އާ އަހަރު ފާހަގަކުރަން އިއްޔެ ރޭ އަލިމަސް ކާނިވަލުގައި ބޭއްވި މިއުޒިކް ޝޯ: މި ޝޯގައި ނިވާކަން ކުޑަ ހެދުން ލީ މައްސަލަ ސޯޝަލް މީޑިއާގައި ވަނީ ހޫނުވެފައި--. ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖެނުއަރީ 2018 - 19:43
އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި އިއްޔެ ރޭ ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަހެދުންތަކެއް ލައިގެން ނަށާފައިވާތީ، އެ ޝޯ އިންތިޒާމް ކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު މައާފަށް އެދިއްޖެ އެވެ.
ޕީއެސްއެމުން ލައިވް ކުރި އެ ޝޯގައި ނިވައިކަން ކުޑަ ހެދުން ލައިގެން ނެށުމުން ސޯޝަލް މީޑިއާގައި ފާޑު ކިޔުންތައް އިތުރުވެފައި ވަނިކޮށް އެމްއައިޓީޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މީހުން ހެދުން އަޅާފައިވަނީ އެ ފަދަ ހަރަކާތެއްގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ފަދަ ގޮތަކަށް ނޫން ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.
އަދި އެ ކަމަށް މައާފަށް އެދުމުގެ އިތުރުން، ކުރިމަގުގައި އެ ތަނުން އިންތިޒާމް ކުރާ ހަރަކާތްތައް، ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލު އަދި އާއްމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދަން ސަމާލުކަން ދޭނެ ކަމަށް ބުނެފައި ވެ އެވެ.
އާ އަހަރު ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޝޯ ގިނަ ބަޔަކު ބަލަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
ގިނަ އަދަދެއްގެ ބަޔަކު ބެލި އެ ޝޯގައި ނެށުންތައް ހުށަހަޅައިދީފައިވަނީ އިނގިރޭސި ވިލާތުގައި ގާއިމްވެފައިވާ ބޮލީވުޑް ޑާންސް ގުރޫޕް، ބޮލީ ސްލޭކްސް އިންނެވެ. އެ މީހުން ލައިގެން ތިބީ ބަނޑާއި ފައި ވަރަށް ބޮޑަށް ފެންނަ ކުރު ހެދުމެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ވެސް ބެއްލެވި އެ ޝޯގައި ނެށުން ހުށަހަޅައިދިން އެ ގުރޫޕުން ލާފައިވާ ހެދުންތަކާ މެދު ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ މީހުން ބުނާ ގޮތުން މިއީ 100 ޕަސެންޓް އިސްލާމީ ގައުމަކުން ފެނިގެން ނުވާނެ މަންޒަރެކެވެ. އަދި އެ ފަދަ މަންޒަރުތަކުގެ ސަބަބުން އާއިލާއާއެކު ޝޯ ބެލުން އެކަށީގެން ނުވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މިކަން ކުށްވެރި ކުރައްވައި، ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއެޗްއެސް ޓޭޕް
04 January 2018
ވަރިހަމަ ދޯ ޓީވީން ކޮންމެ އެއްޗެއް ދައްކާއިރުވެސް ޢާއިލާ އެއްކޮށް ބަލަހައްޓައިގެން ތިބެން! ގައިމު ތިޔަ ދައްކާ ހިންދީ ޑްރާމާތަކާ ލަވަތަކުގައި ބުދައް އަޅުކަން ކުރާތަނުން ފެށިގެން ނުދައްކާކަ އެއްޗެއް އޮންނަނީކީނޫން! އަދި ކޮބާ މީހުންއުޅޭ ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ބައެއް ރަށްރަށުގައި ގެސްޓުން ހެދުން އެޅުމާ އެމީހުންގެ ޘަގާފަތުގައި ހަޑިކަމަކަށް ނުވާތީ އޭގެ މީހުން، ކުޑަކުދިންގެ ކުރިމަތީގައި ވެސް ވާ ގައިގޯޅިވުން! މިވާހަކަތައް ނުދައްކަނީ ކީއްވެބާ؟
ކަށިކެޔޮ
04 January 2018
އިންޑއާ ނަށާ ގުރޫޕު މީހުން ތިބީ ގަިގެ ހަމާއި އެއްކުލައިގެ ސުލިޕް އެތެރެއިންލާފަ. ރާއްޖޭގެ ބައެއް ޕާފޯމަރުން ބައެއް ފަހަރު މިއައްވުރެ ހާލު ބޮޑު ކަމީ ހިތާމަ ކުރާ ކަމެއް. އަހަރުމެން ވިސްނަންވީ އިސްލާމުންނޭ ކިޔައިގެން އުޅޭއިރު އަހަރުމެން ކުރަން ޖެހޭ ވަރަށް ނިވާ ވެގެން ތިބުމަށް.
