މާފުށީ ތިން ކައުންސިލަރުން ގޭގައި މަޑުކުރަން އަންގައިފި

އަތޮޅު ކައުންސިލުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، ކ. މާފުށީގެ ތިން ކައުންސިލަރުން ގޭގައި މަޑުކުރަން މިއަދު އަންގައިފި އެވެ.


އެ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަ އާމިނަތު އަރުޝީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، މާފުށީގެ ތިން ކައުންސިލަރުންނަށް ރައްދުވާ މައްސަލައެއް އަތޮޅު ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން، މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން ވަނީ އަންގައިފަ އެވެ.

މާފުށީ ކައުންސިލްގައި ތިއްބަވަނީ އިދިކޮޅު އެމްޑީޕީ އާއި ވެރިކަން ކުރާ ޕީޕީއެމް އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެމްބަރެކެވެ.

ކ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މައްސަލަ ބަލައި ނިމެންދެން މާފުށީ ކައުންސިލް ހިންގާނީ، ޒިންމާދާރުވެރިޔާ އެވެ.

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ މިދިޔަ މަހު ސަސްޕެންޑްކޮށްފަ އެވެ.