ގާސިމާ ބައްދަލުކުރެއްވުމަށް ފަހު އުމަރު ނަސީރު ނޫސްވެރިންނާ މިރޭ ވާހަކަ ދައްކަވަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު
04 ޖުލައި 2016 - 21:22
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރައްވަން ހުންނެވި ބޭފުޅާ އަތުގައި މިފަހަރު "ކާލާ މަންނަ" ނޯންނާނެ ކަމަށް، އުމަރު ނަސީރު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ހޯއްދަވަން މ. މާފަންނުވިލާގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެގޮތަށް ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތްކުރައްވާ ކަމަށް ބެލެވެ އެވެ.
ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ ގާސިމްގެ ކޮމިޓްމެންޓް އަދި ނުދެއްވާ ކަމަށެވެ.
"ގާސިމް ވިދާޅުވި އެކަމާ މެދު ވިސްނަވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަކީ ރާއްޖޭގައި ބޭއްވި ރިޔާސީ ކޮންމެ އިންތިހާބެއްގައި ވެސް "ކިންގް މޭކާ" ކަމަށެވެ. އެހެންވެ އޭނާ އުއްމީދުކުރައްވަނީ ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް، ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދު ލިބިވަޑައިގެންފާނެތޯ "މިހާރު" އިން ސުވާލުކުރުމުން އުމަރު ވިދާޅުވީ އެކަމާ މެދު އެއްޗެއް ވިދާޅުވާން އަދި ބޭނުން ނޫން ކަމަށެވެ.
އެކަމަކު "އަޅުގަނޑާ ވާދަކުރައްވަން ހުންނެވި ބޭފުޅާގެ އަތުގައި މިފަހަރު ކާލާ މަންނައެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.
އެންމެ ފަހުން އޮތް ޕީޕީއެމްގެ ޕްރައިމަރީގެ ވާދަވެރިކަން އޮތީ ރައީސް ޔާމީނާއި އުމަރާ މެދުގަ އެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު އަނެއްކާ ތިބީ 2018 ގެ އިންތިހާބުގެ ޓިކެޓް ހޯއްދަވަން އެ ދެ ބޭފުޅުން ވާދަކުރައްވާނެ ޕްރައިމަރީއެއް ކުރިއަށް ދާނެ ގޮތަށް ބަލަބަލަ އެވެ.
ރައީސް ޔާމީންގެ ކޮންޓްރޯލް އޮތް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެމްބަރުން ބޭނުންވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭށެވެ. އެކަމަކު މައުމޫން އެކަމާ ދެކޮޅެވެ. އެހެންވެ ޕީޕީއެމް މިހާރު ވަނީ ދެ ބައި ވެފަ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާ މި ދަނޑިވަޅު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ގާސިމާ ބައްދަލުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުދެެ އެވެ.
އުމަރަކީ، ޕީޕީއެމްގައި ރައީސް މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާސް ހުކުން
05 July 2016
ކާލާ މަންނަ އަކީ ހުކުމަށް ނުވެއްޖެނަމަ ހުކުމުގެ ދޭއްވެސް މާ ބާރުގަދަވާނެ.
ޑޮން
05 July 2016
ޤާސިމް ހުންނަވާނީ، އިއްތިޙާދު ފަޅީގަ އެއެއް ދެނެއް ބަދަލެއް ނުވާނެ.
އިބްރާހީމް
05 July 2016
މާނައަކީ 2018 ގައި ރައީސް މައުމޫން ޔާމީނަކަށް ތާއީދެއް ނުކުރައްވާނެއޭ.
ދދ
05 July 2016
ބައިތުލް މާލު ލޫޓުވަމުންދާ ސިޔާސީ ޗޯރުން ހައްތާވެސް!
