ޚަބަރު / އުމަރު ނަސީރު

އަމުރު ހޯދަން އުނދަގޫވިޔަސް ބަދުނާމުން ސަލާމަތްވާނެ: އުމަރު

ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު އަދި ޕޮލިސް ކޮމިޝަނަރު އަރީފް ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރަށް ހައި ކޯޓުގައި އެދުމުގެ މަރުހަލާތައް އުނދަގޫވި ނަމަވެސް، އެ ބަދަލާއެކު، އޭނާގެ ބޮލުގައި އަޅުވަމުންދާ ބަދުނާމުން ސަލާމަތްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މޮނިކޮން އަމުރަށް އެދުމުގެ ހުރިހާ ބާރެއް ޓެރަރިޒަމް ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ދީފައި އޮތް ނަމަވެސް، ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތިދުވަހު އެކުލަވާލެއްވި ކޮމިޓީއަކަށް އެ ބާރު މިހާރު ވަނީ ދީފަ އެވެ. މޮނިކޮން އަމުރު ދިނުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް ހަތަރު މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމުން، މޮނިކޮން އަމުރާ ގުޅޭ ހުރިހާ ކަމެއް މިނިސްޓަރު ކުރައްވަން ޖެހެނީ އެ ކޮމިޓީގެ ލަފާގެ މަތިންނެވެ. އުމަރަށް އަމިއްލަ އަށް އެއް ކަމެއް ވެސް ނުނިންމޭނެ އެވެ.

މިކަމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މޮނިކޮން އަމުރެއް ނެރެން ކޮމިޓީ އަށް ނުފެނިއްޖެ ނަމަ، އެ އަމުރެއް އޭނާ ނުނެރުއްވާނެ ކަމަށެވެ.

"އެކަމަކު ދައުލަތުގެ ޒިންމާދާރު ބޭފުޅުން ކޮމިޓީގައި އެ ތިއްބެވީ. އެ ޒިންމާ ރަނގަޅު ގޮތުގައި ނަންގަވާނެ ކަމަށް އަޅުގަނޑު ދެކެނީ. މޮނިކޮންގެ އުސޫލު އެއްކޮށް ފުނޑުފުނޑުވެގެން ނުދާނެ،" އުމަރު ވިދާޅުވި އެވެ.

މޮނިކޮން އަމުރު ނެރުމުގައި މިނިސްޓަރަށް ލަފާދޭ ކޮމިޓީގައި ތިއްބަވަނީ އުމަރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.

އުމަރު ވިދާޅުވީ މޮނިކޮން އަމުރު ނެރުމާ ގުޅޭ ހުރިހާ ކަމެއް ހޯމް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމަނާފައި އޮތުމުން، އޭނާގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އެކި މީހުން އަޅުވަމުން ދިޔަ ކަމަށެވެ.

ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން، މޮނިކޮން އަމުރަށް ހައި ކޯޓުގައި އެދުމުގެ ފުރުސަތު ހަނިވާނެ ކަމަށް ދެކެވަޑައިގަންނަވާ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"އަޅުގަނޑު ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަނީއޭ ކިޔައިގެން ވާހަކަ އެބަދައްކާ. އެކަމަކު ކޮމިޓީއެއް ހެދުމުން ކޮންމެވެސް ވަރެއްގެ ބެލެންސެއް އަންނާނެ. އަޅުގަނޑު އެކަންޏެއް ނޫން ޒިންމާ ނަގާނީ މިހާރު. އަނެއް ތިން ބޭފުޅުން ވެސް ޒިންމާ ނަންގަވާނެ. މިއައި ތަފާތަކީ އެއް ފަނޑިޔާރަކު ހުރެގެން ހުކުމެއް ޖެހުމާއި ހަތަރު ފަނޑިޔާރުން ތިބެގެން ހުކުމް ޖެހުން،" މޮނިކޮން އުސޫލު ތައާރަފު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އުމަރު ވިދާޅުވި އެވެ.

ނަމަވެސް އުމަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި މޮނިކޮން އަމުރަށް އެދުމާއި އެއާ ގުޅޭ ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނަނީ ހޯމް މިނިސްޓަރުގެ އަތުގަ އެވެ. ރާއްޖެ އަށް ވެސް އެ އުސޫލު ތައާރަފު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް އޭނާ އަދިވެސް ވިދާޅުވެ އެވެ.

