ރިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
10 ސެޕްޓެމްބަރ 2017 - 11:43
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން އެ އިދާރާގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޔާޒް ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އެކަމަކު އެ ފިޔަވަޅު އެޅި ކަމެއް، މިވަގުތު ޗުއްޓީއެއްގައި ހުންނެވި ރިޔާޒަށް އަދި ރަސްމީކޮށް ނާންގަ ކަމަށް ވެ އެވެ.
ފުލުހުން ބުނީ ޑިސިޕްލިނަރީ މައްސަލަތަކާ ގުޅޭ މައުލޫމާތު ރަސްމީކޮށް މީޑިއާ އަށް އާންމު ނުކުރާ ކަމަށެވެ. އެހެންވެ ރިޔާޒްއާ ގުޅޭ ގޮތުން ޑިސިޕްލިނަރީ ބޯޑުން ބަލާ މައްސަލައެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އޭނާ އެ ބޯޑަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
ރިޔާޒްގެ އިތުރުން ފުލުހުންގެ އެހެން ބައެއް އިސް އޮފިސަރުންތަކެއްގެ މައްސަލަ ވެސް ޑިސިޕްލިނަރީ ބޯޑުން ބަލަމުން އަންނަ ކަމަށް އެނގިފައިވެ އެވެ. އޭގެ ތެރެއިން ބައެއް އޮފިސަރުން ތިއްބެވީ ރާއްޖެ އިން ބޭރުގަ އެވެ.
މިހާތަނަށް ރާއްޖޭގައި ހިންގި ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތަހުގީގުގައި އެންމެ އިސްކޮށް އުޅުއްވި ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމިއިރު، އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު ކޮމިޝަނާސް ބިއުރޯއަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސީރު
11 September 2017
ދެން އަހަރުމެން މިޖެހެނީ މިމީހުންގެ ހައްގުތައް ހޯދަދޭން ބެނާ ހިފައިގެން ނިކުންނަން.
އާދަނު
11 September 2017
ސްޓޭޓް މިނިސްޓަރުކަން ދީ!
ޒާމިރު
11 September 2017
ގިނަ ވާހަަދެއްކުމުގެ މާނައެއް ނެތް. ނުބައި ކޮންމެ ކަމެއް ނިމޭނީ ހިތި ނުބަޔަކުން. މިއަދު ބުނެފާނެ ތިމަންނަގެ އެއްވެސް ކުށެއް ނެތި ވަކިކުރީއޭ. އެކަަމަކު އަހރެމެންވެސް އުޅެބޮޑުވާ މާހައުލުގެ ވާނުވާ އެބަ އިނގޭ ވަރަށް ސާފުކޮށް. މަރު ހަނދާންވާ މީހާ މީހުންގެ ޙައްގުތަކަށް އިޙްތިރާމް ކުރާނެ. އަނިޔާ ވެރިންނަކީ ޝައިޠާނާގެ ބައިވެރިން. ޙައްގުގޮތުގައި ހުންނަ މީހާއަށް ﷲ ރަނގަޅުގޮތް ދައްކަވާ ހިދާޔަތް ދެއްވާނެ.
ފޭން
11 September 2017
ވެރިޔާ ވިދާޅުވާގޮތަށް މައްސަލަ ތަހްޤީގް ނުކުރެއްވުނީކަމަށް ފެންނަނީ
މުޙުއްމާ
11 September 2017
ސަރުކާރުން ކުރާހާ ޣައިރުޤާނޫނީ އަމުރަކަށް ތަބާވަމުން ދަނިކޮށް ހަމަ ވަގުތު ޖެހުނީމަ ހަމ ނަގާ ހޫރާލާނެ. މާޒީން ޢިބްރަތް ލިބިގަނޭ. ކޮރަޕްޓް ސަރުކާރެއް ދިފާޢު ކުރުމުގެ ބަދަލުގައި ރައްޔިތުން ދިފާޢު ކޮށްދީ. ރައްޔިތުންނަށް އަނިޔާ ނުކުރޭ. ސިޔާސީ ލީޑަރުންނަށް ނުޙައްޤުން އަނިޔާ ނުކުރޭ. ކޮށްގެންތިބ ހުވަޔާ ޚިލާފުނުވޭ. މަރުވާނީ މިއަދުކަން ވެސް ނެއެގޭ. އާޚިރަތް ދުވަސް އައްނާނެ ޖަވާބް ދާރީވާން ޖެހޭނެ. ނަރަކަޔަކީ ވަރަށް ބިރުވެރި ތަނެއް ﷲ މަތިން ހަނދުމަކޮށް އިސްލާޙްވޭ.
