ޚަބަރު / ވިލާ ގްރޫޕް

ވިލާގެ އެހެން ތަންތަނުން ވެސް މުވައްޒަފުން މަދުކުރަނީ

ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. - ފޮޓޯ: މިހާރު

ވިލާ ގްރޫޕަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހެދި، އެތަނުގެ މައި ކުންފުންޏާއި އެ ގުރޫޕުގެ އެހެން ބައެއް ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކި ކުރަން ފަށައިފި އެވެ.

ވިލާ ގްރޫޕްގެ އެގްޒެކްޓިވް ޑިރެކްޓަރު ފިނޭންސް ސިމާދު އިބްރާހިމް މިއަދު ވިދާޅުވީ މާލީ ދަތިތަކުގެ ސަބަބުން، ފައިދާ ނުވާ ބައެއް ވިޔަފާރިތައް މަދުކޮށް، މުވައްޒަފުން މަދުކުރަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ، ވީމީޑިއާ އިން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ 15 މުވައްޒަފަކު ވަކިކޮށްފަ އެވެ.

ވީމީޑިއާގައި ޓީވީ ސްޓޭޝަނަކާއި ރޭޑިއޯ ސްޓޭޝަނަކާއި އޮންލައިން ނޫހެއްގެ އިތުރުން މެގަޒިނެއް ހިންގާއިރު ޜޭޑިއޯ ސްޓޭޝަންގެ ހުރިހާ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ. މިހާރު އެ ތަނުން ގެނެސްދެނީ ހަމައެކަނި ވީޓީވީގެ ޕްރޮގްރާމްތަކެވެ. އޭގެ އިތުރުން މެގަޒިން ވެސް މި ވަގުތު ނުނެރެން ވަނީ ނިންމައިފަ އެވެ.

ސިމާދު ވިދާޅުވި ގޮތުގައި ވިލާ އިން 2015 ގައި މުވައްޒަފުން ވަކިކުރި ވަރަށް މި ފަހަރު ވަކި ނުކުރާނެ އެވެ. އެކަމަކު މި ފަހަރު މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެކި ތަންތަނުން މުވައްޒަފުން އެބަ ވަކި ކުރަން. އެކަމަކު އަޅުގަނޑުމެން ޔަގީންކަން ދެން ވިލާގެ ދަށުން ހިންގާ އެއްވެސް ރިސޯޓަކުން އާއްމު މުވައްޒަފަކު ވަކި ނުކުރާނެ ކަމުގެ. ބައެއް ސީނިއާ މުވައްޒަފުން ވަކި ކުރިޔަސް ރޫމްބޯއީންނާއި ވެއިޓަރުން ފަދަ އެއްވެސް މުވައްޒަފަކު ވައްކެއް ނުކުރާނަން،" ސިމާދު ވިދާޅުވި އެވެ.

ވިލާ ގްރޫޕްގައި 4،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2،800 އަށް ވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ. ވިލާ މެނޭޖްމެންޓްގެ 98 ޕަސެންޓަކީ ދިވެހި މުވައްޒަފުންނެވެ.

ވިލާ ގުރޫޕު މާލީ ގޮތުން އަނެއްކާ ވެސް އަޑިއަޅާލި އިރު، ޗެއާމަން ގާސިމް ހުންނެވީ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް ބޭސް ފަރުވާއަށް ޖަރުމަނަށް މިހާރު ވަޑައިގެންފައިވާއިރު އެއީ ގަވައިދާ ހިލާފަށް ކުރެއްވި ދަތުރެއް ކަމަށް ވިދާޅުވެ، އޭނާ އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވިލާ ގުރޫޕަށް މާލީ ތާށިކަން ކުރިމަތިވީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ފަސް ރަށަކާ ގުޅިގެން ހަދާފައި އޮތް ސެޓްލްމެންޓް އެގްރިމެންޓް ބާތިލުކޮށް އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 90.4 މިލިއަން ރުފިޔާ (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގުމުންނެވެ.

އެ މައްސަލައިގައި މީރާ އިން ފޮނުވި ދެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ފައިސާ ނުދައްކައިގެން، ވިލާ ޝިޕިންގެ އިތުރުން ވިލާ ގްރޫޕްގެ އެހެން ހަތަރު ކުންފުންޏެއްގެ އެކައުންޓް ވެސް ފްރީޒްކުރި އެވެ.

18 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 77%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާ މީހެއް

06 December 2017

ވީމީޑިއާ އިން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ 15 މުވައްޒަފަކު ވަކިކޮށްފަ އެވެ. ވީމީޑިއާގައި ޓީވީ ސްޓޭޝަނަކާއި ރޭޑިއޯ ސްޓޭޝަނަކާއި އޮންލައިން ނޫހެއްގެ އިތުރުން މެގަޒިނެއް ހިންގާއިރު ޜޭޑިއޯ ސްޓޭޝަންގެ ހުރިހާ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ. މިހާރު އެ ތަނުން ގެނެސްދެނީ ހަމައެކަނި ވީޓީވީގެ ޕްރޮގްރާމްތަކެވެ. އޭގެ އިތުރުން މެގަޒިން ވެސް މި ވަގުތު ނުނެރެން ވަނީ ނިންމައިފަ އެވެ. މީ ބޭނުންވެގެން މިއުޅޭ ކަންކަމަކީ. މާދަމާވެސް ބުނާހާކަމަކަށް ޢާނ ބުނާއިރަށް ސާފު ހުދު ފޮތިގަންޑަކަށް ބަދަލުވާނެ.

