ހިސާން: އޭނާ ވިދާޅުވީ ބޭއިންސާފުން ހިންގާ ކަންކަމަށް ޖަވާބުދާރީ ކުރުވާނެ ކަމަށް.
14 އޮކްޓޯބަރ 2017 - 11:23
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދުގެ މަރުގެ ޒިންމާ ކަމާ ގުޅުން ހުރިހާ ފަރާތްތަކަކުން ނަގަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ، 51، މަރުވީ މޭ 1، 2015 ގައި ބޭއްވި މޭ ޑޭ ބޮޑު އެއްވުމުގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ.
އިދިކޮޅު ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ އަބްދުﷲ ގެ މައްޗަށް "ދޮގު ތަހުގީގު" ހިންގި ފުލުހުންނާއި "ދޮގު ދައުވާ" ކުރި ޕްރޮސެކިއުޓަ ޖެނެރަލާއި ދައުލަތުގެ ވަކީލުންނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ކަރެކްޝަން ސާވިސްގެ މުވައްޒަފުން އެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
"އެ ދޮގު ދައުވާ ސިޔާސީ ސަބަބުތަކަށްޓަކައި އުފުލައި، އެ ދައުވާ ހިފައިގެން ކޯޓަށް ގޮސް ދައުވާ ސާބިތު ކުރަން ވަކާލާތު ކުރި ދައުލަތުގެ ވަކީލުން ވެސް މިއަދު އަބްދުﷲގެ މަރުގެ ޒިންމާ އުފުލަން ޖެހޭނެ. ތިމަންނާ އަދާ ކުރީ ތިމަންނާގެ ވަޒީފާއޭ ބުނެ މީހެއްގެ މައްޗަށް ނުހައްގުން ދައުވާއެއްކޮށް، ނުހައްގު އަދަބެއް ދޭން މަސައްކަތްކޮށް މިފަދަ ޖަރީމާއެއް ހިންގައި އަތް އުރާލައިގެން ހުރުމުގެ ފުރުސަތެއް އަޅުގަނޑުމެން ދޭކަށް ބޭނުމެއް ނޫން،" ހިސާން ވިދާޅުވި އެވެ.
އަބްދުﷲ: އޭނާ މަރުވީ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުގައި.
އޭނާ ވިދާޅުވި ގޮތުގައި ބޭނުން ވަނީ އެފަދަ ޖަރީމާތަކުގައި ބައިވެރިވާ އެންމެން ޖަވާބުދާރީ ކުރުވަން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މި ފަދަ ޖަރީމާތައް ހިންގުމުގައި ބައިވެރިވާ އެންމެ މަތީ ފަށަލައިން ފެށިގެން ގޮސް އެންމެ ދަށް ލެވެލްއާ ހަމައަށް ޖަވާބުދާރީ ކުރުވަން،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިފަދަ ބޮޑެތި ޖަރީމާތައް މީހުންނާ ދޭތެރޭ މުއައްސަސާތަކުން ހިންގަމުންދާ އިރު ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަން އޮތީ ޒިންމާ އަދާކުރުމުގައި އިހުމާލުވެފަ އެވެ.
