ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ކިޔޫ ހަދާފައި. ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
17 ނޮވެމްބަރ 2018 - 22:48
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހުޅުވައިލި ބޯހިޔާވަހިކަމުގެ ދެ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމަނައިފި އެވެ.
އެ މަނިކުފާނު މަގާމުގެ ހުވާ ކުރައްވައި ގައުމާ މުޚާތަބު ކުރެއްވި އިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ބައެއް ކަންތައްތައް ވިދާޅުވި އެވެ. އޭގެ ތަފްސީލު ހިމެނޭ ގޮތުން ރައީސް އޮފީހުން މިރޭ އިއުލާން ކުރި އެޖެންޑާގައިވާ ގޮތުން ބޭއިންސާފުން ފްލެޓް ދޫކުރުމުގެ މައްސަލަ އެއް މަސް ދުވަހުގެ ތެރޭގައި ހައްލު ކުރާނެ އެވެ.
އެ އެޖެންޑާގައިވާ ގޮތުން ފްލެޓު ހައްގުވެ، އެކަމަކު ބޭއިންސާފުން ކޮރަޕްޝަން ހިމެނޭ ގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ނިގުޅައިގަނެވުނު ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅޭނެ އެވެ. އަދި ހަމަހަމަ އުސޫލުން ފްލެޓް ދޫކުރެވޭނެ ނިޒާމެއް ކަށަވަރު ކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް ތަފްސީލު އާއްމުކޮށްފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެ ފަހަރަށް ފްލެޓް ދޫކުރި އިރު ވެސް ނުހައްގުން ފްލެޓް ދީފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. ފުރަތަމަ ފަހަަރަށް ފްލެޓް ދޫކުރީ، ތުހުމަތު ކުރާ ގޮތުގައި، މަތިން މާކްސް ލިބިފައި ތިބި މީހުން ތިއްބައި، އެއަށް ވުރެ ދަށުން ލިބުނު މީހުންނަށެވެ.
އޭގެ ފަހުން ހުޅުވާލި 7،000 ފްލެޓް ވެސް ދޫކުރީ، ޕޮއިންޓް ދޫކުރާނެ އުސޫލެއް އާއްމު ކުރުމަށް ފަހު ވެސް ބޭއިންސާފުން ކަމަށް ބުނެ މިހާރު ދަނީ ޝަކުވާ ކުރަމުންނެވެ. ގިނަ ކެޓަގަރީތަކަކަށް ބަހާލި އެ މަޝްރޫއުގައި ފްލެޓް ލިބުނު ކަމުގެ ލިއުން ބައެއް މީހުންނަށް ހަވާލުކުރި މައްސަލަ ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫމާ
21 November 2018
އަހަންނަކީވެސް ވަރަށް ނިކަމެތިކޮށް ކުޑަކޮޓަރިއެއްގައި ދެކުދިންނާއި ފިރިމީހާއާއި އެކު އުޅޭ މީހެއް ފުލެޓަށް އިއުލާން ކުރާ ކޮންމެ ފަހަރަކު ފޯމު ލަން.. ދުވަހަކުވެސް ޝަރުތު ހަމަވާ ކަމަކަށް ނުވޭ. އެއް ދައުރެއްގައި ވެސް.. ޝަކުވާފޯމު ހުށަހެޅިޔަސް ޖަވާބެއްވެސް ނުދޭ!!!
عبدالله
18 November 2018
1984 ވަނަ އަހަރުން ފެށިގެން މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ދެއްވާފައިވާ ގޯތިތަކާއި ފްލެޓްތަކުގެ މައްސަލަ ބަލައި އެތަންތަނުން ދައުލަތަށް އެއްވެސް އަގެއް ފައިސާއެއް، ނުލިބޭފަދަ ގޮތެއްގައި ދޫކޮށްފައިވާ ފްލެޓްތަކާއި ގޯތިތަކުގެ މައްސަލަ ދައުލަތުގެ ރެވެނިޔުއަށް ގެއްލުން ނުވާފަދަ ގޮތަކަށް ނިންމިދާނެއެވެ.