"އަދިވެސް އަޅުގަނޑު ބޭނުންވަނީ ހޯމް މިނިސްޓަރަށް އެ ހުރިހާ ބާރެއް ލިބުން. އެކަމަކު ސަރުކާރުން ވަކި ގޮތަކަށް ނިންމީމާ އަޅުގަނޑަށް ދެން މައްސަލައެއް ނެތް. ނަމަވެސް މޮނިކޮން އުސޫލާ ގުޅޭ ކަންކަން ތަންފީޒު ކުރުން ދެން ހަނިވާނެ. އުނދަގޫވާނެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމުގައި ހަރުކަށިވާން ޖެހޭނެ ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނާނީ އެ "ހަރުކަށިކަންމަތީގައި" ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ހަރުކަށި މީހެއް. އެކަން ގަބޫލު ވެސް ކުރަން. މޮހޮރުގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން ނޫނިއްޔާ އެ މޮހޮރެއް ލަކުޑިގަނޑަކަށް ނުވަންނާނެ. ދެން ކޮންމެ ގޮތަކަށް ވެސް ވާހަކަ ދެއްކިދާނެ. މޮހޮރު ދޮން ކޮށްގެން ލަކުޑިގަނޑަށް ޖަހައިގެން ވާނެއޭ. އެކަމަކު ހަގީގަތުގައި ކާމިޔާބުވާނީ މޮހޮރުގެ ބޮލުގައި މަރުތޭލަކުން ޖަހައިގެން،" އޭނާ ވިދާޅުވި އެވެ.

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މޮނިކޮން އަމުރާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާ ދޭނެ ކޮމިޓީއެއް ހެދުމަކީ ގާނޫނުގައި ބުނާ އުސޫލެއް ނޫނެވެ.

އަޅުގަނޑު ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރަނީއޭ ކިޔައިގެން ވާހަކަ އެބަދައްކާ. އެކަމަކު ކޮމިޓީއެއް ހެދުމުން ކޮންމެވެސް ވަރެއްގެ ބެލެންސެއް އަންނާނެ. އަޅުގަނޑު އެކަންޏެއް ނޫން ޒިންމާ ނަގާނީ މިހާރު. އަނެއް ތިން ބޭފުޅުން ވެސް ޒިންމާ ނަންގަވާނެ. މިއައި ތަފާތަކީ އެއް ފަނޑިޔާރަކު ހުރެގެން ހުކުމެއް ޖެހުމާއި ހަތަރު ފަނޑިޔާރުން ތިބެގެން ހުކުމް ޖެހުން: އުމަރު

މޮނިކޮން އަމުރަށް އެދުމުގެ ބާރު ހޯމް މިނިސްޓަރު އަތުން ނެގިއިރު، އެ އުސޫލުގެ ދަށުން ގޭންގްތަކުގެ ބައެއް އިސް މީހުންގެ ފައިގައި ޓެގް ހަރުކޮށް، މޮނިޓަ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އޭގެ ޕްރެޝަރު ވަރަށް ބޮޑަށް އެބަހުރި ކަމަށް އުމަރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން މައްސަލަ ހޫނުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވާހަރާކޮށްލިކަމުގެ ތުހުމަތުގަައި ހައްޔަރުކޮށް ދައުވާ އުފުލި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ފައިގައި ފުލުހުން ޓެގް އެޅުވުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން، ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ބައެއް އިސް މެމްބަރުން ވަނީ އެމީހުންގެ ވައިބަ ގުރޫޕުގައި އުމަރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މޮނިކޮން އަމުރު ހިންގަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްކުރާ ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް ކަމަށް އެ ގާނޫނުގައިވެ އެވެ. ގާނޫނުގައި ބުނާ ގޮތުން މޮނިކޮން އަމުރަށް މިނިސްޓަރު އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. މޮނިކޮން އަމުރަށް އެދުމާއި ހައި ކޯޓުން އަމުރު ނެރުމަށް ފަހު، އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.

47 ކޮމެންޓް, 111 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 46%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރަފް

20 June 2016

ބަދުނާމު ލިބެނީ ގޭގަ އޮއްވާތަ؟ ބަދުނާމުން ރެކެން ގޭގަ އޮވެބަލަ!

The name is already taken The name is available. Register?

ޒިޔާ

20 June 2016

މޮނިކޮން އަތަށް ނަގާށޭ.. އަނހަ މިބުނީނު އަތަށް ނަގާށޭ... ކީއްވެފައި ތަ ތިބެނީ...

