ބްރިޖްގެ ފައުންޑޭޝަނަށް ޕްލެޓް ފޯމް އަޅާފައި: މިހާރު ކުރަމުން އަންނަނީ ތަނބުތައް ޖެހުމުގެ މަސައްކަތް.
11 ޖުލައި 2016 - 09:33
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރަމުން އަންނަ ކަމަށާއި ޖުލައި 2018 ގައި ބްރިޖް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މިއީ އާއްމުކޮށް ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަށް ވާތީ، ކަނޑު އަޑި އަށް ބްރިޖްގެ ތަނބުތައް ޖެހުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް "މިހާރު" ގައި އިއްޔެ ލިޔެފައި ވަނިކޮށް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ބްރިޖްގެ މަސައްކަތް ލަސްވެފައިވާ ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް" ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، "މިހާރު"ގެ ހަބަރުގައި ބްރިޖްގެ މަސައްކަތް ލަސްވާނެ ކަމަށް ބުނެފައެއް ނުވެ އެވެ.
ބްރިޖް މަސައްކަތުގައި އުޅުއްވާ އޮފިޝަލަކާ ހަވާލާދީ އެ ހަބަރުގައި ވަނީ، މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖްގެ ބިޔަ ތަނބުތައް ޖަހަމުން އަންނަ އިރު، މި ދުވަސްވަރު ކަނޑުގެ ބާނިތައް ބޮޑުވުމާއި އޮއި ގަދަވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު: ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ބްރިޖްގެ އެންމެ އުނދަގޫ ބަޔަކީ ފުން ކަނޑަށް ހޮޅި ޖެހުމެވެ. މިއީ ހުޅަނގު މޫސުމުގެ ވެސް އާންމުކޮށް ކަނޑު ގަދަވާ އެއް ނަކަތް ކަމަށްވާ ފުނޯސް ނަކަތުގެ ދުވަސްވަރަށް ވާތީ އެ ސަރަހައްދުގައި ވެސް ވަނީ އަަހަރުގެ އެހެން ދުވަސްތަކަށް ވުރެ ބާނިތައް ބޮޑުވެފަ އެވެ.
"ބައެއް ފަހަރަށް 6-7 ނޮޓްސްގައި އޮއި އުޅޭ ކަމަށް ވަނީ. އެހެންވީމަ ހޮޅިއެއް އަޑި އަށް ދާއިރު ވަރަށް އުނދަގޫވާނެ. މިދިޔަ ހަފުތާ ތެރޭގައި ވެސް އެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވި،" އޮފިޝަލް ވިދާޅުވި އެވެ.
ބްރިޖްގެ ބޮޑެތި ބުޑުތައް އަޅަން ކަނޑު އަޑި އަށް ބިޔަ ހޮޅިތައް ޖަހަނީ ޖަރުމަނުގެ ތަޖުރިބާކާރުންނެވެ. އެކަމަށްޓަކައި ޖަރުމަނުން ހާއްސަ މެޝިންތަކެއް ވެސް ވަނީ ގެނެސްފަ އެވެ.
ކަނޑު އަޑީގައި ހޮޅިތައް ޖަހަން ފެށުމުގެ ކުރިން ކަނޑުގެ އޮއިވަރު ހުރި މިންވަރާއި ބާނިތަކުގެ އުސްމިން ފަދަ ގިނަ މައުލޫމާތުތަކެއް އެއްކުރެ އެވެ. ކަނޑަށް ޖަހާ ހޮޅީގެ ވަށަމިނުގައި 10 ފޫޓު ހުރެ އެވެ. މިހާތަނަށް ހަތަރު ހޮޅި ވަނީ ޖަހައި ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދާ
12 July 2016
ހިމަހިމަ ތަނބުތަކަކާއެކު އަޅާ ތިޔަ ފަލާން ހުޅުވުމަށްފަހު 1 މަސްފަހުން މަރާމާތަށްބަންދު 1 އަހަރުފަހުން ތަބުތައްރެނދުލާތީ ބަންދު 3 އަހަރުފަހުން 2023 ވަނަ އަހަރުގެ އިންތިހާބަށް ފެންވަރު ރަގަޅު އާބުރިޖެއް. މިއީ މުއިއްޒު ކުރާމަސައްކަތުގެ ފެންވަރު ހުންނަގޮތަކީ.
އައި
12 July 2016
ކޮންގޮތަކަށް ބަލާފަތަ މީނަ މި މަގާމްގަ މި ބަހަށްޓަނީ، ކުރާކޮންމެ ކަމެއްގަ އެބަ އުޅޭ މައްސަލަ. (ރަސްފަންނު، ނެރު، މަރުކަޒް މާބްލް). އާމްކޮށް މިހެންވަނީ އާދަޔާ ހިލާފަށް ކަރަޕްސަން މަތި ވީމަ.
އަހްމަދު
11 July 2016
މިއަދު ތިޔަބްރިޖް ނިންމިއަސް މި ބިއުަޓްފުލް ކަރަޕްސަން ސަރުކާރަށް ވޯޓް ދޭނެމީހުންވެސް ތިބޭނެ ނަމަވެސް އަޅުގަނޑު ގެ ވޯޓް ނުދޭނަން.
