24 ސެޕްޓެމްބަރ 2017 - 16:17
ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އެކި ގައުމުތަކުން ލުއި ލޯނު ހޯދަން ވަރަށް އުނދޫ ކަމަށާއި އިތުރު ގޮތެއް ނެތުމުން ވިޔަފާރި އުސޫލުން ލޯނު ނަގަން މަޖުބޫރުވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރުކުރައްވަމުން އާސިމް ވިދާޅުވީ ރާއްޖެއަކީ މެދު ފަންތީގެ ގައުމަކަށް ވުމުން ތަރައްގީގެ މަޝްރޫއުތަކަށް ލުއި ލޯނު ހޯދަން ވަރަށް ބޮޑަށް އުނދަގޫ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ނަގާ ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ މެދު ފަންތީގެ ގައުމެއް. އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ބޭނުންވޭ ކުރިއަރައި އިތުރަށް ތަރައްގީވާން. މިކަންކަމަށް ރާއްޖެއިން ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ،" އާސިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގްތިސާދު ކުރިއަރައި، އިތުރު ދާއިރާތައް ފުޅާވެ، ވަޒީފާގެ ފުރުސަތުތައް ގިނަވާނެ ކަމަށެވެ.
އާސިމް ވިދާޅުވި ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭން ރާއްޖެއިން ވެސް ބޭނުންވެ އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދެން ހާލުގައި ޖެހިފައިވާ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ތަނުގައި އަޑު ނުއުފުލޭ މީހުންގެ ހައްގުގައި އަޅުގަނޑުމެން އެބަ ޖެހޭ އަޑު އުފުލައިދޭން،" އާސިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔެއަކީ މިހާރަށް ވުރެ އުފަލުގައި އުޅެވޭނެ ތަނަކަށް ހަދަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ރާއްޖެއަށް ވެސް ހައްގު ލިބިގެންވޭ އެހެން ގައުމުތެކޭ އެއްފަދައިން މިތަނުގައި ތަމްސީލުކުރަން. އަޅުގަނޑުމެން ވަކާލާތުކުރަމުން މިދަނީ ދުނިޔެއަކީ ސުލްހަވެރި، އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓޭތޯ މަސައްކަތްކުރަން. އެކަންތައް ހާސިލްކުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށްގެން،" އާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ideas started
25 September 2017
މިތަނުގައި އޮތީ ކޮރަޕްޝަން. ޢދ ގެ ކޮރަޕްޝަން އިންޑެކްސްއަސް މައުލޫމާތު ނުދޭތާ 6 އަހަރުވެއްޖެ. ޢެއްވެސް ބަޔަކު ޑިކްޓޭޓަރންނަކަށް އެހީއެއް ނުދޭނެ
އަފިހުން ގޮއްޔެ
25 September 2017
އަދިވެސް ލުއިލޯނު ނުލިބިގެން މި ޝަކުވާކުރަނީ އުތަ، ޖަލުފުރެންދެން ވައްދާފަ އޮތްހާ މީހުނަށް ކާންދޭ ފަރާތުން އެހެރަ ދުވަނީ ލާރިނުދީގެން އެތަށް މިލިއަން ރުފިޔާއެއް މިއަދާހަމަޔަށްވެސް ނުދީ، އެކަމަކުވެސް ތަރައްޤީޔޯލަ.........ލުއިލޯނުގެ ގޮތުގަ ހޯދިފައިސާޔަށް ވީގޮތް ފުރަތަމަ ކިޔާދިންނަމަ، ރައްޔިތުންގެ ތިޖޫރި ގެއްލުނު ވާހަކަ ބުނެލިނަމަ.........ހީހީހީ.
ޢަބްދުﷲނާފިޒު
25 September 2017
ކީއްވެތަ ނުބުނީ މިހާތަނަށް ލުއިލޯނުގެ ގޮތުގަ ލިބުނުހާ ފައިސާ އަޅާފަހުރި ތިޖޫރި ގެއްލިގެން އުޅޭ ވަހަކަ، އަދި އެތިޖޫރި ނެގީ ރައީސް މީހާއެއް ނޫނޭ ބުރޯ ކިޔާ މީހެކޭ، ތިޖޫރި ހުރިތާ ހުރީ ވަޅުގނޑޭ، ހަޔާތްމަދުކަން އުތަ.
ޕޯޓަބަލް
25 September 2017
އުނދަގުލީޔާ ތިޔަކަން ކުރަން ފަސޭހަ މީހަކާ ހަވާލުކުރަންވީއެއްނު
falaku ain
24 September 2017
ނުލިބޭނެ ދެނެއް ލޯނެއް. ބާރަށް ގޮވާ ތިވާހަކަ.
ބެއްޔާ އައްޑޫ
24 September 2017
ވިޔަފާރި ލޯނު ނަގާފައި އަޅާ ތަންތަން މެއިންޓެއިން ކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ހަރަދު ކުރާނެ ގޮތެއް ނެތް. ޢަނެއްކާ ލޯނު ނަގަންވީ. މިއީ އަހަރެމެންގެ އިގުތިސޯދީ މާހިރުންގެ ވިސްނުން ހުންނަ ހިސާބަކީ
އަލީގ
24 September 2017
ބޭފުޅާ އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެގައުމަކައް ލިބޭ ފައިސާޔައް ވާނުވާ ނޭގި ވަކިބައެއްގެ ޖީބުތަކައް ވަންނަ ގައުމަކައް ލުއިލޯނު ނޫނީ އެހެން ގޮތަކައްވެސް އެހީތަކެއްވާކައް އެއީ އެމީހުންނައްވެސް ހަމަ ރަގަޅައްއެގޭނެ އެމީހުންގެ އަތުން ލިބޭފައިސާ އިންވެސްޓު ކުރެވެނީ ރަގަޅު ގޮތަކައްނޫންކަން މިކަން އަދި އޮއްވާ އަގައުމެއްގެ ޝަރުއީނިޒާމުގެ މިނިވަންކަމެއް ނެތިއްޔާ ކިހިނެތް އެމީހުން އިންވެސްޓުކުރާ ނޫނީ ލޯނައްދޭ ފައިސާއެއް އަނބުރާ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އޮންނާނީ. އިހައްދުވަހު ނޫހުންކީ އެގްރީމެންޓުގަ އޮތްގޮތައް އާބިޓްރޭޝަނުން ވަކިގޮތަކައް ނިންމި މައްސަލައެއް މިގައުމުގެ ޝަރުއީނިޒާމުގެ އެހީގަ އަނެއްފުށައްޖަހާލަން ޝަރިއްޔަތް ހިންގަމުންދާވާހަކަ.
އދ
24 September 2017
އާޅެ ދުނިޔެއޭ ބުނުމުގެ ކުރިން ދިވެހިންނަކީ އުފާވެރިކަމާއެކު އުޅެވޭނެ އަދި އަދުލު އިންސާފު ލިބޭނެ ތަނަކަށް ހަދަންބޭނުމޭ ބުނިނަމަ މާފުރިހަމަވާނެ.
ޝަލަފު
24 September 2017
ތިތަނައްވެސް ގޮސް ސަލާންޖަހަންދޯ ފެށީ. ލަދުން ބޯހަލާކު. ރާއްޖެމީ ސިންގަޕޫރޯ. ހެހެހެހެ... އަފުގާނިސްތާނޭ ކިޔާބަލަ.
ހެނބަދޫ ރައްޔިތުން
24 September 2017
ލޯނު އެއީ ކޮންއެއްޗެއްކަން އެނގޭ ބަޔަކަށްދޯ އެކަން ވާނީ!