ޚަބަރު / ވަޅިހެރުން

މާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ފުލުހަކު ޑިއުޓީގައި: ވަޅި ހަރައި ޒަހަމްކޮށްލި މީހަކަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުން. --ފޮޓޯ/މިހާރު

08 އޮކްޓޯބަރ 2018 - 23:21

51 comments

މާލޭގައި މިރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އޭނާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެކަމަކު ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މަންޒަރުދުށް މީހަކު ބުނިގޮތުގައި، އެ ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ، ޕިކަޕެއްގަ އެވެ. ފަރުވާދޭން ހޮސްޕިޓަލަށް ވެއްދިއިރު، މެޔާ ދިމާލުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް އޭނާ ބުންޏެވެ.

"ބެލެވެނީ، މެޔަށް ވަޅި ހަރާފައި ހުރި ކަމަށް،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

ސޯޝަލްމީޑިއާގައި އާއްމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، ވަޅި ހެރުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު، ބިންމަތީގައި ވެސް ވަނީ ލޭކޯރު ދެމިފަ އެވެ. ކައިރީގައި ސައިކަލެއް ވެއްޓިފައި އޮތެވެ. ބެލެވޭ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އާއްމުންގެ ބައެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަޖީދީމަގު، އޮލިމްޕަސް ކައިރީގައި މިރޭ ހިންގި މާރާމާރީއެއް ތަހުގީގުކުރަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

51 ކޮމެންޓް, 238 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 66%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

09 October 2018

ހޭބަލިވާމީހުންވެސް ހާދަ ގިނައެ. ވާނުވާއެއް ނޭގެ ސުރުހީ ކިޔާލާފަ ވެސް ކޮންމެޓް ކުރަނި. ވެރިކަމަކުގަ ހުރިމީހާވެސް ނޭގެ. ދައުރު ބަދަލުވާ ތާރީހްވެސް ނޭގެ. ތިވަރު މީހުން ކޮމެންޓް ނުކޮށްބަލަ

The name is already taken The name is available. Register?

ައަބީ

09 October 2018

ކޮއެފުޅާ، ވެރިކަން ބަދަލެއްނުވޭ، އަދިވެސް ވެރިކަންކުރަނީ ޔާމީންގެ ޕާޓީން.

The name is already taken The name is available. Register?

ީސަން

09 October 2018

ވެރިމީހާ ކުރާ ކަމެއް ނޫން، މިއީ ޒުވާނުން ތެރޭ ހިންގާ ކަމެއް، މަގުމަތިން ދަނިކޮއް ކައްސާލިޔަސް އެވީ ވެރިޔާ ގޯސް. ވިސްނުން ތަންކޮޅެއް ނެރޯއީ އަދި ކޮންސްޓްރިކްޓެޑް އީ. އޯޕަން މައިންޑެޑް ވެލައްވާ، ހިކްމައްތެރި ވެލައްވާ. މި ވާ ކަންކަމާމެދު ތަންކޮޅެއް ފުންކޮއް ވިސްނަވާލައްވާ. އިހްސާސްތައް ކޮންޓްރޯލް ކުރައްވާ.

The name is already taken The name is available. Register?

ތިމާ

09 October 2018

މިމަރުގެ ޒިންމާ ނަގާނީ ކާކު؟ ޔާމިނު ތަ ނޫނީ އިބޫތަ؟

The name is already taken The name is available. Register?

ޒުވާނުން

09 October 2018

ކޮބާ ހުރިހާ ފުލުހުންނަށް ވަރައް ސަލާމް... ޓު ޕްރޮޓެކްޓް އެންޑް ސާވް..... ސާބަސް ދިވެހި ނުކުޅެދޭ ފުލުހުން

The name is already taken The name is available. Register?

ދދދދ

09 October 2018

މަޖިލީހާ ރައީހާ ދެން ތިބިއްޔާ ތިބި ބަޔަކު ފައިސާ ފައިސާ ފައިސާ އޭ ކިޔަކިޔާ އޭގެ އަވައިގައި ޖެހި ތިއްބާ ޒުވާންލޭ ގައުމަށް އުފެއްދުން ތެރިކަމެއް ކުރަން ބޭނުން ނުކުރެވި އޮހޮރިގެން އެދަނީ!.......... ކަލޭމެން އެންމެންނާ ތިޔަ ބަރު ކުރާ ޖީބުތަށް މި ޒިންމާ ނަގާ! ގައުމު ކޮށާ ކައިފަވެސް ޖީބު ބަރު ކުރެވެނިކޮށް ނިމުނީ. .......އަންނަ މަޖިލިސް،، ޖީބަށާ ޕާޓީއަށް ނުބަލާ ގައުމުގެ މައްސަލަތައް ހައްލުކުރަން އިސްކަންދޭނެ މީހުން ހޮވަން އިސްލްތިމާސް ކުރަން.

The name is already taken The name is available. Register?