ފަގީރު ކޮއި
04 January 2018
އެންމެ ކާރީން ފެންނަނީ އިންޑިޔާގެ ސަގާފަތް. އެއީ މުޅި އޭޝިޔާ އަށް ބާރުފޯރުވާ ސަގާފަތެއް. ނިވާކަން ކުޑަ ހެދުން ލުމުގައި އެމީހުންނަށް ދީނީ ހުރަހެއްއޮތްކަމަކަށް ނުފެނޭ. . ނަމަވެސް މިއީ ދިވެހިން. މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން. އެހެންކަމަށްވާތީ ދިވެހިންގެ ސަގާފަތަކަށްވާނީ ނިވާކަން ބޮޑު ހެދުމުގައި ތިބުން. އެކަމަށް ގަވާޢިދެއް އޮންނަންވާނެ. އެގަވާޢިދު ތަންފީޒު ކުރާނެ ބަޔަކު ތިބެނިކޮށް މިފަދަ މައްސަލަތައް ކުރިމަތި ނުވާނެ.
ހޭޭވަލަަ
04 January 2018
އަވަސޯ
ހުސެން ހުސެން
04 January 2018
ކޮމެންޓް ކޮއް ޝޯވ ބަލަން ދިއަ މީހުންގެ ލަދު ހަޔާތް ކޮބާ . %100 މުސްލިމުންނޭ ބުނަން . އެންނެ ނުބައި މީހުންގެ ތެރޭ ހިމެނޭ މުނާފިގުން ގެ ގޮތް .. ދެފުށް ދެ ގޮތް މީހުން
ޓޯޓޭ
03 January 2018
ކުރާނެހާކަމެއްކޮއްފަ މާފަށް އެދުނީމަ ވޭތަ
ޒޫނާ
03 January 2018
މީދެން ކިހާ ބޮޑު ކަމެއް. އެއަށްވުރެ ނިވާކަން ބޮޑު ހެދުން އަޅައިގެން ދިވެހި އަންހެނުން މަގުތަކުގަޔާއި، ޕާޓީތަކުގަޔާއި އަދި އެހެނިހެން ތަންތާނގަ އުޅޭއިރު އެކަމާ ކަންބޮޑު ނުވަނީ ކީއްވެބާ. ތިޔަ ސްޓޭޖެއްގާ ނެށި އިންޑިޔާގެ ޑާްންސް ގްރޫޕް ތިބީ ސްކިން (ގައިގެ ހަމާ) އެއްކުލައިގެ ބޮޑީ ޝޫޓް ލާފާ ނޫންކަމެއް ބަލަން ތިބި މީހުންނަށް ނޭނގެނީބާ!
ވައިއި
03 January 2018
ޝޯ ބޭއްވި މީހުންވާ މާފަށް އެދެފިތާ. ދީނަށް ފުރައްސާރަކުރާ އެހެން މީހުންނަށް އެވަރުވެސް ނުވާނެ. އަމުދުން ވެރިކަމަށް ފައިނަގާފަ ހުރި އެންމެ މަގްބޫލު ޝަޚުސިއްޔަތުކަމަށް ކިޔާ ބޭފުޅާ ދީނަށް ފުރައްސާރަކޮށް ދެއްކިހާ ވާހަކަތަކަށް މައާފަކަށް ނޭދޭ. އަދި ނުވެސް އެދޭނެ. ލާދީނީ ނަޒަރުން ބަލަންޔާ އަދިވެސް ލާދީނީކަން ބޮޑީ އެކަން.
ނަމޯ
03 January 2018
ދެން ރާހަތު ގެނެސްދިން އިސްލާމީ ލަވަތައް އޯކޭ އެކަމު މީކާ އެނެސް ދިން ކާފަރު ލަވަތައް ވަރައް ކަޑަ
ޒަމީރު
03 January 2018
އެކަކުބުނާނެ %100 ޓޭ އަނެކަކު ބުނާނެ %500 ޓޭ، ދެން ނޭގުނެއްނު