އުމަރު ނަސީރު: އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ވަނީ ނިންމާފައި.--މިހާރު ފޮޓޯ
18 ޖޫން 2018 - 13:14
ހުރިހާ ނުބައި ކަމެއްގެ ފެށުމަކީ މަސްތުވާތަކެތި ކަމަށް ވާތީ، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުއްތާތައް އިތުރުކޮށް، ގޭންގުތަކުގައި އުޅޭ މީހުންގެ ފައިގައި ޓެގް އަޅުވާނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރުގެ ވެރިކަމެއްގައި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ގެންގުޅޭނެ ސިޔާސަތު އާއްމު ކުރައްވައި އޭނާ ވިދާޅުވީ، މަސްތުވާތަކެތިން މުޖުތަމައަށް ދޭ ގެއްލުންތަކުގެ ވާހަކަތައް ދައްކާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހުރިހާ ސިޔާސީ ލީޑަރުން ވައުދު ވިއަސް، މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން ކާމިޔާބު ނުވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ސަބަބުން ރާއްޖޭގެ އަމާންކަން ވަނީ ގެއްލިފަ އެވެ. އޭގެ ސަބަބުން އެތައް ގޭންގުތަކެއް އުފެދި މީހުން މެރުން އާއްމުވެ ވައްކަމާއި ފޭރުން ވެސް ވަނީ ގިނަވެފަ އެވެ. އެކަން ހުއްޓުވަން، މުޅި ރާއްޖެ އަށް ކުއްތާތައް އިތުރުކޮށް، ތުހުމަތުކުރެވޭ މީހުންގެ ހަށިގަނޑު ޗެކުކުރަން އެއާޕޯޓުތަކުގައި މެޝިންތައް ބަހައްޓާނެ ކަމަށް އެ ސިޔާސަތުގައިވެ އެވެ.
"ކުއްތާތަކުގެ ފައުޖު އިތުރުކޮށް، ރާއްޖެ އަށް އެތެރެވާ ދޮރުތައް ކައިރީގައި ކުއްތާތައް ހަރަކާތްތެރިވާނެ. ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންގެ ހަށިގަނޑުު ޗެކްކުރުމަށް އެއާޕޯޓުތަކުގައި މެޝިން ބަހައްޓައި، ކޮންޓެއިނާތައް ޗެކުކުރާ މެޝިން ވައިގެ ބަނދަރުތަކުގައި ގާއިމްކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދަރިންނަށާއި އާއިލާތަކަށް ރައްކާތެރިކުރަން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން.. ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުލިބޭނެ. އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ. އަދި ގާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު، ފަސް ޖެހުމެއްނެތި ދެވޭނެ. ޑްރަގް ޑީލަރުންނާއި ގޭންގުތަކުގެ ކިބައިން މި ރާއްޖޭގެ ދަރިން ސަލާމަތްކޮށް މި ރާއްޖޭގެ މަގުތައް އަޅުގަނޑު އަމާންކުރާނަން،" އުމަރު ވިދާޅުވި އެވެ.
އެ ހިތާމަ އިން ގައުމު ސަލާމަތްކުރަން އެންމެން ތެދުވާންޖެހޭ ކަމަށާއި އެހެން ނޫނީ ކޮންމެ އަހަރަކު ވެސް އެތައް ޒުވާނުންނެއް ދާނީ މަސްތުވާތަކެތީގެ މަޅީގައި ޖެހެމުން ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންވެ އޭނާ ވަނީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފަ އެވެ.
ގޭންގުތައް ދެމިއޮންނަނީ މަސްތުވާތަކެތި ވިއްކައިގެން ކަން ފާހަގަކުރައްވައި އުމަރު ވަނީ، ގޭންގުތައް އަމިއްލަ އަށް ރޫޅާލައި އަބުރުވެރިކަމާއެކު ދިރިއުޅެން ފުރުސަތު ދެެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެ ޓެގް އަޅުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ތިބި މީހުންގެ 80 ޕަސެންޓަކީ ޑްރަގާ ގުޅުން ހުރި މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އަދަދު ގިނަވެ، ޖަލުތައް ފުރިބާރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމަށް، ރިހެބިލިޓޭޝަންގެ ފަރުވާ ހަރުދަނާކޮށް، ފަރުވާ ހޯދަން ކިއުގައި ތިބި މީހުންނަށް ފުރުސަތު ހޯދައިދޭނެ ކަން ފާހަގަކުރެއްވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދަރިންނަށާއި އާއިލާތައް ރައްކާތެރިކުރަން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން.. ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުލިބޭނެ. އެ މީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ. އަދި ގާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު، ފަސް ޖެހުމެއް ނެތި ދެވޭނެ. ޑްރަގް ޑީލަރުންނާއި ގޭންގުތަކުގެ ކިބައިން މި ރާއްޖޭގެ ދަރިން ސަލާމަތްކޮށް މި ރާއްޖޭގެ މަގުތައް އަޅުގަނޑު އަމާންކުރާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ ވެރިކަމުގައި މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި އިރު، އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ވެސް ވަނީ ގޭންގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެ، އެ މީހުންގެ ފައިގައި ޓެގް އެޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ކަންކަމުގައި އެއްގަލަކަށް ނޭރި އުޅޭ އިރު، އިދިކޮޅު ކޯލިޝަނާ ވަކިން އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ އުމަރު އޭނާގެ ސިޔާސަތުތައް އާންމު ކުރައްވަމުން ގެންދަވަނީ ވީޑިއޯ މެސެޖުގެ ޒަރީއާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
19 June 2018
އަހަންނަށް ވެރިކަން ލިބިއްޖެއްޔާ އުމަރު ދުފަންގެންގުޅެ މަޑިސީލައިގަ ޓެގް އަޅުވައިގެންވެސް މި އުމަރު މީ ސިޔާސީ މީހެކޭ ނުކިޔާވަރު ކުރާނަން.
