އުމަރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ޖުލައި 2016 - 00:45
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވަން ބޭނުންްވާކަން އުމަރު ނަސީރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީއަކުން މިރޭ ދަންނަވައިފި އެވެ.
މައުމޫނަށް އުމަރު ފޮނުއްވި ސިޓީގައި ވަނީ، "ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވޭ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޝައުގުވެރިކަން، އަސާސީ ގަވައިދދު 69 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން، އަޅުގަނޑު ފާޅުކުރަމެވެ،" އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަން އުމަރު ރަސްމީކޮށް ހުށަހެޅުއްވިއިރު، 2013 ވަނަ އަހަރު އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް 2018 ގެ ރިޔާސީ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް އެމަނިކުފާނަށް ތާއީދުކުރައްވާ، ކައުންސިލް މެމްބަރުންތަކެއް ވަނީ މައުމޫނަށް ދަންނަވަން ލިޔުމެއްގައި ސޮއިކުރައްވައިފަ އެވެ. ނަމަވެސް މައުމޫނާއި އުމަރުގެ ވިސްނުމަކީ ދެން އޮންނަ އިންތިހާބެއްގައި ޕްރައިމަރީއެއް ބާއްވައި ޓިކެޓް ދިނުމެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވާ ގޮތުން ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ.
ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ބޭއްވި ޖަލްސާއެއްގައި މައުމޫނާއި އުމަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އެކަމަކު، ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ކުރިއަށް އޮތް ދައުރުގައި ވެސް ޓިކެޓް ބޭނުންފުޅުވާ ނަމަ، ޕްރައިމަރީ ނުބާއްވައި ޓިކެޓް ދެވިދާނެ ކަމަށް އެހެން މާއްދާއެއްގައިވެ އެވެ. ނަމަވެސް ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު މީހަކު ހުށަހަޅައިފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ކޮންގްރެސްއަކުން ފާސްކުރަން ޖެހޭ ކަމަށް އަސާސީ ގަވައިދުގައިވެ އެވެ. ޕްރައިމަރީއެއް ބާއްވަން ކޮންގްރެސް އިން ފާސްކޮށްފި ނަމަ، ރިޔާސީ ޓިކެޓް ދޭނެ މީހަކު ކަނޑައަޅަން ޕްރައިމަރީއަކަށް ދާންޖެހޭނެ އެވެ.
އުމަރު 2018ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ހުށަހެޅުއްވުމުން، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބެލުމަށް ކޮންގްރެސްއެއް ބާއްވަން މިހާރު މަޖުބޫރުވެ އެވެ. އެކަމަކު ރިޔާސީ ޓިކެޓަށް އުމަރު ކުރިމަތިލެއްވުމުގެ ކުރިން، ރައީސް ޔާމީނަށް ތާއީދުކުރައްވާ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުން ބޭނުންވީ ޕްރައިމަރީއަކަށް ނުގޮސް ރައީސް ޔާމީނަށް ޓިކެޓް ދެއްވުމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް، މި މަހު ސަރުކާރުން އިސްތިއުފާ ދެއްވި އުމަރު އިއުލާންކުރެއްވީ މިއަދު އެވެ. އޭނާ އެކަން އިއުލާން ކުރެއްވި އިރު، ވޭތުވެދިޔަ ދެތިން ދުވަހުން ފެށިގެން ޕީޕީއެމްގެ އެތެރޭގެ މައްސަލަގަނޑު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އުމަރު މިއަދު ވިދާޅުވީ އޭނާ ރިޔާސީ ރޭހުގައި ވާދަކުރައްވަނީ "އަމާނާތްތެރިކަން" ސްލޯގަންގެ ދަށުން ކަމަށާއި ޕްރައިމަރީން ޓިކެޓް ނުލިބިޖިއްޔާ އަމިއްލަ ގޮތުން ވެސް ވާދަކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
03 July 2016
އުމަރަށް ޔާމީނުގެ ނުލަފާކަމުގެ ވާހަކަ ދައްކާފައި ފަހުން ޖެހުނީ ތިމަންނާ ސަމާސާކޮއްލީއޭ ބުނަން. މިވަރުގެ ފިނޑި މީހަކު ވެރިކަމަކަށް ކުރިމަތިލާނޭ ކަމެއް ނެތް.
ބޭބެ
03 July 2016
ޢުމަރަށް ވޯޓްދެން ބޭބެއަށް ފެނޭ. އެއީ ތެދުވެރި ގަދަރުވެރި ބޭފުޅެއް.
ހަންބެ ބޮންޒޯ
02 July 2016
ހަގީގަތަކީ ޔާމީނު ނޫން ކޮންމެ މީހަކު ޕީޕީއެމް ގެ މެމްބަރުން ނަށް ރަނގަޅު
އހ
02 July 2016
މިހާލަތައް އެންމެ ރަގަޅީ އަދާލަތުވެސް ޖޭޕީވެސް އުމަރައ
އިމްޕެކްޓް
02 July 2016
ރައްޔިތުންނަށް އޯގާތެރި ސަރުކާރަކަށް ވަނީ ނުހަނު ބޭނުންވެފަ އަނިޔާވެރިކަން ނެތިކުރައްވާނދޭވެ ޢުމަރުކަހަލަ ޒުވާންލީޑަރަކަށް ފުރުސަތު ދޭންޖެހޭ
ސުލް
02 July 2016
ހީވަނީ ގޮޅިއެއް ރެޑީހެން.