The name is already taken The name is available. Register?

ނަގޫރޯޅި

05 December 2017

މުސާރަނުދީ 4 މަސް، ސާރވިސްސާރްޖު ނުދީ އަހަރެއް، މުސައިރަގެ ދެބައިކޮއްފައެއްބައި އެއްބައިމުއައްޒަފުންނައް، ދެންތިބޭމީހުންނައް ފުލްމުސާރާ، މިކީ ވިލާއައް އާކަމެއްނޫން. މާލެތެރެ ކުޑަކޮއް ހަލަބޮލިވެލާފަ ކޮންމެ އިންތިހާބެއް ކައިރިވާއިރައް ވިލާގެ އާދަ. ވޭތުވެދިޔަ 15 އަހަރުގެ ރިކޯޑުބަލާބަލަ މިނުންގޮތެއް ވެފައޮއްތޯ އެކަމަކު އިންތިހާބައް ހަރަދުކުރަން މިލިޔަނުން ދޭނެ. ނަމުގަ އެކައުންޓްފްރީޒް ކަމުގަ ވައްކަން

The name is already taken The name is available. Register?

ދޮގުނުހަދާ

05 December 2017

ތީހަމަ ބުހުތާނު ދޮގު!

The name is already taken The name is available. Register?

ޤާދިރު

05 December 2017

ތ. އެލާ އާއި ޅ. ކަނިފިނޮޅު ތަރައްޤީ ކުރަން ހަވާލުކުރީ އެއްދުވަހު. ޅ. ކަނިފިނޮޅުގައި ރިސޯޓު ހިންގާތާ 6 އަހަރު ވެއްޖެ. ތ. އެލާގެ ތަރައްޤީއަށް ގާބުރިއެއް ވެސް ނުބާއްވާ. އޭގެ ސަބަބުން ތ. އަތޮޅުގެ ރައްޔިތުންނާ ސަރުކާރަށްވީ ގެއްލުންކޮބާ؟ ރަށް އަތުލީމާ އަތުލާ ވާހަކަ ދައްކަނީ.

The name is already taken The name is available. Register?

ފަރުމަސް

06 December 2017

ޅ. ކަނިފިނޮޅު ކިޔާރަށެއް އުފެދުނީ ކޮންއިރަކުބާ. ޅ. ގައި ޤާސިމަކަށް ފުރުޞަތެއް ނެތް . އެއީ ވަކިމީހަކަށް ނިސްބަތްވެފައިވާ ޒޯނެއް ، އެތާކަށް ދެން އެހެން މީހަކަށް ނުވަދެވޭނެ . އެމީހާ ނުރުހޭކަމެއްވެސް ތަރައްޤީއަކަށްވެސް ޅ. ގައި ސަރުކާރަކަށްވެސް ނުހިންގޭނެ. ޅ . އެއީ އެއަޕޯރޓެއް ހަދަން ހުރަތަމަ ނިންމި ތަން . އާޓު ދައްކާ މަންޒަރު ފެންނަނީ . މިކަމަމަށްވެސް މިޡޯނުގެ ވެރިޔާ މިހާރު ދެކޮޅުހަދާތީ އެކަން ވަނީ ފެއިލްވެފައި. ސާފުވެއްޖެތަ ޤާދިރުބެއަށް

The name is already taken The name is available. Register?

ޖެނީ

05 December 2017

ސަރުކާރުން ވިލާކުންފުންޏަށް ކުރާ ޖެއްސުންހުއްޓާލާ ގެއްލިގެދަނީ ހަމަ ނިކަމެތި ދިވެހިންގެ ވަޒީފާ މީ ދެރަކަމެއް

The name is already taken The name is available. Register?

ޤައިސަރު

05 December 2017

އަދިވެސް ހިތްވަރު އެކުރަނީ ސިޔާސީ ހަރަކާތްތަކަށް ހޭދަކުރާވަރު ހުއްޓާލާކަށްނޫން. ހަޤީގަތަކީ ވިލާގެ ސިޔާސީ މީހުންނާއި، މެނޭޖްމަންޓް ލެވެލްގެ މީހުންނަށް ދޭ ބޮޑު މުސާރައާއި އެމީހުންގެ ދިރިއުޅުމަށް ވިލާއިން ކުރާ ބޮޑު ހޭދައިގެ ވާހަކަ ނުދައްކަނީ ކީއްވެތޯ...

The name is already taken The name is available. Register?

