ރަފިއްޔާ (ކ) އާއި ޑރ. މުނީޒާ: އިނގިރޭސި ރާނީ ހޮވާ ލީޑަރުން ތަމްރީނު ކުރުމުގެ ފުރުސަތު އެ ދެބޭފުޅުންނަށް ވެސް ވަނީ ލިބިވަޑައިގެންފައި
22 ޖޫން 2016 - 14:35
އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެއްވާ ޔަންގް ލީޑާސް އެވޯޑަށް ހޮވޭ ކުދިން ތަމްރީނުކުރާ ކޯޗުންގެ ގޮތުގައި ޑރ. އައިޝަތު މުނީޒާ އާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ހޮވައިފި އެވެ.
ކޮމަންވެލްތު ގައުމުތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް، ރާނީ ދެއްވާ މި އެވޯޑު ލިބިފައިވާ ކުދިންނަށް ތަމްރީނު ދިނުމަށް ދުނިޔޭގެ އެކި ގައުމުތަކުން ގިނަ ބަޔަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން ހޮވާ 45 މީހުންގެ ތެރޭގައި މުނީޒާ އާއި ރަފިއްޔާ މިހާރު ވަނީ ހިމެނިފަ އެވެ.
މި ފުރުސަތު އެ ބޭފުޅުންނަށް ލިބިވަޑައިގަތީ ތަޖުރިބާ އާއި މަސައްކަތަށް ބަލާފަ އެވެ.
ޒުވާނުން ކުރިއަރުވަން އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ރަފިއްޔާ މަސައްކަތް ކުރައްވާ އިރު މުނީޒާ އަކީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދި އެ ދެ ބޭފުޅުންނަށް ވެސް ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑުތަކެއް ލިބިވަޑައިގެންފަ އެވެ.
ކުއީންސް ޔަންގް ލީޑަރުންނަށް ހޮވުނު ކުދިންނަށް ކެމްބްރިޖް ޔުނިވަސިޓީން ހިންގާ ކޯހުގައި މުނީޒާ އާއި ރަފިއްޔާ މަސައްކަތްކުރައްވާނީ ޕާސަނަލް މެންޓާއެއްގެ ގޮތުގަ އެވެ. އެ ކޯހުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވަކި މެންޓާއެއް ހުރެ އެވެ.
ރަފިއްޔާ ވިދާޅުވީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ދުނިޔޭގެ ފާހަގަކޮށްލެވޭ މީހުން ކުރިމަތިލި މި ކޯޗިންގެ ފުރުސަތު ލިބިދާނެ ކަމަށް ހީވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޔަންގް ލީޑާސް އެވޯޑް ލިބުނު ކުދިންނަށް ހިންގާ ކޯހުގައި ކެމްބްރިޖް ޔުނިވަސިޓީގައި ވެސް އެ ދެ ބޭފުޅުން ތަމްރީނު ދެއްވާނެ އެވެ. އޭގެ ފަހުން އެ ކުދިން އަމިއްލަ އަށް ހިންގާ ހަ މަސް ދުވަހުގެ ޕްރޮގްރާމްގައި ވެސް އެހީތެރިވެދެއްވާނެ އެވެ.
"މިއީ ދިވެހި ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި ރާއްޖެ އަށް ލިބުނު ޝަރަފެއް ވެސް މެ،" އިނގިރޭސި ވިލާތުގައި މާސްޓާޒް ހެއްދެވި ރަފިއްޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީމާ
23 June 2016
ދިވެހި ރާއްޖޭ ތިޔަފަދަ ޝަރަފުވެރި ގޮތަކަށް ތަމްސީލެ ކުރައްވާތީ ތިއީ ލާމަސީލު މިސާލެއް. ގިނަ ގިނަ ދިވެހި ދަރިން ތިޔަ މަގުގައި ކުރިއަރާނެ
ހަމަ ބުނެލީ
23 June 2016
ރާނީއަށް މަގޭ ސަލާމް ބުނެދޭތި.
އަލީ މަނިކު
23 June 2016
ތިދެ ކަނބަލުން އިގިރޭސިވިލާތުގައި ތިބި އިދިކޫޅު އިއްތިހާދާއި ބައްދަލު ކުރާނެކަމަން ހީކުރަން!
ނަސީމް
23 June 2016
ވަރައްވިސްނަންވާނެ ޔަހޫދީންވާނީ ހަމަޔަހޫދީންނައް އެއްއަތުން ހަދިޔާދީފަ އަނެއްއަތުން މަޅިއެއްއެއްލާނެ އެމީހުންގެ މަޅީގަ ނުހެހޭތި ވަރައް ހީލަތްތެރިވާނެ މުނާފިގުވާނެ ވިސްނާތި ދެ ކުދިންވެސް މަރުހަބާ
ކޮހިނޫރު
22 June 2016
ރަފިއްޔާ މާސްޓަރސް ހެއްދެވީ އިނގިރޭސިވިލާތުގައިތޯ ހަމަ!!!!
ޝިހާމް
23 June 2016
ޜަފިޔްޔާ ގޮޓް 2 މާސްޓާސް، ޕޮސްގްރެޑުއޭޓް، ފިއު ޑިޕްލޮމާޒް އެންޑް އަ ސެޓިފައިޑް ޑައިރެކަޓަރ އޮފް ޢިންސްޓިޓިއުޓް އޮފް ޑައިރެކްޓަރސް ޔޫކޭ. ޝީ ވިލް ކޮމްޕްލީޓް ހަރ ޕީއެޗްޑީ ސޫން.
ޑ
22 June 2016
ރާނީއާ ބައްދަލުވިއްޔާ އިސްލާމްދީނަށް ދައުވަތުދެއްޗޭ.
ބޯގޯސް
22 June 2016
ތީ ތާކުން ތާކު ނުޖެހޭ ބައެއް. އަމިއްލަ އަށް މަތިން ބައިން ނަން ދީގެން ނެގޭ ބޭކާރު ކަމެއް.
ފަލަކު
22 June 2016
މަރުހަބާ ތިޔަ ދެބޭފުޅުންނަށްވެސް.
ުގެިލު
22 June 2016
އިނގިރޭސި ރާނީ ހޮވާނީ މިހެންްްތަ؟ ރާނީ އަކީ ހޮވާ މީހެއްތަ؟
މިނިވަން ޚިޔާލް
22 June 2016
ރަފިއްޔާ މެންނަށް ކޮމަންވެލްތް ކަމަކުނުދޭ... އެމީހުން ކަމެއްހަވާލުކޮށްފިއްޔާ ރަގަޅު.