ޚަބަރު / ރައީސް އަބްދުﷲ ޔާމީން

މި މަހުގެ މެދު ތެރޭ ރާއްޖެ އަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ: ރައީސް ޔާމީން

ރައީސް ޔާމީން މިއަދު ހެނދުނު މ. ދިއްގަރަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، ދިއްގަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް ބަންދުގައި ތިބުމާއި ވަކިވަކި ކަންތައްތަކެއް ނުކޮށްގެން ކަމަށް ބުނެ އީޔޫ އިން މިދިޔަ ހަފުތާގައި ވަނީ ސަރުކާރަށް އިންޒާރު ދީފައި ކަމަށެވެ. އެ އިންޒާރުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަން އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- ސަރުކާރުން ވަކި ކަންތައްތަކެއް ނުކޮށްފި ނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އީޔޫއިން ވަނީ އިންޒާރު ދީފައި.

- އީޔޫ އިން އަންގާފައި ވަނީ، ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަންނަން ފުރުސަތު ދޭން.

- އީޔޫގެ ފިޔަވަޅަކީ ރިޔާސީ އިންތިޚާބަށް ހުރަހެއް ކަމަށް ވިދާޅުވި.

- ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނީ އިންތަކެއް ކަނޑައަޅާފައި ވަނިކޮށް، އީޔޫ އިން އެންގި ކަންކަމަށް ދޫދެއްވަން ތައްޔާރު ނޫން ކަމަށް.

- އީޔޫ އިން ހިތްހަމަނުޖެހުނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމާއި އިސްލާމީ އުސޫލްތައް ހިފަހައްޓަން ކުރާ މަސައްކަތްތަކާ ހެދި ކަމަށް ގަބޫލުކުރެއްވޭ.

- އުސޫލްތައް ދޫނުކޮށްގެން ފިޔަވަޅު އަޅާނަމަ، ރައީސް އެދިވަޑައިގަތީ އީޔޫ އިން އެ މަނިކުފާނަށް ފިޔަވަޅު އެޅުމަށް.

- ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެން ބޮޑަށް އީޔޫ އިން ގަބޫލުކުރަނީ އިދިކޮޅުގެ ވާހަކަތައް ކަމަށް ވިދާޅުވި. އެހެންވިއަސް، އީޔޫގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ނުދެއްވާނެ ކަަމަށް ވިދާޅުވި.

ދިއްގަރުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

އީޔޫގެ ޕާލަމެންޓުގަ ފާސްކުރި ގަރާރާ ގުޅިގެން އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖެ ޑިމޮކްރެސީގެ މަގަށް ރުޖޫއަވެ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އިއާދަ ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ބަންދުކޮށް ދައުވާ އުފުލުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.

އީޔޫ އިން ފިޔަވަޅު އަޅާތީ އެކަމުގެ އުފާފާޅުކޮށް، އިދިކޮޅު އެމްޑީޕީން އެ ވާހަކަ ދައްކަމުން އައި ނަމަވެސް އީޔޫގެ އެ އިންޒާރު އެ މަނިކުފާނު ބަލައިގަންނަނީ، ރައީސް ވިދާޅުވި ގޮތުގައި، އުފަލާ އެކުގައެއް ނޫނެވެ.

"އަޅުގަނޑު މިކަން ބަލައިގަންނަނީ، ކަންބޮޑުވުމާ އެކުގައި. އެކަމަކު އަޅުގަނޑުގެ ސަރުކާރެއްގައި ކޮމްޕްރޮމައިޒް ނުކުރާނެ ކަންކަން ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ދޫނުކޮށްލާނެ އުސޫލްތަކެއް ހުންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި ހިފަހައްޓާ، ދަމަހައްޓާ އުސޫލްތަކެއް ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