ޑޮކްޓަރުްންގެ ސިޓީ / އައްޑޫ ސިޓީ
18 November 2018
ސޯލިޙް ވެރިކަމުގެ 5 އަހަރު ބޭކާރުކޮށްނުލައްވާނެކަމަށް ހީކުރަން. . . . ރަނގަޅަށް ވިސްނައިފިނަމަ އިގޭނެ ތިޔަ “ފްލެޓާއި ހައުސިންގސްކީމްގެ އަވާގައި ދިވެހިން ހަނާކުރުމުގެ ހީލަތްތެރިވިސްނުމަކީ ބަޔަކުގެނެސްގެންއުޅޭ މަކަރުވެރި ދަންތުރައެއް” ކަން. . . . ތިޔަ ގޮޅިތަކަށް ދިވެހިން މަޖުބޫރުން ނުވައްދާ ރާއްޖޭގެ އުތުރާއި ދެކުނަށް ދައުލަތުގެ ބެޖޭޓް ހިއްސާއާއި އެކު ދޭންޖެހޭ އަސާސީ ހިދުމަތްދީ ފަތުރުވެރިކަން ގެނެސްދެއްވާ ވަޒީފާގެ ފުރުސަތު ހޯއްދަވާ ދެއްވާ.
އަބޫމޫސަލްއަސަރީ
18 November 2018
ތިހަމަ ވަރަށް ރަނގަޅު ނިންމެވުމެއް ތިކަމުގެ ތެރޭގައި ހއ ދިއްދޫގައި ހައުސިންގ ޔުނިޓްތައް ބެހި ބޭއިންސާފު ގޮތް ބަލަންވާނެ އެވެ ސުވާލުކުރެވޭ މީހުންގެ ތެރޭގަ ސުޖާއާ ދާންނާ މުހައްމާ ނެތިއެއްވެސް ކަމަކު ނުދާނެއެވެ
އުންމީދު
18 November 2018
އަންނިގެ ވެރިކަމުގަ ވެށިފަހި މާލޭގެ ނަމުގަ ހުޅުމާލޭން މޑޕ އެކްޓިވިސްޓުންނަށް ފްލެޓް ދިނުމާ މާލޭގެ ގެދޮރުވެރިންނަށް ހުޅުމާލޭން ހިލޭ ގޯތި ދިން މައްސަލަ ވެސް ބަލާނެ ކަމަށް އުންމީދުކުރަން. އަދި އިންޑިޔާގެ ޓާޓާ ކުންފުންޏަށް ދީގެން ހަދާފައިވާ މުޑުދާރު ފުލެޓުގެ ޑިޒައިންނަށް އަލުން ފުލެޓު ނާޅާނެ ކަމަށް އުންމީދުކުރަން
ާކޫއްތަ
18 November 2018
އަލުން ފުލެޓް ފޯމް ތައް ލުމަށް ހުޅުވާލުމަށް ގޮވާލަން އަދި ހައްޤުފަރާތްތަކަށް ދިނުމަށް އެދެން
ބަކޯ
18 November 2018
މި ވެރިކަން ނިމޭދުވަހު އިބޫ އަށް ވޯޓް ދޭން ބުނާ މީހުންނަށް ފްލެޓް ޔަގީންވާނެ. މީހުރިހާ ވެރިކަމެއްގަވެސް ކަން ހިނގާ ގޮތް
އަލިފުބާ
18 November 2018
ފުލެޓު ލިބޭ މީހުން ހޮވުން އެބަ ޖެހޭ މިނިވަން މުއައްސަސާއަކާ ހަވާލުކުރަން. އެއިރަކު އޮންނަ ސަރުކާރަކުންނެއް ނޫން ނިންމާނީ ޝަރުތު. ކޮންމެ ބުރެއްގަ ޝަރުތު ބަދަލުވޭ އެބަ. ބޯހިޔާވަހިކަމަކީ ވޯޓު ހޯދަން ބޭނުންކުރެވޭ އެއްޗަކަށް ވެގެން ނުވާނެ.
ކޮއެ
18 November 2018
ތިކަމެއް ނޭންގެ ހުރިހާ ވެރިކަމެއްގައިވެސް ފްލެޓް ދޫކޮށްފައި ވަނީ ބޭ އިންސާފުން. ހަމަ އެއިރެއްގެ ވެރިކަމުގެ އަރިސް މީހުންނަށް. އެކްޓިވިޓިސްޓުންނާ ތިމާގެ މީހުންނަށް
ވެސްޓްބޯއި
18 November 2018
ފެލެޓު ބެހި މީހުން އެކަންޏެއް ނޫން މިކަހަލަ ހުރިހާ ކަމެއް ގޯސްކޮށް ކޮށްފަ ހުރި މީހުންނަށްވެސް. އެހެން ނޫނީ ރަނގަޅެއް ނުވާނެ. އަނެއްކާވެސް ތަކުރާރުވަނެ.