އެޑްމުންޑޯ

05 December 2017

ވެރިކަމަކާގެން ނުތެލޭނަމަ ތިޔަކުންފުނި ބަގުރޫޓް ނުވީސް ، ދެންވެސް ކައިރީގައި ތިއުޅޭ ދެފުއްކެހެރިންގެ ކިބައިން ސަލާމަތްވެ ވިޔަފާރި އާއިގެން ކުރިއަށް ދެވޭތޯ ބަލާބަލަ

The name is already taken The name is available. Register?

ސަލީމް

05 December 2017

ޢަދި ވެސް މެންބަރުން ގަނެވޯތޯ ބަލާ.

The name is already taken The name is available. Register?

ޟުތެއިއު

05 December 2017

90.4 މިލިއަން ރުފިޔާ = 1.4 ބިލިއަން ރުފިޔާ މީ ކިހިނެއް ވާ ކަމެއްތޯ

The name is already taken The name is available. Register?

ކަކުނިބޯ

05 December 2017

ހާދަ ވަޒީފާއެއް އެބަ އިފެދެއެވޭ ..."ރާގަށް ކިޔާ ދެން އެންމެން އަތްޖަހާާ ...."

The name is already taken The name is available. Register?

ޕޮކަންޑިމޭން

05 December 2017

"ވިލާ ގުރޫޕަށް މާލީ ތާށިކަން ކުރިމަތިވީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ފަސް ރަށަކާ ގުޅިގެން ހަދާފައި އޮތް ސެޓްލްމެންޓް އެގްރިމެންޓް ބާތިލުކޮށް އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 90.4 މިލިއަން ރުފިޔާ (1.4 ބިލިއަން ރުފިޔާ) ދައްކަން އެންގުމުންނެވެ" މީރާއިން ފައިސާ ދެއްކުމަށް އެންގިއެއް ކަމަކު ހައްދަވައިގެން އެންމެ ލާރިއެއްވެސް ދެއްކިނަމަ އެއްނު؟ 'މިހާރު' ނޫހަށް ނުކެރުނުދޯ ޤާސިމް ސިޔާސީގޮތުން ކުރާ ހޭދައިގެ ވާހަކަ ލިޔާކަށް؟

The name is already taken The name is available. Register?

ރަދީފް

05 December 2017

މަނިކްފާނު ޕާސަނަލް ކަންތައްތަކަށް ހަރަދު ކުރުމާއި ރަސްމީ ބިޒްނެސް އިޝޫ އެއީ ދޭއްޗެއްދޯ.ތަ ގެޓްވެބަލަ ކޮސް ޕޮކަންޑި

The name is already taken The name is available. Register?

އަނިޔާވެރިން

05 December 2017

ކަލެއަށް ނޭގުނުތަ މާލީގޮތުން މީހަކު އިދަ ޖައްސައިލުމުގެ ނިޔަތުގައި ސިވިލް އެއްބަސްވުމެއް އެއްފަރާތުން އުވާލެވޭނެ ގޮތެއް އެއީ ހަމަޖެހޭ އުސޫލެއް ނޫންކަން ބުނާކަށް، ސަރުކާރަކަސް އެއްބަސްވުންތަކަށް އިހުތިރާމް ކުރަންޖެހޭނެ، ދީފައަތުލާ ފީފާ ބުރިއަކަށް ސަރުކާރު ވެގެން ނުވާނެ، ކުޑަކުދިން ކުޅެން އުޅެފަ އެއްކުއްޖަކު އަނެއް ކުއްޖާއަށް ކުޅޭ އެތި ދޭ ގޮތަށް ކަލޭގެ ސަރުކާރު ކަންކުރަނީ އުރައްޕެއް ނެތީމަ

The name is already taken The name is available. Register?

ޕޮކަންޑިމޭން

05 December 2017

ރަދީފްއަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ގަމާރަކަށް ވީމަ ގެޓްނުވާނެ ކަންތައްތައް ހުންނާނެކަމަށް ޤަބޫލުކުރަން. ވިޔަފާރިން ލިބޭ ފައިސާ ޕަރސަނަލް ކަންތައްތަކަށޭ ކިޔާފަ ސިޔާސީ ނަކިސްތަޅަން ހަރަދުކޮށްފަ ސަރުކާރުން އިނދަޖައްސަނީއޭ އާއްމު ނިކަމެތި ދިވެހި މުއައްޒަފުން ހާލުގައި ޖެހެނީއޭ ކިޔާތި މަށަށް އިޝޫއަކަށް ވަނީ. އަނިޔާވެރިޔާއަށް ނޭނގުނު މަދަނީ އެއްބަސްވުންތަކަކީ ދެފަރާތަށް އެއްބަސްވުންތަކުގެ ދަށުން ކަންތައްތަކެއް ފުރިހަމަކުރުން ލާޒިމްކުރާ އެއްޗެހިކަމާއި ގާސިމް ހީލަތުން ނުއަގުގައި ފާޑެއްގެ ސެޓްލްމަންޓް އެގްރީމެންޓެއްގެ ދަށުން ދިވެހި ރައްޔިތުންގެ އަތުން އަތުލި ރަށްތަކާއި ފަޅުތަކާއި ސިނާއީ ބިންތައްް އެއްވެސް ވަރަކަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ތަރައްޤީ ކޮށްފައިނުވާކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454