ރަސްދޫ ޑައިވިން ސެންޓަރުގައި ރޭ އަލިފާން ރޯވެ، ލިބިފައި ހުރި ގެއްލުންތަކެއް.- ފޮޓޯ: އެމްއެންޑީއެފް
15 ނޮވެމްބަރ 2017 - 10:17
އއ. ރަސްދޫގައި ހިންގާ ޑައިވިން ސެންޓަރެއް އަނދައި 1.5 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.
އެ ޑައިވިިން ސެންޓަރުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ރޭ ދަންވަރު 2:30 ހާއިރު އެ ތަނުގައި އަލިފާން ރޯވެ މުޅި ތަން ވަނީ އަނދައި ހުލިވެފަ އެވެ. އަދި އެތަން ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޑައިވިން ސްކޫބާ"ގެ ނަމުގައި ހިންގާ އެ ތަނުން ވާހަކަދެއްކި މީހާ ބުނިގޮތުގައި އެ އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގެ އެވެ.
ރަސްދޫ ޑައިވިން ސެންޓަރުގައި ރޭ އަލިފާން ރޯވެފައި އެތަން އަނދައި ހުލިވެ ބޮޑު ގެއްލުމެއް ވަނީ ލިބިފައި
"އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ. ރޯވުމުގެ ކުރިން އަޑެއް ކަހަލަ އެއްޗެއް ވެސް ނީވޭ. މުޅި ތަން އެއްކޮށް އަނދައި ހުލިވެ 1.5 މިލިއަން ރުފިޔާގެ ގެއްލުމެއް މި ލިބުނީ،" ޑައިވް ސްކޫބާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވި އެ ޑައިވިން ސެންޓަރުން ދުވާލެއްގެ މައްޗަށް އަށެއްކަ ޓޫރިސްޓުން ތަމްރީނު ހޯދަ އެވެ.
އެ ޑައިވިން ސެންޓަރުގައި އަލިފާން ރޯވިއިރު އެ އިމާރާތް ހުރީ އިންޝުއާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
15 November 2017
ވަރަށް ހިތާމަވެރި ހާދިސާއެކެވެ. އަލިފާނުގެ ހާދިސާތައް މަދުކުރަން މަސައްކަތް ކުރަން އެބަޖެހެއެވެ.
ވަރަށްވެސް
15 November 2017
ދެރަ ކޮޅުންލާކަށް ނެތް، ޓުވަރިޒަމްގެ އެންމެ ހައި ސީޒަނާ ދިމާކޮއް ވަރަށް ބޮޑު އާމްދަނީއެއް ތިގެއްލުނީ، ހާފްވޭ ސްކައިގަ ފިޔަޖަހާ ގައުމީ ޒުވާނުންގެ ކަމެއްތޯ ބަލާލުން ބުއްދިވެރި