ޚަބަރު / ކުރީގެ އޭޖީ މުހައްމަދު އަނިލް

އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން މިއަހަރު ހުށަހަޅާނަން: އަނިލް

އޭޖީ އަނިލް: އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ ވޯޓަށް ނުފޫޒު ނުފޯރުވޭނެ ގޮތް ހެދުމަށް ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު

އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަނިލް ރޭ ވިދާޅުވީ އިންތިޚާބާ ބެހޭ ގާނޫނަށް ބަދަލު ގެންނަނީ 2013 ގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓުން އޭރު ނެރުނު ގައިޑްލައިންގައި ހުރި ކަންކަން ގާނޫނުގެ ތެރެއަށް ފައްތަން ކަމަށާއި އެއީ އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރާނެ ކަންތައްތަކެއް ކަމަށެވެ. ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ އެ ގައިޑްލައިންގައި ހުރި ކަންކަމަށް އިތުރު ތަފްސީލުތަކެއް ބޭނުުންވާތީ ކަމަށް އަނިލް ވިދާޅުވި އެވެ.

"އެ ގައިޑްލައިންގައިވާ ކަންތައްތައް އަޅުގަނޑުމެން މިހާރު ވާނީ ކަމާބެހޭ ގާނޫނުތަކަށް، އެއީ ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ވެސް މި އިސްލާހު ގެނައުމަށް މިހާރު ވާނީ ފަރުމާ ކޮށްފައި،" އަނިލް ވިދާޅުވި އެވެ.

މީގެ އިތުރުން އަނިލް ވިދާޅުވި ގޮތުގައި ވޯޓާ ރެޖިސްޓްރޭޝަންގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި އިންތިޚާބުތަކުގައި ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް އިތުރު ހަރުކަށި އުސޫލުތަކެއް ވެސް އެ އިސްލާހުތަކުގައި ހިމަނާނެ އެވެ.

ކުރިއަށް އޮތީ މިއަހަރުގެ ރިޔާސީ އިންތިޚާބާއި އަންނަ އަހަރުގެ މަޖިލީހުގެ އިންތިޚާބު ކަން ފާހަގަ ކުރައްވައި، އަނިލް ވިދާޅުވި ގޮތުގައި މިއަހަރު 45 ބިލެއް މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ އެވެ.

އޭގެ ތެރޭގައި އެންމެ މުހިންމު އެއް ބިލެއްގެ ގޮތުގައި އަނިލް ފާހަގަކުރެއްވީ މަދަނީ އިޖްރާއާތުގެ ބިލެވެ. ރާއްޖޭގައި އެންމެ ގިނައީ މަދަނީ މައްސަލަތައް ކަން ފާހަގަ ކުރައްވައި، އެ ބިލް ތައްޔާރު ކުރުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ބިލް ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން އިންޝުއަރެންސްގެ ބިލާއި އެސެޓް ރިކަވަރީގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލެއް ވެސް މިއަހަރު ހުށަހަޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

23 ކޮމެންޓް, 132 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 1%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިެބެ

12 January 2018

ގާނޫނާކުޅެނީ ކީއްކުރަން އަޅޭބުނެބަލަ ގާނޫނަކީ ދެއިރު ދެދަޅައަށް ހެދުން ބަދަލުކުރާހެން ބަދަލުކުރާ އެއްޗަކަށް އަނިލްގެ ވެރިކަމުގައި ހަދައިފި. ދެން އަތްޖަހާ.

The name is already taken The name is available. Register?

Abdul Latheef

12 January 2018

ޢަބްދުﷲ ޔާމީން ކިޔާމީހަކަށް ނޫނީ ކުރިމަތި ނުލެވޭގޮތް ހަދާތި.

The name is already taken The name is available. Register?

މަރީ

12 January 2018

ކޮންބައެއް ހައްދަންބާ ދެން މީނަ މިއަރާ މާ ރަނގަޅު މީހަކަށް ވެގެން އިންތިހާބަށް ނުފޫޒުފޯރުވުން ހުއްޓަން މަސައްކަތްކުރާ ވާހަކަ މިދައްކަނީ؟ އެންމެނަށްވެސް އެނގޭ ދޯ މިހާރު ހަމަ ތިއުޅެނީ އޭގެ އިދިކޮޅަށް މަސައްކަތްކުރަންކަން. ކީއްކުރާނީ ލާރިކޮޅެއް ދޭއިރަށް އަމިއްލަ ނަފްސް ވިއްކާލަ މުސްލިމުން އުޅެންޏާ ވާނީ މިހިން. ފައިސާނަގާފަ ދެކޮޅަށް ވޯޓު ދިނުން މިމީހުނަށް ހަރާންވަނީ، ވޯޓު ވިއްކާލުން އެއީ ހަރާންކަމެއް ނޫން ދޯ. އެއީ ރިޝްވަތެއް ނޫންބާ؟

The name is already taken The name is available. Register?

