އޭވިއޭޝަން ސެކިއުރިޓީގެ އާ ކޮމާންޑަރު ފައިސަލް.---ފޮޓޯ: ރައީސް އޮފީސް
17 މެއި 2017 - 15:02
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރަކަށް މޭޖަ ރިޓަޔާޑް އަހުމަދު ފައިސަލް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ. މިއީ މި މަގާމަށް ސިފައިންގެ ޚިދުމަތުގައި މިހާރު ނޫޅުއްވާ ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ފައިސަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑީގާޑަކަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ސިފައިންގެ އިސް އޮފިސަރެކެވެ. އަދި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ކޮމާންޑަރަކަށް ވެސް އޭނާ ހުންނެވި އެވެ. ސިފައިންގެ ޚިދުމަތުގައި ގާތްގަނޑަކަށް 28 އަހަރު ފައިސަލް ހޭދަކުރައްވާފައިވާއިރު، އޭނާ އެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 2015 ގައި ކަމަށް އެނގިފައިވެ އެވެ.
އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑާރަކަށް އެންމެ ފަހުން ހުންނެވީ މޭޖަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިދާރާއެއް އުފެއްދެވީ 2013 ވަނަ އަހަރު އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އިދާރާ އުފެއްދީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުތަކާއި ރައްކާތެރިކަން ބެލެހެއްޓުމާބެހޭ އެންމެހައި ހިދުމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސަލީމް
18 May 2017
ށަކަރާތް ކަމެއް ނުޖަހަނީ ކީއްވެ..
ބްލެޑަރ
17 May 2017
ކާނަލް ޒިއާދު ހިންގެވި ގޮތަށް ހިންގަވާނެ ކަމަށް އުއްމީދު ކުރަމެވެ.
ކަރީމް
18 May 2017
ތިޔަގޮތަށް ވެއްޖިއްޔާ ރަނގަޅުވާނެ. އެކަމު ތިހެން ވުމާދޭތެރޭ ޝައްކު ހަމަ. އެޔަށްވުރެން ކުރިން ބޮލަށް ސަވާރުވާނެ. ކާނަލް (ރިޓަޔަރޑް) ޒިޔާދު ހުރިއިރު އޭނާގެ ކެބިން އަށްވެސް ބޭނުންހާއިރަކު ބޭނުންހާ މީހަކަށް ނުވަދެވޭވާހަކަ ބުނާއަޑުއިވޭ.
މުޙައްމަދު
17 May 2017
ސަރުކާރުން އެމަޤާމަށް އޭނަ ލީމަ އޯކޭ އެކަމް އެއީ މީހުން ކުރިމަތީ މާބޮޑައް ވާހަކަ ދެއްކޭ މީހެއް ނޫން
ޙަލީމް
17 May 2017
މިކީ މާތައުލީމީ ބޭފުޅެއްނޫން މިސިއާސި މަގާމެއްކަމަށް ފެންނަނީ މަގާމަކީ ރާއްޖޭައި ދިނީމަ ލިބޭ އެއްޗެއް މިކަން ނޭނގޭ މީހޚު ހިޔެއްނުވޭ އުޅުއްވާނެހެން..
އާދަނު
17 May 2017
މިޢީ، ޑިފެންސް މިނިސްޓްރީގެ ނާއިބު ފެންވަރުގެ މަޤާމެއް. http://www.presidencymaldives.gov.mv/Index.aspx?lid=156
ހަލީމް
17 May 2017
ރަނގަޅު ނިންމެވުމެއް. ފައިސަލް އަކީ ސެކިއުރިޓީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ގާބިލު ހަރުދަނާ މީހެއް. އޭވިއޭޝަން ސިކިއުރިޓީ ތެރެއަށް ވަދެ ލިބިފައިވާ އިލްމާއި ހިލްމު އެދާއިރާއަށް ކޮންވާރޓް ކޮށްލީމައި ބަރާބަރުވާނެ.
ނުވާނެ
17 May 2017
މޭޖަރ ކަމާއި މޭޖަރ ޖަނަރަލް ކަމަކީ ދިނީމަ ލިބޭކަމެއް މިއަދު ތިއަ ދެއްވި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިއްމާ އެބޭފުޅާ އަކަށް އަދައެއް ނުކުރެވޭނެ ޔަޤީން.
ވާނެ
17 May 2017
ދިވެހިރާއްޖެއިން މީހަކު އެކަމަށް ނަގާނަމަ ނެގޭނެ އެންމެ ރަނގަޅު އެކެއް އެއީ.
ހަކީމު
18 May 2017
ނުކުރެވޭނީ އެތަނުގަ ތިބި ވަކިބައެއްގެ އަވައިގަ ޖެހި އެމީހުންގެ ބަހަށް ކަންތަށް ކުރަންވެއްޖިއްޔާ
ރަދީފް
17 May 2017
ރަނގަޅު ޗޮއިސްއެއް ކަމުގަ ދަންނަވަން.