ރޭގެ ޖަލްސާގައި އަލީ ޒާހިރު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
09 ނޮވެމްބަރ 2017 - 10:32
ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވާން ފެއްޓެވުމަކީ ވަރަށް ނުބައި މެސެޖެއް ކަމަށާއި މީގެ ސަބަބުން އެ މަނިކުފާނު ވަރަށް ބޮޑަށް ބަލިވެ، މިހާރު ހުންނެވި ހާލަތު ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ދާދި ފަހުން އިލްމުވެރިންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ޒާހިރު ވިދާޅުވީ މި ސަރުކާރު ބަލިކަށިވެ އެކަނިވެރިވެ، އެކި މީހުންނާ ޖެހެމުން ގޮސް، މިހާރު އިލްމުވެރިންނާ ޖައްސާލުމަކީ "ވަރަށް ބޮޑު ބައްޔެއް" ކަމަށެވެ.
"އިލްމުވެރިން ވިދާޅު ވަނީ އިލްމުވެރިންގެ މަހަކީ ވިހައެކޭ. އެހެންވީމާ އިލްމުވެރިންނަށް ފާޅުގައި ބަދުބަސް ބުނަން ފެށި ހިސާބުން މި ސަރުކާރުގެ ހާލަތު، ރައީސުލްޖުމްހޫރިއްޔާގެ ހާލަތު ގޮސްފައިވާ މިންވަރު އަޅުގަނޑުމެންނަށް އެބަ ފެނޭ،" ކުނޫޒްގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އިލްމުވެރިން ތިބޭނީ އަދާލަތު ޕާޓީއާ އެކުގައޭ. އަދާލަތު ޕާޓީން ތާއީދުކޮށްގެން ތިބި ފަޅީގައޭ. މަނިކުފާނަށް ތިޔަ ފުރުސަތު ހޯއްދަވައި ދެއްވުމުގައި ބުރަ މަސައްކަތް ކުރެއްވި ފަރާތްތަކަށޭ ތިޔަ ބަދުބަސް ވިދާޅުވަނީ. އެހެންވީމާ މަނިކުފާނު ތިޔަ ހުންނެވި ހާލަތު ވަޒަން ކުރައްވާށޭ."
ޒާހިރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގުޅިގެން ފެށި ކޮންމެ މަސައްކަތަކުން މިހާތަނަށް ކާމިޔާބު އޮތީ ހޯދާފައި ކަމަށާއި އެކަންކަން ސަރުކާރަށް ހަޖަމު ނުކުރެވޭނެ ކަމަށެވެ.
ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- މިހާރު ފޮޓޯ: ހުސައިން ވަހީދު
"އެ ކާމިޔާބީ ތަހައްމަލް ނުކުރެވިގެން އެ ކާމީޔާބީގެ ނަތީޖާއަކީ ތިމާގެ އާރާއި ބާރު ނެތިގެން ދިއުންކަން އެނގުނު ހިސާބުން އެއްކަލަ ހުދުމުހުތާރު ސިފަތައް އިސްކުރައްވައި ގާނޫނުން ބޭރުން ކަންކަން ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ސަރުކާރު އެންމެ ބޮޑަށް ޗާޓް ބޭރުވާން ފެށީ އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމުން ކަމަށެވެ.
"...މި ރައީސްގެ ކަންކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނބު
10 November 2017
މިިހާތަނަށްް ރރާއްްޖޖެ ދެއްްކިި ހަގީގަތަކީީ އިިލުމުުވެރިިންްނަށްް ބަސްްބބުނަންްފެށިި ހިިސާބުުންް ވެރިިކަންް ނިިމުމަކަށް ދިިޔުުން.