އެ އުސޫލްތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ، އެ ކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ފާޅުގައި ވިދާޅުވާ ވިދާޅުވުން ހުއްޓުމަކަށް އަންނަން ޖެހޭނެ ކަމަށް އީޔޫ އިން އަންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުށްވެރިންތަކެއް ޖަލުގައި ތިބެގެން، ހުރިހާ އެންމެންނަކީ ޖަލުން ދޫވެފައި ތިބެން ޖެހޭނެ ބައެއް ކަމަށް އީޔޫން އަޅުގަނޑަށް ގޮވާލަނީ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ކަަމަށް ތިމަންނަމެން ގަބޫލުކުރާނީ، ހުރިހާ ކުށްވެރިން ވެސް ދޫކޮށްލީމައޭ، އެންމެންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ޖާގަ ހޯދައިދިނީމައޭ. ނޫން، އަޅުގަނޑު އެކަމެއް ގަބޫލެއް ނުކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމީ އުސޫލްތައް ދަމަހައްޓައި އެހެން ދީނަކަށް ޖާގަ ނުދީގެން ފިޔަވަޅު އަޅާނަމަ، އެ މަނިކުފާނަށް ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށެވެ. އީޔޫ އިން އެދޭ ކަންކަން ތަންފީޒުކުރަން ރައްޔިތުން ބޭނުންވޭތޯ ބަލަން ވޯޓެއް ނެގިއަސް ތާއީދެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން އީޔޫން ގޮވާލަމުން ދާއިރު، އެއީ ކުށްތަކަށް އަރައިގަނެ ޝަރީއަތުގެ މަރުހަލާ އިން ކުށް ސާބިތުވެފައިވާ ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ. އީޔޫ އިން އެންގިއަސް، ޝަރީއަތުގެ ބޭރުން ކުށްވެރިންތަކެއް އެ މަނިކުފާނަށް ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވި އެވެ.

"އީޔޫ އިން ކިތަންމެ ވަރަކަށް ގޮވާލިއަސް، މި ހުރިހާ ކުށްވެރިންނަކީ ކުށެއް ނުކުރާ މީހުން ކަަމަށް ބަލައި އެ މީހުން އަޅުގަނޑަކަށް ވީއްލައެއް ނުހެދޭނެ. އަދި ގޮނޑި ގެއްލިފައި ތިބި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަކަށް ވެސް އަޅުގަނޑަކަށް ކަނޑައެއް ނޭޅޭނެ. އެއާ ދޭތެރޭގައި ވެސް ގޮތެއް ނިންމައި އެއްޗެއް ބުނަން ޖެހޭނީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

ދިއްގަރަށް ރައީސް ޔާމީން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އީޔޫގެ އިންޒާރާ ގުޅިގެން އެ ކަންކަމަށް ހައްލު ހޯދަން ސަރުކާރުން އަންނަނީ އެ އިއްތިހާދުގެ އެކި ބޭފުޅުންނާ ވާހަކަ ދައްކަވަމުންނެވެ. ނަަމަވެސް ވަކި ގޮތަކަށް ކަންތައްތައް ނިންމައިގެން ތިބި ބަޔަކަށް ވިސްނައިދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެ، އިދިކޮޅުން ދައްކާ ވާހަކަތައް އީޔޫގައި މަގުބޫލުކަން ބޮޑު ކަމަށެވެ. އެހެންވިޔަސް، އެ މަނިކުފާނުގެ ދެ ވަނަ ނައިބު ރައީސް އަހްމަދު އަދީބަކީ ކުށްވެރިއެއް ނޫން ކަމަށް ގަބޫލުކުރަނީ ކާކުތޯ ރައީސް އެއްސެވި އެވެ.

"އާދައިގެ ކަމެއް ނޫން ކުރަން އުޅުނީ، ދިވެހި ދައުލަތުގެ ޚަޒާނައިގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަދިވެސް ވީތަނެއް ނޭނގެ. އަދި ހަމަ އެހެންމެ އަހްމަދު އަދީބު ދިމާކުރެއްވީ ލޯންޗު ގޮއްވާލައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދުނިޔެ އިން ނެތިކޮށްލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއީ ލުއި ކަންކަން ކަމަށް ދެކިގެން، ސުޕްރީމް ކޯޓުން ކުރާ އަމުރަކަށް ނުވަތަ އީޔޫގެ ގޮވާލުންތަކަށް އިޖާބަދީފި ނަމަ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ހަމަޖެހުމެއް ނާންނާނެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުރި ކަަމަށް އީޔޫ އިން ގަބޫލުކުރާ މައްސަލަތަކުގެ 90 ޕަސެންޓް ވަނީ ހައްލުވެފަ އެވެ. ދެން ހުރި ކަމަކީ، ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާއި ގުޅިފައިވާ ކަންކަން ކަމަށް ވިދާޅުވި އެވެ.

