އދ މަހިބަދޫ: ޒުވާނާ އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ހޮސްޕިޓަލަށް
22 ޖުލައި 2018 - 14:03
ކަރަށް ތޮޅިއެއް ހެރިގެން ނ. މާޅެންދޫ ޒުވާނަކު ރޭ މަރުވެއްޖެ އެވެ.
އދ. އަތޮޅުގެ ރަށެއް ކައިރީގައި ލަނޑާ ނަގަން އުޅެނިކޮށް މަރުވީ އަހުމަދު ހަލީމް، 29، އެވެ. އޭނާގެ ކަރަށް ތޮޅި ހެރުމުން ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށެވެ.
މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހަލީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އެހެންވެ އިތުރު ފަރުވާ ދިނުމަށް ވަގުތުން މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.
ހަލީމް މަރުވީ ފަރުވާ ދިނުމަށް މާލެ އަށް ގެނައުމުގެ މަގުމަތީގަ އެވެ.
"ކަރަށް ވަރަށް ފުންކޮށް އެ ތޮޅި ހެރިފައި ވަނީ. އެހެންވެ ލޭ އައުން ނުހުއްޓުވުނު،" މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް
22 July 2018
ބުނަންތަ ވާހަކައެއް! މީހެއްގެ އަޖަލެއް ނުހިފެއްޓޭނެ! އެކަމަކު ރައްކާތެރިކަމުގެ މަތީގަ މަސައްކަތްކުރުމަކީ ނެތްކަމެއްނޫން! ރޭގަނޑު ބައްތި އައްޔަށް ތޮޅިއަކީ އަބަދުވެސް އަންނައެއްޗެއްކަމާ، އެއީ ނުރައްކާ ކަމެއްކަން އެންމެންވެސް ދަނޭ! އެނގިތިބެ އެކަހަލަކަންކަން ކުރުމަކީ އެކަމަށް ދެވޭ ދައުވަތެއް!
ޥިސްނާ
22 July 2018
ޓޯޗު އަަލި ދިއްއުރީމަ ހުރިހާ މަހެއްވެސް އަންނާނެ. ތޮޅި އެކައްޔެނޫން. ކީންވެ ކަމެ އަސްލަކު ނޭންގެ ކީންވެ ކަމެ ބަޔެ ފަހަރު ހަމަލާ ދެނީ. ދެން ވިދާ އެއްޗެހި ރިހިފަ ..ކެވެލި އެޅީމަ ވެސް ހަމަ ލާދޭކަމަ ވަނީ . ޢެވެސް ދޮގެއް ކަމައްވަނީ. މީގެ ހަގީގަ މެރިން ރިސާޗް ސެން ޓަރުން ހޯދާފަ މިހަބަރުގަ ޖެހިނަމަ މިހަބަރު ފުރިހަމަ ޥާނީ.
ރެންޑަމް
22 July 2018
މޭން. އިޓްސް އޯލް ރެންޑަމް.
ާޢާދިލް
22 July 2018
إنا لله وإنا إليه راجعون
ރަދީފް
22 July 2018
إنا لله وإنا إليه راجعون
ަަހާލަތު
22 July 2018
ސުބުހާނައްﷲ އަޅާޔާ މަރާދޭތެރެއަށް އެލެއްވީ މަހެއް، ހޭއަރާކަށް ނުވޭތޯ ޒުވާނުންނޭ ކޮންމެދުވަހަކުހެން މި ފަނާކުރުވަނިވި ދުނިޔެ ދޫކޮށް އެ ދަނީ ގަދަފަދަ ޅަ ޒުވާނުން ތަފާތު ހާލަތްތަށް މެދުވެރިވެގެން. އެ 29 އަހަރުގެ ޒުވާނާ ގެ ފާފަތައް ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާދޭވެ އާމީން.
ދޮން ބަބުރު ސޮރު
23 July 2018
إنا لله وإنا إليه راجعون، އެ ނިކަމެތި އަޅުގެ މަރަށް މެދުވެރި ކުރެއްވީ ވަރަށް ނިކަމެތި މަހެއް، މިކަމުން ޢިބުރަތް ހާސިލް ކުރަން ވީ ހަމަ އެކަނި ޒުވާނުންތޯ؟؟؟؟ އޭ އިންސާނުނޭ ހޭ އަރާ ތިބޭށެވެ މަރު އަންނާނެ ހިދެއް، ތަނެއް އަދި ކުރިމަތި ވާނެ ސަބަބެއް އެއްވެސް މީހަކަށް ނެއެގޭނެއެވެ.
ޒައީ
22 July 2018
إنا لله وإنا إليه راجعون