13 އޮކްޓޯބަރ 2017 - 14:38
ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިއްލަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހަތަރު އަހަރު ފަހުން މާނަ ފުން ވާހަކަތަކެއް ހިމެނޭ ޅެމެއް ޓުވީޓް ކުރައްވައިފި އެވެ.
ހަތަރު އަހަރު ފަހުން ނާޒިމް މިދިޔަ ބުދަ ދުވަހު ޓުވީޓްކޮށްފައިވަނީ އޭނާގެ ބައްޕަ މ. ނިޔަދުރުގޭ މުހައްމަދު މަނިކު ހައްދަވާފައިވާ ޅެމެކެވެ. ނާޒިމް ޓުވީޓްގައި ވިދާޅުވެފައިވަނީ އެ ޅެމަކީ އެންމެންނަށް އޮތް ފިލާވަޅެއް ކަމަށެވެ.
"ދުނިޔޭގެ އާދަ" ނަމުގައި ނިޔަނދުރު މުހައްމަދު މަނިކު ހައްދަވާފައިވާ އެ ޅެމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ތިމާ މީހަކަށް ވެފައިވާ ދުވަހު ހެޔޮ އެދޭ މީހުން ގިނަވާނެ ކަމަށާއި އެކަން ނެތިގެންދާ ދުވަހު ކައިރި މީހަކު ނުހުންނާނެ ކަމަށެވެ.
From my Dad's archives : A lesson to all pic.twitter.com/p4fihmOI3Y
— Ahmed Nazim (@MP4Dhiggaru) October 11, 2017
ރައީސް އަބްދުﷲ ޔާމީނާއި ކުރިން ގާތް ގުޅުމެއް އޮންނަ ނާޒިމް ޓުވީޓް ކުރައްވާފައިވާ ޅެމުގައި ބުނާ ގޮތުން ތިމާގެ ހަޔާތް އަނެކާ އަށް ހިލޭ ދޭއިރު ބަދަލަކަށް ލިބެނީ "ތެޔޮ ހަމެކެވެ".
ހަމަ އެހެންމެ މަގާމާއި އިއްޒަތް ގެއްލިގެން ދިއުމުން އަބުރާއި ނަން ވެއްޔާ މޮޑެވިގެންދާނެ ކަމަށާއި ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ނޯންނާނެ ކަން ބުނެފައިވާ ހަރުބަސް އެ ޅެމުގައި ބޭނުންކޮށްފައިވެ އެވެ.
ރައީސް ޔާމީނާ އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށް ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވީ ހިޔާނާތުގެ މައްސަލައެއްގަ އެވެ. ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގަ އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ. އެކަމަކު އޭރު އޭނާ ވަނީ ސިންގަޕޫރުން އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. ނާޒިމް މިހާރު ވެސް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެ ގައުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިންޓީ
15 October 2017
ކޮންމެ ތާކުން ކޮންމެ ގޮތަކަށް ކުރިޔަސް ވައްކަންވާނީ ހަމަ ވައްކަމަށް. ޅެމުގަ ޢާންމުކޮށް ވިސްނައިފިކޮންމެމީހަކަށް ބައްޕާފުޅު ދެއްވާފައެވަނީ ހެޔޮ ނަސޭހަތެއް. ނަމަވެސް ނާޒިމަކީ އެފަދަ ވާހަކަ ދައްކަން ކުފުހަމަވާ މީހެއްނޫން. ކޮންމެ މީހަކުވެސް އުޅެގަންނަ ގޮތަކުން ބޮނޑި ލިބުނީމާ ދެން މާ މާތް ޟިހަކަށް ވަނީ ދޯ.. އެހެނެއްވެސް ނުވާނެ.
މޮޔަމީހާ
15 October 2017
ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އެކުވެރި ނާޒިމަށް ސިންގަޕޫރަށް ފަރުވާ އަށް ދާން ލިބުނީ ޕާސްޕޯޓެއް. އެކަމަކު ކުށްވެރިން ބޭރަށް ފޮނުވަނީ ޕާސްޕޯޓު ދީފައެއް ނޫން. ވާދަވެރި ގާސިމަށް ޕާސްޕޯޓެއް ނުދިން. ނާޒިމް ގެ ޕާސްޕޯޓު ކެންސަލް ކުރި ކަން ވެސް ނޭނގޭ. ނާޒިމް ޖަލުން ފިލައިގެން ބޭރުގައި އުޅުނަސް، ރާއްޖެ އަށް އޭނާ ނުގެނެވުނަސް އޭނާ ދަނީ އޭނާގެ އެކި އެކި ދައުވާ ތައް ވެސް ރާްޖޭގެ ކޯޓުތަކުގައި ކާމިޔާބު ކަމާއި އެކު ކުރަމުން. ޖުޑިޝަރީ އަކުން ނާޒިމް އަށް ނާންގާ ތީ ޖަލުން ފިލައިގެން ހުކުމަށް ގޮން ޖަހައިގެން އުޅޭ މީހެކޭ. ހައްގު ހޯދަން ޝަރީއަތަށް މައްސަލަ ވައްދަން އެދޭނަމަ ތިމާ އަލުން ޖަލަށް ވަންނާށޭ. އަދީބަށް މި އަންގަނީ ބޭސް ފަރުވާ އަށް ބޭރަށް ދާންވީ އޭ ނެގި ލާރި ހަވާލުކޮށްފަ.
