07 ސެޕްޓެމްބަރ

September 07, 2019 127
ހާދަ ބޮޑު ފަސޭހައެއް! ހާދަ ބޮޑު އުފަލެއް!

މީގެ އެއް އަހަރު ކުރިން، ސެޕްޓެމްބަރު 7 ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގު، ހެންވޭރު ކޮޅަށް ނިމޭ ހިސާބުގައި، ހަވީރުގެ މި ވަގުތު ކޮޅު އޮތީ، އުޅަނދުތަކުން ތޮއްޖެހިފަ އެވެ. އެންމެން ވެސް ބޭނުންވީ، ކުރިމަތިން ފެންނަން އޮތް ސިނަމާލެ ބްރިޖަށް އަރައި، ތަރައްގީގެ އެ ބޮޑު ފަސޭހަ އިހުސާސްކޮށްލާށެވެ.

02 ޖޫން

June 02, 2019 12
ފައިމަގުގައި އުޅޭ ވަގުތު ބްރިޖުން މާލެ އައުމުން ހުރަސް

ފިތުރު އީދާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅެން ކަނޑައަޅާފައި ވަގުތުތަކުގައި ސިނަމާލެ ބްރިޖުން މާލެ ދަތުރުކުރާ މީހުންނަށް ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.

19 މެއި

May 19, 2019 16
ބްރިޖުން ދަތުރުކުރާއިރު ސީޓްބެލްޓް އަޅާފައިތޯ ބަލަނީ

ބްރިޖުން ދަތުރުކުރާ ޓެކްސީތައް ހުއްޓުވައި އޭގައި ތިބި މީހުން ސީޓްބެލްޓް އަޅާފައިތޯ ތިބީ ފުލުހުން ޗެކްކުރަން ފަށައިފި އެވެ.

09 މެއި

May 09, 2019 62
ވޭނަކުން ޖެހި ބްރިޖް ހައިވޭގެ ޑިވައިޑަރު ފުނޑުވެއްޖެ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ޖަހާފައިވާ ޑިވައިޑަރުން ބައެއް، ވޭނަކުން ޖެހި މިއަދު ފުނޑުފުނޑުވެއްޖެ އެވެ.

11 މާޗް

March 11, 2019 7
މަޝްހޫރު ވިކްޓަރީ ޝިޕްރެކް އަލުން ހުޅުވާލައިފި

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑައިވިން ސްޕޮޓް ކަމަށްވާ "ވިކްޓަރީ ރެކް" ކައިރިއަށް ޑައިވްކުރުމުގެ ހުއްދަ، ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ހައުސިން މިނިސްޓްރީން އަލުން ދީފި އެވެ.

01 ޖެނުއަރީ

January 01, 2019 28
ދެ އަހަރުން ދަށުގެ ކުދިންނަށް ބަސް ދަތުރު ހިލޭ

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ބަސް ދަތުރުތަކަށް މިއަދު ފީ ނަގަން ފެށި ނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2018 54
ބަސް ދަތުރަކަށް އަންނަ މަހުން ފެށިގެން 10ރ. ނަގަނީ

މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރަކަށް އަންނަ މަހުން ފެށިގެން 10 ރުފިޔާ ނަގަން ނިންމައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަން މިއަދު އިއުލާންކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 11
ބްރިޖާ އެކު އެމްޓީސީސީ އަށް ތިން މިލިއަންގެ ގެއްލުން

ބްރިޖު ހުޅުވުމާ އެކު އެމްޓީސީސީގެ ދަތުރުފަތުރު ކުރުމުގެ ބައިން އިތުރު ތިން މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2018 18
މާލެ-ހުޅުމާލެ ބަހަށް ބަސް ސްޓޮޕްތައް އިތުރުކޮށްފިި

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ބަސް މަޑުކުރާނެ ސްޓޮޕްތައް އިތުރުކޮށް، މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

