ރިޔާސީ އިންތިޚާބުގެ ރީރެޖިސްޓްރޭޝަން ކުރިއަށް ދަނީ: އެމެރިކާއިން ވަނީ އިންސާފުވެރި އިންހާބެއް މުހިންމު ކަމަށް ބުނެފައި. -- ފޮޓޯ: މިހާރު
07 ސެޕްޓެމްބަރ 2018 - 11:30
ރާއްޖޭގައި މި މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ވެސް ޑިމޮކްރަސީގެ ހަމަތައް ގެއްލެމުން ދާތީ ކަންބޮޑުވާ ކަމަށާއި ޑިމޮކްރަޓިކް މިނިވަން އިންތިޚާބަކަށް ހުރަސްއަޅާ މީހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެމެރިކާއިން އިންޒާރު ދީފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ހަޔަމާއި އިންސާފުން ބޭރުން ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލައި ގޮވާލުމަށް އެމެރިކާއިން ވެސް ތާއީދުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ފުރިހަމަ މިނިވަން ދިނުމާއެކު، ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް އެ ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް އެމެރިކާ އިން ވަނީ އަނެއްކާވެސް ގޮވާލައިފަ އެވެ.
އެމެރިކާއިން އިންޒާރު ދީފައި މި ވަނީ އެ ގައުމުގެ ސިއްރު ލިޔުންތަކެއްގައި، ރާއްޖޭގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ފެތުރި ޚަބަރެއް ދޮގުކޮށް ބަޔާނެއް ނެރުމަށް ފަހުގަ އެވެ. ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ އެ ޚަބަރު ގެނެސްފައި ވަނީ ބަޔަކު ހަދާފައިވާ ފޭކް ލިޔުންތަކަކާ ހަވާލާދީ ކަމަށެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ދެ ބޭފުޅުންގެ ބަދަލުގައި އެހެން ދެ ފަނޔާރަކު އެ ކޯޓަށް ވަނީ އައްޔަންކޮށްފަ އެވެ. އަދި ފެބްރުރީ 1 ގެ އަމުރުގައި ހުރިހާ ބައިތަކެއްހެން ވަނީ ބާތިލްކޮށް އަލުން އަމުރެއް ނެރެ އެވެ. އަދި އެ އަމުރަކީ ރިޝްވަތު ދީގެން ނެރުނު އަމުރެއް ކަމަށް ތުހުމަތުކޮށް އެކަމާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ރިޝްވަތު ދިން ކަމުގެ އެއްވެސް މައްސަލައެއް މިހާތަނަށް ސާބިތެއް ނުވެ އެވެ.
އެމެރިކާއިން ބުނީ ރާއްޖޭގެ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހަށް މިނިވަންކަންދީ ފަރުދުންގެ އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމާ އެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ރައްޔިތުން އެދޭ ގޮތް ހާމަކޮށްދޭން އޮތް ފުުރުސަތު ކަމަށެވެ. އެހެންވެ، މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި، މި މަހު 23 ވަނަ ދުވަހު އިންތިޚާބު ބޭއްވުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ކަމަށް އެމެރިކާއިން ބުންޏެވެ. ބަޔާން ނިންމާލާފައި ވަނީ ރާއްޖޭން ޑިމޮކްރަސީގެ ހަމަތައް ނައްތާލައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްތައް ކުރިމަތިކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.
އެމެރިކާއިން މި އިންޒާރު ދީފައި މި ވަނީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވެސް މިގޮތަށް އިންޒާރު ދީ ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ. އެމެރިކާ އާއި އީޔޫ އިން ވެސް އިންޒާރު ދެނީ ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ބޭރުން މަސައްކަތްކޮށް ޑިމޮކްރަސީއާ ދެކޮޅަށް މަސައްކަތްކުރާ ފަރުދުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރުގެ އަސަރު
07 September 2018
ކޮބާ އަދިވެސް ފޭކް ޑޮކިއުމަންޓް ހަދާތި! މަޑުން ތިބިނަމަ މިކަހަލަ އިންޒާރަކާއި ކުރިމަތި ލާކަށް ނުޖެހުނީސްއެވެ. ދުނިިޔޭގެ ބާރުގަދަ ޤައުމުތަކާއި އެކު އޮންނަންޖެހޭ ޑިޕޮލޮމެސީނެތި އެގައުމުތަކުގެ ނަމުގައި ޑޮކިއުމަންޓް ފޯޖްކޮށް ދައުލަތުގެ މީޑިއާއިން އެއްޗެހި ޕްރޮމޯޓްކުރީ ސަރުކާރުގެ ތެރޭގައި ތިބިބަޔަކު ސަރުކާރަށް ގަސްތުގައި ފިއްތުން ކުރިމަތި ކުރުވާށެވެ. ނޫނީ ހަމަ އަސްލަށްވެސް ތަންދޮރު ނޭގުނީއެވެ.
ޓްރަމްޕް ގެ އެކްސް ގަރލްފްރެންޑް
07 September 2018
ތި އެމެރިކާ މީހުންނަށް ކޮންކަމެއްތަ އަހަރުމެން ކޮންމެ ކަމެއް ކުރިޔަސް☝☝☝☝☝☝
ސޯބެ
07 September 2018
އެނެރިކާއަށް އަހަރެމެންގެ ވަރުން އޮންނާނީ އިންޒާރުބދީފައި. ފޮރިން މިނސްޓްރީގެ ސްޓޭޓްމަންޓް ބަލާ. ނުބެހެވޭނެ އެނެރިކާއަކަސް މި ގައުމުގެ ކަންތައްތަކާ.
