އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ.
11 ޖެނުއަރީ 2018 - 23:00
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިދިކޮޅު ޕާޓީތަކުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން ގުޅިފައިވާ ޕާޓީތަކުން އަމާޒު ހިފާފައިވާ އިރު، ރިޔާސީ އިންތިހާބުން އިދިކޮޅުން ނެރޭ ކެންޑިޑޭޓް ކާމިޔާބު ކުރާނީ 80 ޕަސެންޓް ވޯޓާ އެކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލު ކުރައްވާ އދ. މާމިގިލީގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާގައި ޖަރުމަން ވިލާތުގައި ހުންނަވައިގެން ދެއްބި ހިތޯބުގައި ގާސިމް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ފިކުރުތަކުގައި ތަފާތުތަކެއް ހުއްޓަސް އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އިންތިހާބަށް ނެރެވޭނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
"...މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު ގައުމީ ވާޖިބަކީ އަދި މަސްއޫލިއްޔަތަކީ ދިވެހި ގައުމަށާއި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ނުތަނަވަސް ހާލުން ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރުތަކަކަށް ވެސް ޖާގަ ލިބޭ ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އުންމީދާއި ދިރުން ގެނެސްދޭނެ ލީޑަރަކު ރައްޔިތުންނަށް ދެއްކުން ކަމަށެވެ.
"ރައްޔިތުންނަށް އެ ބޭފުޅަކަށް ބައިއަތު ހިފަން ފަސޭހަ، އިތުބާރު ކުރެވޭނެ ބޭފުޅަކު މަތިކުރުން،" ގާސިމް ވިދާޅުވި އެވެ. "...އަދި ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުމެން ނެރޭ ކެންޑިޑޭޓަކު ދިވެހި ރައްޔިތުންގެ 80 އިންސައްތަ އަށް ވުރެ ވެސް ތަނަވަސް އަގުލަބިއްޔަތެއް ލިބިގެން ދާނެ. އާދެ އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވިގެންދާނީ 80 ޕަސެންޓަށް ވުރެ މަތީ ތާއީދެއް ލިބިގެން."
ގާސިމް ރައީސް މައުމޫނާ ސަލާން ކުރައްވަނީ.
ގާސިމް ވިދާޅުވީ އެ ނަތީޖާ ނެރެވޭނީ އިއްތިހާދުވެފައިވާ ހުރިހާ ޕާޓީތަކަކުން ވެސް އިހުލާސްތެރިކަން ކުރިއަށް ނެރެގެން ކަމަށާއި ޖުމްހޫރީ ޕާޓީ މި މަސައްކަތުގައި ސާބިތުވެ އޮންނާނެ ކަމަށެވެ.
"މި މަސައްކަތުގައި ޒާތީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ ގައުމު ބޮޑުކަމާއި ފަރުދީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްވާނެކަން ހިތުގެ އަޑިން ގަބޫލްކޮށްގެން،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވަކިވަކިވުމުގެ ނަތީޖާ މީގެ ކުރިން ތަޖުރިބާ ކުރެވިފައިވާ ކަމަށާއި އެ ނަތީޖާގެ ރަހަ ވެސް ރައްޔިތުން ދެކެފި ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ޔަގީން ކުރަނީ ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބާއި ދެހާސް ނަވާރައިގެ މަޖިލިސް އިންތިހާބާ އަޅުގަނޑުމެން ކުރިމަތިލާނީ އެ ތަޖުރިބާތަކުގެ އަލީގައި،" ގާސިމް ވިދާޅުވި އެވެ. "އަދި އެންމެން އެކަތިގަނޑެއްގެ ގޮތުގައި. މި ގޮތުގައި ތިބެގެން އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލައިފި ނަމަ ކޮރަޕްޝަނުގެ ލާރިން ރައްޔިތުން ފެންވަރުވަމުން ދިޔަ ނަމަވެސް ދިވެހި ރައްޔިތުންގެ ސާބިތު ކަމަށް ބަދަލެއް ނާންނާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
15 January 2018
ދިވެހި ރާއްޖޭގެ ރައްޔިތުންގެ 80% ގާސިމްބެ މެންނަށް ކޮންޓްރޯލު ކުރެވޭ ކަމަށް ގަބޫލު ކުރެވެންޏާ އަމިއްލައަށް އަރުވާލެވިގެން ތިތިބެނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދީބަލަ.