20 ނޮވެމްބަރ

November 20, 2018 16
ތިން ސައިކަލް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖަށް ދިއުމަށް ހުޅުމާލޭން ހައިވޭއަށް އެރި ތިން ސައިކަލް މިރޭ ޖެހި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2018 63
ވިލިނގިލި-ކޫއްޑޫ ގުޅާލުމާއެކު އިބޫގެ ގިނަ ވައުދުތަކެއް

ގއ. ވިލިނގިއްޔާއި މިފްކޯގެ މަސް ކާރުޚާނާ ހިންގާ ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ ވައުދާ އެކު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިލިނގިއްޔަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018 39
ނައީމާއްތަ ބްރިޖަށް އެރުން: އެ ވެސް ސިޔާސީ ކަމަކަށް!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވުމާއެކު، ޕީޕީއެމްގެ ރިޔާސީ ކެމްޕޭނަށް އައީ ބޮޑު އީދެކެވެ. ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކުރަން މުޅިން ވެސް ބްރިޖުގެ ފޮޓޯތަކެވެ. އޭގެ ތެރެއިން ވެސް، އެމްޑީޕީގެ އެކްޓިވިސް ނައީމާ މުހައްމަދު (ނައީމާއްތަ) ބްރިޖަށް އެރުން މިވީ ސިޔާސީ ގޮތުން މާ ޚާއްސަ...

19 އޯގަސްޓް

August 19, 2018 21
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކޮށްފައި ހުޅުމާލެ އަށް ދާ ވެހިކަލްތަކުން އެ އަވަށް ތޮއްޖެހުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2018 14
މާލެ ކައިރިން ބްރިޖުގެ ޑެކް އެޅުމުގެ ބޮޑުބައި ނިމިއްޖެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

09 ނޮވެމްބަރ

November 09, 2017 285
ބްރިޖަށް ކިޔާނެ ނަމެއް ދީބަލަ!

ހުޅުލެ އާއި މާލެ އާ ދޭތެރޭ އަޅާ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނެ ދިވެހި ނަމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

31 ޖުލައި

July 31, 2017 80
ޗައިނާގެ މަޅީގައި ލަންކާ ޖެހިއްޖެ، ދެން ރާއްޖެ ބާ؟

ޗައިނާ ސަރުކާރުން ގެންދަނީ ރާއްޖެ އަށް އެތައް މިލިއަން ޑޮލަރެއްގެ އެހީ ދެމުންނެވެ. ހިލޭ އެހީ އާއި ލޯނު އެހީ އެވެ. މިއީ ޗައިނާއިން މީގެ އަހަރުތަކެއް ކުރިން އަވައްޓެރި ސްރީ ލަންކާއާ މެދު ވެސް ގެންގުޅުނު ސިޔާސަތެވެ. ލަންކާ ސަރުކާރުން ބޭނުންވި ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ލޯނު ދިނެވެ.

06 ޖުލައި

July 06, 2017 43
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތައް މިއަދު އަޅަން ފަށައިފި އެވެ. މިއާއެކު ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް މި ފެށުނީ އެވެ.

05 ޖުލައި

July 05, 2017 60
ބްރިޖުގެ ޑެކުގެ މަސައްކަތް ފަށަނީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ އެންމެ ގޮންޖެހުންބޮޑު ގިނަ މަސައްކަތްތަކެއް ނިންމައި، މާދަމާ ޑެކުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

18 ޖޫން

June 18, 2017 61
ޕްލެޓްފޯމް ހިންގުމުގެ މުއްދަތަށް 5 އަހަރު އިތުރުކޮށްފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅުގައި އަޅާފައިވާ ޕްލެޓްފޯމް ހިންގުމުގެ މުއްދަތު ހައުސިން މިނިސްޓްރީން ފަސް އަހަރަށް އިތުރުކޮށްދީފި އެވެ.

30 މެއި

May 30, 2017 120
ބްރިޖުގެ ތަނބުތައް ފެނުން މައްޗަށް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް ހިއްލާލައިފި އެވެ.