ހޯރަފުށި އެއާޕޯޓު އަޅަން ހިއްކުމަށް ހަމަޖެހިފައިވާ ކުރެހުމެއް.
08 އޯގަސްޓް 2018 - 11:58
ހއ. ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހޯރަފުށީގައި ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަން ޖެހެނީ 203 ދުވަހުން ކަމަށެވެ.
ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ބިން ނެތުމުގެ ސަބަބުން، އެއާޕޯޓް އެޅުމަށް ހިއްކުމަށް ހަމަޖެހިފައި ވަނީ އެ ރަށުގެ ހުޅަނގުގައި އޮންނަ ފަޅެވެ. އެ ފަޅުން ހިއްކާނީ ހޯރަފުށީގެ ހުޅަނގުން ތިން ވަނަ އަށް އޮތް މާފިނޮޅު ކިޔާ ފަޅުރަށުގެ ހުޅަނގަށް އޮތް ސަރަހައްދެވެ. އެއީ ރަންވޭ އަށް ބޭނުންވާ ބިމެވެ. އަދި ޓާމިނަލާއި އެއާޕޯޓަށް ބޭނުންވާ އެހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް، މާފިނޮޅުގެ އުތުރު ފަރާތު ފަޅުތެރެއިން ވެސް ވަކި ބައެއް ހިއްކަން ވަނީ ހަމަޖެހިފަ އެވެ.
މާފިނޮޅު ހިއްކައިގެން ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރާ އިރު، އެ އެއާޕޯޓް އޮންނާނީ ހޯރަފުއްޓާ ނުގުޅި އެވެ. އެނގިފައިވާ ގޮތުގައި އެއްގަމުން ދަތުރު ކުރެވޭ ގޮތަށް، މާފިނޮޅުން ފެށިގެން ހޯރަފުއްޓަށް މަގެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ވެލި ނަގަން ހަމަޖެހިފައިވަނީ އެ އަތޮޅު ތަކަންދުއާ ކައިރި ހިސާބަކުންނެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި މާފިނޮޅުގެ ބިން ހިންމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީން މިދިޔަ އަހަރު ހޯދި ކޮންނަބޯޓު، މަހާ ޖައްރާފުންނެވެ.
ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ މި މަޝްރޫއުގެ ދަށުން 16 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމިން
08 August 2018
ފަޅުގިރި ހިއްކާ ތިމާވެށި ހަލާކުރުން މި ސަރުކާރުގެ ޕޮލިސީ
ކުމްރީން
08 August 2018
އެއްމެގާތް ކަމަށްބުނާ އިންޑިއާއިންވެސް ބޭނުންވީ ރާއްޖެ ވަކިސައިޒެއްގަ އޮންނަ..ކިރިޔާ ނޭވާލެވޭވަރަށް ބާއްވަން.. ކުރީގެ ވެރިންވެސް ބޭނުންވީ ފިނިހަކަ ދުވެލީގައި ރައްޔިތުންނަށް ތަރައްގީ ދޭން....އަދި ކިރިޔާ ހަށިފޮޅާލައި ތަރައްގީ މެކުހަށް ޖަހަލީ..
ހޯރަ
08 August 2018
ރައީސް ޔާމީން ގެނެސްދިން ތަރަށްގީ ނުގެނެސް ދެވޭނެ އިބޫއަކަށް. އިބޫވެސް ރައީސް ޔާމީނަށް މި ފަސްއަހަރު ދޫކޮށްލައިފަ. ދެން އަށްނަ ދައުރަކަށް ރެޑީވަންވީ. އޭރުން އިބޫއަކަށް ކޮށްދޭންޖެހޭ ކަމެއް ނޯންނާނެ. ރައީސް ޔާމިން މުޅި ރާއްޖެ އޮންނާނި ތަރަށްގީ ކޮށްފަ
ރަދީފް
08 August 2018
ހުޅުމާލޭގެ 02 ވަނަ ފޭސް ހިއްކަން 21 ދުވަސް.ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން 203 ދުވަސް.ވައި ސަޗް އަ ބިގް ގެޕް.ކޭން ސަމްވަން އެކްސްޕްލެއިން ދިސް އަންއެކްސްޕްލެއިންޑް.ވ.ވެދުން
ސާފުކޮށް
08 August 2018
ބުރޯ އެއީ ބިން ހިއްކުމަށް އެކަންޏެއް ނޫން ފަސްގަނޑު ލެވަލްކޮށް ވަށައިގެން ބޮޑު ހިލަޖެހުމާ ނެރު ކެނޑުމާ ޖެޓީއެއް ހެދުމާ އެއްކޮށް 203 ދުވަސް.. ހިއްކާނިމޭނެ 20 ދުވަސް ތެރޭގަ.. ހުޅުމާލެ ހިއްކީ 3 މަހުން ހިއްކީ މަހާޖައްރާފަށްވުރެއް އެތަށް ގުނައެއް ބޮޑު ޔޫރަޕުގެ ޑުރެޖަރަކުން އަދި ވެލި ނެގީ ވަރަށް ކައިރިން.. މިއީ ދުރުން ވެލި ނަގައިގެން 4000 ފޫޓަށް ހޮޅިއަޅައިގެން ހިއްކާ މަޝްރޫއެއް..
