ބީއެމްއެލްގެ ކަސްޓަމަރަކު ކާޑަކުން ފައިސާ ދައްކަނީ: އަލަށް ތައާރަފްކުރާ ހިދުމަތުގައި ކާޑު ބޭނުންކުރަން ނުޖެހޭނެ. ފޮޓޯ: ބީއެމްއެލް
19 ޖުލައި 2016 - 16:27
ކާޑު ބޭނުންނުކޮށް ޕީއޯސްތަކުގައި މޮބައިލް ފޯނު ޖައްސާލައިގެން ފައިސާ ދެއްކޭ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން "މޮބައިލް ޕޭ"ގެ ނަމުގައި އަލަށް ތައާރަފްކުރާ ހިދުމަތަކީ ރާއްޖޭގައި އަލަށް ދޭން ފަށާ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފް ކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ހާއްސަ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަމާ ގުޅޭ ތަފުސީލެއް އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.
ބީއެމްއެލް އިން އަލަށް ތައާރަފް ކުރާ ހިދުމަތް ހޯދުމަށް އެކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ހާއްސަ އެޕްލިކޭޝަނެއް މޮބައިލް ފޯނަށް އަޅަން ޖެހެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހިދުމަތް ހޯދުމަށްޓަކައި، ކަސްޓަމަރުގެ ނަމުގައި ހުންނަ ހުރިހާ ކާޑެއް އެޕްލިކޭޝަންގައި ލިންކު ކުރުމަށް ފަހު ފޯނުން ފައިސާ ދެއްކޭނެ އެވެ.
މި ހިދުމަތް ހޯދުމަށް އެންޑްރޮއިޑް ފޯނުތައް ޖެހޭނީ ޕީއޯއެސްތަކުގައި ޖައްސާލާށެވެ. އޭރުން އޮޓޮމެޓިކްކޮށް އެކައުންޓުން ފައިސާ ކެނޑޭނެ އެވެ. އަދި މި ހިދުމަތް އައިފޯނަށް ވެސް ލިބޭނެ އެވެ.
އަލަށް ތައާރަފްކުރާ ހިދުމަތް ބޭންކުން ބަހައްޓާފައިވާ ގިނަ ޕީއޯއެސްތައް މެދުވެރިކޮށް ލިބޭނެ އެވެ. ބީއެމްއެލް އިން އެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ ސްރީލަންކާގެ އެޕިކް ޓެކްނޮލޮޖީ ގްރޫޕް ކިޔާ ކުންފުންޏެއްގެ ޓެކްނޮލޮޖީ އެވެ.
ލަންކާގެ ޑެއިލީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއޯއޯ ވިރާޖް ސީ މުޑަލިގެ ވިދާޅުވީ ކުރިމަގުގައި ބޭރު މީހުންނަށް ވެސް ރާއްޖޭގައި އެ ހިދުމަތް ބޭނުންކުރެވޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
"މި ހިދުމަތް ހޯދަން ކަސްޓަމަރަކު ހޭދަކުރަން ޖެހޭނީ އެންމެ ހަތަރު ސިކުންތު،" އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސާމާ ބިން ލާދިން
21 July 2016
ހުރިހާ އެއްމެންވެސް ބޭކާރު ވާހަކަ ދައްކަނީ މީ ފަސޭހަ ސަޅި ހިދުމަތެއް
ރަށުމީހާ
20 July 2016
އެންޑުރޮއިޑް އެންއެފްސީ ހިމެނޭ ސެމްސަންގ ބައެއްފޯނު ގަންނައިރުވެސް މިޒާތުގެ އެޕްލިކޭޝަންއެްް އިނދޭ އެކަމް މިގައުމުގަ އެޙިދުމަތްނުލިބެނީ
ގޮނު
20 July 2016
ވައްކަން ކުރާމީހުންނަށް ފުރުސަތު ބޮޑުވީހެން ހީވަނީ .... ފޯނު ވަގަށް ނަގައިގެން ތިގޮތަށް ފައިސާ ނުކެނދޭނެ ކަމުގެ ޔަގީން ކިހާވަރަކަށް ބީއެމްއެލް އިން ދޭބާ؟
އެނޮނިމަސް
20 July 2016
ފޯނަށް ސަމާލު ނުވެވޭވަރުގެ ކުޑަކުދިން ތަ މީ؟ ރަނގަޅު އެއްގޮތެއްވެސް ނެތެއްނުއް . ކީއްކުރަން ކާޑު ގެންގުޅެނީ ؟ކާޑު ވަގަށް ނަގާފާނެނުއް؟ ނޫނީ ބެންކް އަށް ފައިސާ ޖަމާކޮށްފަ ހުއްޓާ ހެކް ވެސް ކޮއްފާ ނެނުއް ؟
ބުޅާ
19 July 2016
ކޮބާ ސެކިއުރިޓީ...؟
މުސަޅު
20 July 2016
ސެކިއުރިޓީ ޚިދުމަތް ދޭ މީހުންނަށް ގުޅާބަލަ!
