
ނުވާނެއޭ
27 April 2017
މަސައްކަތް ތެރި ކަމަށް ރައްކާތެރި ކަން ގާއިމް ކުރުމަށް ޓަކައި އެމްއެންޑީއެފް އިން މިހާރު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަން މަމެން ވެސް ފާހަގަ ކުރަމެވެ. އެކަމަކު އަދިވެސް އެއްގޮތަކަށް ވެސް އެކަމަށް މަސައްކަތް ނުކުރަނީ އެއީ ޓްރާންސްޕޯރޓް އޮތޯރިޓީ އެވެ. ހަގީގަތުގައި ރާއްޖެ އަށް ވަޒީފާ އަށް އަންނަ ހުރިހާ ބިދޭސީން ޖެހޭނެ ފުރަތަމަ އެމެންނަށް ވޯކް ވިސާ ދިނުމުގެ ކުރިން މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަން އިން ދޭ ސްވިމިންގް ތަމްރީން ޕްރޮގްރާމް ގައި ބައިވެރި ވެ އެއިން ސެރޓިފިކެޓް ހާސިލް ކުރަން. އެއިރުން އެހެން ނަމަ މިއަދު މިމަރުވި ދެ މީހުން މަރުނުވާނެއެވެ.
ޗިކުސް
27 April 2017
މަސައްކަތް ތެރިންގެ ތަފާތު ގެންގުޅެނީ ހުދު ސަރުކާރުން ކަން ފާހަގަ ކޮއްލެވޭ ، މިކަން ހާމަ ވެގެންދާނީ ، ސަރުކާރުގަ މަސައްކަތް ކުރާ މުއްޒަފެއްގެ މަސައްކަތް އޮނިގަޑާއި ޕްރައިވެޓް ސެކްޓަރ ގަ މަސައްކުރާ މުއައްޒަފެއްގެ އޮނިގަނޑާއި އަލާ މިނަ ކިރާލީމަ.