."މިހާރު ކަނެކްޓް" ވެބްސައިޓް: މިއީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި ރަނގަޅު ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް ހާއްސަ ވެބްސައިޓެއް.
26 ޖޫން 2016 - 14:40
ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ ރަނގަޅު ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް ޚާއްސަކޮށް "މިހާރު ކަނެކްޓު"ގެ ނަމުގައި ދުވަހު ނޫސް "މިހާރު" އިން އާ ޕްރޮޑަކްޓެއް މިއަދު ލޯންޗް ކޮށްފި އެވެ.
މިއީ، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ފަސޭހައިން ގުޅުވައިދޭ ޕްލެޓް ފޯމެކެވެ. އަދި އެކިއެކި ޕްރޮޑަކްޓްތައް ހިންގާ ފަރާތްތަކާއި އެފަދަ މަސައްކަތް ކޮށްދޭ ފަރާތްތަކާ ގުޅުވާލަދޭ ޕްލެޓް ފޯމެއް ވެސް މެ އެވެ. މިހާރު ކަނެކްޓް މެދުވެރިކޮށް ކުރާ އިޝްތިހާރުތައް މިހާރު ނޫހުގެ ޕްރިންޓް އެޑިޝަން އާއި އޮންލައިން އެޑިޝަން (mihaaru.com) ގައި ވެސް ޝާއިއު ކުރެވޭނެ އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ތަފާތަކީ ކޮލިޓީ. މިހާރު ކަނެކްޓް މެދުވެރިކޮށް ވަޒީފާ އާއި ވިޔަފާރިގެ ފުރުސަތުތައް އިޝްތިހާރު ކުރާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ނަން ހިނގާ މަޝްހޫރު ބްރޭންޑްތައް. އެހެންވީމާ، ވަޒީފާއަށް ބެލި ކަމުގައި ވިޔަސް އެޕްލައި ކުރާ ފަރާތްތަކުގެ ފެންވަރު ރަނގަޅުވާނެ،" މިހާރު ކަނެކްޓް ލޯންޗް ކުރުމާ ގުޅިގެން މިހާރު ނޫހުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝަމްއޫން އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަނެކްޓް މެދުވެރިކޮށް އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖްތަކެއް ވެސް ވަނީ ލޯންޗް ކޮށްފަ އެވެ. މިހާރު ނޫހުގެ ޕްރިންޓް އެޑިޝަން އާއި އޮންލައިން އެޑިޝަންގައި އެއްފަހަރާ އިޝްތިހާރު ކުރެވޭ ގޮތަށް ޑިޒައިން ކުރެވިފައިވާ މި ޕެކޭޖުތައް ވަރަށް އިފެކްޓިވްވާނެ ކަމަށް ޝަމްއޫން ވިދާޅުވި އެވެ.
މިހާރު ކަނެކްޓް ޑިޒައިން ކުރެވިފައި ވަނީ ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ހޯދާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަ ބޭނުންތެރި ގޮތަކަށެވެ. މިގޮތުން އިޝްތިހާރާއެކު ކޮންމެ ކުންފުންޏެއްގެ ޕްރޮފައިލް ވެސް ހިމެނޭނެ އެވެ. އަދި ވަކި ތަނެއް ފޮލޯ ވެސް ކުރެވިދާނެ އެވެ.
"ވަކި ތަނަކުން ވަޒީފާއެއް އިއުލާން ކުރީމާ އޭރުން އެ ވަޒީފާއެއްގެ ތަފްސީލް އީމެއިލް މެދުވެރިކޮށް ލިބޭނެ." އޭނާ ވިދާޅުވި އެވެ.
މިހާރު ކަނެކްޓް މެދުވެރިކޮށް ޝާއިއުކުރާ އިޝްތިހާރުތައް ފޭސްބުކް (facebook.com/mihaaruconnect) އާއި ޓްވިޓާ (twitter.com/mihaaruconnect) ގައި ވެސް ވަގުތުން ޝެއާކުރެވޭނެ އެވެ. މިހާރު ކަނެކްޓްގެ ވެބް އެޑްރެހަކީ connect.mihaaru.com އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޗްޑޯގް
26 June 2016
އިބޭފަދަ ރަނގަޅު މި ޒަމާނުގެ ވެބްސައިޓެއް ވިޔަފާރި ބޭނުތަކަށް ތާއާރަފްކޮށްދީބަލަ. މިހާރުގައި ވަރުގަދަ ޓީމެއް އެބައޮތް މިކަން ކުރެވިދާނެ.
ބެއްޔަ
27 June 2016
އިބޭ؟؟؟ އިބޭތަ؟؟ އައިބޭތަ؟؟