"ޖަލުގައި މި މަރުވާ މީހުންގެ ހައްގުގައި އެ މީހުން ބަހެއް ބުނި އަޑެއް އަޅުގަނޑުމެންނަކަށް ނީވޭ. އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާ ކުރާ ތަނެއް ނުފެނޭ،" މި އަހަރުގެ މިހާތަނަށް ޖަލުގައި ނުވަ މީހަކު މަރުވެފައިވާކަން ފާހަގަކޮށް ހިސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާބެ
15 October 2017
އިހުމާލެއް އޮތިއްޔާ ބަލާފަ ފިޔަވަޅު އަޅަންޖެހޭ، ޖަލަށްލިޔަސް އެމީހެއްގެ ބަލިޙާލުހުންނަ ގޮތުން ލަސްނުވެ ބޭސްފަރުވާގެ ކަންކަން ފަހިކޮށްދޭން ޖެހޭ، އެފަދަ ކަމަކަށް އިހުމާލުވެފަ އޮތިއްޔާ ޖަލުބަލަހައްޓާ މީހުންނާދޭތެރޭ ފިޔަވަޅު އެޅުމަކީ މުހިންމުކަމެއް، ސަބަބަކީ މުސްތަޤްބަލުގައިވެސް އެފަދަ ކަންކަން ހުއްޓޭނީ ފިޔަވަޅު އަޅައިގެންކަމަށްވާތީ، ނަމަވެސް ސިޔާސީގޮތުން ވަކާލާތުކުރާ މިފަދަ ވަކީލަކު ދައްކާވާހަތަކަކީ އިތުބާރުކުރެވޭނެ ވާހަކައެއްނޫން، ރޯމާދުވާލު މީހަކަށް ޙަމަލާދީ އަނިޔާތަކެއް ލިބުނުމަންޒަރު އެންމެނަށް ފެންނަން ހުރިއިރުވެސް ޙުކުމްކުރި ފަނޑިޔާރާއި ހެކީންގެ ބޮލުގައި އިލްޒާމު އަޅުވައި ދެއްކިވާހަކަތައް ކުށްވެރިކުރަން، އެފަދަ ޙަރަކާތްތަކަށް ނިކަމެތި ރައްޔިތުން ނެރެ އެބައިމީހުން ލައްވައި ގޯސް ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ މީހުންނަށްވުރެ ވަކީން ނުބައިބައެއް ނުތިބޭނެ، އަދި މިފަދަ ކަންކަމުގެ ޒިންމާ އުފުލަން އެންމެ އެކަށީގެންވަނީވެސް އެފަދަ މީހުން.
ޕޮކަންޑިމޭން
15 October 2017
ހިސާން ގާތު މިހާރުނޫހުގެ ފަރާތުން ގުޅާފަ އަހާބަލަ ޢަބްދުﷲގެ ވަކީލަކަށް އެހެނިހެން ސިޔާސީ ބޮޑުން ސަލާމަތްކުރަން ކޯޓަށް ދާއުސޫލުން ދިޔައިންތޯ؟ ކުޑަމިނުން އެޝަރީޢަތް ހިނގިގޮތް ބަލައިލިންތޯ؟
ޒިންމާ
15 October 2017
ޖަލުގައި ކާން ނުލިބި، ބޭސްފަރުވަ ނުލިބި މަރުވާ މަރުތަކުގެ ޒިންމާ ނަގަން ޖެހޭނެ.. މިއީ ހަމަ އަދުގ ެސަރުކަރު ޒިްނމާ ނަގަން ޖެހޭ ކަމެއް.