The name is already taken The name is available. Register?

ބޫ

20 June 2016

ހެހެހެެހެ. އުމަރު މާ ގަނޑިޔާ ބަސް ވިދާޅުވަނީއެވެ. ތިޔަ ބާރުވެސް އުމަރު އަތުން ތިޔަ ދިޔައީ ނުބައި ފަޔެއްގައި ޓެގް އެޅުވުމުންނެވެ. 24 ކިލޯގެ މަސްތުވާތަކެތި ހޯދުމާއެކުވެސް ބާރުތަކެއް ދޫކޮށްލައްވަން ޖެހުނެވެ. މިކަމުން ޔަޤީންވަނީ އުމަރު ޕްރައިމަރީގައި ދެއްކެވި ވާހަކަތަކުގައި ޙަޤީޤަތެއް ވާކަމެވެ. ގައުމުގައި މަސްތުވާތަކެތި ފެނަށްވުރެ ގިނަވެ، ތިރީހުން ސާޅީހުން މީހުން މަރަމުން ދާއިރުވެސް ތިޔަހުންނެވީ މަޤާމުގެ ދަހިވެތިކަމުގައި ހިންދިރުވާލަ ދިރުވާލަ އެވެ. ދެން ތިޔައަށްވުރެ ބޮޑު ބަދުނާމެއް ވެދާނެތޯއެވެ. ނުވަތަ މިހުރިހާ ކަމެއް ހިނގާ ދިޔައީ އުމަރު ހޯމް މިނިސްޓްރީ ހިންގަވަން ހުންނެވި ދުވަސްވަރު ކަމުގައި ވުމުން އެބަދުނާމުން ސަލާމަތްވާނެ ދުވަހެއް އަންނާނެތޯއެވެ.

The name is already taken The name is available. Register?

ވިސްނާލީމާ

20 June 2016

ތިފަދަކަންކަން ދޯދިޔާވެފާވާވަރުން އުމަރުކަހަލަ ހަރުކަށިމީހަކު، ހަމަ އެހަރުކަށިކަންމަތީ ހުރެގެންނޫނީ ދެން ތިކަމެއްނުވާނެ! ކޮންމެކަމެއް ކުރަން އުޅޭއިރުވސް ފުރަތަމަކޮޅު އުނދަގޫތަކާ ދުއްތުރާތައް އަންނާނެ! އެކަމަކު އެއީކީ ބަލަންވީކަމެއްނޫން! -އިބްރާހީމް-

The name is already taken The name is available. Register?

ފައްތާފު

20 June 2016

ހޯމް މިންސްޓްރީ ހުރިތާ ހުރީސް ހުސް ވަޅުގަނޑެއް

The name is already taken The name is available. Register?

ރިންސް

20 June 2016

ނިކަން ބަދުނާމު ވެދާނީ ލަދުގަނޭ ދެއްތޯ؟ އަޅުގަމޑޫ ހިތުން ތިޔަށްވުރެ ބޮޑު ބަދުނާމެއް ދެންނުވާނެ. ގާނޫނުގައި މަތިކޮށްފައިވާ ކަމެއް އތުން ބީވެދާއިރުވެސް ތިޔަހުންނަވަނީ މަގާމުގެ ދަހިވެތިކަމުގައި ހަމަ ވަރިހަމަ ކޮށްލައްވައިގެން.

The name is already taken The name is available. Register?

ކޮމެޓީ

20 June 2016

ކޮމެޓީވެސް އޯކޭ. މިހާރުން މިނިސްޓަރާ ކޮށްލަން ރަނގަޅު ސުވާލެއް ކީއްވެތޯ ފިޝަރީޒް މިނިސްޓަރާއި ފިނޭންސް މިނިސްޓަރު. ލޯ އެންޑް ޖެންޑަރ އެބަހުރި. ޕީޖީ އެބަހުރި، ޔޫތް މިނިސްޓަރ އެބަހުރި. ކީއްވެ ޝައިނީ އާއި ޖިހާދު. ހަމައެކަނި ލޯޔަލްޓީއަށްބާ ވިސްނަނީ

The name is already taken The name is available. Register?