މޫއިއޒޒޒޒ
11 July 2016
2018 އޮގަސްޓްގަ ބުރިޖު ބަންދުކުރާނެ، މަރާމާތުކޮއްލާ ރެނދުފިލުވަން : މުއިއްޒު
އިސްމާއިލް
11 July 2016
ރަނގަޅު، ބުރިޖު އަޅާފަ ރަށަށް ދާން ތައްޔާރުވޭ. ވެރިކަމެއް ނުލިބޭނެ ދެން ޕުއްޕެ ޕާޓީ އަކަށް
ޢައިލޭންޑްސް
11 July 2016
ބްރިޖްވެސް ހުޅުވާ، އެކަމަކު ވޯޓް ދޭނީ އެހެންމީހަކަށް މާބޮޑަށް ކަރަޕްޝަން ބޮޑީ، އެކަމުގެ ނުރައްކާ ބޮޑުވެފައިވާ މިންވަރަކީ އަކަން ބަލާ ހުއްޓުވަން އޮތް އެންޓި ކަރަޕްޝަން ޔުނިޓްވެސް އޮތީ ކުނިވެފަ. އެތާބޮޑުމީހާއަށް ނޭގޭ ބޮޑެތިވެގެންވާ ބޮޑު ދޮގު ހެދޭއިރުވެސް. އެހެންވީމާ ނުސީމަގުން ހިގާމީހުން ގިނަވީމަ ކިތަންމެ ސީދާ ބްރިޖެއް އެޅިޔަސް ދެން ތިހޯދަންއުޅޭ ވޯޓެއް ދެވޭކަށްނެތް.
މީނު
11 July 2016
ޖަރުމަނު މީހުން ހޮޅިޖަހަނީ! ޗައިނާމީހުން ކީއްބާ ކުރަނީ! ކީއްވެބާ ޖަރުމަނު މީހުންނާ ބްރިޖްއަޅަން ހަވާލުނުކުރީ!
އަލީ
11 July 2016
ތީ ވިޔަފާރި. ތިމާގެ ވިސްނުން ނުހިނގާ ކަންކަމުގައި ކޮމެންޓް ނުކުރޭ.
ޕޮކަންޑި މޭން
11 July 2016
2018 ގައި ރައީސް ޔާމީންއަށް ވޯޓްލުމަށްޓަކައި ބައިބަޔަށް މީހުން އަންނާނީ ތިބުރިޖްމަތިން ދަތުރުކޮށްފައި.
nނ
11 July 2016
އާ ޖުލައި 2018ގަ ތިތަން "ހުޅުވާނެ" ރިބްނަ ކަނޑާފަ. ނަމަވެސް ދަތުރުކުރެވޭވަރަށް ނިމިއްޖިއްޔާ ނުވަތަ މަރާމާތައް ބަންދުކޮށްފަ ވޯޓުލާންވާއިރަށް ދަތުރުކުރެވޭވަރު ވެއްޖިއްޔާދޯ ޔާމީނު ކީއްކުރަން އެހެން މީހަކަށް ވޯޓުލާންވެސް ބައިބަޔަށް ދެވޭނީ!!
އޮޕްޝަންސް
11 July 2016
ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ އަދި އަދާލަތު ކޯލިޝަން އިން މިރާއްޖޭގައި ކުރާ ބިއުޓިފުލް ވެރިކަމުގައި އިދިކޮޅު އެމްޑީޕީ ކުދިންގެ ހައްގަށް ޓަކައި އަޅާދޭ ބްރިޖް އެއް އެއީ މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖް އަކީ. އެހެން ކަމުން އިދިކޮޅު އެމްޑީޕީގެ ހުރިހާ ކުދިން ވެސް ބަސްއަހައިގެން މިބްރިޖް މަތީގައި އެކުދިންނަށް ދަތުރު ކުރެވޭ ކަމުގެ އުފަލުގައި މިރޭ ގޭގައި ތިބެންވީ ބްރިޖް އާއި ބެހޭ ލަވަތައް ކިޔާ ފަރިތަ ކޮށް ނަށާލާ ހަދާލަން ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ގޭގައެވެ. 2018 އަންނަންވާއިރަށް ޕީޕީއެމްގެ ބޮޑު ކޯލިޝަންގެ ބިއުޓިފުލް ސަރުކާރުން ބިއުޓިފުލް ބްރިޖް ނިންމާނެއެވެ. އަހަރުމެންގެ ކުދި ކުދި ސިކުނޑިތައް މިކަމާއި ނުވިސްނާ ޕީޕީއެމް އޮފީހަށް އާދޭ ޗެޓް ކޮށްލަން އެމްޑީޕީގެ ހުރިހާ ޓްވިޓަރުން ސަފު ހަދާފައި. އެއީ މިހާރަށް އޮތް އެންމެ ރަނގަޅު އޮޕްޝަން އަކީ،
މޮހޮނު
11 July 2016
ތިވީގޮތުން ބްރިޖު ޖުލައި2018 ގައި ހުޅުވާނެ، އޮގަސްޓްގައި ބަންދުކުރާނެ މަރާމާތައް ނޫނީ ނުނިމިހުރި ބައެއް މަސައްކަތް ތައްކޮއްލުމަށްޓަކައި. މިދިޔަދުވަސްތަކުން އެނޫން ތަޖުރިބާއެއް ނުކުރެވުނު. މިސާލު: ރަސްފަންނު ؛ހުޅުވިދުވަސްނޫން އަނެއްދުވަހު ބަންދު.އަދިއަދަށްވެސް މަރާމާތާއި ނުނިމިހުރިމަސައްކަތް ކުރިޔަށްދަނީ.....