ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ އަށް މިރޭ ވަނީ މަރުގެ އިންޒާރު ދީފައި.-- ފޮޓޯ: ފޭސްބުކް
16 އޯގަސްޓް 2016 - 01:04
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދަށް ބަޔަކު މިރޭ ވަޅިން ބިރު ދައްކައި މަރުގެ އިންޒާރު ދީފި އެވެ.
އަޒްމޫނު ބުނި ގޮތުގައި ސައިކަލެއްގައި އައި ދެ މީހަކު އޭނާ އަށް އިންޒާރު ދިނީ މިރޭ 9:30 ހާއިރު ޕޮލިޓެކްނިކް ކައިރިން ކަމަށެވެ. ނަމަވެސް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
އިންޒާރު ދިން ދެ މީހުން ވަނީ، އަޒްމޫނު ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާ ބެހޭ އެއްވެސް ޚަބަރެއް ގެެނެސް ނުދިނުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ފޯރުކޮށް ދީގެން ނުވާނެ ކަމަށް ބުނެ ވެސް އިންޒާރު ދިން ކަމަށް އަޒްމޫނު ބުންޏެވެ.
"ދަތް ދޮޅި ދަށަށް އަތް ލެއްވިއިރު، އަތުގައި ވަޅި އޮތް. އަދި މިއީ އެންމެ ފަހުގެ އިންޒާރު ކަމަށް ބުނުމަށް ފަހު އެ މީހުން އެ ތަނުން ދިޔައީ،" އޭނާ ބުންޏެވެ.
އަޒްމޫން ބުނީ އޭނާ އަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް މިރޭ ހުށަހަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
16 August 2016
ޢަބްދުﷲއެވެ. އެމީހުން އައި ސައިކަލުގެ ނަންބަރު ހާމަކުރަންޖެހޭތަނެއްގައި ހާމަކުރާނެއެވެ. ޢަބްދުﷲއަށް ހާމަކޮށްދޭކަށް ނުޖެހެއެވެ.
އިއްސޭ
16 August 2016
ހުރިހާ މައްސަލަވެސް ބަލަންވީ ފުލުހުންނަށް ގޯނާ ކޮށް ހިތު ހުރި އެއްޗެއް ގޮވާތީ އެމައްސަލަވެސް ބެލެން އެބަޖެހޭ.
ޢަކު
16 August 2016
ބަލަ އަހަރެމެން ކޮންމެ ދިވެއްސެއްގެ ކަމެއް ހުށައެޅިޔަސް ބަލަންޖެހޭ ތަނެކޭ އެއީ. ޙަމަ އެކަނި ޕީ ޕީ ޖީ މީހުންގެ މައްސަލަ ބަލަން އޮތް ތަނެއް ނޫން އެއީކީ. ނޫން ނަމަ އަހަރެމެން ނަގާ ހުރިހާ ޓެކްސް ތަކަކުން ނޫން އެތަނެއް ހިންގަން ޖެހޭނީކީ. ތިޔަކަހަލަ ދެއުޅި އެއްނުވާ ވިސްނުން ހުތި ބަޔަކު މިތާ ތިބެގެން މުޅި ގައުމު މިހަލާކުވެދަނީ...
މުޙައްމަދު
16 August 2016
ރާއްޖެ މިއަދު މިއޮތީ ތިޔަ ފަދަ ދެރަ ކަންތައްތައް ހިނގާ ފަދަ ދަށު ދަރަޖައި ގެ ޙާލަތެއްގައެވެ. އެކަމަކު "ރާއްޖެ ޓީވީ" ގެ މީހުން ދައްކާ ވާހަކަ ޤަބޫލު ކުރުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ.
އަބުދުﷲ
16 August 2016
ކޮބައިތަ އެބަޔަކު އައި ސައިކަލުގެ ނަންބަރު ނުވަތަ މަންޒަރު ދުތްމީހަކު ގެ ތެދުމައުލޫ މާތު ހޯދިފަ އެބަވޭހެއްޔެވެ.
އުދުހޭ
16 August 2016
މިފަދަ ކަންކަމަށްވުރެ ސީރިއަސް ކްރައިމްގެގޮތުގައި ލިޓްލް ނޯތްކޮރެއާގައި ބަލަނީ އަބުރާ ބެހުން. ނަފްސާ ފުރާނައަށްވުރެ އަގުބޮޑީ އަބުރު.
ޢަބުރުފުޅު
16 August 2016
އަބުރު ގެ ގާނޫނު ފާސްކުރި މެމްބަރުންނަށް ތިގޮތައް ބިރުދަކާ ފަރާތާ ދެކޮޅައް ބިލެއް މަޖިލިހަށް ވައްދާ ކަށް ނޭގޭކަން ހިތާމަ އާއެކު ފާހަގަ ކުރަން...
ޑިކްތޫތު
16 August 2016
ދިވެއްސަކަށް ވީތީ ފަހުރުވެރިވަމޭ ބުނަން މިހާރު ހަމަ ހަގީގަތުގާވެސް ލަދުގަނޭ.
ސިންތިލީ ވޫމް
16 August 2016
ނޫސްވެރިން ބޮޑީ ކެމަރާ ހަރުކުރުން ނޫން ގޮތެއް ދެއްނެ ތިޔަ މައްސް ސަލަ ފުލުންނަ ނުބެލޭނެ.