ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މައްކާގައި--
15 ނޮވެމްބަރ 2018 - 13:36
ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް 300 އެއްހާ މީހުން ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށް ސަރުކާރު ކުންފުނިތަކުގެ ހާލަތު ބެލި ޓްރާންސިޝަނަލް ކޮމެޓީން މިއަދު ބުނެފި އެވެ.
ސަރުކާރު ހިއްސާވާ 29 ކުންފުނީގެ ހާލަތު ބަލަން ހެދި އެކި ކޮމެޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަވަހަށް ހައްލު ކުރަން ޖެހޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން ހައްޖަށް ދާން ކުރިއާލާ ފައިސާ ދައްކާ އުސޫލުގެ ތެރެއިން ފައިސާ ދެއްކި މީހުންގެ ތެރެއިން 300 އެއްހާ މީހުން ހައްޖަށް ގެންދާހާ ފައިސާ އެ ކުންފުނިން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދެ އެވެ.
"މުސްތަގުބަލުގައި ހައްޖަށް ދިއުމަށް މީހުން ދައްކާފައިވާ ފައިސާގެ ތެެރެއިން މިހާރު ވަނީ 300 މީހުން ހައްޖަށް ގެންދާހާ ފައިސާ ބޭނުން ކޮށްފައި. މިއީ މިހާ މާތް މަގުސަދެއްގައި އުފެދުނު ކުންފުންޏަކުން ހިންގާފައިވާ ގޯސް ކަންތައްތައް،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެވަރުގެ އަދަދެއް މަދުވީ ކީއްވެކަމާއި އޭގެ ފުރިހަމަ މައުލޫމާތު ލިބޭނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމުންނެވެ.
ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސިޔާސީ ނުފޫޒުގައި ވަކި ބަޔަކު ހައްޖަށް ފޮނުވަން ހައްޖު ކޯޕަރޭޝަންގެ ތެރެއިން ކަންކަން ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ފަހުން ފައިސާ ދައްކާ ގޮތަށް ވެސް ހައްޖަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އާ ސަރުކާރުން އެކަންކަން އިސްލާހުކުރާނެ އެވެ. އަދި ހައްޖުގެ އަޅުުކަން އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހިންނަށް ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ގެންދާނެ ކަމަށް ބުނެ ބައެއް ޖަމާއަތްތަކުން އާންމުންނަށް މަކަރު ހެދުން ބޮޑުވެގެން އެކަން ހުއްޓުވުމާއި ހެޔޮ އަގުގައި އާންމުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަށެވެ.
އެ ކުންފުންޏަށް މަހުން މަހަށް ފައިސާ ދައްކާ ހަމަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ. އަދި ހައްޖު ކޯޓާގެ ބޮޑު ބައެއް ވެސް ދެނީ އެ ކުންފުންޏަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަހެލާނު
15 November 2018
ތި ކޯޕަރޭޝަން އުފެއްދި އިރު ޝަހީމު ދެއްކި ވާހަކަ އަހަރެމެންގެ ހިނދުރީގަ މިހިރީ ހަރުލާފަ އަދިވެސް. ފަތުހު ޖަމާއަތުގެ މުސްތޮފާ މައްސަލައިގަވެސް ދައުލަތުން ލާރި ދެއްކީ. މާލު މަކަރު ހެދި މީހުންނަށްވެސް ދައުލަތުން ލާރި ދެއްކީ! ޝަހީމު ކޮން ހައިސިއްޔަތަކުން ކޯޓުން ބަލަން ޖެހޭ މައްސަލަތަކެއް ބަދަލު ދޭނީ ސަރުކާރުންނޭ ބައިތުލް މާލުންނޭ ކިޔާފަ ޚަޒާނާޔަށް އަތް ބޭނީ؟ އަދި ބުންޏެއްނު ދެން މި ކޯޕަރޭސަނު އުފެދުނީމަ ލުއިކޮށް އަގުހެޔޮކޮށް ހައްޖަށް ގެންގޮސްދޭނަމޭ!