ސިޔާސީ
15 October 2017
އެމް.ޑީ.ޕީ އަށް ވެރިކަން ހޯދައިދޭން އަބްދުﷲ ހުރީ އެންމެ ކުރީސަފުގައި! އެމް.ޑީ.ޕީ ގެ ވެރިކަން ވެއްޓިގެން، ވެރިކަމުގެ ހައްގުގައި އެއްވި ހުރިހާ އެއްވުމެއްގައި ވެސް އަބްދުﷲ ހުރީ ހަމަ އެންމެ ކުރީސަފުގައި! ރައީސް ނަސީދު ޖަލަށް ލީމަވެސް، އެކަމާ ދެކޮޅަށް އެއްވި އެއްވުން ތަކުގައިވެސް އަބްދުﷲ ހުންނެވީ ހަމަ އެންމެ ކުރީސަފުގައި! މޭޑޭ ގެ އެއްވުމައި އަބްދުﷲ ހުއްނެވީ ކުރިއެކޭ އެއްގޮތަށް ކުރީ ސަފުގައި! އާހިރުގައި އަބްދުﷲ ޖަލަށް ލުމުން އޭނަގެ ދިފާއުގައި ކުރީސަފަށް އަރާނެ އެއްވެސް ބޭފުޅަކު ތިޔަ އެމް.ޑީ.ޕީ އަކުން ނުވި! ނަމަވެސް، ނަމަވެސް އަބްދުﷲ މިދުނިޔެއާއި ވަކިވެގެން ދިޔަ ހިސާބުން އަބްދުﷲ ގެ ދިފާއުގައި މުޅި އެމް.ޑީ.ޕީ ވެސް ނިކުމެވާކަން ފާހަނގަވޭ. މިހެންވުމުން ހަނދާނަށް އަންނަނީ އީވާން ނަސީމްގެ މަރު. އެމަރު ސިޔާސީ ކޮށްލި ގޮތް. މައުމޫނަށް ކޮށްލި ވަރު. ނަމަވެސް މިއަދު މައުމޫނު ހުދު ފޮތިކޮޅަކަށްވެ، އެމަރުގެ މަތިން ހަނދާންނައްތާލި ގޮތް. ބުނަންމިއުޅެނީ، އަބްދުﷲ މަރުވެސް ސިޔާސީ މަރަކަށް ވީބާވައޭ!
މަލީ
15 October 2017
މިކަން ސިޔާސަ ކުރާކަށް ނޫންް މިއުޅެނީ.... ގައުމުގަ ޒިންމާދާރު މަގާމުތަކުގަ ތިއްބަވާ ބޭފުޅުންނަށް އެބޭފުޅުންގެ ޒިންމާ ނުއުފުލޭ ވާހަކަ މިބުނަނީ... އަބްދުﷲ ގެ މަރުގައި ވަރަށް ގިނަ މުއައްސަސާތަކެއްގެ އިހުމާލު އެބައޮތް. އެ ވާހަކަ ދެއްކުމަކީ ސިޔާސަަ ވުމެއްނޫން. ޕިންކީންނަށް ހީވަނީ ސަރުކާރުން ކުރާ ދޯހަޅި، ނާއިންސާފީ ކަންކަމުގެ ވާހަކަ ދެއްކުމަކީ ބަދުނާމު ކުރުންކަމަށް، ކަންކަން ސިޔާސީ ކުރުން ކަމަށް....
ދޮންބީފާނު
15 October 2017
އެމީހާގެ ފަތިފުށް މީހުން ލައްވާ ކިިޔުއްވަން "ފެންނުވަރާ" މެން ތިކުރާ މަސައްކަތް ހުއްޓާލަންވީނު.
އަލްޖިބްރާ
15 October 2017
ރައްޔިތުންނަށް ކުރި އަދި ކުރާ އަނިޔާއެއް ނުފެނޭތަ ؟ ކަލޭމެން ތިބެނީ ދެލޮލަށް މިރުސް އެޅިފަތަ ؟ އެމީހުން ރައްޔިތުންނަށް ކިތަންމެ އަނިޔާއެއް ކުރިއަސް އެއީ ހަމައިންސާފުތަ ؟ކޮންތާކު އޮތް ކޮންޤާނޫނެއްގަތަ އޮތީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ކުރަން ޖެހޭނެއޭ ؟ ބުނެދީބަލަ ؟ ލިބޭ ބައިވަރު ގިނަވީމާ " ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ " !
އަލްޖިބްރާ
15 October 2017
މިސަރުކާރުގެ ބޭނުމަކީ މިސަރުކާރާއި އިދިކޮޅަށް ނުކުންނަ ކޮންމެ މީހަކު ހިފާހައްޔަރުކޮށް ކުށްސާބިތުކޮށްފާ ( ކޮންމެގޮތަކަށްނަމަވެސް) ޖަލަށްލުން ! ޖަލަށް ލުމަށްފަހު އިންސާނީ ހައްޤުތަކުން މަހުރޫމް ކޮށް ނަފްސާނީ އަނިޔާ ދޭންފެށީމާ ދެން އޮންނާނީ މަރުވުން ! މަރުވީމާ އެމީހުންގެ ބޭނުން ފުދުނީ ! އަންނި ރާއްޖޭގައި ހުރިނަމަވެސް މިހާރު ދުނިޔޭގައި ދިރިހުރުމާއި މެދުވެސް ޝައްކު !
