މެޑިކާ ހޮސްޕިޓަލްގައި މިހާރު އެޑްމިޓްކޮށްފައިވާ ގާސިމްގެ ހާލު، ކުރީގެ ރައީސް މައުމޫން މިއަދު މެންދުރުފަހު ބައްލަވާލައްވަނީ.---ޓްވިޓާ ފޮޓޯ
16 ޖުލައި 2017 - 13:33
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މެޑިކާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މެންދުރު 12:45 ހާއިރު ގާސިމް މެޑިކާގައި އެޑްމިޓްކުރީ ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުންނެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެންނެވިއިރު ވެސް ގާސިމްގެ ޕްރެޝަރު ހުރީ ވަރަށް މަތީގައި ކަމަށް އެނގިފައިވެ އެވެ.
ގާސިމްގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި އީސީޖީ ނެގުމަށް ފަހު، މިހާރު އަންނަނީ އިތުރު ޓެސްޓްތަކެއް ހަދަމުންނެވެ.
ގާސިމްގެ ނޭވާ ކުރުވެ، މެއަށް ތަދުވާން ފެށީ، އޮފީހަށް ވަޑައިގަތުމަށްޓަކައި އޯކިޑްމަގުން ބަންޑާރަ މިސްކިތާ ހިސާބުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެހެންވެ އެތަނާ އެންމެ ކައިރީގައި ހުރި ސިއްހީ ޚިދުމަތް ދޭ ތަން ކަމަށްވާ މެޑިކާ ހޮސްޕިޓަލަށް ގާސިމް ވަޑައިގަތީ އެވެ.
ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއިރު، އޭނާގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާއެއްގެ ޝަރީއަތެއް މިއަދު މެންދުރު 2:00 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން މިއަދު ބާއްވަން ހަމަޖައްސާފައި އޮތީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގެ ޝަރީއަތެއް ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 2:00 ގައި ބާއްވަން ނިންމައި، ޗިޓް ފޮނުވީ މިއަދު ކަމަށް ވަކީލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދިގު
17 July 2017
ޤާސިމު އިބުރާހީމު އަށް އަވަސް ޟިފާއަކަށް އެދެން
އަހުމަދު
17 July 2017
އޮނަރބްލަ ޤާސިްމް އަކީ ދިވެހިރައްޔިތުން ޚައްޞަކޮށް ނިކަމެތި އެތައް އާއިލާތަކަކަށް ގިނަ އަދަދު ނުކުރެވޭ ވަރުގެ އެހީތެރިކަމާއި އަޅާލުން ވެދެއްވިބޭފުޅެއް. އަވަސް ޝިފާއަކަށްދެއްވުންއެދި ދުޢާ ކުރަްން އާމީން.
އަސޭލާ
17 July 2017
ގާސިމް ފަކީރުގެ ދުވަސް ދުއްވާލީ މި ސަރުކާރުން.
ސަޢްޔާޙު
16 July 2017
ޤާސިމު އަށް އަވަސް ސިފާ އަކަށް އެދެން
ޝަމީމް
16 July 2017
ޤާސިމަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަނެވެ. ޢާމީން، އަދި ސިޔާސީ ކަންކަމުން ދުރުހެލިވުމަށް ގޮވާލަން އެއީ ޤާސިމްގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުން ގެންދާތީ، މިހާރު އިސްލާހަށް މަސައްކަތް ކުރާބަޔަކު ކިޔާފައި ޤާސިމްގެ ފައިދާ ނަގަމުން ގެންދަނީ
ހާސަރު
16 July 2017
ބަލި އެތައްބަޔަކަށް އެހީތެރިވި ގާސިމް މިއަދު ބަލި އެނދުގަ އޮށޯންނަންޖެހުމުން ސިޔާސީ ވާދަވެރިންގެ އަގަލެއް ނެތްކަން ފެނިފަ ހަމަ އަންތަރީސް ވެއްޖެ! ތިމާއަށް ނުވަތަ ތިމާގެ އާއިލާގެ މީހަކަށް ގާސިމްފަރާތުން އެހީތެރިކަމެއް ލިބިފަ ނެތިހިގައިދާނެ އެކަމަކު މި ދިވެހި ރާއްޖޭގެ އެތައް ހާސް ނިކަމެތިންނަށް ގާސިމްގެ އެހީތެރިކަން ވަނީ ލިބިފަ ވީއިރު ތިމާއަކީ ދިވެއްސަކަށްވީތީ ވެސް ގާސިމަށް ހަމްދަރުދީވުން މާއައުލާކަންބޮޑު. ގާސިމަށް އަވަސް ޝިފާއަކަށް އެދެން.
ހިއްވަރު
16 July 2017
ރައީސް މައުމޫނު ވަރެއް ނެތް.އިންޝަ ﷲ!
ހެޔި އެދުމާ ވެދުން
16 July 2017
މިހާރު ހުރިހާ ސިޔާސީ ބޭފުޅުން ތިއްބަވާނީ ޕްރެޝަރު މަތީގައެވެ.ރަގަޅުވާނީ މެޑިކަލް ޗެކަޕް ނުހެއްދެވިއްޔާ އެވެ. ޤަސިމަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަނެވެ. ޢާމީން
احمد شفيع
16 July 2017
÷ޕީޕީއެމ އަށްވުރެ ގާސިމަށް ގިނަ ވޯޓްލިބޭނެ
ރަންދެލި
16 July 2017
ޗެއަރމަން ޤާސިމް އަށް އަވަސް ޝިފާ އަކަށް އެދި ދުޢާ ކުރަން... ގެޓް ވެލް ސޫން.....