އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: 2018ގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އޭނާ މިއަދު އިއުލާން ކުރެއްވި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
01 ޖުލައި 2016 - 18:45
ހޯމް މިނިސްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އުމަރު ނަސީރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ދެންމެ އިއުލާން ކުރައްވައިފި އެވެ.
އުމަރު މިކަން އިއުލާނުކުރައްވާފައި ވަނީ ކުރެއްވި ޓްވީޓެއްގަ އެވެ.
I have decided to run in the 2018 Presidential Election.
— Umar Naseer (@UmarNaseerPPM) July 1, 2016
އުމަރުގެ ޓްވީޓް
"މިހާރު" އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ ބާއްވާ ނަމަ، ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އެ ޕްރައިމަރީގެ ތެރެއިންނެވެ.
"އެހެން ނޫނީ އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނާނީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިންތިހާބުގައި އޭނާގެ ސްލޯގަން އަކީ "އަމާނާތްތެރިކަން" ކަމަށެވެ. މިއީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓަށް ޕްރައިމަރީގައި ވާދަކުރެއްވިއިރު ވެސް އޭނާ ބޭނުންކުރެއްވި "ސްލޯގަން" އެވެ.
"2018ގެ އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން،" އުމަރު ވިދާޅުވި އެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު މިއަދު އިއުލާން ކުރެއްވި ނަމަވެސް، މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، މީޑިއާތަކުގައި އޭނާ ވިދާޅުވެފައި ވަނީ އެންމެ އަވަހަށް ވެސް ވާދަކުރައްވާނީ 2023ގެ އިންތިހާބުގައި ކަމަށެވެ. އުމަރުގެ ކުއްލި ނިންމުން އައި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް އުމަރު އިއުލާން ކުރެއްވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުން މިދިޔަ ހަފުތާގެ ބުދަދުވަހު އިސްތިއުފާ ދެއްވުމަށް ފަހު، އޭނާ ގެންދަވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގަޔޫމްގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެވަމުންނެވެ. އަދި އުމަރަކީ ޕީޕީއެމް އިސްލާހު ކުރުމަށް މައުމޫން އިއްޔެ އެކުލަވާލެއްވި، އެމަނިކުފާނަށް ލަފާއަރުވާ މަޝްވަރާ މަޖިލިހުގެ މެމްބަރެއް ވެސްމެ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުން އުމަރު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަކަށް ވިދާޅެއް ނުވެ އެވެ. އެކަމަކު ގޭންގްތައް ހުއްޓުވުމާއި އެހެނިހެން ބައެއް ކަންކަމުގައި ސަރުކާރުގެ ތެރެއިން އުމަރަށް ވަނީ ހުރަސްތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންނަށް އަމުރު ކުރުމުގައި އޭނާ އަށް ލިބިދޭ ބާރު ރައީސް ޔާމީން އަނބުރާ ގެންދެވި އެވެ. އަދި އޭނާ އިސްތިއުފާ ދެއްވުމުގެ 3-2 ދުވަސް ކުރިން ވަނީ، މޮނިކޮން އަމުރު ހޯދުމަށް ހައި ކޯޓުގައި އެދުމަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބޭ ބާރު ވެސް އަތުލައްވައި ހަތަރު މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާސަރު
02 July 2016
ޢުމަރުވެސް ކުރިމަތިލާންވީ. ޢެކަމު ރައްޔިތުންނައް މިނިވަން 50 ކުރި ހަރަދު ތަކުގެ ތަފުސީލު އޮޑިޓު ރިޕޯޓެއް ބޭނުން. ގުޅުން ހުރިފަރާތްތަކާ ހަވާލުކުރީ ކިހާމަސައްކަތެއްކަން އެންގޭނީ އޭރުން.
މޮހޮނާ
02 July 2016
ބޮޑާ ކަމާއި ކިބުރުވެރިކަމާއި ޒާތީ ވެގެން އުޅުމަކީ ތަސައްވަރު ފުދޭ ސިޔާސީ މީހުންގެ ގޮތެއް ނޫން. އުމަރަކީ އޭނާގެ ތައުލީމީ ސެޓްފިކެޓް އަމިއްލަޔަށް ޓްވީޓް ކުރާފަދަ މެންޓަލިޓީގެ މީހެއް. އަދި ކުޑަކުޑަ ބާރެއް ލިބޭއިރަށް ވަރަށް ހަރުކަށިކޮށް ބޮޑު ބަސްބުނާ މީހެއް. ބެލުމުގެ ދަށުން ފާހަގަކުރީ މިނިވަން ފަންސާސް. ދައުލަތުގެ ފައިސާ އިންތިހާއަށް އިސްރާފްކުރި. ފަސޭހަކަމާއި އެކު ހެކިލިބި ހުކުމް ކުރެވޭނެ ، އަދި ކުށުގެ ރިކޯޑް އޮންނަ މީހުން އުމަރު ބެލީ ޓެގްއަޅުވާފަ ގޭގެ ބައިތިއްބަން. ކުއްކުރާ މީހުން ތިބެންޖެހެނީ ހުކުމް ކޮށްފަ ޖަލުގައި. ޓެގްއަޅުވާފަ ގެޔަކުނޫން.