އޯކޭޑް

20 June 2016

މޮނިކޮމް އަމުރު ނެރުން ކޮމެޓީ އަކާއި ހަވާލު ކުުރުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަނި އެކަން ކުރުމަށް ވުރެން ރަނގަޅު ވާނެއެވެ. ސަބަބަކީ ހޯމް މިނިސްޓަރު އެކަނި އެ އަމުރު ނެރެމުން އެ ބެލެވޭނީ ހޯމް މިނިސްޓަރު އަމިއްލަ އަށް ކުރައްވާ ކަމެކެވެ. އެކަމަކު އެއާއި ޚިލާފަށް ކޮމެޓީ އަކުން ނިންމީމާ ދެން އޭގައި ޗެކް އެން ބެލެންސް އޮންނާނީ. މިކަންކަމަކީ މީ ގިނަ ދިވެހިންނަށް އަދި ދަސްނުވާ އާދަ އެކެވެ. ސިވިލް ސާރވެންޓުންވެސް ކަމެއް ނުވިއަސް މޭޒު މަތީގައި ފައިލް ބޮނޑިވަރު ތައް ބަހައްޓާފައި ހުންނަނީ އެހެން މީހަކަށް އެމަސައްކަތް ޑެލިގޭޓް ވެސް ނުކޮށް ތިމާގެ ބާރު ހިނގައި ދާނެތީވެ. ނަތީޖާ އަކީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ އެކި އެކި ޚިދްމަތް ތަކަށް ބުރޫ އެރުމެވެ. ޕީއެސް ވެސް ބަލަނީ އޭނާގެ މުށު ތެރޭގައި މުޅި މިނިސްޓްރީ ބޭއްވޭތޯ، ހެޔޮ ކަމެއް ނުވިއަސް އަދި ނަތީޖާ އެއް ނުނެރެވުނަސް. މިހެން ވެގެން ކަމަކު ނުދާނެއެވެ. މިކަން ބަދަލުކުރާނަން މިސަރުކާރުން. ރުހޭ ބަޔަކު ރުހެންވީ އަދި ނުރުހޭ ބަޔަކު ނުރުހެންވީއެވެ. އަނބު އަޅާ ގަހަކަށް ގާ އުކާވަރު ގިނަ ވާނެއެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. ލިޓިލް ސިންގަޕޯރގެ ސައިލެންޓް ޑްރީމް ކާމިޔާބު ކުރެވޭނީ މިބާވަތުގެ ވަން ހަންޑްރެޑް މިލިއަން ކަންކަން ރަނގަޅުކޮށްގެންނެވެ.

The name is already taken The name is available. Register?

ރިންސް

20 June 2016

ގާނޫނުން ވަކި ކަމެއް ލާޒިމު ކޮށްފައި އޮއްވާ އެޔާދިމާ އިދިކޮޅަށް ކަންކަން ކުރުމުން އެޔަށް ކިޔަނީ ގާނޫނާހިލާފަވުމޭ، ދެން އެޔަށްވުރެ ރަގަޅުގޮތެއް އޮތްނަމަ އިސްލާހު ހުށަހަޅާ އެގޮތަކަށް ފާސްކުރައްވާ، މަޖުލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތީވެސް ހަމަ އެ ބޭފުޅުންގެ އަތްޕުޅުމަތީގަ ނޫންތޯ؟

The name is already taken The name is available. Register?

މޮޑީ

20 June 2016

އުމަަރަށް އޮތީ ޑިފެންސަށް ކުޅުމާ އޮޑީގެ ދިރުބާކޮޅުގަ ބޮޑެތި ކަރާފެޅުން. މުސާރަކޮޅަށް އުޅޭ ސޮރެއް.

The name is already taken The name is available. Register?

ެއެމޭޒިންގް

20 June 2016

މޮނިކޮމް އަމުރު މިރާއްޖޭގައި ފުރަތަމަ ވެސް ނެރުނީ އެއީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ ވެރިކަމުގައެވެ. އެކަން އެމްޑީޕީގެ ވެރިކަމުގައި ނުކުރެވުނެވެ، އެމްޑީޕީގެ ވެރިކަމުގައި މާލޭގައި ތަޅާ ފޮޅާ މީހުން މެރުން ވަނީ އިންތިހާ އަށް އިތުރު ވެފައެވެ. އެކަމަކު ޕީޕީއެމްގެ ވެރިކަމުގައި މިފަދަ ކަންކަން ރަނގަޅު ވަމުން ރާއްޖެ ދެން މިގޮތަށް ގޮސް ބަދަލުވާނީ ލިޓިލް ސިންގަޕޫރަށެވެ. އިޒިންޓް އިޒް އެމޭޒިންގް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454