ރޮކެޓް ސައިންސް
12 January 2018
ފާހާނަ ސާފް ކުރަންވެސް ތިމަންނާ ހުންނާނަމޭ ބުނި ދުވަހު މަގޭ ހިތަށް އެރި ސަހަރޯއޭ. އެކަމަކު އަހަރެން މިހާރު އޭނައަށް މާފްކޮއްފިން އެހެން ވީމަ އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތް
ވާލުސޮރު
12 January 2018
ޢަދި ގާސިމު ނިއްމުމާ މެދު އެއްޗެކޭ ބުނަން މާއަވަސް އިރުކޮޅަކުން އަނެއްކާ އެހެން އެއްޗެ ކިޔާފާނެ
ޑޭންޖުރެސް
12 January 2018
ތަމެން ޖެހޭނީ %80 ހޯދަން ބޭނުން ނަމަ މަހަށް ދާން. ކުޅަދާނަ އެއް ނޫން ތަމެންނަށް %1 އަށް ވުރެން އިތުރަށް އެންމެ ވޯޓެއް ވެސް ހޯދަން. ކެނެރީގެ ނަޝީދު އޭނާގެ މަކަރާއި ހީލަތުން ފޮޓޯ ދައްކައިގެން އަދި ރޯ ބުހުތާނު ދޮގު ހަދައިގެން އޭނާ މިރާއްޖޭގެ ވެރިކަަމަށް 2008 ވަނަ އަހަރު ފާވި ގޮތަށް ތަމެން ރެޑޭ މެން ހީކުރަނީ ދެން މިރާއްޖޭގެ ވެރިކަމަށް ތަމެންނަށް އެޒާތުގެ މަކަރާއި ހީލަތާއި ދޮގާއި އޮޅުވާލުމުގެ ތެރޭން ރާއްޖޭގެ އެެއް ނަމްބަރު ސީޓް އަތުލެވޭނެ ކަމަށްތޭ. މީ އިންޑިއާ އެއް ނޫން ފަގީރު ބަސްތީގައި އުޅޭ ގަމާރުން ނަށް އޮޅުވާލައިގެން އެގައުމުގެ ބޮޑުން ވެރިކަމަށް އައި ނަމަވެސް މިގައުމުގެ ވެރިކަމަށް އެޒާތަށް ނާދެވޭނެއެވެ. މަހަށް ދާން ޖެހޭނީ. ޔޫ ނެވަރ ޑިޑް އެނީތިންގް ގުޑް ފޯރ ދިސް ކަންޓްރީ ދެޓް އަވަރ ބިލީފް. ޔޫއާރ ނޯ ޑޭމް ގުޑް ފޯރ އަސް. ޔޫއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހާއް ހާއް ހާއް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..
ފާތުން
12 January 2018
މީ މިމީހުންގެ ފެންވަރު. މަހައްގޮސްގެންވެސް މިތިބީ މިސަރުކާރު ބޭރުކުރަން ތައްޔާރަށޭ. ކާކުތަބުނީ މަހައްގޮސްގެން ކަމެއްނުވާނޭ. ދިވެއްސެއްތަތީ އަނެއްކާ!
އަލީ
12 January 2018
ހެއްދި ވަރަކައް ހެދޭނީ ކާކު.
ައަސޮކު
12 January 2018
ފުރަތަމަ ދައްކަންޖެހޭ ލާރި ދައްކަބަލަ!!
ޕޮކަންޑިމޭން
12 January 2018
ދައުލަތަށް (ދިވެހި ނިކަމެތި ރައްޔިތުންނަށް) ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައި ވެރިކަމުގެ ވާހަކަ ދައްކަން މީނާ ކުފޫހަމަ ވާނީ.
މޯލްޑިވިއަން
12 January 2018
މީނާ މި ކެނެރީގޭ ނަޝީދަކީ ކާކުތަ؟ ދިވެހިމޭސްތިރވެސް ނުހިންގުނު މީހަކަށް ދެން ކޮންވެރިކަމެއްތަ ކުރެވޭނީ...މި ކެނެރީގޭ ނަޝީދަށް ވޯޓް ހޯދާދޭން މަސައްކަތް ކުރެވުނީތީ ހިތާމަ ކުރަން...ދުވަހަކުވެސް އެނާގެ ފަހަތަކަށް ނާރާނަން.....ހީހީ ހަމަ ހަލާކުވެދާނެވެ. މިފަދަ ގަމާރުން އެއްދުވަހު ދައްކާ ވާހަކަ އަނެއްދުވަހު ހޭލާ އިރު ހަނދާންވެސް ނުހުރެއެވެ.
ޕޮގުބާ
12 January 2018
އެންމެ% ދޭތީ ކަންތަށް ބޮޑުވަނީ ކޮންމެރިޔާސީ އިންތިހާބެއްގާވެސް ގާސިމް ރައީސްކަމަށް ކުރިމަތިލަ އެކަމަކު ވާކަމެއް ހަރާމް އެއަށްވުރެ ތާހިރުވާނެ ރަށްޔިތުންގެ حق ފައިސާ ދައުލަތަށް ދެއްކީޔަ
އަލީގ
12 January 2018
ޑރ. މައުސޫމް ހުސްމިވަނީ މިކަމައްތާ.