ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
19 ޖޫން 2016 - 17:45
"ވައްކަމާއި ހިޔާނާތާއި ނުފޫޒު ބޭނުންކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް ބުނާ "ޖަރީމާތަކު"ގެ މައްސަލަ ބަލައިދޭން އިދިކޮޅު އިއްތިހާދުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެ އިއްތިހާދުގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕަސަން އަލީ ވަހީދު މިހެން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ޕޮލިހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރާ އެއް މައްސަލައަކީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުމުގައި ބައިވެރިވެވަޑައިގަތުން ކަމަށް ފުލުހުން ބުނެ އެވެ.
އަލީ ވަހީދު ވިދާޅުވީ އިއްތިހާދުން ފުލުހުންނަށް ހުށަހަޅާނީ ރައީސް ޔާމީނަށް ތުހުމަތުކުރެވޭ މައްސަލަތައް އެ މަނިކުފާނު ހައްޔަރުކޮށްގެން ތަހުގީގު ކޮށްދިނުމަށް ކަމަށެވެ.
Vakkamaa, Hiyaanaathaa Nufoozun Hingi Jareemaa Thakuge Thuhumathugai Raees Yameen Hayyarukoh Thahugeeg Kurumah MUOin Fuluhah Husha'alhaanan.
— Ali Waheed (@ali20waheed) June 19, 2016
އަލީ ވަހީދު ކުރެއްވި ޓުވީޓު.
ޖަމީލާއި އަކްރަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކުރަން ކުރާ މަސައްކަތުން ހާމަކޮށްދެނީ ރައީސް ޔާމީންގެ ފިނޑިކަން ކަމަށެވެ. އެއީ، ނުވާނެ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
MUOge Leader @MJameelAhmed Adhi @Akramkdeen Hayyaru Kuran Kuraa Massaiykathun Haama Kohdhenee RaeesYameenge Findikan. Thikameh Nuves Vaane👌🏻
— Ali Waheed (@ali20waheed) June 19, 2016
އަލީ ވަހީދު ކުރެއްވި ޓުވީޓު.
ރައީސް ހައްޔަރުކުރަން ކޯޓު އަމުރު ނެރުނީ ޖަމީލް ވިދާޅުވެގެން ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ސިއްރުން ހެކި ބަސް ދިން ފުލުހުންގެ މީހަކު ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު ޖަމީލް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އަމުރު ނެރުނު މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުންސިންް އާއި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވަނީ 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
20 June 2016
އިނގިރޭސި ވިލާތުގެ ގޮނޑިކޮއްކޮ ގުރޫޕް އިއްތިހާދޭކިޔައިން އުޅުނަސް ތިޔައީވެސް ހަގީގަތުގަ ޢައިރުގާނޫނީ ކަންކަން . ތިހެން ތެޅިތެޅިހުޅުނބުދާނީ . . އަޅެ ބުނެބަލަ ރޯދަހިފަންތޯ ؟؟
އައްޔަބޭ
20 June 2016
