ޚަބަރު / އަހުމަދު ސަލީމް (އޭދަފުށި)

މިއީ ވަރަށް ބޮޑު ލަދެއް، ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާދީ: ރެޑްވޭވް ސަލީމް

ރައީސް ޔާމީނާއި ސަލީމާއި ނިހާން އަދި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: މިހާރު

24 ސެޕްޓެމްބަރ 2018 - 00:41

116 comments

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަކީ ވަރަށް ބޮޑު ލަދެއް ކަމަށާއި އެހެންވެ، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ދަންނަވަމުން ސަލީމް "މިހާރު" އަށް ވިދާޅުވީ، ރައީސް ޔާމީނަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތީ، ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެހެންވެ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިއީ ގާބިލް ބަޔަކާ ޕާޓީ ހަވާލުކުރަން ޖެހޭ ވަގުތު. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ވަރުގެ ނަތީޖާއެއް ނޫން މިއީ، މި ޕާޓީގެ އެންމެން ލަދުގަންނަ ވަރުގެ ނަތީޖާއެއް މިއީ. މި ނަތީޖާ އަކީ ޕީޕީއެމްގެ ލީޑަޝިޕް ފެއިލްވެ، ގެންގުޅުނު ސިޔާސަތުތަކާއި ދައްކަވަމުން އައި ވާހަކަތަކާ ގުޅިގެން ނުކުތް ގޯސް ނަތީޖާއެއް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ހިތްވަރު ކުރުމަށާއި އާ ލީޑަޝިޕެއްގެ އިންތިޒާރުގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ރިޔާސީ އިންތިޚާބުގައި، އޭދަފުށިން ޕީޕީއެމަށް އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ކުރީގެ އިންތިޚާބުތަކާ ބަލާއިރު ފަރަގު ވަރަށް ބޮޑަށް ކުޑަ އެވެ.

116 ކޮމެންޓް, 530 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 5%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

26 September 2018

ސަލީމުގެ ދާއިރާއިން ވޯޓް ހޯދަންކުރި މަސައްކަތެއް ބުނެބަލަ ރައްޔިތުން ކިހާކަމަކުއެދުނު އެއިންވެސްކަމެއްގެ ވާހާކައެއް ރައީސް މީހާޔާހަމަޔަށް ގެނެސްދިނިންތަ ހައްތާވެސް މަސައްކަތްކުރީ އަމިއްލަވިޔަފާރި ފުޅާކުރެވޭތޯ ދެންބަލާނީ އެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެންވެސް އިބޫމެން އެޕާޓީއަށް އަންނަން ދައުވަތުދޭތޯ ތީހަމަ ސަލީމުގެ ފާޑު

The name is already taken The name is available. Register?

ރައްޔިތުން

25 September 2018

އަވަހަށް އިސްތިއުފާ ދީ އަވަހަށް އައު ސިޔާސީ ޕާޓީ އެއް ހަދާ އޭރުން ކިރިޔާވެސް ސިޔާސީ ކަންކަމުގައި އުޅެވޭނީ

The name is already taken The name is available. Register?

މަލްމަލް

24 September 2018

ޢެހެންނަމަ ކަލޭ ދޯ ލީޑަރޝިޕް ގަ ހުންނާނީ. ދެއަތަށް ކިރޭ ސަލީމް

The name is already taken The name is available. Register?

ހާސް

24 September 2018

ދެފުއްކެހެރީގެ ވާހަކަ އަޑުއަހަމުތޯ؟

The name is already taken The name is available. Register?

ރެޑު

24 September 2018

ކަލޯ ސަލީމޫ ދެން ކޮންމެހެން ކުލަބަދަލްކުރާން އުޅޭނެ ކަމެއްނެތް ޔާމީނުގެ ފަސްބައިގަ އެލިގެންހުރޭ ކަލޭތީ އަހަރުމެން ދަންނަަ މީހެއް ތިޔަހެން ސިޔާސީ ކުލަ ކިތހަހ ފަހަރަށް ބަދަލްކޮށްފިންތަ؟ ހަނދާންކޮށްބަލަ ކަލެޔަކީ އަމިއްލަ އެދުމަށްނޫނީ ކަމެއްކުރާނެ މީހެއްނޫން ދިވެހިންނަށް ކަލެޔާ ކަލޭގެ އައުވާނުން ދަސްވެ ބާވެއްޖެ ދެނެއް ގުނބޯ ނުހެއްދޭނެ

The name is already taken The name is available. Register?

