ޚަބަރު / އަހުމަދު ރިލުވާން

ރިލުވާން ގެއްލުވާލައިގެން ބަންދުގައި ތިބި ދެ މީހުން ވެސް ދޫކޮށްލައިފި

ރިލުވާން: އޭނާ ގެއްލުވާލި މައްސަލައިގައި އެއްވެސް މީހަކު މިހާރު ބަންދަކު ނެތް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވާލި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރަން މިި މަހުގެ 12 ގައި ކްރިމިނަލް ކޯޓަަށް ގެންދިއުމުން ކޯޓުން ކަމަށެވެ.

ރިލްވާނުގެ މައްސަލާގައި ހައްޔަރުކުރީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ، އާލިފް ރައޫފާއި އޭނާގެ ގާތް ރައްޓެއްސެއް ކަމަށް ވާ ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީނެވެ. ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ. ހުޅުމާލޭގައި އެ ކާރު ގެންގުޅުނީ މުހައްމަދެވެ.

މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހައްޔަރުކުރި އާލިފް އާއި މުހައްމަދު އެންމެ ފުރަތަމަ ތިބީ ފުލުހުންގެ ބަންދުގަ އެވެ. އެކަމަކު މިދިޔަ މަހު ކޯޓުން ވަނީ އެ ދެ މީހުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އާލިފް އާއި މުހައްމަދު އެއްކޮށް ދޫކޮށްލިޔަސް، ހުއްދަ ނެތި މާލޭން ބޭރަށް ނުދާން ކޯޓުން އަމުރުކޮށްފައިވެ އެވެ.

މި ދެ މީހުންގެ ކުރިން ވެސް މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެކަމަކު، އެ މީހުން ވަނީ ބަންދުން ދޫކޮށްލުމުން ސީރިއާ އަށް ގޮސްފަ އެވެ. އެހެންވެ، ރިލުވާން ގެއްލުވާލި މައްސަލައިގައި މިހާރު އެއްވެސް މީހަކު ބަންދަކު ނެތެވެ.

އޮގަސްޓު 8، 2014 ގައި ގެއްލުނު ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ އެތައް ދުވަހެއް ފަހުން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފަ އެވެ.

އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވައަތް ފަރާތު ދޮރު ހުޅުވިފައި ހުރިއިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ރިލުވާން ގެއްލުވާލިތާ ދެ އަހަރު ފުރެން ގާތްވެފައި ވާއިރު، އޭނާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އާއިލާ އިން ބުނެ އެވެ. އަދި އޭނާ ގެއްލުވާލުމުގެ އަޑީގައި ތިބީ ސިޔާސީ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މި މައްސަލަ އދ. އިން ވެސް އަންނަނީ ބަލަމުންނެވެ.

10 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

21 July 2016

ތިމީހުންވެސް ފިލަން ވަގުތު ދިނީ ! ދެން އެމީހުންފިލީމަ މައްސަލަކުރިއަށް ނުގެންދެވޭނެ ! މީ މިސރުކާރުގެ ސޯޓު ބޭލިދާނެތީ ހިންގާ ޖަރީމާއެއް !

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

21 July 2016

ހަގީގަތް މިޔޮތި ހާމަވެފަ މިހާރު. އިތުރު ޝައްކެއް، ވަހުމެއް ނެތް މިންވަރަށް. ރިލްވާނު މައްސަލައިގަ ސަރުކާރުގެ ދެއަތް ވާކަން މި މީހުން ދޫކޮށްލުމުން އެނގޭ. ސަރުކާރުން ސީރިއަސް ނުވާތީ، މިހާދިސާގަ ހަމައެކަނި އެއްޗެއް ބުނެވޭވަރުގެ ބަޔަކު ދޫކޮށްލާނީ.

The name is already taken The name is available. Register?

KARTHIC CHANDRAN

21 July 2016

ތިކާރު ދުއްވިމީހާ އަށް ރަނގަޅަށް އިނގޭނެ ރިލްވާން ގެންދިޔަ ތަނެއް.އޭނަ މިހާރު އެހެރީ ކޯޓުން ދޫކޮށްލާފައި.ކޮބާ އިންސާފު.

The name is already taken The name is available. Register?

އަލީ

21 July 2016

ދެންވިސްނާލަ އެހެން މައްސަލަތަކުގެ ތަޙްޤީގް ދާނެ ގޮތް! އަފްރާޝީމް މައްސަލާގަވެސް 2 ގަރުނު، ރިޟްވާން މައްސަލާގަވެސް 2 ގަރުނު.. ކޯޓުތަށް ހާދަ ސުލޯއޭ ދޯ!!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

21 July 2016

އިންސާފު ޤާއިމު ނުކުރެވިގެން އެއުޅެނީ، ވަސީލަތްތައް ނެތިގެންކަމަށް ކަމާބެހޭ ފަރާތްތަކުން އެދަނީ ބުނަމުން، އަހުން ހިތަށްއަރާ ކިހާވަރެއް ދިނީމަބާއޭ ވަސީލަތްތައް ހޯދާ އިންސާފު ޤާއިމުކުރެވޭނީ.

The name is already taken The name is available. Register?

އަހްމަދު

21 July 2016

ބަލަންވީ ވެރިކަމާއި ބެހިދާނެ މީހަކު އުޅޭތޯ ބަލާފަ އެމީހަކު ކަސްތަޅުއެޅުވޭތޯ. ފަތްބުއަސް، ވއްކަންކުރިއަސް،، މީހުްވަގށްނެގިއަސް މެރިއަސް އަޅާނެކަމެތްނެތް، .

The name is already taken The name is available. Register?

ޒަބީބު

21 July 2016

މިގައުމުގައި ތިކަހަލަ ކަންތައްތައް ހިނގަނީ މިނިވަން ތަހްގީގެއް ނުކުރެވޭތީ އެވެ. ބައެއް ކަހަލަ ކަންކަމުގައި ފުލުހުންގެ ގާބިލުކަން ދައްކާލެވޭކަށް ނޮއޮވެއެވެ. ދައްކާލި މީހާ ކުށްވެރިވަނީއެވެ. ނުވަތަ ޚުދު އެމީހަކުވެސް ......

The name is already taken The name is available. Register?

ނަލީފު

21 July 2016

ހުއްދަނެތި ދުނިޔޭން ބޭރަށް ދރވޭނެތަ؟

The name is already taken The name is available. Register?

މެންޓަލިސްޓް

21 July 2016

ތިޔަކާރުން ރިލްވާންގެ ޑީއެންއޭ ފެނިފައި ހުއްޓާ ކީއްވެބާ ކޯޓުން އޭނާދޫކޮއްލީ އެހެންވީމައޭ މިބުނަނީ ރިލްވާންގެއްލުމާޢި ސަރުކާރާ ގުޅުންއެބައޮތޭ ، ތިޔައީ ސްޓޭޑްމާރޑަރއެއްކަމަށް ބުނެވެންއޮތީ

The name is already taken The name is available. Register?

އިބޫ

21 July 2016

ހަގީގަތް ހާމަވާ ދުވަސް އިރާދަކުރެއްވިއްޔާ އަދި އަންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454