މިހާރު އޮފީސް ތަކުގައިތިބި ކޯޑިނޭޓަރުންނާއި އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ޕީޕީއެމް މެމްބަރުންނަ ވާޖިބުވަނީ ނޫސްތަކަށް ކޮމަންޓު ކުރުމެވެ. ސަބަބަކީ މަގާމު ދިފާއުކުރުމުގެ ގޮތުންނެވެ. ރައީސް ޔާމިން ގައުމަށް ހިޔާނާތްތެރި ނުވާކަމަށް ވާނޭތޯ ؟ ގައުމުގެ ރައްޔިތުންގެ ފައިސާ 1.2 ބިލިއަން ރައީސް ޔާމިނާއި އަދީބު އަދި މެޑަމް ހިޔާނާތުގައި ބައިވެރި ނުވާކަމަށް ވާނޭތޯ ؟ ޚުދު އަނބިމީހާ ވެސް ފައިސާ ހޯދިގޮތާއި މެދު ސުވާލު ނުކުރާއިރު ފިރި މީހާ ވެސް އަނބިމީހާ ފައިސާ ހޯދިގޮތާއި މެދު ސުވާލު ނުކުރެއެވެ. އަދި އެހާބައިވަރު ފައިސާ ހޯދިގޮތް ވެސް ބަލާފައި ނުވެއެވެ. ގައުމު މިހާރުވަނީ ދިވެހިރައްޔިތުންގެ އަތުން ބީވެގެންދާ ދުވަސް ކައިރިވެފައެވެ. ރަށްތަކާއި ފަޅުތަށް ގިރިތަކާއި ހާހާތަށް ވެސް ވިއްކާލާފައެވެ. ފައިސާގެ ދަހިވެތި ކަމުގައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައެވެ. މިވަރު ވާއިރު ވެސް ދިވެހީން ދިވެހިގޮތުގައި ތިބެންވީ ތޯ ؟
އައްޔަ
20 June 2016
ތިހިރަ އަލީ ވަޙީދު އަމިއްލަ ހައްޔަރުވެގެން. ދިވެހިންގެ ބައިތުލްމާލުން ނެގިބައި އަންބުރާ ދޭންވީނު
ކަރާބެ
20 June 2016
ހާދަ ކާޓޫނު ބައެކޭ ދެން މިއުޅެނީ. ދެން ހުށަހަޅާ ބަލަ. ކޮން ކަމެއް ވާނީ، އަންނި އެއަރޕޯޓާއި ދިރާގު ވިއްލާފައި ވަގަށް ނެގި މިލިއަން ޑޮލަރ މައްސަލާގައި އޭނާ ހައްޔަރު ކުރަން ފުރަތަމަ އުޅެ ބަލަ. ވެރިކަމުގައި ތިބޭ ރައީސުންނަކީ ހަމަ ބަޔަކު ތުހުމަތޭ ކިޔާ އިރަށް ހައްޔަރު ކުރެވޭ ނެ މީހެއްނ ނޫން ކަން ވެސް ސިޔާސީ ކާޓުންނަކަށް ނޭގޭނެތާ.
މިނިވަން ޚިޔާލް
20 June 2016
ތިޔަކަމަކުން ނިކުންނާނެ ނަތީޖާއެއްނެތް. ރައީސް ޔާމީން އެހުންނެވީ މަޖިލިސް މެދުވެރިކޮށްގެން ގައުމުގެ ހުރިހާބާރުތަށް މުށުތެރެއަށްލައިގެން. ރެކޯޑަށްޓަކައި ތިކަންވެސް ކޮށްލުން ރަގަޅު.
ބޯކޮސް
20 June 2016
ފުޅި ބައްތިއެއް ދިއްލައިގެން ބޭރަށް ނިކުމެ އިރަށް އަލިކުރން އަލީ ވަހީދަށް ދަންނަވަން. މޮޔަފުޅު ވީތޯ؟
އެދުރުބެ
20 June 2016
ކަލޯ އަލީ ވަހީދު ވަރުން އުޅޭ. މިހަރުވެސް ތިހުރީ އަމިއްލަ އަށް އަރުވާލެވިގެން. ތިތާގައި ހުރެގެން ވަރު އަރުވަންޏާ ދެން ބާކީ ކޮތް މެދު ކަރާވެސް ފެޅިދާނެ.
އެގޮނީ
20 June 2016
ރައީސް ހައްޔަރު ކުރަން ލަންޑަންގައި ތިބެ އިދިކޮޅު ބޮޑޭ މެން ސައްލާ ކުރިއަސް އެއަކުން ނިކުންނާނެ މާ އެދެވޭ ނަތީޖާ އެއް ނޯންނާނެއެވެ. މިސަަރުކާރުން މިހާރު މިއުޅެނީ މާލެ ސަރަހައްދުގައި ޕޮލިހުންނަށާއި އަދި ސިފައިންނަށް ޚާއްސަ ކޮށްގެން މާލެ ވިލިގިލީގައި 10 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓް ބިނާ ކުރާށެވެ. އިދިކޮޅު ކޯލިޝަން އިން ތިގޮތަށް ހިޔަންނަށް މުޑި ނަގާ ނަގާ ތިއްބާ 2018 ގެ ރިޔާސީ ހަނދު ބަލާނަން ޕީޕީއެމް އިން... އިޓް ޑަޒުން ސީމް ޓު މެޓަރ އެން އިޓް ޑަޒުން ސީމްސް ރައިޓް.. ހޫ އާރ ޔޫ..