230 ކޮމެންޓް, 453 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 7%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިހާދު

11 July 2018

ހަދާނެ ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖުހުނީމާ އެދަނީ ރައްޔިތުން ވާވައްދަން މަސަތްކަތްކުރަމުން.

The name is already taken The name is available. Register?

ނޮނޮ,

11 July 2018

މަނިކުފާނު އޮޅުވާނުލައްވ ސަރުކާރުގެ މަތީފަންތީގެ ވަކިވަކި ބޭފުޅުނަށް ނޫންތޯ އީޔޫއިން ދަތިކުރުމުގެފިޔަވަޅު އަޅަނީ, ތިކަމުގައިވެސް ތިހެއްދެވީ އިތުރުފުޅު ދެއްތޯ ހާލަތު,

The name is already taken The name is available. Register?

އަބްދުއްލާ

11 July 2018

ފަިޔަވަޅު އެޅުމަކީ އެއްފަރާތަށް ޖެހެވުން. އެހިސާބުން ގައުމުގެ ވެރިކަން ވެސް އެއްފަރާތައް ޖެހެވެންވާނެ. އެހިސާބުން ޖެހޭނެ އެމްޑީޕީ ގައިރުގާނޫނީކޮށް އެމްޑީޕީ އުވާލަން . އެމްޑީޕީން ކެމްޕޭނު ކުރުމުގެ ފުރުސަތު ނުދީ އަދި ކުރިމަތިލުމުގެ ފުރުސަތު ވެސް ދީގެންނުވާނެ ، އެހިސާބުން ހަރުކަށިކަމާއެކު އެމްޑީޕީ ސައިޑް ނުވަތަ އިދިކޮޅުފަރާތްތަކާ މުއާމަލާތް ކުރަން ފަށަންވާނެ.

The name is already taken The name is available. Register?

ކޮބާ..ކޮބާ

11 July 2018

ރައްޔިތުންނަށް ޢޮޅޭ ގޮތައް.. ނުވަތަ ޢޮލުވާލައްވަން ޜަޢީސް ވާހަކަފުޅު ދައްކަވާތީ މާބޮޑަށް ހިތާމަ ކުރަމެވެ. ދަތިކުރުމުގެ ފިޔަވަޅު ޢީޔޫ އިން އަޅާން ނިންމީ މުޅިގައުމަށްތޯ؟؟ ނޫނީ ވަކި ވަކި ބަޔަކަށްތޯ؟؟

The name is already taken The name is available. Register?

މ. އަތޮޅު

11 July 2018

ޔާމީނަކަށް މ. އަތޮޅުމީހުން ތާޢީދެއްނުކުރޭ މ. އަތޮޅު ރަޢިއްޔަތުން ތާޢީދުކުރީ މައުމޫނު ޢަބްދުލް ޤައްޔޫމަށް އީޔޫ އިން ފިޔަވަޅުއަޅާނީ ރަޢިއްޔަތުންނަށް އަނިޔާކުރާ ވެރިންނަށް އެކަން އޮންނާނީ މިހާރު ޔާމީނަށް އެގިފައި

The name is already taken The name is available. Register?