ސާދާސީދާ
07 September 2018
މާލަސްވެއްޖެ!
ބިލާލް
07 September 2018
ދަތް އަދުރޭ އަށް ފެނުނީ ޗައިނާ މުސްލިމުން އަޅުކަން ނުކުރެވޭ ތަން ދޯ. އެމެރިކާއިން ޑިމޮކުރަސީ ގެ ނަމުގަ ސުންނާފަތި ކޮށް ބިމާ ހަމަކުރާ އިސްލާމީ ބޮޑެތި ދައުލަތް ތަކެއް ނޫންދޯ.. މިލިއަނުން މަރާ ހުސްކުރާ މުސްލިމުން ނެއް ނޫންދޯ.. ޓެރަރިސްޓުންގެ ފޮށާ އަޅުވާ އިސްލާމްދީނުގެ އަގު ވައްޓާލާ ކުރާ ފުރައްސާރަ އެއް ނޫންދޯ.. އަޅާ ނުލާ.. އެކި މީހުންނަށް މުހިންމު ވާނީ އެކި ކަންތައް.. މަށަށް އިސްލާމްދީނާއި މުސްލިމް އަޙުންނާއި އުޙްތުން މުހިއްމު.. ދީނާ މުސްލިމުންގެ ހަޤީޤީ ޢަދުއްވުންނަށް ދުވަހަކުވެސް ތާއީދެއް ނުކުރާނަން. ދައްކާ ވާހަކަ ޤަބޫލެއްވެސް ނުކުރާނަން. މިފަހަރުވެސް ނަންބަރު 1 އިންޝާ ﷲ
ހަބީބު
07 September 2018
ތީކީ އެއް މާ ހަމަޖެހޭ ޤައުމެއް ނޫން.. މޮޔަ ނުގޮވާ.. ދިވެހި ރައްޔިތުން ނިންމާނީ. ބިރުދައްކައިގެން 2 ގަ ފަހަގަ އެއް ނުޖަހާނަން. އިންޝާ ﷲ
އަޖީތު
07 September 2018
މާލަސްވެއްޖެ. މިއީ މިނިވަން އިންތިޚާބެއް ނޫން. ފިޔަވަޅު އަޅުއްވާ!
ބާރޑީނަމްނަމް
07 September 2018
އެމެރިކާއޭ ކިޔައިގެން ޕީއެސްއެމްއަށް ދޮގު ހަބަރު ފެތުރިއްޖެއެންނު؟
ދޮގުތެދު
07 September 2018
އެމެރިކާ އެގޮތަށް ފުއްޕީމަ އޭގެން އެނގެނީ ލީކުވީ ހަބަރުގަ ކޮންމެވެސް ވަރަކަށް ހަގީގަތެއް އުޅޭކަން. އެހެން ގައުމު ތަކުގެ އިންތިހާބު ތަކަށް ނުފޫޒު ފޯރުވުމަކީ އެމެރިކާއިން އާންމުކޮށް ކުރާކަމެއްކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް.
ބާރޑީނަމްނަމް
07 September 2018
ދޮގުތެދުގެ ބުރޯ ކައިރި އަހަރެން އަހާލަން ބޭނުން ޔާމީނަށް ވަގަށް ގޮވީމައި ކީއްވެތޯއޭ އަބުރުގެ ދައުވާ ކުރަނީ. ޖަވާބު ދެއްވާއިރު ދެންމެ ތިޔަ ބޭނުންކުރެއްވި އަމިއްލަ ލޮޖިކްފުޅު ބޭނުންކުރައްވަން އެދެން. ޝުުކުރިއްޔާ.
ހުސެންހ
07 September 2018
ފިޔަވަޅުއެޅިޔަސް ވޯޓުފޮށި ބަހައްޓައިފިއްޔާ އެމެރިކާ އީޔޫ ކެނެޑާ އިންޑިޔާ ރުޅިއަޔަސް ﷲގެރަހްމަތުން ބޮޑުތަފާތަކުން ރ.ޔާމިން މިއިންތިހާބު ކާމިޔާބު ކުރާނެ
ކަލޭފާނު
07 September 2018
ހާދައިންސަފުވެރި އިންތިޚާބެކޭ އެމެރިކާގަ ބޭއްވުނީ. ރައްޔިތުން ވޯޓދިންމީހާއެއްނޫން ހުވާކޮށްގެންހުރީ. ޑިމޮކްރެސީ އޭގެއެއްމެ ފުރިހަމަގޮތުގައި ހައްދުންނައްޓާފަ.
އިހޫ
07 September 2018
އެމެރިކާގަ އޮންނަ ސިސްޓަމްގެ މައުލޫމާތު ކިޔާލާފަ ދެން ކޮމެންޓްކުރޭ
ބާރޑީނަމްނަމް
07 September 2018
އެމެރިކާގައި ބަޑިޖަހާ މީހުން މަރަންޏާ އެމީހުންނަށް ބުނުން މަނާތަ އެހެން ގައުމެއްގައި ބަޑިޖަހާ މަރައިން ނުވާނެޔޭ؟ ނޫނީ އެހެން އެންމެންވެސް ހުރިހާ ގައުމެއްގައި ބަޑިޖަހާ މަރަން ފަށަންވީތަ؟
އާދަނު
07 September 2018
އެމެރިކާގައި ބޭއްވި އިންތިހާބުގައި ރަޝިޔާ ބައިވެރިވެ ވޯޓް އޮޅުވާލި ކަމަށްވެސް ވޭ! މިވެސް އެމެރިކާގައި އޮންނަ ސިސްޓަމަކީ ތަ؟