އަޝްރަފް
14 October 2017
ވަރަށް ރަނގަޅު ވާހަކައެއް ކަމާގުޅުންހުރި ހުރިހާ ފަރާތްކުން ޒިންމާ ނަގަން ޖެހޭ ވާހަކަ އަކީ އެންމެ ފުރަތަމަ އެމްޑީޕީ އެއީ އަބްދުﷲ މަގުފުރަށްދައިގެން މަގުމައްޗަށް ނެރުނީތީ އޭގެ ފަހުން ހިސާން މެން ދިފާއުގަ ވަކާލާތުކޮށް ނުދެވުނީތީ އަމިއްލެޔަށް ލަދުގަންނަން ދަސްކޮށްބަލަ
އޮޅުވާލާ
14 October 2017
ހިސާނުމެން ދައްކާވާކަ ކިހިނެއް ދެން ރައްޔިތުން ޤަބޫލު ކުރާނީ.ޕޮލިސް މީހާއަށް އަނިޔާކުރި މީހުންގެ ތެރޭގައި އަބުދުﷲ ބައިވެރިވިކަން އެވީޑިއޯ ބެލި ކޮންމެ މީހަކަށް އިނގޭނެ.މިހާބޮޑަށް ރައްޔިތުނަށް އޮޅުވައިލާ ފިތުނަ އުފައްދާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން.
ނުފެނޭ
14 October 2017
އެވީޑިއޯ ނުދައްކާ ޗެނަލްތަކުގެ މީހުން ތިބޭނެ މި މީހުންގެ ވާހަކަ ގަބޫލުކޮށްލައިގެން.
ހަސަން
15 October 2017
ތަންދޮރު ނުއެނގި ވާހަކަ ދައްކަނީ ... ދައުވާ އޮތީ ބޮޑު އަދަބު ދޭންވެގެން ހަތިޔާރާއެކު ހަމަލަ ދިނީ ކަމަށް. އެވާހަކަ މިދައްކަނީ ... ފިތުނަ އުފެދެނީ ތަންދޮރު ނުބަލާ ތިހެން ކޮމެންޓް ކުރާ މީހުންނާ ހެދި.
ހޮޓްކިންގ
14 October 2017
އިހްމާލުގެ ވާހަކަ ދައްކަން ތިމީހުން ލަދު ގަންނަންޖެހޭނެ. އޭނާ ކުށަށް އަރައިގަންނަން ހިއްވަރުދިނީ އިދިކޮޅުމީހުން. އެހެންވެ ފުލުހަކު މަގުމައްޗަށް ވައްޓާލާ އަނިޔާކުރީ. އޭރު ހިތަކަށް ނާރާ މިކުރެވެނީ ކުށެއްކަމަށް. ޖަލަށް ލީމާ ތިއިން މީހަކު އޭނާގެ ހާލު ބަލާވެސް ނުލި. އިދިކޮޅު މީހުންގެ މަޅީގައި ޖެހި ބަޔަކު ޖަލުގައި ތިބިކަންވެސް ހަނދާންނެއް. އޭގެ ތެރެއިން މީހަކު މަރުވީމާ ކަމެއް ކޮށްދޭކަން ދައްކަން ކޮން އިހްމާލެއްގެ ވާހަކަ ތިދައްކަނީ. ކަލޭމެންގެ މަޅީގައި ރައްޔިތުން ޖައްސައި އެމީހުންގެ ދިރިއުޅުން ހަލާކު ކުރާނެ ކަމެއްނެތް.