ކާޑު
21 July 2016
ކާޑު ވަގައްނަގައިގެން ބޭނުންކުރަން އުދަގޫވާނެ. މީހަކު ގެންގުޅޭ ވޮލެޓަކީ އޮފީސް ތެރޭގަ ޗާޖްއަށް ޖަހާފަ ބާއްވަންޖެހޭއެއްޗެއްނޫން.
އުދުހޭ
19 July 2016
މިހާރުވެސް ފައިސާއާ ނުލާ ކާޑު ދެއްކޭ. ހެހެހެ
ގަމްބޯލް
19 July 2016
މަގޭ ނޮކިއާ ބައްތިއަށް ތިކަން ވާނެތަ؟
އރފ
19 July 2016
އިންޑިއާގައި ބޭނުން އެބަކުރޭ ޕޭޓީއެމް ކިޔާ ޚިދުމަތެއް، މިއީ އެކައްޗެއްތޯ!!
މީހާ
19 July 2016
ފޯން އެންއެފްސީ ސަޕޯޓް ކުރަން ޖެހޭނެވާހަަކަ ޖަހާލިނަމަ ދޯ.
ޢިދުރީސް ދޮންބެ
19 July 2016
މި ޚިދުމަތް ޗައިނާ އަދި ޖަޕާނުގައި ބޭނުންކުރާތާ މިހާރު ހައެއްކަ އަހަރު ވެދާނެ.
ޫޔަންގު މޭން
19 July 2016
މި ޗައިނާއެއް،ޖަޕާނެއް ނޫނޭ.ރާއްޖެއަށް ވީމަ އެކުރަނީދޯ.
ރ
19 July 2016
އައިފޯނުން ކިހިނެއްތޯ ހަދަން ޖެހެނީ...!!!
އެނޮނީމާ
20 July 2016
އައިފޯން ފުރަތަމަ ކެކިކެކި ހުރި އެއް ލީޓަރުގެ ފެނަށް ލާފައި ފަސް މިނިޓް ވަންދެން ކެއްކުމަށްފަހު އާދައިގެ ފެނުން ދޮވުމަށްފަހު ފްރިޖްގެ ގަނޑުކުރާބަޔަށް ލާފައި އެއްގަޑިއިރު ބޭއްވުމަށްފަހު ނަގާފަ ފިނި ފިލަންދެން ފަންކާއަކާދިމާލުގަ ބާއްވާ. އޭގެފަހުން މި ހިދުމަތް ހުންނާނީ އެފޯނަށް ލިބިފަ.
ސަމްވަން
21 July 2016
ޢެންޑްރޮއިޑް ފޯނުން ޖެހެނީ ޕީ.އޯ.އެސް ގައި ޖަައްސާލަން. ޢެޕަލް ފޯނުން ޖެހެނީ ޕީ.އޯ.އެސް ގައި ވީއްލާލަން....ހަހަހަ