އަދީބު

11 July 2018

ތިޔަ ކުރަނީކީ ސަރުކާރަކުން ކުރާ ކަންކަމެއް ނޫން. އީޔޫ އިން ވެސް އެ ގޮވާލަނީ ޤައުމެއްގެ ސަރުކާރަކުން ކުރަންޖެހޭ ކަންކަން ކުރުމަށް. ކުރަން ނުޖެހޭ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް. އީޔޫއިން ވާހަކަ ދައްކަނީ އިނގިރޭސި ބަހުން. މިހާރުގެ ގިނަ ދިވެހިންނަށް އިނގިރޭސި އެނގޭ. ވީމާ، އީޔޫއިން ބުނީ މިހެންނޭ އެއްވެސް މީހަކު ބުނެދޭކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ޚިޔާލް123

10 July 2018

ހިތައްއަރާ މިހާރުނޫސް ކިޔަނީ ހަމަމިސަރުކާރާ އިދިކޮޅުމީހުންބައިވައޭ، 200 އެތަށް ކޮމެންޓެއް ކުރެވިފައިވާއިރު %78 ޕަސެންޓް މީހުން އީޔޫ އިން މިއަޅައި ފިޔަވަޅަށް ހައިދަ ތާއިދެއް އެބަކުރޭ، އަދި މިވާހަކަ ރައީސް މިދައްކަނީ އޮޅުވައިލައިގެންކަން ރައްޔިތުންނަށް އެބަސްވެއެވެ. ރައީސް އެވެ ނަސޭހަތަކީ ހުރިހައިފަހަރަކު މޮޅެއް ނުވެވޭނެއެވެ، ތިމާ ކިތައްމެ ގަޑުހުއްޓަސް އީޔޫން އިން މަނިކުފާންމެންނަށް ފިޔަވަޅު އަޅައިފިނަމަ ތިޔަގަޑުކަމެއް ނުދެއްކޭނެކަން ...

The name is already taken The name is available. Register?

އަށްޑޫ މީހާ

10 July 2018

އީޔޫއިން ފިޔަވަޅު އަޅާތީ މިހާރުން ބިރުން ތިޔަ އުޅެނީޔޯ. އަދުރޭޔާ ނިހާނުޔާ ދެމީހުންނާ އެކީގަ ރާއްޖެ ކުރިއަރުވާލެވޭނެނޫން. އީޔޫއިން ކޮން ކަމެްއް ކުރާނެތީވެބާ ބިރުން ތިޔަ އުޅެނީ. މުޅި ދުނިޔެ މިޔޮއްގެން ގޮވާލަނީ އެއްކަމަކަށް މުލައްދަނޑީގެ ބާރުން ގައުމު ނުހިންގޭނެކަމާ ރައްޔިތުންގެ ބާރަކީ ކަން ބާރަކީ. ތިމާ މީހާ ބޮޑާވެގެން އުޅެންޏާ ހުރިހާ ގައުމަކުންވެސް ފިޔަވަޅުއަޅާނެ. ނިހާނު ދެން ނިކަން ލަންކާޔަށް ދޭބަލަ އެގައުމުންވެސް ބޭރުކޮށްލާނެ.

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

10 July 2018

އެކަމަކު ރަށުތެރެއިން ކިޔާތީ އަޑު އިވެނީ ފިޔަވަޅު އަޅަނީ ރާއްޖެއަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ވަކިވަކި ފަރުދުންނަށް ކަމަށެވެ.

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

10 July 2018

ނޫން ނޫން އަދި ރަނގަޅެއް ނޫނެވެ. އަމިއްލަޔައް ކުރަހައި އުފައްދައިގެން އުޅޭ މަންޒަރަކީ ހަޤީގަތެއް ނޫނެވެ. މާބޮޑު މަންޒަރެއް ދެއްކިޔަސް ހުރިހާ މީހުން ޤަބޫލެއް ވެސް ނުކުރާނެއެވެ. ވަގުތަކީ ނިކަން އަގުހުރި އެއްޗެކެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފި ނަމަ ފަހުން ދެރަވެ ހިތާމަ ކުރާނެއެވެ. ކިތަންމެ ބޭނުން ވިޔަސް އޭރުން އޮންނާނީ ވަގުތު ފާއިތު ވެފައެވެ. މިއީ ދުނިޔެ ދައްކަމުންދާ މިސާލެވެ. ފިތުރަތުގެ އުސޫލަކީ ވަކި ޤައުމެއް، ޖަމާއަތެއް، އާއިލާއެއް އަދި ވަކި ފަރުދެއް އިސްތިސްނާ ނުވުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454