މުގުރިން
09 November 2017
ކޮން އިލްމުވެރިންނެއްތޯ؟ އަދާލަތު ޕާޓީގަ ތިބީ އިލްމުވެރިން ކަމަކަށް މިރާއްޖެއަކުނެތް ގަބޫލު ކުރާނެ ބަޔަކު، (މޮޔަހައްދައިގެން ތި ގެންގުޅޭ ދޮޅަހަކަށް ކުދިން ފިޔަވައި). ޚުދު އެމްޑީޕީގަވެސް ނުތިބޭނެ އެއީ އިލްމުވެރިންތަކެއް ކަމަށް ގަބޫލު ކުރާބަޔަކު! އެއްދުވަހު އަންނި ލާދީނީ ވެފަ އަނެއް ދުވަހަކު އޭނަ ވަރު މީހަކުނެތިގެން އުޅޭނީ އިލްމުވެރިންނެއް ނޫން! އެމީހުނަށް ކިޔަނީ އަމިއްލަ އެދުން ބޮޑު ދީނީ ތާކިހާ އަޅާއިގެން ތިބި ބަޔެކޭ! އޯކޭ އަލީޒާހިރު
ފާއިޒް
09 November 2017
އިލްމްވެރިން ގަޔަށް އަރާ ސަގާފަތް ފަށައިދިނީ ކޮން ބައެއް؟
އިމާމް
09 November 2017
ކިޔުންތެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު އިމާމް މީހާގެ ފަހަތުގަ ނަމާދު ކުރީމަ ޙުލުގު ރަގަޅުވާހެން އިހްސާސްވޭތަ؟ ނުވަތަ ތިމާ ދީން ދެކެ ވަހުމް އުފެދޭތަ؟ މި ސުވާލު ހިތަށް ނާރާ ނަމަ ތިކުރެވެނީ ނަމާދު ކަމާ މެދު ޝައްކު. އިމާމް މީހާގެ ފަަހަތުގަ ނަމާދު ކުރުމުގެ މިސާލަކީ ވަކި މީހާކާ އެކު ގުޅުން ދެމެހެއްޓުން ކަހަލަ ކަމެއް. ހަދީސެއްގަ އޮވޭ އެމީހެއްގެ ދީނަކީ އޭނާގެ ރަހްމަތްތެރިޔާގެ ދީން.
މުރަަގަގަހުމާލިމީ
09 November 2017
މީ ދީނީ އިލްމްވެރިޔެކޯލަ
ދޮގެއްތަ؟
09 November 2017
ތިއަށްވުރެ މާ ނުބައި ވާހަކަ ނަޝީދާ ދިމާއަށް އަލީ ޒާހިރުމެން ބުނި. އެކަމަކު މިހާރު އެއީ މާތް މީހެއް. އެހެންވީމާ ތިދައްކާ ވާހަކައަށް ބަލާފަ މިހާރު މަށަށް ގަބޫލު ކުރެވެނީ ކުރިއަށް އޮތްތާ ޔާމީނަކީ އަލީ ޒާހިރުމެން ވަރަށް ލޯބިވާ މީހަކަށް ވާނެ ކަމަށް.
އަސްލަމް
09 November 2017
މި މީހުންނަށް ހީވަނީ ތުނބުޅި ކޮޅެއް ފަޅައިފިއްޔާ ބަލަންޖެހޭނީ އެދެން އިލްމްވެރިންގެ ގޮތުގައި. އަހަރެމެން މިގޮތަކަށް ނުބަލަން. މި ގައުމުގައި އިލްމްވެރިންނޭ ކިޔާވަރު ބައެއް ނެތް.
އއއމ
09 November 2017
ދެންއިލްމުވެރިން ވަރިހަމަދޮރާކަނިމަސްކައިގެން ހޭ ބޯނާރާ ދެއިރުދެދަޅައައް މުނާފިގުވެގެން އަމިއްލަތައްޕާހައްބޮޑިބަންނަމުންދިޔައަސް
އައްދޭ
09 November 2017
އިލްމުވެރިން ދުނިޔޭގަވެސް އުޅޭކަމެއް އެނގިފައެއް ނެތް. މިހާރު މިއޮތީ އެދުވަސް އައިއްސަ. ޕސ
ދުރުމީ
09 November 2017
ކަލޭމެން އެކަނިތަ އިލްމު ވެރިންނަކީ؟ ދެފަހަރަކު އެކައްޗެއް ކިޔަން ނޭގޭތީ. ހަހަހަހހަ..ހާޙާހާ