ޒީމް

24 September 2018

މިއަށް ކިޔަނީ ވަކަރަށް ޖަހާލުން،ސަލީމަކީ ވަރަށް ކޮރަޕްޓް މީހެއް، ހަމަ ތިޔަލީޑަރޝިޕް ތެރެ ހުރެ ރައްޔޮތުންގެ ބިންތަކާ ލާރި ނުހައްގުން ހޯދާ މުއްސަދިވީ..ދެން ތިޒާތުގެ ވާހަކަ ނުދައްކަވާ..

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

24 September 2018

ސޮރީ ބޮރޯ! ތަމެންގެ ވިޔަފާރި އަށްޓަކައި މި ސަރުކާރަށް ކިތަންމެ ވަރަކަށް ޙުސާމަތު ކޮއް ވާހަކަ ދެއްކިއަސް މަމެން ދެން ބުނާނީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ!

The name is already taken The name is available. Register?

ހެހެ

24 September 2018

މަޖްލިސް މެމްބަރުންނަށް ސޮރީ ބުނެގެން ވާކަށް ނޯންނާނެ. ކިހިނެތް މެޖޯރިޓީ ލިބޭނީ ސޮރީ ބުނެގެން؟

The name is already taken The name is available. Register?

އަލީ އަސްފާގު

24 September 2018

އިބޫ އަށް ދަންނަވާލަން އޮތީ މިތިބަ މަޖިލީހުގެ މެންބަރުން ނާ ދުރަށް ވަޑައިގަންނަވާށޭ. މިޔޭ މި ގައުމުގެ ހަލާކުން ނަކީ

The name is already taken The name is available. Register?

ޕީނަޓް1111

24 September 2018

ދެންވެސް މޮޅެއް ލިބުނިއްޔާ ލިބޭނީ މި މީހުނައް.އެ ސަރުކާރުގަ ކެވުނު ވަރު ކުޑަތަ.އިންތިހާބުގެ ތިން މަސްކުރިން ބަނޑަށް އަޅާނެއެއްޗެއް އަޅާފަ ފަހު ވަގުތު ގައްދާރުވީ މިސަރުކާރުން ފައިދާ ކުރާނެކަން އިނގޭތީ.ނިކަމެތި ރައްޔިތުމީހާއަށް ލިބޭނީ ވަކި ކޯޗެއް؟ހަމަ މި މަހުޖަނު ދެންވެސް ރައްޔިތުންގެ ހައްގު ބަނޑައް އަޅާނީ.އިރުކޮޅަކުން ރީކޯމޫސާ އަންނާނެ ފިލްމީ ގޮތަކަށް ދުވަމުން އިބޫ ގައިގަ ބައްދަނެ.އާނ އެހެންުޔާ މިމީހުންނަށް ވިއްޔާ ޔާމިން ސަރުކާރުގަ އަނިޔާ ލިބުނީ!

The name is already taken The name is available. Register?

އަލީ އަސްފާގު

24 September 2018

ޔާންޓެ ބުނީ މާލޭ މީހުންގެ ވޯޓެއް ބޭނުމެއް ނުވާނެޔޭ، މީ މާލޭ މީހުންގެ މަދީނާ އެއް ނޫނޭ

The name is already taken The name is available. Register?

ދއނ

25 September 2018

އަޅުގަނޑު ލީ ރ.ޔާމީން އަށް. އަޅުގަނޑު ވޯޓްލި ފޮށިން ރ.ޔާމީނަށް އެންމެ ގިނަ ވޯޓް ލިބުނީ މާލެ އިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454