ޔަގީން
05 July 2016
އެބޭފުޅާ އަތުގައި ކާލާ މަންނަ ނޯންނާނެ ކަމަށް ބުނެ އުމަރު ރިޔާސީ ކެންޑިޑޭޓް މަގާމަށް އަންނަން ތިއުޅުއްވަނީ އެއީ ރާއްޖޭގެ ރައީސް ކަމަށް އައިސް ގެން ރައީސް އޮފީސް ތެެރެއަށް ވަދެ އިނދެ ތާސް ކުޅެ ޖުހާ ކުޅެން ތޯއެވެ. އެއަށް ވުރެން ސީރިއަސް މަގާމެއް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަަކީ. މިއަދު ވެސް ރައްޔިތުން ހީކުރީ ރާއްޖޭގައި ދިވާވެފައިވާ އިގްތިސާދީ އަދި ސިޔާސީ އަދި އިޖްތިމާއީ މައްސަލަ ތަކަށް ހައްލެއް ހޯދާދޭން ކަމަށް އުމަރު ވާހަކަ ދައްކާނީ. އެކަމަކު އެހެން ނޫން އުމަރު މެންގެ ކަންކަން މިހުންނަނީ. ކަން މިހެން ހުރުމުން އުމަރު ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް ކޮލިފައި ވޭތޯ އެބަޖެހޭ އިވޭލުއޭޓް ކުރަމުން. އޮޓޯ އިވޭލުއޭޝަން ހެދޭނެ އުމަރު ދައްކާ ވާހަކަ ތަކުން. އުމަރު އަކީ އެއީ ރާދަރ ތިންގް އެއް ނޫނެވެ. ރާދަރ ތިންގްސް ގައި ދިރުން ހުންނާނީ. އުމަރު ރާދަރ ތިންގްސް އަށް ނުވާތީވެ އުމަރަކީ އެއީ ދިރުން ހުންނަ އެއްޗަކަށް ނުވާނެ ކަމަށް ޕްރެޑިކްޝަންސް ތަކުން އެބަދައްކަ އެވެ. ހަމަ ޕީޕީއެމް ޕްރައިމަރީ ކޮންޓެސްޓް ގައި އަދި ވެސް އުމަރު މެން ހީ ނުކުރާ ފަދަ ތަފާތަކުން ނަތީޖާ ނެރޭނަމެވެ. ރައީސް ޔާމީންގެ ފަޅިން ކުޅޭނީ ބިއުޓިފުލް ޕޮލިޓިކްސް އެވެ. އުމަރު ފަޅިން ކުޅޭ ޑާރޓީ ޕޮލިޓިކްސް. މޮޅުވާނީ އަބަދުވެސް ރަނގަޅަށް ކަންކަން ކުރާ ފަޅިއެވެ. އެއީ ޔަގީން ކަމެެކެވެ. ޕީޕީއެމްގެ ޕްރައިމަރީ އިންސާފުވެރިކޮށް ބާއްވައިފިނަމަ ރައީސް ޔާމީން އަށް ލިބޭނެ ޓިކެޓް އުމަރު މެން ހީވެސް ނުކުރާ ފަދަ ބޮޑު ތަފާތަކުން.
އަލީ
05 July 2016
ރަގަޅަށް ބާއްވައިފިނަމަ ޔާމީނަކަށް ކާމިޔާބެއް ނުވާނެ.
ކާލާ މަންނަ
05 July 2016
މިފަހަރު "ޙުކުމުގެ" މަންނަ އޮތީ އުމަރު އަތުގަ، ކިތައް އަހަރުގެ ހުކުމެއްބާ؟ ތިދާވަރުން މާ ގިނަ ދުވަހެއް ނުނަގާނެ.
ޕީޕީ
05 July 2016
ޤާސިމް އެންމެންވެސް ބޭނުން. އެކަމަކު ވެރިކަން ލިބުނީމަ ޤާސިމަށް ހަދާލާގޮތުން ހަމަދެރަވަނީ. ރޮވެނީ ހަމަ ޤާސިމް އެއެވެސް މީހެއްގެ ފަހަތަށް ވަންނާނެކަމެއްނެތް
ނޫރު
05 July 2016
ސާބަހޭ އުމަރާ ތިޔައީ ހިތް ަރުހުރި ކެރޭ ލީޑަރެއް ހަނދާން ވަނީ މޫސާގެ ފާނު ފިރުއައުނުގެ ދަރުބާރުގަ ހައްގުބަސް ބުނުމަށް ފަސްނުޖެހުނު މަންޒަރު
ވިލިނގިލި
05 July 2016
މިހާރުދެން މިގައުމަކުން ތިޔަބުނާ ކާލާގެމަންނަ ބޭނުމެއް ނުކުރެވޭނެއެވެ. ޢެކަންތަށް މާޒީވެ ނިމިއްޖެއެވެ.
މުހައްމަދުރ
05 July 2016
އުމަރަށް ވ އަވަހަށް ކާލާމަންނަ ފެނިގެންދާނެ ވ ތަފާތުގޮތަކަށް ހީވަނީ ޕްރައިމަރީ އައުމުގެކުރިން އުމަރު ބޮލުގައި ކޮންމެވެސް ކަމެއް އަޅުވާފަ ޖަލަށް ލާނެހެން އެހެން ނޫނީ ތީ ޔާމިނެއްނޫން.
ހަސަނު
06 July 2016
2015 ގެ މިވަން ދުވަހުގެ ޚަރަދުތައް އުމަރުގެ ބޮލަށް ފައްތާގޮތަށް އޮތީ!