ޙުއްބުލްވަޠަން
11 September 2017
މީ އަހަރުމެން ދައްކާ ވާހަކައަކީ. ބޭއިންސާފުން ކަންތައް ކުރަންޏާ ތިމާ މީހާއާއި ބޭއިންސާފް އަރާ ހަމަކުރާނެޔޭ. ހަމަ އެކަނި ނޭގެނީ އެ ބޭއިންސާފް އަރާނެ ވަގުތަކާއި ހާލަތެއް. މިއަދު ތި އޮތީ ތިބާ އާއި ބޭ އިންސާފް އަރާ ހަމަކޮށްފައި. ހަމައެގޮތަށް ނު ޙައްޤު ކުރިއެރުން ނުހޯދާށެ. އޭރުން އެވެދާނެ ތިމާގެ ހަލާކަށްވެސް. ފަހަރެއްގައި އެ ނުޙައްޤު ކުރިއެރުން ދޭ މީހާ ތިބާއަށް ހީވެދާނެ ތިމާއަށް ވަރަށް ރަނގަޅު މީހެއް ކަމަށްވެސް. އެކަން އޭނަ ތިބާއަށް އެ ކުރިއެރުން އެދެނީ ތިބާގެ ކިބައިން ކޮންމެވެސް ފައިދާއެއް ހާސިލްކުރުމަށް. މިއަދު ވެދާނެ އެފަދަ މީހެއްގެ ޝިކާރައަކަށް ވީ ކަމަށްވެސް. މިއަދުވެސް ތިތާގެ މަސައްކަތް ކުރާ މީހުން ޢަޒުމް ކަނޑައަޅަންވީ އިންސާފުން ޢަދުލުވެރިކަން މަތީ ކަންތައް ކުރަން. ނޫނީ މާދަމާ އެމީހަކަށް އެފަދަ ބޭ އިންސްފެއް ކުރިމަތި ވެދާނެ.
ހުއްބުލްވަތަން
11 September 2017
މީހުން ކޮންމެންޓް ކުރާ ނަންނަމުގައި ކޮމެންޓު ކުރުމުގެ ދެރަކަމާއެވެ. ވަރަށް ވެދުން.
ސިންދުބާދު
11 September 2017
ކަލޯ މޮޔަނުގޮވާ ރިޔާޒް އަކީ ތިކަހަލަ މީހެއްނޫން
ޢުލޫމުލް ވަޠަން
11 September 2017
ޤައުމަށް ބޭނުންވަނީ އިޚްލާސްތެރި އަދި ވަފާތެރި މީހުން. އެކަން ކިޔަވާއިގެން ހުރި މީހެއްގެ ކިބާގައި ނެތިއްޖެއްޔާ އެ ޢިލްމު ވެދާނެ ޤައުމަށް ހުރި ހަލާކަކަށްވެސް. ވަރަށް ސަލާމް
ސާދާސީދާ
11 September 2017
އަލްޙަމްދްލިﷲ!
މޮހޯ
10 September 2017
ޤާނޫނާ ހިލާފަށް ހިގާފަހުރި ހުރިހާ ޖަރީމާގެ ޒިމްމާ ނަގަންޖެހޭނެ މިހާރުވެ ޗެކެއް ބައުންސުކޮށް ޖިނާއި މައްސަލައެއްގެ ގޮތުގާ ހުށައަޅާ ތަހުގީގު ކޮށްނިިމި ޕީޖީ އަށް ފޮނުވާފާ އޮންނަތާ ފަސްް އަހަރު ވެއްޖެ ޕީޖީ ބުނީ މައްސަލާގައި ދައުވާލިބޭ ފަރާތް ހޯދަން އެދުމުން މިޔަދާ ހަމަޔަތް ވީކަމެއްނެތް މޮޅަށްކިޔަވައިގެން ކޮންކަމެއްތޯ ކުރެވުނީ ގައުމު މިހާލަތަށްވެއްޓުނީ މިކަހަލަ ދެއުޅިއެތްނުވާމީހުންގެ ސަބަބުން މިކަމުގެ ޒިއްމާ ނަގަށްޖެހޭނެ؟
މޮހޯ
10 September 2017
ކޮބާ މިއޮތީ އަހަރެންބުނިތައްއައިސްސަ މިއޮތީ ހީކުރީ އުމުރުދުވަހު އެމަގާމުގާ ހުރެވޭނެކަމަށް ޤާނޫނާ ހިލާފު އަމުރު ކުރިއިރު ނޭގޭ މިދުވަސް އައިސްދާނެކަން ކުޑަކޮވެސްހީޔެއްނުކުރޭ މިޔަދު އެމެނިކަމެތި މީހާ ހަމަޔައްވެއްޓުނީ ޤާނޫނާ ހިލާފުވެފައި ވާނަމަ ފިޔަވަޅު އެޅުމަށް ގޮވާލަން.