30 އޮކްޓޯބަރ

October 30, 2018 17
ސަރުކާރުގެ އޮނިގަނޑާ މެދު މަޝްވަރާ ކުރަން: މާރިޔާ

ކޯލިޝަން ސަރުކާރުގެ އޮނިގަނޑު އެކުލަވާލާނެ ގޮތާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018 25
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"

ތަފާތު ހިޔާލުތަކާ އެކީ ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2018 31
މުޒާހަރާކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުން ދަނީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

06 އޮކްޓޯބަރ

October 06, 2018 14
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް ކަމަށާއި ވެރިކަން ކުރާ ޕީޕީއެމުން އިންތިޚާބު ބާތިލްކުރަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

October 06, 2018 23
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް

ރާއްޖޭގައި އޮތް ކާމިޔާބު ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު...

October 06, 2018 27
ކުރީގެ ނައިބު ރައީސް ޖަމީލް ރާއްޖެ ވަޑައިގެންފި

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުން އައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.

04 އޮކްޓޯބަރ

October 04, 2018 9
އާ މަޝްރޫއުތައް މަޑުޖައްސާލަން އިބޫ އެދިވަޑައިގެންފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ފަށާފައިވާތީ، އެއްވެސް އާ މަޝްރޫއެއް މި ވަގުތު ކުރިއަށް ނުގެންދިޔުމަށް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.

03 އޮކްޓޯބަރ

October 03, 2018 55
ނަޝީދު، ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖެ ވަޑައިގަތުމުން ކޮންމެ ހާލެއްގައި ޖެހުނަސް، އަންނަ ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2018 32
އިބޫ ހުވާ ކުރުން ނައިބު ރައީސްއާ ހަވާލު ކުރަން ޖެހޭ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރެއްވުން އޮމާންކަމާ އެކު، ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް ނުގެންދެވޭ ނަމަ އެކަން ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ހަވާލު ކުރުން ބުއްދިވެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2018 65
އިންތިޚާބު ބާތިލް ކުރަން ހުށަހަޅާކަށް ނޫޅެން: ޕީޕީއެމް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހި، އެ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅާކަށް ނޫޅޭ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 32
އިންތިހާބު ބާތިލް ކުރަން ރައީސް އެބަ ރާވާ: މަހްލޫފް

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމުން އެ އިންތިހާބު ބާތިލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 32
މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތައެއްނުލާނެ: މުއާޒް

ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑު އިވެމުންދާ ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން ސަރުކާރުން އެއަށް ރައްދު ދީފި އެވެ.

September 25, 2018 4
އިދިކޮޅު މެމްބަރުންނާ އިބޫ ބައްދަލުކުރައްވައިފި

ރަައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލު ކުރައްވައިފި އެވެ.

September 25, 2018 5
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 38
"ކޯލިޝަން ދެމެހެއްޓުމަށް ކޮންމެ ކަމެއް ވެސް ކުރާނަން"

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އުފައްދާ އެ ކޯލިޝަންގެ ސަރުކާރު ދަމަހައްޓާނެ ގޮތާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާ...

September 24, 2018 35
އިންޑިއާ އިން އިބޫ އަށް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިންޑިއާ އިން މަރުހަބާ ކިޔައި ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް...

22 ސެޕްޓެމްބަރ

September 22, 2018 12
ވޯޓު ލާން ކިޔޫގައި ތިބޭތާ ދެ ދުވަސް!

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމަށް ދެން މާ ގިނަ ވަގުތެއް ނެތެވެ. ކެމްޕޭން ކުރުމުގެ ވަގުތު މިއަދު ހައެއް ޖަހާއިރު ހަމަވާ އިރު، ރަށްރަށުގެ މީހުން މިހާރު ފޯރި ހިއްޕާލާފައިވަނީ އެހެން ކަމަކަށެވެ. އެންމެ ކުރިން ވޯޓު ލާން، ވީ އެންމެ އަވަހަކަށް ކިޔުއަށް އެރުމަށެވެ.

