ގއ. ދެއްވަދޫ ކައުންސިލުން އެ ރަށުގައި އަޅަން ބޭނުންވާ އެއާޕޯޓުގެ ކުރެހުމެއް
08 ނޮވެމްބަރ 2017 - 12:58
ގއ. ދެއްވަދޫ ބޭރުގައި ފްލޯޓިން އެއާޕޯޓެއް އެޅުމަށް އެ ރަށު ކައުންސިލުން ބޭނުންވެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ނަޖުމީން ވިދާޅުވީ ދެއްވަދު އަކީ ގއ. އަތޮޅުގެ މެދުގައި އޮންނަ ރަށަކަށް ވުމުން އެ ރަށުގައި އެއާޕޯޓެއް އަޅައިފި ނަމަ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އެކަމަކު ދެއްވަދޫގެ ބިމުގައި އެއާޕޯޓެއް އަޅާނެ ޖާގަ ނެތް ކަމަށާއި އެހެންވެ، ރަށް ބޭރުގައި ފެންމަތީގައި އޮންނަ އެއާޕޯޓެއް އެޅުމަށް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގަރާރުގައި ކައުންސިލަރުން އެއްބަސްވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ފަޅު ތެރޭގައި ވެސް އަޅާކަށް. އެއީ ގުދުރަތީ އެއްވެސް ދިރުމެއް ނައްތާލަން ބޭނުން ނުވާތީ. އެކަމަކު މި ރަށް ކައިރީ ބޭރުގައި ފްލޯޓިން އެއާޕޯޓެއް އެޅުމަކީ ސަރުކާރަށް މާ އުނދަގޫ ކަމަކަށް ނުވާނެ،" އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެހެންވެ، ސަރުކާރުން އެއާޕޯޓުތައް އަޅާ ދުވަސްވަރެއްގައި މިކަން ވެސް ކުރެވިދާނެ ކަމަށް ނަޖުމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިން އެއާޕޯޓު މި ރަށުގައި އެޅުމަށް،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއަރަމުން އަންނަ މިންވަރާއި އަންނަ އަހަރު ދެއްވަދޫން ރާއްޖޭން ބޭރުން މަސް ބޭރުކުރެވޭނެ ނިޒާމް ގާއިމު ކުރެވޭނެކަން ވެސް ފާހަގަކޮށްފަ އެވެ.
ނަޖުމީން ވިދާޅުވީ މިއީ ކައުންސިލްގެ ޚިޔާލެއް ކަމަށާއި އަންނަ ހަފުތާގައި މިކަން ރަސްމީކޮށް، ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ފ. ނިލަންދު އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ޒުހައިރު
29 April 2019
ޢަޅުގަގަޑަށް ފެނޭ 10000 ފްލޯޓިން ގެވެސް ގެންނަން މާދަމާ ފާސްކުރާތި!!!
އަބްދުއްލާ
10 November 2017
ދެއްވަދޫ މީހުންނަކީ ވަރަށް ވިސްނުން ރަނގަޅު ބައެއް. ދެއްވަދޫ މީހަކު ރަސްކަންވެސް ކުރެއްވި ، ދެއްވަދޫ ރަސްގެފާނޭ ކިޔާ އަޑު އިވޭދޯ . އަދި ދެއްވަދޫ މީހުން ކުރި މޮޅުކަމަކީ ތިނަދޫ ން ކަރާސީނު ފީފާ އެއް ގަނެގެން ރަށަށް ގެންގޮސް އެބަހަންވެގެން ވަޅުގަނޑެއް ކޮނެފަ ވަޅުގަނޑުގެ ފުލުގަޔާ ވަށާ ފަންގި ޖަހާ ވަޅަށް ފީފާ އޮއްސާލި ހުކުރު ވަގުތު ވީމާ ބެހެއެްޓީ ހުކުރުން ފައިބައިގެން އައިސް ބަހަން ބެލި އިރު ހުންނާނީ ކޯންޗެއް . ބުނެބަލަ.؟
ދެއްވަދޫ
09 November 2017
ދެއްވަދޫ ކައުންސިލަރުންގެ ކުފޫހަމަތޯ ބަލަންވީނު
މަހާ
09 November 2017
ކައުންސިލް ގައި ތިތިބީ ހުސް ބޯބުރާންތިން... ރަގަޅައްވިއްޔާ ނަސީދު ކަެިރިން ދަރިޥަރުވި ކުދިންކޮޅެއްމީ
ވިސްނަމާ
09 November 2017
ފްލޯޓިން އެއަރޕޯރޓެއް ހުށަހަޅާއިރު، ދުނިޔޭގައި މިފަދަ ކިތައް އެއަރޕޯރޓް ވޭބާ ތިކައުންސިލުން ބެލިނަމަ، މިފަދަ ގަރާރެއް ފާސްކުރަން ހުދު ކައުންސިލޔ ލަދުގަންނާނެކަމަށް ބެލެވޭ. އެހެނީ ޖަޕާންގައިވެސް ހެދުނު މީގެ ހަމައެކަނި އެއަރޕޯރޓްގެ ހަރަދު ބޮޑުކަމުން ވަނީ ހުއްޓާލާފައި. މެކޭނިލަކީ އަދި އިންޖިނައަރިންގ ޗެލެންޖްތައް އަނދާޒާ ކުރެވޭއިރު، މިފަދަ ކަމެއް ކުރުމަށް ދިމާވާ ހަރަދާއި ލިބޭ މަންފާ އަޅުވާކިޔުމަށްފަހު ކަންކަމަށް އެދޭނަމަ ހުދު ހުރިހާ ދިވެހިންނަށްވެސް ރަނގަޅު. ދެއްވަދޫ ކައުންސިލާހެދި ހުރިހާ ރައްޔިތުންނަށް ގަމާރު ލޭބަލް!