ބަޑިތަކުރު
02 July 2016
އުމަރާއެވެ،،،،!!! ހޭއަރާށެވެ،،،،،،،، އަސާސީ ގަވައިދދު 69 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން، ހަރުގަނޑުގެ މައްސަލަ ބަލަން މުސްތަފާބެ ވަނީ ގޮވާލާފައެވެ...... އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރަންޏާ މަގޭ އަދި މަގޭ އާއިލާ ހުރިހާ އެންމެންގެ ވޯޓް އަމާނާތްތެރިކަމާ އެކީ އުމަރަށް ދޭނެވާހަކަވެސް ދަންނަވާލަމެވެ...
ދޮޅުގަޑި ބައި
02 July 2016
މައުމޫމްގެ ވިސްނުންފުޅާ އެއްގޮތައް ނަމަވެސް މިފަހަރު އުމަރު ތި ކުރެއްވީ ވަރަށް ބުއްދިވެރިކަމެއް. މިހާރު އުމަރު ތި ނިންމެވީ ރިޔާސީ ރޭހުގައި ވާދަކުރައްވަން. މާނަޔަކީ މިހާރު ޔާމީން އުމަރުގެ މައްސަލަ އަލުން ޝަރީއަތަށް ފޮނުވާއިރަށް، ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ގޮވާނެ ސިޔާސީ ދައުވާއެކޭ، އުމަރު ބަންދުކޮއްފިއްޔާ ގޮވާނެ ސިޔާސީ ކުށްވެރިން ދޫކޮއްލާށޭ. ވަރަށް ސަޅި އެއްޗެއް ތިހެދީ.
ޢަބްދުﷲނާފިޒު
02 July 2016
ނުވެސް ކެރޭނެ، މިބުނީ ޔާމީނަކަށް ނުކެރޭނެޔޭ އުމަރު ހައްޔަރުކޮށް ގޮޅިއަށް ލާކަށް، ކުރިން އޮތީ އެހެން ހީވެފަނަމަވެސް މިހާރު ޔާމީނަށް އޮންނާނީ އެއްޗެއް ވިސްނިފަ، އުމަރާ ތޮޅެން ދިމާކޮށްފިއްޔާ ދެން ނަގާ ރާޅު ވަރަށް ބޮޑުވެ ހަމަ ބޯމައްޗަށް ބިންދާލާނެކަން ޚުދު ޔާމީނަށްވެސް ވިސްނޭނެ، އެހެން ވީމަ ބޮޑޭ އެހުންނަނީ ދޭނެ ލޮޓީއެއްވެސް ނޭގިފަ.
މެންޓަލިސްޓް
02 July 2016
ކުރީންވެސް ރައީސްޔާމިންއާ ވާދަކޮށް ، ޔާމިންއަށް ވަގަށް ގޮވާ ، ގޭންގްހިންގާމީހެކޭ ގޮވާ ، އެންމެފަހުން ޕްރައިމަރީން ބަލިވެ ، އެކަރަޕްޓް ޔާމިންގެ ފަހަތުގައި މިނިސްޓަރކަންވެސް ކުރަންޖެހުނީ ، ދެންވެސް ޕްރައިމަރީއެއްގައި ބޯނީ ހަމައެބޮނޑިކަމަށް ލަފާކުރަނީ
ބޯޓު
02 July 2016
އެހެން އެވަނީ ދިވެހި ރައްޔިތުން ވެލިޔު ކުރާ އެއްކަމެއް ވެސް ނެތީމަ. އެންމެން ކުރިމަތީ ގައުމު ދަވާލައި، އެންމެން ކުރިމަތީ ރިޝްވަތު ދިނުން އާލާކޮށް، ބޮޑެތި ގޭންގްސްޓާރުން ދޫކޮށް އިންތިހާއަށް ނުފޫޒުގެ ބޭނުން ކުރަމުން ދާއިރު ވެސް ދިވެހި ރައްޔިތުންނަށް ވަރިހަމަ. އުމަރު މެން ކިތައްމެ ވަރަކަށް މިކަންކަން ހައްލު ކުރަން އުޅުނަސް މި ފާޑު ރައްޔިތުން އުޅޭ ގައުމެއް ނުވާނެ އިސްލާހެއް.
ޢަބްދުﷲނާފިޒު
02 July 2016
އެއީ އުމަރުގެ އަމާނާތްތެރިކަމޯލަ، ރަތްމަހަށް ނުގޮވާހާ އެއްޗިހި ޕްރައިމަރީގަ ޔާނުއަށް ގޮވާފަވެސް މަތީމަޤާމެއް ދީ ދަތްކޮޅު އުފުރާލީމަވެސް މަޤާމުގެ ދަހިވެތިކަމުގަ މިހުރިހާ ދުވަހު ހުރީވެސް ހަމަ އަމާނާތްތެރިކަމުންނޯލަ.
ޢަބްދުﷲނާފިޒު
02 July 2016
އަމިއްލަގޮތުން ވާދަކޮށްގެން ހިއެއްނުވޭ، މިހެން މިބުނީ ވަކި ޕާޓީއަކަށް ރަޖިސްޓްރީ ނުކުރިއަސް ގިނަ ރައްޔިތުން ތިބީ ވަކި ކުލައެއް ނޫނީ ބަލައިނުގަންނަ ހިސާބުގަ، އެހެންވީމަ އާރުހުރި ކުލައެއްނުލާ ތިކަންވުމަށްވުރެ ނުވުން ގާތީ.