26 މާޗް 2018 - 19:10
އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އެ ކޮމާންޑުން މިއަދު އިލްތިމާސްކޮށްފި އެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދުވަސްވަރު، އޭވިއޭޝަން ސެކިއުރިޓީން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައިވަނީ އެ ކޮމާންޑަކީ ގައުމީ ސަލާމަތާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ބަޔަކަށްވާތީ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ރާއްޖޭގެ އެންމެހާ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި މަތިންދާ ބޯޓްފަަހަރާއި މުދަލާއި އަދި ޖުމުލަކޮށް އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ދައުރާއި ޒިންމާ އަދާކުރާ ފަރާތް ކަމަށް ވާތީ މި ކޮމާންޑުގެ މުވައްޒަފުން ސިޔާސީ އެއްވެސް ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވުމަކީ އެކަށީގެންވާކަމެއް ނޫން ކަމުގައި ދަންނަވަމެވެ." ސާކިއުލާގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސް ގަވައިދުގައި މުވައްޒަފުންގެ ވާޖިބު އަދާކުރުމުގައި ސިޔާސީ ތައައްސުބުން އެއްކިބާ ވުމަށާއި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެ ގަވައިދު ބުނާގޮތުން ރަސްމީ ގަޑި ފިޔަވާ އެހެން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް ވަޒީފާގެ މާހައުލުގައި ސިޔާސީ ވާހަކަ ދެއްކުމަކީ އެ ގަވައިދު ބުނާގޮތުން މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެލޯ
27 March 2018
ސިޔާސީ ވުމެއްނޫން ޤައުމުގައި ކަންހިނގާގޮތާމެދު ފިކުރުކޮށް ބަސްބުނުމަކީ. ސަބަބަކީ މިއީ ހަމަ އެންމެންގެ ޤައުމުކަމަށްވާތީ. ދެން ޕީޕީ އިން ދައުލަތުގެ ހުރިހާ ކޮމްޕެނީތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ސައިކަލުބުރުޖަހާ ޖަލްސާ ބާއްވާ، ޖަގަހަހަދާ ޚިޠާނުކޭމްޕްބާއްވާއިރު އޯކޭވޭދޯ؟ އިދިކޮޅު މީހުންނަށް ތާއީދުކޮށްލުމަކީ ވެސް މި ސަރުކާރުން އެމީހަކަށް ހަރުކަށި އަދަބުދޭކަމެއް. ޖަލަށް ނުލިއަސް އެމީހެއްގެ ފިކުރަށްބަލާ ވަޒީފާގަނޑުން ކަނޑާލުމަކީ އަނިޔާއެއްނޫންތަ؟
ސުއްލަން މިޔާ
27 March 2018
އެއީ ދޮގެއް!
ޖޯޖް
27 March 2018
އޭވިއޭޝަނައް އެކަނިނޫން ތިކަނއ ޖެހުނީ މުޅި ކުންފުނިއަށް ސަރުކާރައް ހަޖަމް ނުވެގެން އެމީހުން އިދިކޮޅު ޗެނަލް ބަލާތީ އެޗެނަލއ ކަނޑާފަ ދިކޯޑަރު ދީފަ އެބަހުއއޓޭ
ބްލެޑާ
26 March 2018
ނާޒިމް ސަރ މިނިވަން ކުރޭ!
ތުނިޔަ
26 March 2018
އެކަމަކު ޕީޕީ ޖަލްސާއަށް ދިއުން އިސްތިސްނާވާނެ އިނގޭތޯ!
ކޮކްޓެއިލްރައީސް
26 March 2018
އެބުނާހެން ސިޔާސީ ނުވާތި، ދަރުބާރު ފެކްޝަނުންބާއްވާ ހުރިހާ ޖަލްސާތަކަށް ގޮނޑިފުރަން ކޮންމެހެން ދާންޖެހޭނެ، ހާޒިރީ ބެލުންވެސް އޮންނާނެ، އެކަމަކު ސިޔާސީ ނުވާތި، ލަދު ހަޔާތްކުޑަކަން އުތަ!
ބިގަރޭ
26 March 2018
ކޯޑިނޭޓަރު އޮޅާލާ.
ފެނޭބޭ
26 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މިތާނގައި ވާން އުޅޭ އަދި ވަމުންދާ އެއްޗެއް ފެނޭތޭ. ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ބަލަ
26 March 2018
މީ ބޯހަމަޖެހެ ކަމެއްބާ!!!
ހަގީގަތް
26 March 2018
ސިޔާސީ މީހުންނަކީ ހަމައެކަނި ގައުމުގެ ސިޔާސަތުތަކާއިބެހޭ މީހުން. ގައުމުގެ ކަންތައް އިންތިޒާމްކޮށް ހިންގާމީހުން. މިސާލަކަށް މަޖިލިސްގެ މެމްބަރުން،،،ދެން އާއްމުން ނުވަތަ ތަނެއްގެ މުއައްޒިފުން ކަންތަކަށް ފާޑެއްކިޔަސް އެއީ ސިޔާސީ މީހަކަށް ނުވާނެވެ. މިއީ މުޅިދުނިޔެ ގަބޫލުކުރާގޮތް. އެހެންވެ ނަމެއްގަ އަޅުވައި އެއީ މާނުބައިކަމަކަށް ހަދާ މީހުންވަކިކުރުމީ ތަހުޒީބެއް އުޑެއް ބުޑެއްނުދަންނަ ބަޔަކު ކުރާ ފިނދިއަމަލެއް.
އަހަންމާބެ
26 March 2018
ކިތަންމެވަރަކަށް ތިހެންބުންޏަސް ސިޔާސީ ނުވެއެއް ނުތިބޭނެ، މިހާރުވެސް ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ ސެކިއުރިޓީންނާއި، ފްލައިޓް ގްރައުންޑްގައި މަސައްކަތްކުރާ މީހުންނަކީ ވަރަށް ސިޔާސީ ބައެއް، އެމީހުންނަކީ ކޮބައިކަން ސަރުކާރަށްވެސް މިހާރު އެނގޭނެ، އެކަމަކު އެމީހުންނަށް ދެރައެއްވެދާނެތީ ސަރުކާރުން ހަރުކަށި ފިޔަވަޅުނާޅަނީކަންވެސް އެނގޭ، އިޞްލާޙްނުވަންޏާ އަބަދަކު ދުލެއްނުދެވޭނެކަންވެސް ހަނދާންކުރަންޖެހޭ.