20 ސެޕްޓެމްބަރ

September 20, 2018 54
އިބޫއަށް ވޯޓު ދިނުމަށް ނަސްރީނާ އެދިވަޑައިގެންފި

ހައްޔަރު ކޮށްފައިވާ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަންވެ، ގައުމު އަނިޔާވެރިކަމުން ސަލާމަތް ވާނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު...

September 20, 2018 29
އިދިކޮޅުން ބުނާ ދީނީ ހުރިހާ ކަމެއްވާނީ ފުރިހަމަކޮށްފައި

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަމަލު ކުރަން އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ދީނީ...

19 ސެޕްޓެމްބަރ

September 19, 2018 29
"އިދިކޮޅު މެނިފެސްޓޯ އޮތީ އެމްޑީޕީން ބޭނުންވާ ގޮތަށް"

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަމަލު ކުރަން އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯ އޮތީ، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 26
ފުރަތަމަ 100 ދުވަހު ޖަލުތަކުގެ އޮޑިޓެއް ހަދާނަން

އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކާ ބެހޭ އޮޑިޓެއް ހަދައި ޖަލުގެ ހާލަތު ރަނގަޅު ކުރަން މަސަައްކަތް ކުރައްވާނެ ކަމަށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2018 4
ކެމްޕޭނަށް މެލޭޝިއާގައި "ޖަޒީރާ ގޭމްސް" ބާއްވައިފި

އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ހަރަކާތެއްގެ ގޮތުގައި "ޖަޒީރާ ގޭމްސް"ގެ ނަމުގައި މެލޭޝިއާގައި ކުޅިވަރު މުބާރާތްތަކެއް ބާއްވައިފި އެވެ.

September 17, 2018 24
އިދިކޮޅު މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމެއް ނެތް

އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު، އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި...

12 ސެޕްޓެމްބަރ

September 12, 2018 14
ވޯޓާސް ލިސްޓުގައި ޕީޕީއެމާއި އިދިކޮޅުން ސޮއިކޮށްފި

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި، ޕީޕީއެމާއި އިދިކޮޅު އިއްތިހާދުން ސޮއިކޮށް ނިންމައިފި އެވެ.

September 12, 2018 32
މާފުށިން މިއަދު ގޯތި ދޫކުރާނެ: ރައީސް

ކ. މާފުށިން މިއަދު ގޯތި ދޫކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 18
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނަން: އިބޫ

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކުރެއްވިއްޖެ ނަމަ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2018 68
ޕީޕީއެމްގެ "އެންމެން އެކަކަށް" ޖަލްސާ ހޯމަ ދުވަހު

ވެރިކަން ހިންގާ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް "އެންމެން އެކަކަށް"ގެ ނަމުގައި އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

September 10, 2018 24
ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވެވިދާނެ: މާރިޔާ

ޔޫރަޕުގެ ބައެއް ގައުމުތަކާއި އެމެރިކާ އިން އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކުން ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް...

September 10, 2018 13
އިބޫ ށ. އަދި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ށ. އަތޮޅާއި ނ. އަތޮޅަށް އަދި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ތ. އަތޮޅަށް...

05 ސެޕްޓެމްބަރ

September 05, 2018 75
އިލްމުވެރިން ސިޔާސީ ކަންކަމުގައި ހަލާކުނުވޭ: ޝަހީމް

ރާއްޖޭގެ ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހަލާކުވެ ނުދިޔުމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

September 05, 2018 21
މީދޫ އެމްޑީޕީގެ ޖަހައެއްގައި ރޯކޮށްލައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު ޕާޓީތަކުން ސ. މީދޫގައި ހުޅުވާފައިވާ ކެމްޕެއިން ޖަގަހައެއްގައި ބަޔަކު ރޭ ރޯކޮށްލައިފި އެވެ.