ާބޮކި

09 October 2018

ހެހެ ވެރިކަން ބަދަލުވުމާއެކު މާރާމާރތައް އގިނަވެއްޖެ އޭ...... މީ އަދި ފެށުން....

The name is already taken The name is available. Register?

ޔޫޓިއުބް

09 October 2018

ވެރިކަށް ބަދަލުވެއްޖެތަ؟ އަދި ރައީސްކަމުގައި ހުރީ ޔާމީން!

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

09 October 2018

ނިހާނޫ އަދުރޭ އަދި ދެންވެސް ތިބި ޕީޕީ އެމް ޕީސް ތަކަށް ފެނޭތަ ތަމެންނަށް ފެނޭތަ ! ތަމެންގެ ސަރުކާރުގާ މަގުމަތީގައި ކިތައް ކިތައް އިންސާނުން ވަޅިން ކަތިލާ ކޮށާ އުކާލީ ! އަދިވެސް އެދަނީ އިތުރުވަމުން. ތަމެންގެ ވެރިކަން ނިމޭއިރު މި ޤައުމުގައި ދިރި ހުރި ރައްޔިތަކު ސަލާމަތުން ހުއްޓަސް ރަގަލު. ތަމެންގެ ދަރިއަކަށް މިކަހަލަ ކަމެއްވި ނަމަ ތަމެންނަށް ކުރާ އަސަރު އެނގޭނީ.

The name is already taken The name is available. Register?

އަމާގެ ދަރި

09 October 2018

ކީއްކުރާނީ ގަޓު ވުމަކީ މޮޅުކަމެއްގެ ގޮތުގައި އެކުދިންނަށް ވިސްނައިދީފަިއ އޮތީ. އާ ރައީސް ތިޔަ ހުރިހާ ކުދިން އެއްކޮށް ފޭދޫ ފިނޮޅު ނޫނީ ކުޑަބަނޑޮހަށް ލާ ދަނޑުވެރިކަން ކުރަން ދޫކޮށްލުން އެދެން. އަނެއްބަޔަކު މަހަށްވެސް ފޮނުވިދާނެ. އަމާ ބުނީ ގުދުރަތީ ވެއްޓާ ވީހާވެސް ކައިރިން ގެންގުޅޭއިރަށް އެހުންނަ ޝައިތާނީ ކަންކަން ފިލާފާނެޔޭ. ފްލެޓް ތޮއްޖެހޭ ތަންތަނުން ގޭންގު އުފެދެނީ ގުދުރަތީވެއްޓާ ދުރުވެ ކުޅެން ދާނެ ރަގަޅު ތަނެއް ނެތީމައޭ.

The name is already taken The name is available. Register?

އަލީ ބާއި

09 October 2018

ކުރެވެން ކަމެއް ކޮށްގެން ތިޔަ ހުރިހާ ކުންޏެއް ކަހާ ސާފުކޮށްލަދޭނެ ވެރިޔަކު މިގައުމަށް ބޭނުން

The name is already taken The name is available. Register?

ކުލޫން

09 October 2018

މި ގައުމުގަ އުފައްދަންވީ ގޭންގް ޕޮލިސް.. ހަތިޔާރާއި އެކު.... އެންކައުންޓާރ.... މި ނޫން ހައްލެއް ނެތް.....

The name is already taken The name is available. Register?

ސަމުގާ

09 October 2018

އެބަހުރި! އެއްކަމަކަށް މާލެ ތޮއްޖެހުން ފިލުވާލިއަސް ނިމުނީ. މާލޭގައި ރެފިއުޖީންގޮތަށް އުޅޭއިރު މާމައެއް ކާފައެއް ބޮޑު ދައިތައެއް ބޭބެެއެއް އަވަށްޓެރިންނެއް ފެންނަނީކީ ނޫން. ރަގަޅު ނަސޭހަތެއް ދޭންވެސް. އަހަރުން ރަށުގައި ތިޔަކަހަލަ ކަމެއް ހިނގާބަލަ. މުޅި ރައްޔަތް އެތަނަކަށް އެއްވެ އެސޮރުމެނަށް ނަސޭހަތް ދޭނެ. ދެން ލަދުން ކުރާކަށްވެސް ނުކެރޭ!

The name is already taken The name is available. Register?

ކާސިންޖީ

09 October 2018

އެހެންވެޔޭ އުމަރު ނަސީރަށް ތާއީދު ކުރަން ޖެހެނީ. އެއްފަސް- ނޫނީ ހަފުސް

The name is already taken The name is available. Register?

އަލީ_

09 October 2018

މިއީދެން އަޅެ ކިހާ ބޮޑުވެއްޖެ ކަމެއްތަ! މިކަން ހުއްޓުވާނެ ސަރުކާރެއް މަ ބޭނުމީ! މި އެންމެން ޖަލުގައި ބަންދުކޮށްފައި ބައި ތިއްބައިދީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454