އިސްމާއިޅް އަބުދުﷲ

12 January 2018

މަނިކުފާނު ވެސް މަރުވާނެ ކަން ހިއްޕުޅަށް ގެނަނަވާނެ ކަން ހަނދުމަ ހުރޭތޯ، އަބަދު ބޮޑު ކަން މަތީ ނުހުރެވޭނެ ދެއްތޯ

The name is already taken The name is available. Register?

އަލްޖިބްރާ

12 January 2018

ތިކަންކުރާނެކަން މާކުރިންވެސް އެގޭ ! ޔާމީނުއަށް ނޫން މީހަކަށް ވެރިކަމަށް ކުރިތިނުލެވޭނެ ގޮތަށް ޤާނޫނު ބަދަލު ކުރާނެ ! މީ ޔަޤީން ކަމެއް !

The name is already taken The name is available. Register?

ބީވާ

12 January 2018

ގައިޑްލައިން އަކީ ވަކި ބަޔަކަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ހެދި އެއްޗެއް. ބެދޭ މަޅި ނުފެންނާނެއޭ ބުނާތީ އަޑު އަހަން!

The name is already taken The name is available. Register?

އުދުހޭ

12 January 2018

ސުރުހީ ކިޔާލާފަ ފޮޓޯގައިން މީހާއަށް ބަލާލާފަ ރުޅިއައި ބަޓަނަށް ފިތާލައިފިން!

The name is already taken The name is available. Register?

އުދުހޭ-2

12 January 2018

މަވެސް ހަމަ އެހީ އެހެން - #މީޓޫ!

The name is already taken The name is available. Register?

ސަބްނަމް

11 January 2018

ތިޔަ އުޅެނީ ބޮނޑިބޯން ވެގެން.

The name is already taken The name is available. Register?

އައިޖޭ

11 January 2018

ތިޔަހެން ހަދާ ގާނޫން ތަަކަކުން ރައްޔިތުން ނުބަނދެވޭނެ... ތިޔަށް ވުރެ މަތިވެރިފަރާތެއްވާ ކަން އޭޖީ މެން ހަދުމަކުރަންވާނެ

The name is already taken The name is available. Register?

ދަވޭ

11 January 2018

އިންތިޚާބު ތަކާއި ބެހޭ ގާނޫނު ތަކަށް އިސްލާހު ހުށައަޅާއިރު މަމެން އުއްމީދު ކުރަމޭ މިރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބިއުޓިފުލް ލޭންޑްސްކޭޕަށް ބަދަލު ކުރުމަށް ޓަކައި އިންތިޚާބު ތަކުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޭޓުން ޕާރޓީގެ ޕްރައިމަރީ އިން ބައިވެރިވާ ކެންޑިޑޭޓަކާއި އެއް ވަރަށް މަސައްކަތް ކޮށް އެ ޕްރޮސެސް ގެ ތެރޭން އެފަދ މީހަކު އެންމެ ބޮޑު ތިން އިންތިޚާބު ތަކުގައި ބައިވެރި ވެވޭނެ ގޮތް ހަދާނެ ކަމަށް. އެއީ 1. ރިޔާސީ އިންތިޚާބު 2. މަޖްލީސް އިންތިޚާބު 3. ލޯކަލް ކައުންސިލް އިންތިޚާބު. މި 3 އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ރިސްޓްރިކްޝަންސް ތައް ބޮޑު ވެ އެ މަގު ވަރަށް ކުޑަ ކޮށް ތަނަވަސް ކޮށްފައި ބާއްވާނަމަ ރާއްޖޭގައި ޕޮލިޓިކަލް ސައެންސް ފޮތުގައި ބަޔާން ކުރެވިފައިވާ އުސޫލުން ބިއުޓިފުލް މައިންޑުން އަންނާނީ. އައްޑޫ މީދޫ ދާއިރާ އަށް މާލޭ މީހަކު މަޖްލީހުގެ މެމްބަރަކަށް ހޮވުން އެއީ ދެން ދިވެހިން ލަދު ގަންނަން ޖެހޭނެ ކަމެކޭ. މީދޫ ދާއިރާ ތަމްސީލް ކުރާނީ މީދޫ މީހުން.

The name is already taken The name is available. Register?

އައްޑޫ ކޮއްޔާ

11 January 2018

މީދޫ އެއްނޯވެއެއްނޫން. އޮންނަނީ ހުޅުމީދުއެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454