ކަދުރޭ
19 June 2018
އުމަރު ހޮވުނަސް ރިމޯޓު އޮންނާނީ ޔާމީން އަތުގަ، މިހާރުވެސް ވާހެން.
ބުމަރު
19 June 2018
ތިހެން ބުނި ކުރިންވެސް، ހޯމްމިނިސްޓަރުކަން ލިބުނީމަ ފަތިސްކޮނޑުއަޅާގެން ނުކުމެ އިރުއޮއްްސެންދެން އިނީ ފިނިކޮޓަރީގަ. ވީކަމެއް ހަރާން. ދެއްކިވާކަވެސް ވީ ނުދައްކާކަމަށް. މީއުމަރު އަލަށް ޖަހާ ސަކަރާތެއްނޫން. އުމަރަކީ ދިވެހިރައްޔިތުންނަށް ހުރި ހަލާކެއް، ހުރިހާ ޕާޓީތަކަށްވެސް.
އަސްލުހާލަތު
19 June 2018
އުމަރު ވަނީ އެކަން ދައްކައިފަ.. ގޭންގުތަކާ ފައިޓްކުރުމުގަ ގަޓު ހުރީ ހަމަ އެކަނި އުމަރު..އެމް ޕީންގެ އޯޑަރަކަށް ބޮލެއް ނުލަނބާނެ..
ކުމަރު
19 June 2018
ނަޝީދުގެ މުސީބާތުން ސަލާމަތް ކޮށް ދެވޭނީވެސް ހަމަ އުމަރަށް.
ޝިޔާޒް
19 June 2018
މަކުރިމަތިލަން މިއީ ހަމަ ޔަގީނުންވެސް ކަލެއަކަށް މާރަނގަޅު ޚަބަރަކައް ނުވެދާނެ.. ކާމިޔާބު ވެއްޖެއްޔާ އެއްމެ ފުރަތަމަ ހައްޔަރު ކުރާނީ ކަލޭ..
ހިންނަ
18 June 2018
މަ ތާއީދު އުމަރަށް
ވޭލާއިން
18 June 2018
އެއީ ފަތްބޯ މީހުން ބިސްމަޅި ދުއްވުން އެކަމުން އެދެވޭ ނަތީޖާއެއް ނުނިކުމޭ އުމަރަކީ ޚިޔާލީފޮލާ ކެއްކުމުގަ އުޅޭ މީހެއްް އުމަރަކީ ހައްލެއްނޫން އުމަރަކީ ފިނޑިޔެއް އުމަރު ސަްިޒުކޮށްލީމަ މަގާމާ ޖާހުގެ ބިރަށް ހުރީ ކީއްވެ ؟
ދެނޯ؟
19 June 2018
އަނެއްކާ އުމަރަށްވުރެ ރަގަޅު މީހެއް އުޅެނީތަ މި ޕާޓިތަކުގެ ތެރޭގައި؟ އަޖާއިބުވެއްޖެ!
އަދާނުގެ ހަސަން
18 June 2018
އުމަރަށް މިކަން ވެދާނެ ! މަގޭ ތާއީދު އުމަރަށް އެބައޮތް.
usmaan
18 June 2018
އެކަން ހުއްޓުވަން ހަވާލުކުރީމާ ޖެހުނީ ކުރިން ދެއްކިވާހަކަ ނުދައްކަމޭބުނަން. ކުރިން ކުރިކަންތައް ނުކުރަމޭބުނަން.
ހައްލަކީ
18 June 2018
އުމަރު ތިގޮތުގަ ހުރިއްޔާ އުމަރައް ތާއީދު ކުރާނަން. އެކަމަކު އުމަރު ގިނިކަންޔާ އުޅުމަކީ ބުއްދިވެރި ކަމެއްނޫން, ޕާޓީއެއް ހަދާ
ބެކްބޯން އުމަރު
18 June 2018
އަޅުގަނޑުގެ ވެރިކަމެއްގައި ޖަލުތަކުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރި މީހުން ހިފާ ހައްޔަރުކޮށް އަނިޔާ ލިބުނު ފަރާތްތަކަށް އަދުލު އިންސާފު ހޯދަިދޭނަން.