އައިމިނާ
15 November 2018
މިވަރުވީމަ މިއޮތީ ރަނގަޅަށްވެސް ރައްޔިތުންނާއި ބެހިފަ. ކިހާދެރަކަމެއްމީ. ނިކަމެތިން އުމުރުދުވަހު އެއްކޮށްގެން ފައިސާކޮޅުދެއްކުމުން އެވެސް ހެދިގޮތެއްވެސް ނޭނގުނު. ފައިސާވިއްޔާ ހެޔޮދޯ ކޮންމެތަނަކު ހުއްޓަސް ނަގަންވީ. މި ނިމެނީ ހާދަގޮތެއްފޮތެއްނެތް ސަރުކާރެކޭދޯ. ާ
ހުސެއިން
15 November 2018
އެހެންވީމަ އަހަރުން މީގެ ދެ އަހަރުކުރިން އެއްފަހަރާ ދެއްކި 69965 ރުފިޔާ ކޮބާ؟ ކިއު ލިސްޓްގަ ޖާގަ ލިބިފައޮތީ 2020 ގަ ޔޯ. މި ޖަރީމާތައް ނުހިންގިނަމަ މިއަހަރު ދެވުނީސްކަން ޔަގީން.
ރައްޔިތުން
15 November 2018
ޕެންޝަންލާރިކޮޅުވެސްވާނީކައިހުސްކޮއްފަ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ލާރިކޮޅުތިޔަސަރުކާރުންލީބައިނުދިނަސްހެޔޮ
ޢަސް
15 November 2018
ޙައްޖު ކޯޕަރޭޝަނުން އެފައިސާ ބޭނުން ކޮށްފަ ވަނީ ކުންފުނީގެ ބޭނުންތަކަށޭ ވެސް ޓްރާންސިޝަނަލް ކޮމިޓީ އިން ބުނި. ޢެހެން ވިއްޔާ އަންނަ އަހަރުގެ ހައްޖާ މިއަހަރުގެ އުމްރާ ތަކަށް 300 މީހުންގެ ހައްޖުލާރި ޚަރަދު ކުރުން ބޮޑެއް ނޫން ކަންނޭގެ. ޙައްޖު ކޯޕަރޭޝަންނުން އަހަރަކު 1500 މީހުން ހައްޖައް ގެންދޭ. ޢަހަރަކު 3 ، 4 ފަހަރު އުމްރާ އަށް ގެންދޭ. ޢިންވެސްޓް ނުކޮށް ކިހިނެތް އެކަން ކުރާނީ. ކާނަލް ނާޒިމްގެ ރަޝީދު ކާޕެންޓްރީ އިން މާލޭގެ މަގުތައ ސަާފްކޮށް ހެދުމާ ނާ
ނަގާ
15 November 2018
ބަލަ ތިބުނާ އެންމެންވެސް ގެންދަނީ ހަމަ ލާރި ދައްކައިގެނޭ
ވާނުވާ ބައިގަނޑު
15 November 2018
އަޑުތައް އަރުވާ!!! އިރުކޮޅަކުން ހިފަ ހައްޓާނީ ސިވިލް ސާވަންޓްންގެ މުސާރަކޮޅު
ތިމާވެށި
15 November 2018
ކަންކަން އިސްލާހް ކުރިއަސް ނުފުދެއެވެ. ގެއްލުނު ފައިސާ ހޯދާ އިހްމާލް ވި ބަޔަކާ ދެކޮޅަށް ފިޔަވަޅުވެސް އަޅަން ޖެހެއެވެ.
ABDULLLAH JALEEL
15 November 2018
"މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ" އަދިވެސް ބާރަށް ގޮވާ ދެން އެއަށްވުރެން ބާރަށް ބާރަށް އަތް ޖަހާ. މީވާ ބައެއް ދައުލަތް އެއްކޮށް ދަވާލައިފި.
ގަމާރުންނޭ
15 November 2018
އަމިއްލަ ޖަމާޢަތްތަކުން ލާރިގަނޑު ކޭމަ ޙައްޖު ކޯޕަރޭޝަނަށް ލިބިފަ ހުރި ފައިސާގަ ސަރުކާރުން އެއްވެސް އެއްޗެއްނުދީ އެ ހުރިހާ އެންމެން ޙައްޖައް ގެންދަނީ ބަލަ ހިލޭތަ؟
އުދުހޭ
15 November 2018
ތިޔަތަނުގެ ވެރިން ހައްޔަރުކޮށް ހަމަ މިހާރު ތަހުގީގު ފެށުމަށް ގޮވާލަން