ސޯލިހުގެ ފަޔަށް ލިބުނު އަނިޔާ: އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި.
24 އެޕްރީލް 2018 - 13:57
އއ. މަޑޫގަލި ރިސޯޓު ކައިރީގައި އެންދަމަން މޫދަށް ފައިބައި އުޅުނު މީހަކަށް ރޭ މިޔަރެއް ހަމަލާދީފި އެވެ.
އެ ހާދިސާގައި ޒަހަމްވީ ހދ. ވައިކަރަދޫ، މުހައްމަދު ސޯލިހު، 52، އެވެ. އޭނާ އެންދަމަން މޫދުގައި އުޅުމަށް ފަހު އެނބުރި ދޯންޏަށް އަރަނިކޮށް، މިޔަރު ހިފީ އޭނާގެ ވައަތު ފައިގަ އެވެ.
އޭނާ މަހަށް ދާ މަނަސް ދޯނީގެ ކެޕްޓަން މުހައްމަދު ވަހީދު ބުނީ، ސޯލިހުގެ ފަޔަށް މިޔަރު ހަމަލާ ދިނީ މޫދުގައި އުޅުމަށް ފަހު މައްޗަށް އަރަނިކޮށް، އޭނާގެ ފަހަތުން އައިހެެވެ. ނަމަވެސް އޭނާ އަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވަހީދު ބުންޏެވެ.
"މޫދުން މައްޗަށް އަރަނިކޮށް، އެ މިޔަރު ފަހަތުން އައިސް ސޯލިހަށް ހަމަލާ ދިނީ. އުކުޅަހުން އޭނާ އަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އޭޑީކޭ އަށް ގެނެސް އެކްސްރޭ ނަގާފައި ޑޮކްޓަރު ބުނީ ސީރިއަސް ކަމެއް ނެތޭ. އެހެންވެ ޒަޚަމްވި ތަން ފަހައި ބޭސް އަޅާފައި މިއަދު ދޫކޮށްލައިފި،" ވަހީދު ބުންޏެވެ.
އޭނާ ބުނީ ސޯލިހުގެ ވައަތު ފައިގެ ހަތަރު ތަނެއް ޒަޚްމަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހުރި ޒަޚަމްގެ ފުންމިނުގައި އެއް އިންޗި ހުރި ކަމަށް އޭނާ ބުންޏެވެ.
ޓޫރިސްޓުންނާ އެކު ފަތިހު މަހަށް ގޮސް އުޅެނިކޮށް މިދިޔަ އަހަރު ވެސް މީހެއްގެ އަތަށް މިޔަރެއް ހަމަލާދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާއުކަލޯ
24 April 2018
މިޔަރު މަރާ ހުސްކޮށްލަން ވީ
އާދަނު
24 April 2018
ފެމުނު ބޯޓަށް އެރީދޯ
ސާމީ
24 April 2018
ހަގީގަތް ބަލާފައި ކޮމެންޓް ކުރުން އެދެން! މީގާ މަސްވެރިކަން ކުރާ ފަރާތްތަކުގެ އިހުމާލުވެސް ވަރަށްބޮޑު. ރޭގަނޑު މަސްވެރިކަން ކުރާގޮތް މައްސަލައަކީ! މަސްފަތި ހިފައިގެންވެސް އުޅެދާނެ!
ޙަގީގަތް ތަ
25 April 2018
މިކޮމެންޓުމުރީ ހަގީގަތް ބަލާފަތަ. .
ރަގަބީލު
24 April 2018
މިޔަރު ހިމާޔަތޭކިއާފަ ގަވައިދުހަދައިގެން ތިބީމަ ނިމުނީ، އޭގެ ނަތީޖާއަކީ ކޮބައިތޯ ބަލާނެބަޔަކުނެތް.
ތިއޭ އެއްކަލަ
25 April 2018
މިޔަރު ހިމާޔަތް ކުރަންވީ އެއްވެސް ސަބަބެއް ހަމަ މަ އުޅެއުޅެ ނުފެނުނު. ވެލާ އޯކޭ ދެން. އެކަމަކު މިޔަރު ހިމާޔަތް ކުރަންވީ ކޮން ގޮތަކަށް ވިސްނާފަ. އެމީހުން އަޅާވެސް ނުލާ އަހަރުން ކާލާއިި މަޅާ ނިންމާއިރުވެސް އަހަރުން ތިބެންވީ ސޭވް/ޕްރޮޓެކްޓް ޝާރކް އޭ ކިޔަކިޔާ؟
ރަދީފް
24 April 2018
އެ މިޔަރު ހިފާ ހައްޔަރުކުރުމަށް ގޮވާލަން.އަދި 15 ދުވަހަށް މޫދުގަ ބަންދުކުރަންވެސް އަމުރުކުރަން. #އެންދެމޭބޭބެ
ތުނިޔަ
24 April 2018
ތިކަމެއް ނުވާނެނު! އަނިޔާ ލިބޭ އިންސާނުނަށްވުރެ ބޮޑަށް، އަނިޔާކުރާ މިޔަރުގެ ހިމާޔަތް ބޮޑުވެފަ ރައްކާތެރި ވިއްޔަ!
ހަރަނބޭ
24 April 2018
ލާހިކެއްނޫން މިޔަރެއް މަރާކަށް! މަހުޖަނުން ބޭނުމެއް ނުވާނެ އެގޮތެއް
ސޭކުބެ
24 April 2018
މިހާރަކަށް އައިސް ރާއްޖޭގަ މިޔަރު ގިނަވެ އޭގެ އުދަގޫ ވަރަށް ބޮޑުވެއްޖެ. ރޭގަޑު މަސްބާނަންދިޔަސް އޮޑިއަށް ލެވެނީ ދެމަހުން އެއްމަހުގެ ބޯ އެކަނި. މިޔަރު މާގިނަވެއްޖިއްޔާ ފަތުރުވެރިއަކަށްވެސް ނުރައްކަލަކާ ދިމާވެދާނެ. އަޅުގަޑަށް ފެންނަނީ ވަކި މުއްދަތަކަށް މިއަރު ބޭނުމުގެ ހުއްދަ އަލުން ދޭން.
އައްޔަަ
24 April 2018
މަސްދަތުރެއް ދިޔަޔަސް މިހާރު ތިޔަމިރަކާ ހެދި މަހެއް ބޭނެނީ އެއް ނޫން.
މިޔަރޭ
24 April 2018
ބަލަ އައްޔަ ވެސް ކަނީ މަހެއްނު.މަވެސް މިކަނީ މަހޭ.ދެން މަވީމަ މަސް ނުކައި ބަނޑަށް ހުންނަންވީތަ؟؟ނުހުރެވޭނެ މަސް ނުކައެއް.އެއީ މަށަށް ހާދަމީރު އެއްޗެކޭ...
ހޯހޯ
24 April 2018
ދިވެހި މަސްވެރިން ކައި ހުސްކުރިޔަސް ވަރިހަމަ ރަންބިސް ލިބެންޏާ
މަރީ
24 April 2018
މިޔަރު ގިނަވެގެން ބޮޑު އުދަގުލަކަށް ވެއްޖެ. ފިނި ކޮޓަރީގަ ތިބެގެން ޓުއުރިޒަމުން ލާރިހޯދިޔަސް އެން ނަގަން ފީނާ މީހުންނާއި ހުއިފިލަނޑާ ނަގާ މީހުންނާއި ފާނަ މަސްވރިކަން ކުރާމީހުން އެކަން އެކުރަނީ ފުރާނަ އަތްމައްޗައް ލައިގެންތިބެ