ޑޯންނޯ
19 June 2016
ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން އިން ރާއްޖޭގައި ވެރިކަން ކުރާ ރައީސް އަކު ހައްޔަރު ކޮށްގެން އެފަދަ ރައީސް އެއްގެ ތުހުމަތެއް ބެލޭނަމަ އެމެެރިކާގެ ރައީސް އަކަށް ހުންނަ މީހަކު ހައްޔަރު ކުރުމާއި އެއް ފަދަ ކަމަކަށް އެކަން ވާނެއެވެ. ޕީޕީއެމްގެ ސަރުކާރާއި ނުކުޅެވޭނެ އިދިކޮޅު ކޯލިޝަން އަށް އެޒާތަށް. ޑިމޮކްރަޓިކް ހަމަ ތަކުން ވާހަކަ ދައްކަން ވީއެވެ. ސަރުކާރު ގެންގުޅޭ ސިންޑިކޭޓް ލިސްޓަށް އަދި އަރާނެ އިދިކޮޅު ޕާރޓީގެ ކަޅު ލިބާސް ލާ ބޮޑު ކުއްޖާ ވެސް. އަައި ޑޯން ނޯ ވަޓް ޓު ސޭ މިހެން ވާ ދުވަހަކުން.
ބީޓްއިޓް
19 June 2016
ރައީސް ހައްޔަރުކޮށް ތުހުމަތު ތައް ބަލަން އެދެނީ އެއީ އިދިކޮޅު ކްރޭޒީ އެން ބްރޫޓަލް އެން ރުތްލެސް ސިޔާސީ ފަރާތުން މިރާއްޖޭގެ ވެރިކަން ފޭރިގަންނަން ވެގެން ކުރާ ކަމެކެވެ. ހަމަ ހިލާ އެކަން ނުވާނެ ޕީޕީއެމްގެ ވެރިކަމަކު. ހަމަ ހިލާ ނުވާނެއެވެ. މިރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް ސުޕަރ ޕަވަރ އަކީ އެއީ ޕީޕިއެމް އެވެ. މިހާރު މިރާއްޖޭގައި ވެރިކަން މިކުރަނީ އެއީ ޕީޕީއެމް ލީޑް ކުރާ ކޯލިޝަން އަކުންނެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ކަޑައްތު ކުރަމުން މިދާ ދުނިޔެ އަކީ އެއީ އެމެރިކާ އާއި އިނގިރޭސިންގެ މިލްކިއްޔާތެއް ކަމަށް އެމީހުން ދައުވާ ކުރާނަމަ މިހާރު މިރާއްޖޭގައި 2013 ގެ ފަހުން ހިނގަމުން މިދަނީ އެއީ ޕީޕީއެމްގެ މިލްކިއްޔާތެކެވެ. ސަބަބަކީ މިރާއްޖެ އިދިކޮޅު އެމްޑީޕީން އިންޑިއާ މީހުންނަށް ވިއްކާލަން ނިންމާފައި އޮތް ވާ އެމީހުން ގޮނޑިން އަނގަވަތަށް ވައްޓާލާ އެކަން ބާތިލް ކުރަން ކެރުނު ހަމަ އެކަނި ބަޔަކީ އެއީ ޕީޕީއެމް ގެ ފަހުލަވާނުން ކަމަށްވާތީވެ. އިޓްސް އޯލް އަވަރސް. ނޯވަން ކޭން ކޮމްޕީޓް އަސް އެން ނޯ ވަން ކޭން ކޮމްޕީޓް އަސް.. ވީކޭން ބީޓް އެނީވަން. ބީޓް އިޓް، ބީޓް އިޓް، ބީޓް އިޓް..
މުހައްމަދު
20 June 2016
ރިޔަލީ؟ އޯ ޕުލީޒް
ބީޓް
20 June 2016
Kalo އޯކޭ؟