މީމުހާ
15 October 2017
ނަސޭޙަތް ދެއްވުމުގެ ބޭނުމެއް ނެތް! އެދުވަހު ތިބޭފުޅުން އުޅުއްވި ގޮތް ހަނދާން އެބަހުރި! ތިމާމެން ހިތުހުރި ގޮތަކަށް ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ އަމިއްލަ އެދުމައިގެން ދުނިޔެ ބައްކުރިއިރު ބައްޕަގެ ނަސޭޙަތް ހަނދުމަ ނެތީކީއްވެތޯ؟ ހިތާމައަކީ އަދިވެސް ތިހުންނަވަނީ ހަމަ ފިތިފަ ކަމުގައި ވާތީ!
ބޭބޭފުޅު
14 October 2017
11 ފެބްރުއަރީ 1993 ގައި ބައްޕަ ދެއްވި ނަސޭހަތް އެއްސެވިނަމަ ތިޔަހެން ނުވީސް ދެއްތޯ؟
ާދަމް
13 October 2017
ނިޔަނދުރު މުޙައްމަދުމަނިކަކީ ނާޒިމްގެ ބައްޕަ. މިވަގުތު ބަލިހާލުގައި އޮންނެވި މަނިކު ތިޔަ ލެމުގައި އެ ފާޅުކުރައްވަނީ ތަޖުރިބާގެ ވާހަކަފުޅުތައް. ޚުދު އަޅުގަނޑުގާތުގައިވެސް އެފަދަ ވާހަކަފުޅުތަކެއް ވިދާޅުވި.
ޕޮކަންޑިމޭން
13 October 2017
އަދީބަކަސް ނާޒިމަކަސް ގައިގަ ޖެހިއްޖެއްޔާ މިރައީސް ފޮޅާލާނެ
18ޔަގީނެއްނޫން
14 October 2017
ގައިގަޖެހުނަސް އޯކޭ ފައިސާގަ ނުޖެހެންޏާ.
ދަރިވަރު
13 October 2017
ނިޔަދުރު މުހައްމަދު މަނިކަކީ އަޅުގަޑު ދިވެހިބަހަށް ހިތްޖައްސުވައިދިން މޮޅު ޓީޗަރެއް. މަޑުމައިތިރި އަބަދުވެސް އަޅުގަޑުމެނަށް ހެޔޮ ނަސޭހަތްދިން ބޭފުޅެއް. މި ގައުމުން މިފަދަ ޚިދުމަތްތެރީންގެ ޚިދުމަތް ބަލައިގަންނަންޖެހޭ.
ފާތުން
13 October 2017
އަޅުގަނޑު ގެ ވެސް ފެވެރިޓް މުދައްރިސެއް އެއީ
ާސިފްލާ
13 October 2017
ފިލާ އޮތަސް ހައްޔަރު ކުރާނެދުވަސް ގާތްވަނީ.
ޒިންދަގީ
13 October 2017
ނާޒިމަށް ވަރަށް ރަގަޅު ފިލާވަޅެއް ވަނީ ލިބިފަ. އަދި މިފަދަ ކަންކަމުން އިބްރަތް ހޯދަންޖެހޭ ވަރަށް ބައިވަރު ވެރިން މިގައުގަ އެބައުޅޭ..
އަޒްނީމް
14 October 2017
ކީއްވެތަ މީހުން މިހާއަވަހަށް ރަނގަޅުވަނީ... ހަނދާންނެތޭ ބަލިޖެހިފަ ދޯދިވެހިންތިބެނީ..
ބޭބެ
13 October 2017
ފިއްލެވީކީ ނޫނޭ ފިއްލުވައި ދެއްވީޔޭ. ޢެކުގައި އުޅުނު ގާތް ރަހުމަތްތެރިޔާ އަށް މިވަރުކޮއްދިންކަންވެސް ރަނގަޅުދޯ.