ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހަޅަން ފޯމު ދޫކުރަން ފެށުމުން ކިޔޫގައި ޖެހިގެން ބަޔަކު ފޯމު ނަގަނީ: މިހާރު ވެސް 18،000 ވުރެ ގިނަ މީހުން ވަނީ މި މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމު ލާފައި -- މިހާރު ފައިލް ފޮޓޯ

ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

"ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

"އެމަނިކުފާނު [ރައީސް ޔާމީން] ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު އަޅުގަނޑު ގާތު ދެންނެވީ."

ހިޔާ މަޝްރޫއުގައި ފްލެޓް ދިނުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިންނެވެ. މިހާތަނަށް ގާތްގަނޑަކަށް 18،000 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވެ އެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، ރައީސް ޔާމީންގެ މެނިފެސްޓޯ ދައްކާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިރޭގެ ހަފްލާގައި ހައުސިން މިނިސްޓަރު ވަނީ ވިލިމާލޭ 2 މަޝްރޫއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ވިލިމާލޭ 2 އިން ފްލެޓާއި ގޯތި ދޫކުރާއިރު ބަލާނީ ވަރަށް މަދު ޝަރުތުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ޝަރުތަކަށް އޮންނާނީ އެ މީހަކަށް 18 އަހަރު ފުރިފައިވުން އަދި 1000 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހި ކަމެއް އޭނާގެ އަމިއްލަ ނަމުގައި ނެތުން. މި ދެކަން ފުރިހަމަވާނީ ވަރަށް މަދު ބައެއްގެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ހިޔާ އެކޮމްޕްލިޝްޑް" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ޖިހާދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި އަދި ވިލިމާލެ 2 ނިމުމުން ގެދޮރު ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. އެއިރުން ބޭނުންވާ މީހަކަށް އެންމެ ގެއެއް ނުވަތަ ފްލެޓެއްގެ އިތުރުން ވެސް ގިނަ ތަންތަން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރަނީ ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ފްލެޓުތަކުގެ ތެރެއިން، އެންމެ ގިނައިން މީހުން ފޯމު ހުށަހަޅަނީ އުމުރުން 18-40 ދެމެދު ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ދޫކުރާ 1000 ފްލެޓަށް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތަކީ، ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

206 ކޮމެންޓް, 635 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 1%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުންނު

22 September 2018

ކުރިން ބުނީ އެފަހަރު ފޯމް ހުށަހެޅި އެއްވެސް މީހަކު އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެޔޯ. އެ އެންމެންނަށް ފްލެޓް ލިބޭނެޔޯ. ކިހިނެއްވީ ކޮބާ އެ ފޯމްތައް؟ ކޮބާ އެފަހަރު 100 އިން މަތިން ޕޮއިންޓް ލިބުނު މީހުން. ނުނިދާ ހޭލާ ކިއުގަ ތިބެގެން ފޯމްލައިގެން ވީ ގުރުބާނީ ކޮބާ؟ މާދަން ވޯޓް ނިމޭއިރު ތި ޖުމްލަ ބަދަލުވާނެ ފޯމްލީ ހުރިހާ ޕީޕީއެމް މެންބަރުންނަށް ފްލެޓް ލިބޭގޮތަށް ރައީސް ހަމަޖެއްސިކަމަށް. ވަރަށް ސަލާމް

The name is already taken The name is available. Register?

ސައީދާ

22 September 2018

ފޯމު ހުށަހެޅިއަސް ނޭޅިއަސް ފުލެޓު ދޭންޖެނޭ އަތުލާނަން، އަހަރުމެން ފޯމުލައިގެން ބޯކޮށް ޕޮއިންޓުލިބުނުމީހުންގެ ފޯމު ތައްނައްތާލާ ޕޮއިންޓު ނުލިބޭމީހުންނަށް ނުވަތަ ދައްކޮށް ލިބުނުމީހުންނަށް ފޯމު ދީފަވީ. އަހަރުމެންގެ ހައްގުހޯދަން ދާނަން

The name is already taken The name is available. Register?

ޣޣ

22 September 2018

ވަރަށް މޮޅު އެއްޗެކޭ ހިތުން ތި ބުނީ. .......

The name is already taken The name is available. Register?

12345

21 September 2018

މުއިއްޒަކަށް ނެތް އެއްވެސް އިތުބާރެއް.. 48 ޕޮއިންޓް ލިބުނު މީހާއަށް ފްލެޓްދީފަ 98 ލިބުނުމީހާ އެހެރީ ކަޓުވާލާފަ.

The name is already taken The name is available. Register?

ކަލޯކައްޕީ

21 September 2018

ކޮބާ ސިވިލްސަރވަންޓުންނަށް ދޫކުރާ ފުލެޓު

The name is already taken The name is available. Register?

ބަދަލަކަށް

21 September 2018

ތާއީދުނެތް ވެރިޔަކު ވެރިކަމަށް ގެންނަން ގައުމު ބަހާ ހުސްކޮށްލަނީ. މިއީ އަހަރުމެން ވޯޓު ނުދޭނެ ސަބަބު. މިހާރު ކަންކުރާގޮތުން ދެން އޮތް ފަސް އަހަރުވެސް ފެންނާނީ ބޮޑެތި ވައްކަމާ ކޮރަޕްޝަންކަން ޔަގީންވެއްޖެ. އިބޫ ނުޖެހޭނެ މީހުންގެ ތާއީދު ހޯދަން ފައިސާޔާ މުދާ ބަހާކަށް.

The name is already taken The name is available. Register?

ާއާރމް

21 September 2018

ޢިބޫވެސް ދޭނެ.

The name is already taken The name is available. Register?

ދޮގުދޫ

21 September 2018

މަގޭ ވޯޓުވެސް ޔަގީން. އެކަމަކު ފުރަތަމަ ފްލެޓު. ހުސްބުޅީގަ ނުބޭނޭނެ.

The name is already taken The name is available. Register?

ޕުތަ ރަދީފް

21 September 2018

ކޮސް ނުގޮވާ...

The name is already taken The name is available. Register?

ޢަހުނަދު

21 September 2018

ވަކި ބަޔަކު ބޭނުން ބަޔަކަށް ކުރިންވެސް ދިނީ ފަހުންވެސް ވާނީ އެހެން.މިހާރުވެސް ވަނީ އެހެން. އުސޫލެއް ހަމައެއް ނެތް.ހައްގުވާ މީހުން ތިބީ އަދިވެސް އެ ދަތި ހާލުގަ.

The name is already taken The name is available. Register?

ހަމަވިސްނާ

21 September 2018

ޤާނޫނު އަދި ބަދަލު ކުރަން އިދިކޮޅަށް ދެއްކި ކަހަލަ ފޭކްތައް ޖައްސައިގެން ރައްޔިތުން މަގު ފުރެއްދޭނެ ކަމަށް ހީނުކުރާތި މިޤައުމު އިތުރަށް ފަސާދަ ކުރާކަށް ޗަޔަކަށް ފުރުޞަތެއް ނުދޭނަން

The name is already taken The name is available. Register?

އަސާސީ

21 September 2018

ޤާނޫނު އަސާސީ ދެއްތޯ؟

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454