ގޮމަފުޅު
02 July 2016
ކަލޯ ޢުމަރާ. ޖަލުގެ ކުޑަގޮޅި މަނިކުފާނަށް ވަރަށް ދިގު އިންތިޒާރެއް ކޮށްފި. މިހާރު މިއޮތީ ވަގުތު ޖެހިފައިހެން ހީވަނީ. ތިޔަ ކަމުގެ ބިރަށް ޔާމީނު އެންމެން ޖަލުގެ ކުޑަގޮޅިއަށް އަޅަމުން އެދަނީ. އެއްކަލަ 30 ހަރުފަތުގެ ހަރުގަނޑު އެވަނީ މަނިކުފާނުގެ ކަރަށް މަހާފައިވާ މަޅިއަކަށް ވެފައިކަން ހަނދާން ނެތުނީތޯ؟؟؟
އަލިފުތު
02 July 2016
ޝައިނީ ބުނުއްވިހެން 30 އަހަރު މައުމޫނަށް ފުދޭނެ. އަދި ތިމާގެ ނުފޫޒުގައި ގައުމުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމުން އަބުރާއި އިއްޒަތް ގެއްލި ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓުން ނޫން އެހެންކަމެއްނުވާނެ. އަނެއްކާ ޑީއާރޕީ ދެބައިވެގެން ދިޔައީ ޔާމީންގެ ވެރިކަން ބައްލަވަންވެސް ނުހުންނެވުނީ ދެން އުމަރު ނަގާ މަތިކުރުމަކީ އަމިއްލަ އިން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުން ކަހަލަ ކަމެއް. ނުވަތަ މޮޔަ ސިންގާއަކު ހަތަރެސްފައި ކާލުމަށް ފަހު މަސްގަނޑު ދޫކޮށްލުންކަމެއް.
ޓރތ
02 July 2016
ޢުމަރު ޖަލަށް ނުލާނަމަ ޔަޤީން ޔާމިނަށް ވުރެ ގިނަ ވޯޓް އުމަރަށް ލިބޭނެ. ÷ީ ޕީ އެމް ރޫހަކީ އުމަރު. ޠާމިނު ކިތަންމެ ފައިސާއެއް ބެިޔަސް އުމަރު ޔާމިނު ވަލިކުރާނެ.
ާމުހައްްމަދު 3 - އައްޑޫ ސިޓީ
02 July 2016
މަރުހަބާ. އަޅުގަނޑުގެ އާއިލާގެ ވޯޓް އުމަރަށް.
ފެހުރިހި
02 July 2016
ޖުޑީޝަރީގެ ހުރިހާ ލެވެލްތައް ސާފުކޮށްދޭ މަތިން އަހަރެންނާއި އަހަރެންގެ އާއިލާ ވޯޓު ދޭނަން.
ޕައްލަންބެ
02 July 2016
ޖުޑީޝަރީގެ ހުރިހާ ލެވެލްތައް ސާފުކޮށްދޭ މަތިން ---- ؟؟؟؟؟ އުމަރަކަށް އެއް އިރެއްގަ ވެސް ޖުޑީޝަރީ ގޯހެއް ނޫން.
މެސީ
02 July 2016
މަގޭ ވޯޓް އުމަރަށް ޔަޤީން
އޭނަ
02 July 2016
އުމަރަށް ވިގޮތަކީ އިސްތިއުފާ ދީފަ ގެއަށްގޮސް ޓީވީއިންބެލި ފިލްމު ނިމުނިވަ ވައިވެގެން އާފިލްމެއް ކުޅޭ ހިތްވީއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި ހިރޯއަކީވެސް އުމަރެވެ.
ކަމަނަ oi
02 July 2016
ހަޤީޤަތަށް ބުނަނީނަމަ އުމަރުގައިގައިވެސް އެކޮލިޓީއެށް ނެތެވެ...އެހެނީ އިންސާނީ ކަރާމާތަށް އަރައިގަނެ މޭފުއްޕާފައި ރައްޔިތުން ކުދިކުދިކުރަން ހިތުގައި ވިސްނާފައިވާ މީހުންނަށް ވެރިކަމެށް ނުކުރެވޭނެއެވެ.. ރާއްޖޭގެ ސަލާމަތީ ބާރުގައިގައި އަތަށް ދަނގަޑު ބުރި ނަގައި ތަޅަށް ދައުވަތު ދޭ މީހުންގެ ވިސްނުން ހުންނާނެ ހާލަތު ފުންކޮށް ވިސްނާލީމައި އެބަ އެނގެއެވެ. ކުޑަ ބާރެށް ލިބިފައި އޮތް އިރު ބާރުގެ ނުފޫޒު ބޭނުންކޮއްގެށް ސަބްމެރިން ބާއްވަން ރައްޔިތުންގެ ފަޅުތަށްނެގީ ކޮން ހުއްދައެށް ލިބިގެންތޯއެވެ؟ މާޒީގައި ހިނގާފައިވާ ކަންކަމުން މުސްތަގްބަލް ބަނަކަށް އިހުސާސް ކުރެވެއެވެ. ރާއްޖޭގެ ރައްޔިތުން ދެކެ ލޯބިވާ އެންމެ ވެރިއަކު ނުނީ ނުވެއެވެ....ނަޝީދު ރައްޔިތުން ދެކެވީ ހަޤީޤީ ލޯބިކަން އާސަންދަ، މުސްކުޅިންގެ ފައިސާ މިހެން ގޮސް އެތަކެށް އަމަލަކުން އިނގެއެވެ. ޢުއްމީދުކުރަނީ ނަޝީދުކަހަލަ ވެރއެކެވެ...