ތިއޭ އެއްކަލަ
21 March 2019
ކައުންސިލަރަކޭ ކިޔާފަ ތިތާގަ ތިހުރީ މީހުންގެ ޝައުގުވެރިކަން ހޯދަން އުޅޭ މީހެއްނު.
މުހައްމަދު އަހްމަދު
09 November 2017
2018 ގައި ރައީސް ނަޝީދު ވެރިކަމަށް އައުމުން ދެއްވަދޫއާއި ގެމަނަފުއްޓާއި އަދި ކަނޑުހުޅުދޫގަވެސް އެއާޕޯޓު އަޅައި، އެ ރަށް ރަށަށް ކިރު ހޮޅިއާއި ފެން ހޮޅި އާއި ގޭސް ހޮޅި ލައި ދޭނަން
މުންޑު
09 November 2017
އެންމެ ރަނގަޅުގޮތަކީ ދެއްވަދޫ މީހުން އެހެންރަށަކަސްލާފާ ދެއްވަދޫގައި އެއަރޕޯޓެއް އަޅާދިނުމަށް ގަރާރެއްފާސްކުރުން.
ހުވަދޫ ކަލޯ
09 November 2017
ދެއްވަދޫ ކައުންސިލަރުން މޮޔަފުޅުވީތޯ..... މާޒީގައި ދެއްވަދޫ ދިވެހި ތާރިޚްގެ ތެރެޔަށް ގެންދިޔަގޮތަށް އަނެއްކާވެސް ގެންދަންބޭނުންވަނީތޯ.... ސަރުކާރަކަށް ޖެއްސުން ނުކުރެވޭނެ.... ޖެއްސުންތިކުރަނީ ހަމަ ރައްޔިތުންނަށްކަން ޔަގީން.
ރަބަރު
09 November 2017
މި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށަކީ މާލެއެވެ. އެކަމަކު މާލެއާ ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ފާލަން މިވަގުތު އެޅުމަކީ އެންމެ ރަނގަޅުގޮތްކަމަށް ގިނަބަޔަކު ނުދެކޭނެއެވެ. މިބުނީ ބިތްބިތަށް ޖެހެމުން މަގުމަތީގައި އެނބުރޭ ޒުވާނުންނޭ މިކިޔާ ވިޔާނުދާ މީހުންގެ ވާހަކައެއް ނޫނެވެ. ހެޔޮލަފާ މީހުންގެ ވާހަކައެވެ. ދެން ތިބުނަނީ ކުޑަކުޑަ ރަށެއްގެ ވާހަކައެވެ. ތިރަށުގެ މަގުތައް ހަދައި ކަރަންޓްގެ ނިޒާމު ވަރުގަދަކޮށް ސިއްހަތާ ތަޢުލީމަށްޓަކައި ތިޚަރަދު ކުރިއްޔާ މާ ރަނގަޅުވާނެއެވެ.
ދެއްވަދޫ
09 November 2017
ތި ނިންމުމަކީ ސަރުކާރުން ރަށަށް ގެންނަމުންދާ ތަރައްޤީއަށް ހަޖަމް ނުވެގެން ކުރާނެ ކަމެއް ނޭގިގެން ކައުންސިލުން ނިންމި ކަމެއް. ދެރަކަމަކީ ސަރުކާރު ޓިކެޓްގައި ވާދަކޮށް ހޮވިފައި ހުރި މީހަކު ތިކަންތައްތަކުގައި ބައިވެރިވާތީ. ނަރުދަމާ ކަހަލަ ރަށަށް އިންތިހާއަށް ބޭނުން ޖެހިފަ ހުރި ކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ފާސްކުރިނަމަ ކިހާ ރަގަޅުވާނެ.
ވާލުސޮރު
09 November 2017
ކައުންސިލަރުން ތަންކޮޅެއް ޒިންމާދާރުވުމަށް ގޮވާލަން ކުރާނެ މަސައްކަތެއް ނެތިއްޔާ އިސްތިއުފާ ދީފަ ގޭގަ ތިބުމަށް ގޮވާލަން .އެލް.ޖީ.އޭ. ވެސް މިފަދަ ޒިންމާދާރުކަންކުޑަކޮށް މަސައްކަތް ކުރާ މީހުންނާ މެދުގަ ފިޔަވަޅު އަޅަންޖެހެއެވެ.
ނައުބެ
09 November 2017
ކަލެޔަކަށް ނޭގޭނެ ފިޔަވަޅު އަޅަންވީމަ....ޖެލެސްވީދޯ
ސިދުގީ
09 November 2017
މިޒަމާނުގައިވެސް ބީތާއިން ހަމައުޅެނީތާދޯ