ފުއްލާ.
08 August 2018
ތީ އޮޅުމެއް..ހަމަ ޔަގީން..މީ ފިނިހަކަ ދުވެލީފައި ކަންކުރާ ސަރުކާރެއްނޫން..
ވަސީމު
08 August 2018
ކޮބާހޭ ކުޅުދުއްފުށީ އެއަރޕޯޓް http://khabaru.mv/12039
ހަސީނާ
08 August 2018
ވައިޖެހޭ ކޮންމެ ރަށަކު އެަޕޯޓެއްދޯ. މި ހިނގާ އޮގަސްޓު މަހު ކުޅުދުއްފުށީ އެއަރޕޯޓުގައި ބޯޓު ޖައްސާނޭ ވިދާޅުވި. އެއަރޕޯޓު ނުފެނިގެން ބޯޓުތައް ކުޅުދުއްފުށި މަތީ އެނބުރެނީ!
ނަންނި
08 August 2018
ސާބަހޭ ރައީސް ޔާމީން..
މަ މިއު މަ
08 August 2018
ވަރަށް ދެރަ ތިތަން ހިއްކާތީ. ބަލަ ދެ ރަންވޭ އަޅާވަރުގެ ބިން ހިއްކޭނެ ހޯރަފުށީ ދެކުނުންވެސް، އެތަން ނުހިއްކާ ތިތަނުގަ އޮތް ދޮންވެލި ފަޅު ތި ހިއްކަނީ. ހެޔޮވާނެތަ ތިހެން ހަދަން؟؟؟ ހޯރަފުށީ ގެ ބިން ބޮޑު ވާނޭހެން ދެކުނުން ހިއްކައިގެން ތިކަން ކުރީމަ ރަށުގެ ބިން ވެސް ބޮޑުވީ، އަދި ރީތި ދޮންވެލި ފަޅު ވެސް ސަލާމަތް ވެފަ އެއާޕޯޓެއް ވެސް ލިބުނީ.. މޮޔަތަ ކަލޭމެން؟؟
ހައްޤުބަސް.
08 August 2018
މިއީ ތިހެން އަދި މީހަކު އިނދެލާފަ ކޮށްލާ ތިހަކަލަ ހޮޅި ކޮމެންޓަކަށް ކުރާކަމެއް ނޫން.. ސިންގަޕޫރާ އެމެރިކާގެ ކުންފުނިތަކުން ފީސިބިލިޓީއާ އަނެއްއެއްޗަކާ ހަދާފަ އެންމެ ރަނގަޅު ލޮކޭޝަން ދެއްކީމަ ސަރުކާރުން ބަދަލުކުރީ ތިޔަ ދެކުނު ފަރާތުގަ އަޅަން ހަމަޖެހި ނިމިފަ އޮއްވާ..ނޭފަތުކުރިން ވިސްނައިގެން ކަންކުރާ މީހުން އަބަދުވެސް ތިބޭނި ތިހެން އަމިއްލަ އެދުމުން ފޯވެފަ
ފަހިމް
08 August 2018
ޔާމިން ވެރިކަމށް އައުން ލަސްވީ..30އަަހަރު ހުރިނަމަ ރާއްޖެ ސިންގަޕޫރއަށް ދޫނުކުރާނެ...ރާއްޖޭގެ އެކިދިމާލުން ތަރައްގީ މެކުހަށް..ކޮން ފެރީ ނިޒާމެއް.. ކޮން ޖަޒީރާއެއް..އަތޮޅުތަކުގެ ރައްޔިތުންވެސް ނަރުދަމާ ބޯފެން މަގުތައް ހެދުން މަތިން ފަސޭހަކަމާއިއެކު ދަތުރު ފަތުރު ބޭނުން..
ހޯރަފުށީ ފަންކާ
08 August 2018
ރައީސް ޔާމީން ގެ ގިނަ ވައުދުތައް ހުރީ ފުއްދަވައި ދެއްވާފަ. އޭއީ މުޅި ދިވެހިރާއްޖޭ ރަށްއިތުންވެސް ހެކިވާނެކަމެއް. އެމަނިކުފާނަކީ ތޯތޯ ވާހަކަ ދައްކާ ބޭފުޅެއް ނޫން. ތަސަންވަރަކާއި އެކު ވެރިކަން ކުރާ ދުރުވިސްނޭ ބޭފުޅެއް. ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިންޖިންޔާ މި ދެކޭ ތަރަށްގީގެ ހަގީގީ ކުލަވަރު މުޅި ރާއްޖޭން ފެނިގެން ދާނެ. ރާއްޖޭ މަލަމަތި މިހާރުވެސް ބަދަލުވެއްޖެ. އިދިކޮޅު މީހުން ހަސަދަވެރިވަނި އެމަނިކުފާނު ގެންނަ ތަރަށްގީ ހަލުއިކަމުން. ރައީސް ޔާމީން 2018 ޔަގީން