މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި

ސޮނެވާ ޖާނީގެ ފަޅުތެރެއިން މިއަދު ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓު ކައިރިން ފެނުނު ހަށިގަނޑު ފަޅު ރަށެއްގައި ވަޅުލާފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހަށިގަނޑުގައި ފެނުނު އިރު އޮތީ އެއްޗެއް އައްސައިފަ އެވެ. އަދި ބޮލާއި ދެ ފައި އޮތީ ގިނަ ދުވަސް ވުމުން ހަށިގަނޑު ވަކިވެފަ އެވެ.